ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒްއާ ދިމާލަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން "ބޮޑު ކާފަރަށް" ގޮވި މައްސަލަ އެ ޕާޓީން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ސަޕޯޓަރުން ޑރ. އިޔާޒްއަށް "ބޮޑު ކާފަރަށް" ގޮވާފައިވަނީ އެ މީހުން މިއަދު މަޖީދީ މަގުގައި ކުރި މުޒާހަރާގެ ތެރެއިންނެވެ.

އާންމުވެފައުވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ މަގުން ޑރ. އިޔާޒް ސައިކަލުގައި ދުއްވާފައި ދަނިކޮށް އިދިކޮޅު ސަޕޯޓަރުން ވަނީ އޭނާ ފަހާ ދުވެފައެވެ. އަދި ޑރ. އިޔާޒް އާއި ދިމާލަށް "ބޮޑު ކާފަރެކޭ" ކިޔާ ސަޕޯޓަރުން ހަޅޭލަވާއަޅު އެ ވީޑިއޯއިން އިވެއެވެ.

ޑރ. އިޔާޒްއާ ދިމާލަށް "ބޮޑު ކާފަރަށް" ގޮވައިފި

އެކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ތަރުޖަމާނު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އިޔާޒާ މަގުމަތިން ދިމާކޮށް، އިސްލާމުން އެކަކު އަނެކަކަށް ރައްދުކުރުން ނަހީކުރައްވާފައިވާ ބަސްތަކުން މުހާތަބުކޮށް ޕީޕީއެމް-ޕީއެންސީއިނަ ހިންގި ދަށުދަރަޖައިގެ ހުތުރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މިކަމުން ދޭހަކޮށްދެނީ އިދިކޮޅު ޕާޓީތަކުގެ ވެރިންގެ ރާވައިގެން އަމިއްލަ މަންފާއަށް އާންމު މެންބަރުން ލައްވާ އިސްލާމް ދީނާއި ގާނޫނުތަކާއި އަދި އާންމު އަހްލާގީ މިންގަނޑާ ހިލާފުކަންކަން ކުރުވާކަން.". އަލީ ނަޒީރު ވިދާޅުވެފައި ވެއެވެ.

އަލީ ނަޒީރު ވިދާޅުވީ އެފަދަ ހުތުރު އަމަލުތަކުގެ ސަބަބުން އަދާލަތުގެ އިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ.

ޑރ. އިޔާޒަކީ ވަރަށް ބޮޑަށް ރަައީސް ޔާމީނާއި، އެމަނިކުފާނުގެ ސަޕޯޓަރުންނާއި އަދި އިދިކޮޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބުއްޅަބެ

    ދެން ކީކޭ ކިޔަންވީ ބުނެބަލަ

  2. ބޮޑުކޮއްކޮ

    އިއާޒަކީ ދީނީ އިލްމްވެރިއަކައްވުރެ ބޮޑައް ސިޔާސީ އިލްމްވެރިއެކޭ ބުނެވޭނީ އޭނަގެފަރާތުން ދީނީ އިލްމްވެރިއެއްގެ
    ފަރާތުން ފެންނަންޖެހޭ އެއްވެސް ކަމެއް މިފަހަކައްއައިސް ނުފެނޭ ހައްތާވެސް ފެންނަނީ ސިޔާސީ ޓްވީޓްތައްކޮއްފަހުންނަތަން

  3. އއ

    ޕާޓީއެއްނޫން އަގުވެއްޓިފަތިބި ދޮޅަސް ތިންޅަސް ހަމަނުވާ ބައެއް.!

  4. ޙަސްމަތު

    އައްދޭ، އަމުދަކުން ތިޔަ ވިކިފަތިބި ބައިގަނޑު ކުއްވެރި ކުރުމަކުން ޖެހިލުމެއް ނުވޭ. ކިތަމެ އަވަހަށް ފެނުނަށް ގޮވާނެ. ހަމަ ގޮވާނެ. ކުއްވެރި ކޮށް ކޮށް ތިބެން ޖެހޭނީ.

  5. އަހުމަދު ފަޔާޞް 1030

    ނަޒީރު ވިދާޅުވީ އެފަދަ ހުތުރު އަމަލުތަކުގެ ސަބަބުން އަދާލަތުގެ އިލްމުވެރިންގެ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ
    އެބުނާހެން އެމީހުންގެ ބުރަމަސައްކަތުން މިރާއްޖެއައްގެނައި އިންޑިއާސިފައިން ތިބޭނެ ދިފާއުގަ

  6. ޑައެލޯގް

    އަދާލަތަށް ކޮންކުއްވެރިއެއްކުރެވޭނީ އަހަރުމެން ތިޔަޕާޓީގެ ރައީސް އިމްރާން ﷲ ގަންދީ ދޮގުހުވާކޮށްފަ ހުރީމަ ކުށްވެރިކުރަމެވެ. އެކަންމާބޮޑުވާނެއެވެ.

  7. ސަމަރު

    މިހާރު ތިއީ، ނަޖިސްބައެއް!