މަރުވެފައި އޮއްވާ ހުޅުމާލޭ މޫދުން ފެނުނީ ބިންލާދިން ގްރޫޕްގެ މުވައްޒަފެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިއްޔެ ފުލުހުން ވިދާޅުވީ އަންގާރަ ދުވަހުގެ 17:56 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 2، އެޗް 16 އާ ދިމާއިން ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނުނު ކަމަށެވެ.

އޭނާ އަކީ ކާކުކަން ދެނެގަންނަން ކުރި މަސައްކަތުން މިހާރު މީހާ ވަނީ ދެނެގަނެވިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އޭނާއަކީ ސައުދީ ބިންލާދިން ގްރޫޕުގައި ރާއްޖޭގައި މަސައްކަތްކުރާ 34 އަހަރުގެ، ޗައިނާ ރައްޔިތެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.

ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅުލުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އަދި ކަޅުކުލައިގެ ބޫޓަކަށް އަރައިގެންނެވެ.

އޭނާގެ މަރާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހްގީގު އެއްވެސް މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެމީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައެވެ.

ސައުދީ ބިންލާދިން ގްރޫޕަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް މަސައްކަތް ހަވާލު ކޮށްފައިވާ ކުންފުންޏެވެ. ނަމަވެސް އެމަސައްކަތް ކުރިއަށް ގެންދަނީ ޗައިނާގެ ކުންފުންޏަކުންނެވެ. ރާއްޖޭގައި ހަރަކާތްތެރިވަނީ ބިންލާދިން ގްރޫޕްގެ ވަރަށް މަދުއަދަދެއްގެ މުވައްޒަފުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ގޮތްނޭގޭމަރާއި ގެއްލޭމަރާއި ، ރިލުވާނަށްވީގޮތާއި، އަފްރާޝީމުގެ ހަގީގަތާއި ކިތާބީހެއްކާއެކު ހުރިހައިކަމެއް ހައްލުކުރަންއައި ސަރުކާރުގައި މިފަދަކަންކަމުން ފުރިއްޖެއެވެ. 5 އަހަރުވީއެވެ. އަފްރާޝީމުގެ ކިތާބީފޮތްގަނޑުވެސް ވީތަނެއްވެސް ނޭގުނެވެ.