ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ދާ ގޮތާ ދޭތެރޭ ހިތްހަމަ ނުޖެހިގެން ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

ޕާޓީގެ އާންމު މެމްބަރުންތަކާއެކު އިސް ބޭފުޅުން ރައީސް އޮފީހާ ދިމާލަށް ދިއުމުން އެ ބޭފުޅުންނަށް ހުރަސް އެޅި ސިފައިންނެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގަންއިރު މުޅި ސަރަހައްދުގައި އޮތީ ސިފައިން ނެރެފައި ކަމަށެވެ. އަދި ކިތަންމެ ކުޑަކުޑަ ކަމެއްގައި ވެސް ބައްދަލުކުރެވޭނި މެއިލްކޮށް އެޕޮއިންޓްމަންޓް ހަމަޖައްސައިގެން ކަމަށް ބުނެފައިވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ މެންބަރުން ރައީސް އޮފީހުގެ ދޮރުމަތީގައި--

ޕީޕީއެމް/ޕީއެންސީން ރައީސް އޮފީހަށް ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލިސް އިއްޔެ ހެނދުނުން ފެށިގެން ރޭ 22:00 އާއި ގާތްވަންދެން ކުރިއަށް ގެންދިއުމުން ނެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ ހެކިބަސް ނަގަން އިއްޔެ ހެނދުނު 09:00 ކަންހާއިރު ފެށި ޝަރީއަތް މެންދުރު ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލި ނަމަވެސް އަނެއްކާވެސް އަލުން ފަށައިގެން ރެއާއިއެކު ކުރިއަށް ގެންދިޔައެވެ. ޝަރީއަތް ގާތްގަނޑަކަށް 13 ވަރަކަށް ގަޑިއިރަށް ކުރިއަށް ގެންދިޔައެވެ.

ޔާމީންގެ ސަޕޯޓަރުން ވިދާޅުވާ ގޮތުގައި ކްރިމިނަލް ކޯޓުން މިހާރު ޔާމީންގެ ސަރީއަތް ކުރިއަށް ގެންދަނީ ހަވާ ފަޓާސް ބަރިއެއްގައި އަލިފާން ރޯކޮށްލުމުން އަނދައިގެންދާހާ ބާރު މިނުގައެވެ. ބޭނުމަކީ ޔާމީންގެ މައްޗަށް މިހާރު އޮތް 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކުރި ނަމަވެސް އަނެއްކާވެސް އިތުރު ހުކުމެއްކޮށް ޔާމީންގެ އިންތިހާބީ ހައްގު ހިފެހެއްޓުން ކަމަށް ވެސް ޔާމީންގެ ސަޕޯޓަރުން ބުނެއެވެ.

ޕީޕީއެމް/ޕީއެންސީގެ ބޭފުޅުން ރައީސް އޮފީހުގެ ދޮރުމަތީގައި--

ޔާމީންގެ ޝަރީއަތް 13 ވަރަކަށް ގަޑިއިރު އިއްޔެ ކުރިއަށް ގެންދިއުމަށްފަހު މިއަދު ވެސް ކްރިމިނަލް ކޯޓުން ވަނީ އެމައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައެވެ. ޔާމީން ރޭ ކްރިމިނަލް ކޯޓުގައި ވިދާޅުވީ އެމަނިކުފާނު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް މައްސަލަ މިއަދަށް ތާވަލް ނުކުރެވުނީވެސް ކްރިމިނަލް ކޯޓުން މިއަދު ޝަރީއަތުގެ މަޖިލީހެއް ތާވަލް ކުރުމުން ކަމަށެވެ. މިއަދު އަޑުއެހުމެއް ބޭއްވުމަށްފަހު މާދަމާ ވެސް ކްރިމިނަލް ކޯޓުގައި ޔާމީންގެ އަޑުއެހުމެއް އޮންނާނެއެވެ. މިހާރު ކުރިއަށް ދަނީ ރ.ފުއްގިރި މައްސަލައިގެ ހެކިބަސް ނެގުމެވެ.

ޔާމީންގެ މައްޗަށް މިހާރު އިއްވާފައި އޮތް 11 އަހަރުގެ ހުކުމް ހައިކޯޓުން ބާތިލް ކުރިނަމަވެސް ކްރިމިނަލް ކޯޓުން އިތުރު ހުކުމެއް ކޮށްފިނަމަ އަނެއްކާވެސް އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކަހަނބު

    ވެރިކަމާ އަރާހުރި ދަށްޖާލު ކޮބާ.

    53
    10
  2. ނަމަސްތޭ

    ހަހަހަހ ޖަލުގަތިބި ހުރިހާވަގުންވެސް ޖެހޭނެ މޮނިވަންކުރަން . . ހޭ ދެބައިވީތޯ

    16
    68
    • Anonymous

      މިނިވަން ކޮށްލާނަން. ކީއްކުރެވޭނީ؟

      34
      5
      • ތަރަބެ

        ކޮށްގެން ނުވާނެ!!!!

