އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ގިނަ ދަރިވަރުންތަކާއިއެކު ސްކޫލްތަކުގެ ލަވަމުބާރާތް މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

ސްލޫކު ކުދިންގެ ލަވަ މުބާރާތަކީ ރާއްޖޭގެ ހުރިހާ ސްކޫލުތަކުން ބައިވެރިވެވޭނެ ގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އާއ ސެންޓަރ ފޯ ދި އާރޓްސް އަދި ޕަބްކިލް ސާރވިސް މީޑިއާ ގުޅިގެން ބާއްވާ މުބާރާތެކެވެ.

މިއަހަރުގެ ސްކޫލް ކުދިންގެ ލަވަ މުބާރާތުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 32 ސްކޫލަކުން ޖުމްލަ 273 ދަރިވަރަކު ވާދަކުރާނެއެވެ.

ޖުމްލަ ހަ އުމުރުފުރާއަކަށް ބަހާލައިގެން މުބާރާތް ކުރިއަށްދާއިރު، ކުދިންގެ ހުށަހެޅުންތައް ގެނެސްދޭން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހަގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަކަށެވެ. އަދި ރޭގަނޑު 20:00 އިން 23:00 އަށް ޕީ.އެސް.އެމްގެ "ޔެސް ޓީވީ" މެދުވެރިކޮށެވެ.

މުބާރާތުގެ ފައިނަލް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގައެވެ.

މިއަހަރުގެ ލަވަ މުބާރާތް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު، މުބާރާތުގެ ފަނޑިޔާރުކަންކޮށްދެއްވާނެ ފަރާތްތަށްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ.

މިއަހަރުގެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާ ފަރާތްތަކަކީ:

• ކާނަލް ޢަލީ މަނިކު (ދާރީ)
• އާދަމް ނަޞީރު އިބްރާހީމް
• ޝިފާ ތަޢުފީޤު
• މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް)
• މަރްޔަމް އުނޫޝާ
• މުޙައްމަދު ޝުހައިލް
• ފާޠިމަތު ފެޒްލީން

މީގެ އަހަރުތަކެއް ކުރިން ސްކޫލްތަކުގެ ލަވަ މުބާރަތަކީ ވަރަށް ފޯރީގައިި ރާއްޖޭގައި ބޭއްވި މުބާރާތެކެވެ. އެމުބާރާތްތަކުން އުފެދުނު ވަރަށް ގިނަ ލަވަކިޔުންތެރިން މިހާރު ވެސް ރާއްޖޭގެ މިއުޒިކީ ދާއިރާގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފިޔާ

    ތޮއްޑޫ. ކަލޭމެން ދީނޭ ޔުނިވަރސިޓީއޭ ކިޔާގެން ހުދުފޮތިކޮޅަކަށް ވެެގެން ﷲ ހަރާމްކުރެއްވި ކަންކަމަށްވަދެ މުންކަރާތްތައް ފުޅާކުރަން ތިއުޅެނީ ޙައްްޤާ ބާޠިލް އެއްއުރަޔަަކަށް ނުވަންނާނެ ސަރ

  2. ޢާޑާބާޑާގުރޫޕް

    މިހާރުއެއްމެހިނގަނީ ޗޯރުލަވަ މިމުބާރާތުންވެސް ވަނަލިބޭނެ ޗޯރުލަވަ ކިއުމުން އައްނާނީ އެތައް ސިޔާސީ ޕާޓީތަކާއެކް ކާނިވާ ސްޓޭޖައް ޗޯރުލަވަ އަނެއްކާވެސް މިލަވަ ހެޑަކައްނުއޮޅޭނެ ގޮށްނުޖެ ހޭނެ ފުލުސްރަތައްއަރާނީ މެދުއުމުރުގެގިނައެކް ޓިވިސްޓުން މެދުގަހިނގާ ސިޔާސީ ޗޯރުލަވަ ކިނބުލެއްހެންކާލަންއައްނަނީ މިއަޑާމިއުޒިކާއެކް

  3. ނުކުރާށޭ

    ސްކޫލްކުދިންގެ ލަވަ މުބާރާތް 8 އަހަރަށް ފަހު ފަށަނީ ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ބޭނުން ކަމެއް ނޫނޭ ސަބަބަކީ ހިންދީ ރާގަށް ހަދާފައި ހުންނަ ދިވެހިލަވަ ކުޑަ ކުދިން ލައްވާ ކިޔުއްވުން އޭގެ ސަބަބުން މިގައުމުގައި މިއުޒިކް އިންޑަސްޓްރީ ގައި އުފެއްދުން ތެރި މިއުޒިޝަނުން ނުނިކުންނާނެއޭ ދިވެހި އަންހެން ލަވަ ކިޔުންތެރިން ކިޔާ ލަވަހީވަނީ އަލިފުލައިލާ ވާހަކަ ކިޔާހެންނޭ އަޑުގައި ސްކޭލެއް ނުހުރެއޭ ލަވަކިޔާނިމޭ އިރު ހެދުމުގައި ރުލެއް ވެސް ނުޖެހޭ ތިކަމަށް ޓެކްސް ޕޭޔަރ މަނީން ޚަރަދުކޮށްގެން ނުވާނެއޭ ސްކޫލް ކުދިންގެ ލަވަމުބާރާތް ބާއްވަން ވާނީ ރައްޔިތުންގެ މެދުގައި ވޯޓެއްލާ އެލާ ވޯޓްގެ %75 ތާއީދު އެކަމަށް ލިބިގެންނޭ...

  4. ޟަފޭ

    މިކަންވެސް ބައެއް ސިޔާސީ އިލްމުވެރިންނަށް ވ ސަޅިވާނެ

  5. ނެތީމޭ

    ލަވަކިޔުމަކީ ހަރާމްކަމެކޭ ދީނުގެ އިލްމް ވެރިން ބުނަމުންދާއިރު އަންހެން ކުޑަކުދިން ތަކެއް ކުރު ހެދުން ލައްވަައިގެން ތިޔާ ގަންނަނީ ކޮން ގަނޑެެއްތޭ އެއީ ކުފުރުގެ ތެރޭން ވާ ކަމެކޭ ބުނަން މަމެން ނެތީމޭ...

  6. އުތުރާއި ދެކުނު

    ތިފޮޓޯއިން ތިފެންނަނީ އިންސާނުންގެތެރޭއުޅޭ ޝައިޠާނުންތައް އިންސާނުންގެސިފަހުރި އެކަކުވެސްނެތް
    ދިވެހިމުސްލިމުންތިތިބީ ހަމަހޭގަތޯ