މާލޭގެ ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނަގަން ނިންމި ނިންމުން މާލެސިޓީ ކުރީގެ ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ކުށްވެރި ކޮށްފިއެވެ.

ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ކައުންސިލްގެ ޖަލްސާއިން ވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޕާކުތަކަށް ވަންނަ ބިދޭސީންގެ އަތުން ފީއެއް ނެގުމަށް ފާސް ކޮށްފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް އެ ގައުމުތަކުގެ ޕާކުތަކާއި މައިޒާންތަކަށް ވަންނަ ބިދޭސިންގެ އަތުން ފީއެއް ނަގާ ކަމަށެވެ. އެއީ ބިދޭސިންނާއި ދިވެހިންގެ މެދުގައި ތަފާތުކުރުން ކަމަށް ނޫން ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައި ޝަމާއު ވިދާޅުވީ، މާލޭގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ހައިސިއްޔަތުން ޕާކަށް ވަންނަ ބިދޭސީން އަތުން ފީއެއް ނެގުމަށް ކައުންސިލުން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ޝަމާއު ވިދާޅުވީ، އެއީ ޒެނޯފޯބިއާ ނުވަތަ އެހެން ގައުމުތަކުގެ މީހުންގެ މެދުގައި ތަފާތު ކުރުން ކަމަށެވެ.

"ހުރިހާ ޕާކުތަކަކީ ވެސް މިނިވަން ކަމާއި އެކީ އެންމެންނަށް ވެސް ވަދެވޭނެ ޕާކަކަށް ވާން ޖެހޭ. މޭޔަރު މުއިއްޒު މި ނިންމުން ވަގުތުން ބަދަލު ކުރަން ޖެހޭ. ޕާކުތަކަކީ ތޮއްޖެހިފައިވާ މާލޭގެ ހަމަ އެކަނި ހަމަހިމޭން ތަންތަން" ޝަމާއު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ އަތުން ތަފާތު ދެ އަގެއްގައި ފީ ނެގުމަށެވެ. ނަމަވެސް ނަގާނީ ކިހާ އަދަދެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙެކް

    ފުރަތަމަ ކުރަންވި ކަމަކީ ގަވައިދާ ހިލާފައް އުޅޭ ބަނގްލަދޭސް މީހުންއަތުން މީރާއައް ވަންނަންޖެހޭ ފައިސާ ހޯދުން. ޢޭގެ ބަދަލުގައި ތިކުރަން އުޅޭ ކަމަކީ ވަރައް ދަށު ދަރަޖައިގެ ކަމެއް...

    1
    1
  2. ޕިސްޕިސް

    ވަރަށް ނާތަހުޒީބު އަމަލެއްތި . . . މުޅި ދުވަހު ގުލާނު ކޮންފަ ބޭރު މީހުން ހިންހަމަޖައްސާލަށް ލިބޭ ހަމަ އެކަނިފުރުސަތު . . ނުލާހިކު ކުޑަމުސާރައިގަ ގިނަމީހުން އުޅެނީ . . ނުވިތާކަށް ބަރާބަރަށް މުސާރަ ލިބޭ މީހުން މަދު

    6
    23
  3. ރާއިޝް

    އަމިއްލަ ޤައުމުގެ ރައްޔިތުންނަށް އެބައެއްގެ ގައުމުގައި ލިބޭ މިބާވަތުގެ ފަސޭހަތަކާއި އުފާތައް އެއްހަމައަކުން ގައުމުން ބޭރު މީހުންނަށް ލިބޭކަށް ނުޖެހޭ. ބިދޭސީން މިފަދަ ތަންތަން ބޭނުންކުރުމުގައި އަގެއް ނެގުމަކީ ފެންނަ ކަމެއް.
    ބިދޭސީން މާލޭގެ މަގުތަކުގެ ޕޭމަންޓް މަތީގައި ވިޔަފާރި ކުރަމުންދާގޮތަކީވެސް ތަފާތު ނުކުރުމަށް ޖާގަދޭ ބާވަތުގެ ކަމެއްކަމަށް ނުފެނޭ.

  4. މަރުގަޔާ

    ފީނަގަންޖެހޭ އެމީހުން ވަރަށް ހަޑިކުރޭ ނޯހައިޖިން...،.......ގުޑުއައިޑިއާ.

    25
    5
  5. އަހައްމަދު

    ބަލަ އިންޑިއާގަވެސް ތަފާތު ކުރޭ.. އިންޑިއާމީހުން 40 ރުޕީސް ޓިކެޓް ނަގާއިގެން ވަންނަ ތަންތަނަށް އަހަރުމެން ވަންނަންވީމަ 400 ރުޕީސް ނަގާފަ އެބަހުރި. މީ ކޮށްފައިވާ ތަޖުރިބާއެއް.

  6. ާކޮތަރު

    ބައެއް އެހެން ގައުމުތަކުގަވެސް ބޭރުމީހުން އަތުން އިތުރަށް ލާރިނަގާ. އެހެންވީމަ ތިޔަ ނިންމުން މުޅިން ގޯހެއްނޫން.

  7. ހެހެސް

    އަސްލުވެސް ތިކަން ކުރަން މާލަސްވެސް ވެއްޖެ..ރާއްޖޭގެ ހޮސްޕިޓަލް ތަކުގަތިބި އިންޑިއާ މީހުންތައްވެސް ބޭރުކިރަންވީ..

  8. ކެރޭ ޢަބްދުﷲ

    މޭއަރު ކުރިއަސް ތީރަންގަޅު ކަމެށް. އަހަރެމެެން ރާއްޖެއިން ބޭރު ޕާކައް ވަނައްވިއަސް ޓިކެޓް ގަނަން ޖެހޭ.

  9. ޢަލިފްަަަ

    ޢަހަރުމެން ގެ އަތުންވެސް ބޭރު ގައުމުތަކުން ނަގާ ފީ

    10