        2
        5
  3. ހުސައިން803

    ސިޔާސީގޮތުން ތިން މީހަކު އެއްވެލާއިރަށް ފުލުހުންނާއި ސިފައިން ހީވަނީ ކެކިއަރާހެން ، އެކަމަކު ޤައުމުގެ އިޖްތިމާއި ބޮޑެތި ކަންކަމާމެދު ހަމަ ހިރުވާތަން ކަހާވެސްނުލާ، ކަމަކަށް ނުހަދާ ދޫކޮށްލައިފައި އޮންނަނީ.. ގޭންގުތަކާއި، ޑްރަގްވިކުމާއި، ނާސިގޭތަކާއި، ބޮޑެތިވައްކަމާއި ކޮރަޕްޝަނާއި ޤައުމުގެ އިޖްތިމާއީ ފޭރާން ގެއްލިގެން ދާއިރުވެސް އަޅާލާތަނެއް ނުފެނޭ،، މިއޮންނަނީ ވެރިމީހާ ވެރިކަމުން ވެއްޓިދާނެތީ އަންގަވައިގެން ކުރާކަންކަން ކުރުން.

    62
    4
  4. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ދިވެހިރާއްޖޭގެ އިގްތިސާދީސަރަހައްދުތެރޭގަވާ ކަނޑުވިއްކާލި ބޮޑުއަނިޔާވެރިޖައްބާރު ޗޯރުމިވަގުތުން ވަގުތައްބޭރުކުރޭ ރައީސްޔާމިން މިނިވަންކުރޭ

    59
    5
  5. ރަން ރީނދޫ

    ގައުމުގެ އަދުލު އިންސާފު ވެއްޓިފައިވާ ވަޅުގަނޑުގެ ފުންމިން އިޙްސާސް ކޮއްލާ.. އިންސާފު ލިބޭތޯ ރަސްގެފާނުގެ ފައިންޕުޅުގައި ބޮސްދޭން ބަޔަކު މިއައީ. އަދި ފައްކާ ތަންކޮޅަކީ ރަސްގެފާނު ސޯލިހް ވެސް އެ މީހުންނާއި ބައްދަލު އެބަކުރޭ. އޭނާ ބުނާ ކަހަލަ،މަގޭ ކައިރިއަށް ކުރުނީސްކުރަން އައުން ނޫން ގޮތެއް ނޯންނާނެއޭ، މި ގައުމުގެ ޖުޑިޝަރީ އޮތީ ރަސްގެފާނުގެ މުށުތެރޭ ގައޭ.

    48
    3
  6. މުރީދު

    ކިތަންމެ ހުކުމެއް އަދުލު އިންސާފުންބޭރުން ޖެހިޔަސް ރައީސް ސޯލިހު ދެވަނަ ދައުރަކުﷲ އިރާދަކުރެއްވިއްޔާ ވެރިކަމަކައް ނާންނާނެ

    37
    3
  7. އަލީ

    މިހާރު ތެޅެނީ ރައްކާވެގެ ދާން

    26
    1
  8. Anonymous

    ޔާމީންގެ ރައީސް ކަމުގައި މައުމޫނު ކޯޓަށް ހާޒިރުކޮށް ކިތައް ގަޑި އިރު ބޭންދިބާ.. ޕީ.ޕީ.އެމް / ޕީ.އެން.ސީ ކުދިން މިހާރު މިކަން ހަދާން ހުރޭބާ...

    15
    25
  9. ްއަލީ

    3 މަސް ދުވަހު ސަރުކާރުން ތިޔަ ޖަހާ ބެރު ހިފައްޓާލާ..
    3 މަސް ފަހުން ރާގު ބަދަލް ވާނެ
    އަހަރެމެން މިތިބީ ކުޅިބަލަން

    37
    2
  10. ޚަޖޫބެ

    ކޯޓު ތަކަށް އަތްނުބާނާށޭ ކިޔާ މިމީހުން މިގޮވާ އެއްޗެއް ދެކޮޅުޖެހޭބާ؟؟؟؟ ރޮދިކެނޑިފަ ތިބީ ގްރޫޕެއް.

  11. ނަދާ

    ސުބަހާނަﷲ ހާދަހާ ބިރެކޭދޯ ތިޔޮއްގެންގަންނަނީ. ކިތަންމެ ވަރެއްވިޔަސް ހަގީގީ ރައީސް އަކީ ރައީސް ޔާމީން. އެ ފަސް އަހަރަކީ މި ގައުމައް އައި އުފާވެރިކަމުގެ ފަސް އަހަރު. މިހާރު ބަލަ އަހަރުމެންގެ ނިކަމެތި ހާލު މުޅިން ބިކަވެއްޖެ

    10
  12. ޒަނީޝާ

    ނުކިޔަވާހުރި ކަންފަތަށް އަޑުނީވޭ އިބުރީ ކަނޑު ޗޯރޭ. އަހަރުމެންގެ ލޯބިވާ ރައީސް ދޫކޮއްލާ

  13. އުމަރު ނަސީރު

    ރާގޮނޑި ރާޖާ ވައްކަން ނުކުރި ނަމަ ޖަލަކަށް ނުލާނެ

    2
    7