ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް ޗެނަލް-13 އިން ފޮނުވާ "ޗޯރު އިބުރޭ" ލަވަ، ރައްޔިތުންގެ މަޖިލިހުގައި ޖަހާތީ އެކަން ނުކުރަން ރިޔާސަތުން އަންގައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ ފެށުނު ފަހުން، އެ ލަވަ ޖަހަމުން ދިޔަ އިރު، އެކަން ކުރަނީ ކޮން މެމްބަރެއް ކަން ސާފެއް ނޫނެވެ. އެ ލަވައިގެ އަޑު ދޭތެރެ ދޭތެރެ އިން މަޖިލިހުގެ ތަޅުމުން އިވިފައިވެއެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް "ވަގުތަށް" ވިދާޅުވީ އެ ލަވަ ޖަހަނީ ކޮން ބައެއް ކަމެއް ސީދާ އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު(ޓޮމް) ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި އެ ލަވަ ޖަހާތީ އުނދަގޫވާ ކަމަށް ވެސް ވިދާޅުވެފައެވެ.

އަދި މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ ލަވަ ނުޖެހުމަށް ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

"ޗޯރު" ލަވަ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަށް ތާއީދުކޮށް ހިންގާ ޓީވީ ޗެނަލް 13 އިން ގެނެސްދޭތީވެ އެ މައްސަލަ ބްރޮޑްކާސްޓިން ކޮމިޝަނުން މިހާރު ދަނީ ބަލަމުންނެވެ.

ޗެނަލް 13އިގެ މައްސަލަ ބަލާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

އެ މައްސަލައިގައި ރައީސް ނަޝީދު ވިދާޅުވީ "ޗޯރު އިބުރޭ" ފަދަ ނަންނަން ރައީސްއަށް މުހާތަބުކޮށް ބޭނުންކުރުމުން ހަމައިން ނައްޓައިގެން ދިއުމަކީ ޑިމޮކްރަސީގެ ރޫހުގައު ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވަމުން ދަނީ، "ޗޯރު އިބުރޭ" ފަދަ ނަންނަން ކިއުމަކީ ޑިމޮކްރަސީ ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަންނަނީ އަންނަނީ

    "އަންނަނީ އަންނަނީ ޗޯރު އިބުރޭ އަންނަނީ، ރައްޔިތުން ފެލަމުން އަންނަނީ." އެބުނާ "ޗޯރު އިބުރޭ" ލަވަޔަކީ މީތަ؟

    13
    2
  2. އަބްދޫ

    އިބުރާހީމު އަށް ޗޯރެކޭ ވަގެކޭ އަދި ނުކިޔޭނެ އެއީ ސަރީއަތަށް ސާބިތުވެފަ ނެތީމަ އެކަމަކު ނަސީދަށް ޗޯރެކޭ ވަގެކޭ ކިއިދާނެ އެއީ ސަރީއަތުން ވަގެއްކަމަށް ހުކުމްކޮށް ރ. އަގޮޅިތީމަށް އަރުވާލާފަ އޮތީމް.

    6
    6
  3. ނަމަސްތޭ

    އަސްލު ޗޯރު އެގޮވަނީ ޔާމިނު އަށޭ . . . ޗޯރު އޮށްނާނީ ޖަލުގަ 11 އަހަރު ޖަހާފަ . . އޯކޭ ދޯ . . ގައުމަށް ހެޔޮއެދޭވަރު ފެއްނާނެ މެންބަރުންގެ އަހުލާގަށް ބަލާލީމަ . . . މި ހާރު ކޮބާތަ ކުރިންކީ ގަންޖާބޯ އާއި ލާދީނީ . . އެވަރެއްނެތްދޯ މިހާރު ހެހެހެހެ ލަދު

    4
    9
    • ރރރރ

      ވަގައް ބަނގުރާ ވިޔަފާރި ކޮއްގެން ސަރީއަތައް ސާބިތުވެ އަރުވާލާފަ ހުރި މީހެއް ޗޯރު އިބުރޭ އަކީ

  4. މޮލީ

    ތި ލަވަ ޖަހައިގެން ހަމައިން ނެއްޓިގެން ތި އުޅެނީ ހަމަ ތިބައިގަނޑު! ތިޔަ ލަވަ ޖަހައިގެން ވަޖިދުވަނީ!! މޮޔައިން ތަކެކޭ އެއްވެސް ތަފާތެއް ނެތް!

    4
    2
  5. ޟަނޓޭ

    މުޅި މިގައުމުގަ ތިޔަ ޗޯރޭ ލަވައެއް ޖަހަނީ ޕަކާސް

    10
    1
  6. ދަރަނި ދަންތުރަ

    ތިޔައީ އިބޫ އަމިއްލަޔަށް ބުއި ބޮނޑިއެއް ، ޗޯރު ލަވަ މަސްހޫރުވީ އެލަވައިގެ ކަންތަށް ސަރުކާރުން ބޮޑުކޮށްލުމުން ، ރައީސް އޮފީސްތެރޭގައި ވެސް މިހާރު ޗޯރު އިބޫ ލަވަޖަހާ ، ދެން ތިލަވައިގެ ހިންދީ ވާސަން ނުކުންނާނީ

    8
    1
  7. ހޮއްކޮ

    އަސްލު މަހާޗޯރަކީ ޔާމީނު އެކަން އެގޭނެ އަދުރޭމެންނަށްވެސް

    4
    8
  8. ހުސޭނުބޭ

    މީޑިއާތައް ސަސްޕެންޑްކުރިހެން މަޖިލިސްވެސް ސަސްޕެންޑް ނުކުރަނީތަ؟

    8
    1
  9. އަލީހަސަން

    އަންނަނީ އަންނަނީ މަހާޗޯރު އިބުރޭ އަންނަނީ ރައްޔިތުން ފެލަމުން އަންނަނީ ވަރައް ރީތިލަވައެއް ވަރައްގިނަމީހުން މިލަވަކިޔާނެކަން ޔަޤީން