ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުތަކުން ވަކިކުރަން އެއްފަހަރާ ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ އަނބުރާ ނަގަން ނަޝީދު ގޮވާލެއްވިޔަސް އެއިން އެއްވެސް މައްސަލައެއް އަނބުރާ ނުގެންނާނަން ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އީވާގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅައި ނޯޓިސް ދީފައި އޮތުމުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތެއް އީވާއަކަށް ނެތެވެ. އޭގެފަހުން ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާ ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެކޮޅު ހަދަމުންނެވެ.

އަސްލަމް މިރޭ "ވަގުތު" އަށް ވިދާޅުވީ ނަޝީދުުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެ މަނިކުފާނަށް ދީފައިވާ 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވަންދެން އެ މަނިކުފާނު ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވަން ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. "ޖަލްސާ ބާއްވަވަން ޖެހިވަޑައިގަންނަވާނީ. ރިޔާސަތުގަ އިންނަވަން ބޭނުންފުޅު ނޫނިއްޔާ، ޖަލްސާ ފައްޓަވާފައި އެހެން ބޭފުޅަކާއި ރިޔާސަތު ހަވާލުކުރެއްވީމަ ޖަލްސާ ކުރިއަށްދާނެ،" އަސްލަމް ވިދާޅުވި އެވެ.

ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދެވޭނީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ ނުވަތަ ނައިބު ރައީސް އީވާގެ މައްސަލަ އަނބުރައި ގެންދަވައިގެންނެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި އޮންނަތާ ދެހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު މިހަފްތާ ނިމުމުން މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިމި، މަޖިލިސް ޗުއްޓީއަށް ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކި ބުރު ވެރިޔާ

    ކަލޯ ނަޝީދު އަވަހަށް ތީނަ އާއި މުރާދޫ ކީ ހަވާލު ކުރޭ!މިހެެރަ މީހާ މޮޔަވަނީ

    13
    2
  2. Anonymous

    ޔާﷲ، ދިވެހިރާއްޖެއަށް ޖެހިފައިވާ ލާދީނީމީހާގެ ބަލާވެރިކަމުން އަޅަމެންނާއި އަޅަމެންގެ ދަރިންނާއި އަޅަމެންގެ ދަރިންގެ ދަރިން ސަލާމަތް ކުރައްވައިފާންދޭވެ. އާމީން.

    10
    4
  3. ގައުމީ ލޯބި

    އަންނި މަޖިލިސް ހިސޯރުކޮށްގެން އެއުޅެނީ.. ބްލެކްމެއިލް ދޯ އެކުރަނީ.. ތިމަންގެ ނޯކޮންފިޑެންސް ނަގާށޭކިޔާފަ...؟

    އެމެޖެންސީވެފަ ތިއޮތީ މީހަކު ގަސްތުގައި މަޖިލިސް ބަންދުކުރާނެ ގޮތްރާވައިގެން..

    ދެން ކޯޓުން އަންގާ ޢަމަލުރަންވީގޮތް.. އެއްބާރު ލޮކްވީމަ، އަނެއްބާރު ކޮންޓްރޯލް ނަގާ އޭރުން ދޯ މަޝިން ނުހިއްޓި ހިގާނީ!

    6
    3
  4. އަހްމަދު

    އާ ނުނަަގާތި ކަލޭމިހާރުވެސް ތިހުރީ މަޖިލިސްގެ ރައީސްގެމަގާމުގަ ރޮޒޭނާ އާދެމީހުން މަޖިލިސް އިދާރާ އައްޑުއަށް ބަދަލުކުރޭ ސޯލިހްކައިރީބުނޭ އޭރުން އައްޑޫގެ ވޯޓުތައް ޔަގީންވާނޭ ޝަރީފް އެއޮށްބާރަށް ހަޅޭއްލަވާއިރުވެސް އެސޮރަކަށް ފުރުސަތެއްނުލިބުނުދޯ

    10
    3
  5. އުތުރު ދާއިރާ

    މީގެކުރިން އަސްލަމް އަފިންނަށް ފެނެނެއި ގައުމުގެ މަސްލަހަތާއި ޑިމޮކްރަސީއަށް މަސައްކަތްކެރާ މީހަކާގެގޮތެ، އެކަމަކި މިކޯމިފެނެނީ އަސްލަމް ރޮޒޭނާމެންލާގެން ހަރާބުގެ މަގަށް މިސްރާބުޖަހާތަން. އެހެންވީމެއި ބެނާއޮތީ އަސްލަމް އަށްވިއަސް އަދި ރަސްކަލަކާވިއަސް ތަކަށް ތަބާވުމަށް ނެތާއު. ރިޝްވަތާއި ވައްކަމަށް ބެނެވޭނެއި ނޯއައެ

    3
    1
  6. ޙަސަން

    ޔާﷲ މި ލާދީނީ ކަލޭގެ ކިބައިން މިގައުމުސަލާމަތް ކުރައްވާފާދޭވެ

    2
    1
  7. އަހްމަދު

    މިކަލޭގެ މަޖްލީހުގެ ރައީސަކަށް އައިސްފިނަމަ ޖަލްސާތަށް އޮންނާނީ ރޭނގަޑު!