އެމެރިކާާގައި ރާއްޖޭގެ އެމްބަސީ ހުޅުވަން ހޭދަބޮޑު ރަސްމިއްޔާތެއް ބޭއްވުމުން ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އަލުން އެމްބަސީއެއް އެމެރިކާގެ ވޮޝިންގްޓަންގައި ރާއްޖެއިން ރަސްމީކޮށް ހުޅުވީ އިއްޔެއެވެ.

އެކަމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ދުންޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމްބަސީ މީގެ އެއް އަހަރު ކުރިން ހުޅުވާފައިވާ ކަމަށެވެ. އެހެންކަމުން ބޮޑު ހޭދައެއް ކޮށް ރަސްމިއްޔާތެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

"އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި އެމްބަސީތަކަކީ ގައުމުގެ އިގުތިސޯދު ކުރިއަރުވައި އިންވެސްޓްމަންޓުތައް ގެނެސްދޭނެ ތަންތަނަށް ވާނެ" ދުންޔާ ވިދާޅުވިއެވެ.

އެމްބަސީ ހުޅުވުމުގެެ ރަސްމިއްޔާތުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެސިސްޓެންޓް ސެކެޓްރީ ޑޮނަލްޑް ލޫ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމެރިކާގައި ތިއްބަވާ ރާއްޖޭގެ ޑިޕްލޮމެޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ އެމްބަސީއެއް 2007 ވަނަ އަހަރު ވެސް އެމެރިކާގައި ހުޅުވިއެވެ. ނަމަވެސް އެމްބަސީއަށް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުން 2008 ވަނަ އަހަރު އެމްބަސީ ވަނީ ބަންދުކޮށްފައެވެ.

2020 ވަނަ އަހަރު އެމެރިކާގެ އޭރުގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުގައި، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވަން ނިންމާފައި ވާކަން އިއުލާނު ކުރައްވާފައިވެއެވެ. އެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

މިއެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިހާރު ހުންނަވަނީ ސްރީލަންކާ ގައެވެ. އެމެރިކާ އިން މިހާތަނަށް ރާއްޖެއަށް ކަނޑައަޅަމުން އައީ ނޮން ރެސިޑެންޓަލް ސަފީރެކެވެ. ނަމަވެސް ރާއްޖޭގައި އެމްބަސީއެއް ހުޅުވުމުން އެމެރިކާގެ ރެސިޑެންޓަލް ސަފީރެއް ރާއްޖެއަށް ކަނޑައަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޕިސްޕިސް

    ހެލޯ ؛ ކަލެޔަކާ ކޮންބެހޭކަމެއް . . އެހެންނޫނަސް ކަލޭގެ ބަފާއެއީ ތީމުގޭގަ ރަންފާހާނާ ތަށި ލައިގެން ކަލޭމެން އެއައް ގުއި ރެއްވި މީހުންނެއްނު . . ހަޔާތް ކުޑަކަމުން އަނގަތަޅައޭ އަދި އެބަ . . ހަރަދުބޮޑު ވެގެން ކަލޭމެންވާހަކަ ދެއްކީމަ ކަޑައޭ . . .

    6
    5
  2. ބޯބޮޑުގިރި

    ކަމަނާ ހާދަވަރަކަށްދޯ އަދިވެސް ވެރިކަމުގެ ކޮއިލްތެރޭގައި އުޅޭހިތްތިވަނީ، ކަމަނާވެސް ވެރިކަންކުރާހިތުން ހަމަ މޮޔަވަނީ ދޯ؟ އެކި މީހުންގެ ހިމާޔަތުގައި ތިގޮތަށް ޕޯޑިއަމްތަކަށް އަރާ ބޭކާރު އަނގަތެޅުމަށްވުރެ ކަމަނާގެ ޢިއްޒަތްހިފަހައްޓައިގެން ގޭގައިހުރުމުން މީހުން ކަމަނާއަށް ކުރާ އިޙްތިރާމް މާބޮޑުވާނެ

  3. ކޮސް

    މިއޮއް އެއްޗަކާ ހުރެ މިގައުމަކަށް ރީތި ނަމެށް ނުލިބޭނެ! ބަލަގަ އެހެން ގައުމު ތަކުގެ މީހުން ލައްވާ އަހަރުން މީ ބިކާރީން އޭ ކިޔުއްވަންތަ ތިއުޅެނީ؟!؟ ކަލޭ އަނގަ މަޑުލައިން ހުރޭ!! ލާރި ކެވުނު ވަރު ހަނދާން ނެތުނީ ހޭ މިހާރު؟؟

    1
    1
  4. Anonymous

    ކަމަނާ މެން ކުރި ބޭކާރު ހަރަދުވެސް މަދެއް ނުވާނެ !

  5. ދިވެހި މުސްކުޅިން

    30 އަހަރުގެ ވެރިކަމުގައި ކުރިނަމަ ތިކަން މި އަދު ކުރާކަށް ނުޖެހުނީހެއްނޫން 30 އަހަރު މަދުތަ ރާއްޖެ އަށް މިކަންކަން ކުރާކަށް - ދުންޔާގެ ޕައްޕައަށް ކުރެވުނު ކަމެއް އެބައޮތް ވަކި ވަރެއްގައި ތައުލީމް ކޮންޓްރޯލްކޮށްގެން އަދި ދީނީ ދަންނަ ބޭކަލުންނަށް ފުރުޞާތު ނުދީ އެމީހުންގެ ދުލުގައި ތަޅު އަޅުވައިގެން 40 ހަމަނުވާ ނަމަ އެރަށެއްގައި ހުކުރު ނުކުރުވައި ޒިޔާރަތްތަކަށް ނަދުރު ބުނުވައި ފަތިސް ނަމާދުގައި ގުނޫތު ނުކިޔާ ނަމަ ބިޑި އަޅުވަައި އާއިލާގެ ނަން ކިޔައިފި ނަމަހީ އަދަބުދީ މިއީ ދުންޔާ މެންނަށްވީވަރު

  6. އިބޫ ހޯލިސް

    ގައުމުތަކުން އަނެއް ގައުމުގައި އެމްބަސީ ހުޅުވަނީ ބޭނުމެއް އޮވެގެންނެވެ. އެންމެބޮޑު އެއް ބޭނުމަކަށްވަނީ އެގައުމުގައި ދިރިއުޅޭ މިގައުމުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. ނުވަތަ އެގައުމުގައި ގާއިމްކޮށްފައިވާ މިގައުމުގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
    މިގޮތުން ބަލާއިރު އެމެރިކާގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމުގެ އެއްވެސް ބޭނުމެއް އަޅުގަނޑަކަށް ނުފެނެއެވެ. ބޭކާރު ހަރަދުކުރުން ހުއްޓާލަން އެބަޖެހޭ