ޤައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ ވަޞީލަތް މަދު ޤައުމަކަށްވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިކަމުގައި ވަނީ ނަމަ ކާމިޔާބު ލިބޭނެކަމަށާއި، ޤައުމުގެ ތަރައްޤީއާއި ޤައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން ވެސް އެއްބައިވަންތަކަން އިސްކުރުމަކީ މުހިންމުކަމެއް ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވެވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަން ފާހަކުރައްވައި، ވޭތުވެތިޔަ އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށެވެ.

މިގޮތުން މާލެ ސަރަޙައްދާއި، މާލެ ކައިރީ ސަރަޙައްދުތަކަށް ބަލާއިރު ތިރީސް އެތައް ރަށުގައި ޒަމާނާ އެއްގޮތަށް ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ސްޓެލްކޯއިން ފުޅާ ކުރަމުން އަންނަކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ވަނީ ރައްޔިތުންނާ ހަމަޔަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުންޏެއްގައި ނުވަތަ އެ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެކުވެރި، އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާޙައުލުގައި އުނގެނުމުގެ މުހިންމުކަން ހާމަކުރައްވައި، އެކަކަށް އެނގޭ އެއްޗެއް އަނެކާއަށް އުނގަންނައިދީ ދަސްކޮށްދިނުމަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ.

"ޤައުމަށް ލިބޭ ކޮންމެ ރަނގަޅު ކަމަކީ އެންމެނަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑުމެން އެންމެން އެބަޖެހޭ ޤައުމަށް އެންމެ ރަނގަޅުގޮތް ކުރިއަރުވާ މަސައްކަތް ކުރާ ބަޔަކަށް އަޅުގަނޑުމެން ވާންއެބަޖެހޭ. ބަދަލުވަމުންދާ މި ދުނިޔޭގައި ބަދަލުވަމުންދާ އެތައް ކަންތައްތަކެއް ފެނިއްޖެ. ތަޖުރިބާ ނުކުރާ އެތައް ކަމެއް ކުރިމަތިވެއްޖެ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވަރަށް ބޮޑަށް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އިސްކަން ދެއްވާކަމަށާއި، މިގޮތުން އިންޖީނުގެ ތަކަށް ބަލާލިކަމުގައިވިޔަސް އަތޮޅު ތެރޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީކޮށް ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.

މި ޖަލްސާގައި ނައިބު ރައީސް ވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސަރވިސް އެވޯޑް ލިބިވަޑައިގެންނެވި އެ ކުންފުނީގެ ޑެޕިއިޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފަށް ޚާއްޞަ އެވޯޑެއް ޙަވާލުކޮށްދެއްވާފައެވެ. އަދި، މި ޖަލްސާގައި ސްޓެލްކޯއިން ވަނީ އެ ކުންފުނީގައި ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުވައްޒަފުންގެ އަގުވަޒަންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޜައްޔިތުމީހާ

    ސްޓެލްކޯގެ އަހަރީދުވަސް ކޮރޮސްރޯޑްގަ ބާއްވަންވެގެން މިދިޔަދުވަސްތަކުގަ ބިލްތައްބޮޑުމިކުރީ

    3
    1
  2. އާދަނު

    އަނެއްކާވެސް "ޖެހޭ ޖެހޭ ޖެހޭ" ބޯ ގިނަކުރަން ނުހުރެ އިސްތިޢުފާދޭކަށް ނުވޭތަ އަދިވެސް؟

    3
    1
  3. ޑައެލޯގް

    ކަލޭ މާގިނަވާހަކަ ނުދައްކާ އަންހެންކުދިން ރޭޕްކުރަން ކަލޭއުޅެބަލަ މިސަރުކާރަކީ ރޭޕުގެ ރެކޯޑް ސަރުކާރެވެ.

  4. ގަބުޅިބާދަލާ

    ރައީސްް ޔާމީން މި ގައުމުު ތަރައްގީ ކޮށް ދިވެހިންނަކީ ފުދުން ތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވަން ފެއްޓެވީމާ ތިޔަބޭޅުން އުޅުއްވި ގޮތް އަޅުގަނޑުމެން އަދި ހަނދާންއެބަހުރި. ނޫސްވެރިންނިކަން ބޭޅުންނަށް އެއަޑުތައް އިއްވާލާ ދޭންވީނޫންތޭ. ތިމާމެން ފޭހުނު އިލޮށި ތިމާމެންގެ ލޮލަށް ހެރެންފެށީމާ ވަރަށް ތަދުވާނެ. އެއިރުވެސް ދިވެހިންގެ އެއްބައިވަންތަކަމާއި އިޖްތިމާޢީ ފޭރާން ހަލާކުރީ ތިޔަބޭޅުން މިހާރު އެވީދާ ކުދިކުދިކޮށް ދިވެހި ގައުމުގެ އިސްތިގުލާލު ވެއްޔާމޮޑެނީވެސް ތިޔާބޭޅުން. ޕޯޑިއިމް ތަކަށް އަރާ ތިޔާ މޭރުމުން ވާހަކަ ދައްކަން ލަދެއްވެސް ނުގަނޭ.