ވަޒީރުންނާއެކު ތިބޭ އަންހެނުންނާ ފޮށުމަކީ ރައްޔިތުންގެ މަޖިލީހުގެ ހަޔާތުގައި ކަޅު ދުވަހެއް ކަމަށް މަޖިލިހުގެ ގަލޮޅު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.

މީކާއިލް އެގޮތަށް ވިދާޅުވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މަޖިލިހުގައި އިންނެވިއިރު، އޭނާގެ ދެފަރާތުގައި އިށީނދެގެން ތިބީ 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުދިން ކަމަށް ޝަކުވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވުމުންނެވެ.

މީކާއީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ވަޒީރުންނާއިއެކު ތިބޭ އަންހެންނުންނަށް ކުޑައިމީސްކޮށް، ފޮށެންފެށުނު މި ދުވަހަކީ 19 ވަނަ މަޖިލީހުގެ ހަޔާތުގަ ކަޅު، ހުތުރު ދުވަހެއް ކަމަށެވެ.

ބަންޑާރަ ނައިބު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯޒް އޮފް ދަ ސީޒް(އިޓްލޮސް)ގައި ވަކާލާތު ކުރެއްވި ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން ހަދައިގެން އުޅޭ އިއްތިހާދުން ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް 13 މެންބަރުންގެ ސޮޔާ އެކު މަޖިލިހަށް ހުށަހަޅި މައްސަލައިގައެވެ.

އެ މައްސަލަ މިދިޔަ ބުދަ ދުވަހު އެޖެންޑާކުރިއެވެ. ނަމަވެސް ރިފްއަތު އެ ދުވަހު ލިއުމުން ޖަވާބު ދާރީވެ މަޖިލީހަށް ހާޒިރުވެ ވަޑައިނުގެންނެވުމުން މައްސަލަ ކުރިއަކަށް ނުދިޔައެވެ.

މިއަދު އެ މައްސަލަ މަޖިލީހުގައި ވަނީ އަލުން އެޖެންޑާކޮށް ކުރިއަށް ގެންގޮސްފައެވެ. އަދި އެ މައްސަލަ މަޖިލީހުގައި ހުށަނޭޅި ވަރަށް ގިނައިރު ހޭދަވެގެން ދިޔައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮރަލް

    ޖަވާބުދާރީ ވާން މަޖްލީހަށް ދާން ވާނީ ތަޖުރިބާ ހުރި މީހުންނެވެ.

    19
    3
  2. ހުސޭނުބޭ

    ތީގައި ފޮށުމަކީ ކޮބައި؟ އެއްޗެއް ނުވިސްނޭ މީހެކޭ ބުނަން 18 އަގހަރު ނުވާ ކުޑަކުއްޖެކޭ ބުނުމަކީ ހަމަ ރީތި ގޮތެއްނޫންތަ؟

    20
    5
    • މުލޭ

      ހަރުމީހުން ދައްކާވާހަކަ ޅަކުދިންނަށްް ފަހުމެއްނުވާނެ.

      17
      3
  3. ދިވެހި ޒުވާނުން

    ސަލީމް ކަލޭ ތީ ކީއްވެގެން އުޅޭމީހެއްތަ ތި ވައްތަރުތައް ހުއްޓާލާ ނޫނީ ހުރިހާ އަންހެނުންނަށް މި އަންގަނީ ރެޑްވޭވް ފިހާރަތަކުން ވިޔަފާރި ކުރުން ހުއްޓާލުމަށް އަންހެނުންނަށް ފުރައްސާރަ ނުކުރެވޭނެ ކަލެއްކަށް އެއްވެސް ތަނެއްގައި

    6
    19
  4. އަލީ އަލީ

    ރެޑްވޭވަށް ދުނިޔޭމަތީގައި ލިބިފައިވާ ނިޢުމަތުގެ މަތިންވެސް ހަނދާން ނެތް!

    3
    8
    • ޜައްޔިތުމީހާ

      މިކާއިލް ހަންދާންކޮއްލަބަލަ ސިފައިންގެ ޕެރޭޑްގަ ތިބި އަންހެންސިފައިންނައް ކަލޭމެން ފުރައްސާރަކުރި ދުވަސް

      17
      1
  5. ސިޔާސީ

    ރޯޔަލް ރޭޕް ކޭސްގެ އަޕްޑޭޓެއް ދީބަލަ ފުރަތަމަ

    16
    1
  6. ޢަލީ

    ތިޔަކުރި ސުވާލު ފުރައްސާރަޔަކަށް ވާގޮތެއް ނޭގުނު...މީހަކާ ދިމާލަށް ހޭނުޖެހޭ ކުޑަކުއްޖެއްހޭ ބުންޏަސް އެވަނީ ފުރައްސާރަޔަކަށްތޯ..ލޮލް

    16
  7. ޖީންސް

    ޢެއްޖިންސުން ގުޅުން ހިންގި ކާރިސާ އަކީވެސް މި ގައުމުގައި ޖެހުނު ކަޅުލައްގަޑެއް

  8. ކަލޯ

    މާ ދެން ލިބަރަލް މީހެއް ކަމަށް ހެދިގެން އުޅޭއިރު ޓުވިޓާގައި އަންހެނެއްގެ ބަރުދަނާއި ގުޅުވާއިގެން ފޮށުނު ވަރު އަދިވެސް އެ އޮތީ ފެންނަން.

  9. ކާލި

    ސަލީމަކީ އެތަކެއް އަންހެން ކުދިން ތަރުބިއްޔަތު ކޮށްފައިވާ މޮޅު އަންހެން ދަރިންގެ ބައްޕައެއް، އެތަކެއް އަންހެން ކުދިންނަށް ވަޒީފާ ދީގެން އުޅޭ އަންހެން ކުދިން ދެކެ ނުލާހިކަށް ލޯބިވާ އިހުތިރާމް ކުރާ ބޭފުޅެއް ، އެފަދަ ބޭފުޅަކު ކިހިނެތޯ އަންހެނުންނަށް އިހާނެތި ބަހެއްބުނާނީ ! އޭނާ ދެކެނީ އަންހެން ކުދިންނަކީ އޭނަގެ ދަރިން ކަމުގައި އެގޮތަށް ދެކެގެން މުޢާމަލާތްވެސް ކުރަނީ !