މި އަހަރުގެ ފުރަތަމަ ތިން މަހުގައި އެންމެ ގިނައީ ވައްކަމާއި އެކްސިޑެންޓްގެ މައްސަލަ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހު ރިޕޯޓްކޮށްފައި ވަނީ 3508 މައްސަލަ އެވެ. އޭގެ ތެރެއިން 2520 މައްސަލަ ހުށަހަޅާފައިވަނީ މާލެއިންނެވެ.

ފުރަތަމަ ތިން މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • ވައްކަން ކުރުމުގެ 882 މައްސަލަ
  • ޓްރެފިކް އެކްސިޑެންޓު 539 މައްސަލަ
  • މުދަލަށް ގެއްލުން ދިނުމުގެ 141 މައްސަލަ
  • މަކަރާއި ހީލަތް ހެދުން 162 މައްސަލަ
  • ޖިންސީ ފުރައްސާރައިގެ 6 މައްސަލަ
  • ޖިންސީ ގޯނާގެ 63 މައްސަލަ
  • އަނިޔާ ކުރުމުގެ 132 މައްސަލަ
  • ގެވެށި އަނިޔާ 57 މައްސަލަ
  • ފޭރުމުގެ 82 މައްސަލަ
  • ފޯޖް ކުރުމުގެ 34 މައްސަލަ
  • މަސްތުވާތަކެއްޗާ ގުޅޭ 461 މައްސަލަ
  • އެއްޗެހި ގެއްލުމުގެ 96 މައްސަލަ
  • ޗެކް ބައުންސްވުމުގެ 3 މައްސަލަ

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 113 މައްސަލައެއް ބަލައި ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ. ދައުވާކުރުމަށް ފޮނުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލައެވެ. އެ ބާވަތުގެ 69 މައްސަލައަށް ޕީޖީއަށް ފޮނުވާފައި އެވެ. އަދި ވައްކަމުގެ 24 މައްސަލައެއް ވެސް ފޮނުވާފައި ވެއެވެ.

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ ބޮޑު ތަނުން އިތުރުވަމުންނެވެ.

ކޮންމެ މަހަކު ވެސް ފުލުހުން ތަފާސް ހިސާބުތައް ނެރޭއިރުގައި ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    ސާބަހޭ ސޭކު އިމުރާނު އާއި ސީޕީ ހަމީދުއައް. ކަލޭމެން ވަރައް މޮޅައް ވަޒީފާއަދާ ތިކުރަނީ.

  2. Anonymous

    ކޮބާ އިބުރާހިމް ސޯލިހު އާއި އޭނާ ގެންގުޅޭ ބައިގަނޑު ކުރާހާ ވައްކަން... ؟؟ ކޮބާ އަލަމްގިރި މަބްރޫކު ؟؟ އެމްސީ ހަމީދުގެ ސްޓެޓުގަ އެކަން ހިމަނާފަތަ މިއޮތީ...

  3. ޑޮނާޑް

    ގިނައީ ފުލުހުން ނާއި ސަރުކާރުގެ ބޮޑެތިމީހުންގެ ދަރިން ކޮއްފަހުރި ކުއްތައް،