ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދިނުމުން ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.

މިޔަރުގެ ހަމަލާއެއްގައި ޒަހަމްވީ ގދ. ތިނަދޫ، ކަޅިރަވަ ދޯނީގެ ބަންގްލަދޭޝް މަސްވެރިއެކެވެ.

ދޯނީގެ އޮޑިވެރިޔާ "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިޔަރުގެ ހަމަލާ ފަޅުވެރިޔާއަށް އަމާޒުވީ ކޫއްޑޫ ކައިރިން މަސް އައިނެއް ފެނިގެން މަސް ބާނަން އުޅުމުގެ ތެރޭގައި ފަޅުވެރިޔާ މޫދަށް ވެއްޓުނު ވަގުތު ކަމަށެވެ.

ފަޅުވެރިޔާގެ ގައިގެ ތިން ތަނަކަށް މިޔަރު ވަނީ ހަމަލާ ދީފައެވެ. މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އަތާއި ފައިގެ ދެތަނެއް ވަނީ ޒަހަމް ވެފައެވެ. އޭނާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައި ހުރި ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.

ޒަހަމްވި މީހާއަށް މިހާރު އަންނަނީ ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ރާއްޖޭގައި މިޔަރު ހިމާޔަތް ކުރުމުގެ ސަބަބުން މިޔަރުގެ އާބާދީ އިތުރުވެ، އެކަމުގެ ޝަކުވާ މަސްވެރިން ކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް މިޔަރު ހިމާޔަތް ކޮށްފައި އޮތް އޮތުމަށް ބަދަލެއް ގެންނަން ފަތުރުވެރިކަމުގެ ދާއިރާގެ މީހުން ދެކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކެޔޮޅު

    މަހަށް ނުކުމެ އުޅުނީ ދިވެެއްސަށް ނޫންކަން އެނގުމުން މިޔަރު ނެއްޓީ . އެނގޭނެ ދޮންމޮހޮނާ މިޔަރު ވާހަކަ ކީމީހަކަށް މިޔަރުގެ ރުޅިގަނޑު ބޭރު މީހުނަށް ބާލާލާނެކަން

  2. އިއްބެ

    މަސްއައިނުގައި ތިބޭ މިޔަރު ފިޔަވައި އެހެން ދިމަދިމައިން މިޔަރު ބޭނުމާ ހިފުމުހެ ހުއްދަ 10 އަހަރަށް ދޭންވީއެވެ. އަލުންވެސް މަނާކުރާނީއެވެ. ހުދު ފަޅަކަށް މޫދަށް އެރިލިޔަސް ޅަ މިޔަރުގަނޑާހުރެ ފޮރުއްޕާކަށް ނެތެވެ. ފޮށޮޅު ފަރާތުން ކަނޑުއޮޅިން ފަރުމަހެއްވެސް ބޭނޭވަރެއްނޫނެވެ. އާލަތްކަނޑާ މަސްކައިގެން ބަޗަނީއެވެ.

  3. މިނީ

    ވަރަށް ރަގަޅު އިންސާނުންގެ ފުރާނަ އަށްވުރެވެސް މުހިންމީ ފަތުރުވެރިކަން....

    20
    2
  4. ހުސޭނުބޭ

    ވެއްޓުނު މީހާގެ އަގެއްނެތް، މިޔަރު ވަނީ ޤާނޫނީ ގޮތުން ހިމާޔަތްކުރެވިފައި.

  5. ނަމަ

    މިޔަރު ހިމާޔަތް ކޮއްފަ އިންސާނުން ހިމާޔަތް ނުކުރީމަ ފެންނާނެ އެޒާތުގެ މަންޒަރު

    9
    1
  6. ލަކީ

    މިނީ ހެހެހެ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު ކަމައް މިކިޔަނީ ހެހެހެ ވިސްނާލީމަ މި އެންގެނީ މަސްވެރި ކަމަކީ މިހާރު ބަންގުލަދޭޝްގެ ލޭނާރުކަން ހެހެހެ

  7. Anonymous

    މިޔަރުތައް މަރަންވީ ހަމަ. ހަލާލު މަހެއް. ބަޔަކައް އެ މަސް ހަރާމެއް ނުކުރެވޭނެ.

  8. އަލީ

    މިޔަރު ބޭނުމާ މި ދެކޮޅުވަނީ ދޮން މީހުނައް މި ދައްކައިގެން ކައިބޮގެން އުޅޭ މުއްސަނދިންނެވެ. މިތާ ކިތައްމެ ވަރަކައް މިޔަރު ގިނަވެފަ އޮތަސް މި މީހުނައް މިޔަރު ގިނައެއްނުވާނެ