ކުރިއަށް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ތާއީދު ކުރުމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ނިންމަވައިފި އެވެ.

އެކަން ހާމަކޮށް އާޒިމާ ނެރުއްވާފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މިއަދު ރާއްޖޭގެ ކަންކަން ކުރިޔަށްދާ ގޮތުން، ގާނޫނުއަސާސީގެ ހުކޫމާތު ގެއްލިފައިވާތީ އާއި އަދި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް މިހާރު ހިމާޔަތްކުރާތީ މިއަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި، މިސަރުކާރު ބަދަލުވާންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

އާޒިމާ ވިދާޅުވީ، ނާޒިމްއަކީ ދައުލަތަށް ދިމާވި ވަރަށް ގިނަ ބޮޑެތި ހައްސާސް ކަންކަމުގައި ވަރަށް ގާތުން އެކުގައި މަސައްކަތްކޮށްފައިވާ ބޭފުޅެއް ކަމަށާއި އޭގެ ތެރޭގައި، ސުނާމީ ކާރިސާގެ ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކާއި، 2012 އަދި 2013 ގައި ގައުމުގައި ހަމަޖެހުމާއި މަސްލަހަތު ގާއިމުކޮށް، އިންތިހާބަކަށް ޖާގަދީ، ސަރުކާރު ބަދަލުވުމުގެ މަރުޙަލާ އަމާންކަމާއެކު ކުރިޔަށް ގެންދިޔުމުގެ މަސައްކަތާއި، ޖީއެމްއާރގެ އަތުން އެއާޕޯޓް އަތުލުމުގެ މަސައްކަތްފަދަ ބޮޑެތި މަސައްކަތްތައް ހިމެނޭ ކަމަށެވެ.

މިވަގުތު ގައުމު އޮތް ހާލަތުން ގައުމު ނަގައި ކޮޅަށްޖަހައި، ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް، ގައުމުގެ ކަންކަން ހަމަމަގަށް އެޅުވޭނެ ގާބިލުކަން ނާޒިމް ގައިގައި ހުރިކަމަށް ގަބޫލްކުރައްވާކަމަށް އާޒިމާ ވިދާޅުވެފައި ވެއެވެ.

އަދި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުމެއް ވާނެ ވަރުގެ ކަމެއް ނުކުރައްވާނެ ކަމާއި ގައުމުގެ އެންމެ މަތީ މަސްލަހަތުތައް ރައްކާތެރިކުރުމުގައި އެއްވެސް ގޮތަކަށް ނާޒިމް ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އާޒިމާ ވިދާޅުވެފައި ވެއެވެ.

ނާޒިމްއަކީ އޭނާގެ ސިޔާސީ އެމްބިޝަނެއް އޮވެ، އޭނާ ހުންނެވި ޕާޓީން އެފުރުސަތު ލިބެންނެތުމުން، އެކަން ހާމަކުރައްވައި، ޕާޓީން ވަކިވެ، ވެރިކަމުގެ ރޭހުގައި މުރާލިކަމާއެކު، ބުރަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށް ވެސް އާޒިމާގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"ގައުމު ވެއްޓެމުން މިދާ އަނދަވަޅުން ސަލާމަތްކޮށް ގައުމު އާރާސްތު ކުރުމަށް ނާޒިމް ބޭނުންވާ ކަަމަށް، އަޅުނޑުގެ ތައުލީމާއި ތަޖުރިބާގެ އަލީގައި އަޅުގަނޑު ގަބޫލުކުރާ ސިޔާސަތުތައް ގާއިމުކުރައްވައި، ވެރިކަން ލިބިވަޑައިގެންފިނަމަ އެ މަގުން ކަންތައްކުރައްވާނެ ކަން ޔަގީންކަން ލިބި ހުރެގެންނެވެ". ނާޒިމްއާ ގާތުން މަސައްކަތް ކުރައްވާފައިވާކަން ހާމަކުރައްވަމުން އާޒިމާގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޕިސްޕިސް

    ހަހަހހަހަހަހަހ ވޮލެޓް ހުސްވީދޯ ، ، ސީޒަން ތެރެއަށް ފެނިލީ ތީ

    6
    2
  2. ޝަރ

    ޔާމީން އަަށް ދޯކާ؟؟

    7
    2
  3. ހަސަނު

    މައުމޫނު ކައިރީ އުޅެފަ ސަހަކު މީހަކު ނުހުންނާނެ! ޖާނޭދޯ!

    5
    2
  4. މުޖޫ

    ބަންޑާރަ ނައިބުކަމުގެހުވަފެނުގާ ދޮއްތޯ؟

    6
    2
  5. ބަޑިޕާޓީ

    ތިވެސް ތާޢީދެއް؟ ސެކްސް އެޑިއުކޭޝަން މިނިސްޓަރ ދޯ؟ ޓިކްޓޮކް ޕާޓީގަނޑު

    9
    1
  6. އަސްދޫނި

    ސޭޓް ހުސްކޮއްލާފަ ކޮޅުބަދަލު ކޮއްލީ

  7. Anonymous

    މިހާރު ހިގަމުން މިދާ ބޮޑު ކޯލީޝަން ހަދައިގެން ސަރުކާރު އެކުލަވާލީ ނާޒިމް މެންވެސް ބައިވެރިވެ ތިޔަ ބުނާ ހުރިހާ ކަމެއް ރަގަޅުކުރަން، އެއްކަމެއްވެސް ރަގަޅެއްނުވި !

    • ލޮލް

      ހުވާކުރި ދުވަހު ނޫން އަނެއްދުވަހު އައު ޕާޓީއެއްހަދާ ކޯލިސަނުން ބޯދަމާގަނެފި. ހުވާކުރި ދުވަހުވެސް އެނގުނޯ ތާކުންތާކުޖެހޭ މީހަކާ ނޫންކަން ވެރިކަން ހަވާލުކުރެވުނީ. އެކަމަކުވެސް ހަމަ ކެންޕޭނުގަ ފޯރިނަގާފަ އުޅުނީ.

  8. އައްކަ

    ނާޒިމްގެ ދުވަސްދިތައީ.