ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އެކުލެވިފައިވާ ގޮތައް ކުޑަކުޑަ ބަދަލެއް ގެންނަން އިއްޔެ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައެވެ.

ސަރުކާރުން ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޖޭއެސްސީގައި ނުހިމެނޭ ގޮތައް ގާނޫނު ބަދަލު ކުރާށެވެ. އެހެންނަމަވެސް އަދިވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކާއި އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކާއި ބަންޑާރަނައިބު ޖޭއެސްސީގައި އިންނަވާނެއެވެ.

ސިޔާސީ ފަރާތްތައް ޖޭއެސްސީގައި ނުތިބެވޭ ގޮތް ހެދުން އެއީ ސަރުކާރުގެ ވައުދެއް ނަމަވެސް އެބަދަލު ޖޭއެސްސީއަށް ގެންނަން ހުށަހަޅާފައި ނެތުމުން ފާޑުވިދާޅުވެ ޑރ.ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުން އުޅެނީ އޮޅުވާލަން ކަމަށެވެ. ފޮނުވި ބިލުން ޖުޑިޝަރީ މިނިވަން ކުރުމުގެ ނިޔަތެއް ނެތްކަން އެނގޭ ކަމަށައި ކެބިނެޓްގައި ހުންނަވާ ބަންޑާރަނައިބާއި މަޖްލިސްގެ މެމްބަރު ތިބޭ ތަނެއް މިނިވަނެއް ނުވާނެ ކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. "ތިމާމެންނަށް ހެޔޮވަރަށް ސޫޓް ފަހަން އުޅެނީ އަބަދު މަގާމުގައި ތިބޭނެކަމަށް ދެކިގެންބާ؟ ނަމަކަށް ކަމެއް ކޮއްލީ!." ޑރ.ޖަމީލް ވިދާޅުވިއެވެ.

އިއްޔެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މި ބޭފުޅުން ޖޭއެސްސީގައި ނުހިމެނޭ ގޮތް ހަދައި މެންބަރުންގެ އަދަދަކީ 7 ކަމަށް ހަމަޖެއްސުމަކީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރާއިރު ގެންނަ މައިގަނޑު ބަދަލު ކަމަށެވެ.

"މިގޮތަށް ހުށަހެޅީ ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެ ނޫން ވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމިއްޔާތަކާއި އާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި،" ބަންޑާރަ ނައިބުގެ ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑުކިޔަމުންނެވެ. ޖޭއެސްސީ މެދުވެރިކޮށް ސަރުކާރުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފީފީ

    ޖަމީލު މިގައުމައް ކޮންކަމެއްހޭ ކޮއްދިނީ؟ ސަކުވާކުރުމުގަ މުޅިމީހާގެއުމުރު ތިދުއްވާލަނީ. މީނަގެ އަގައިން ސަކުވާޔާ ނެގެޓިވިޓީ ނޫންއެއްޗެއް ނުނުކުމޭ

  2. މުހައްމަދު

    ބަންޑާރަނާއިބަކީ ވަރަށް އެދުން ބޮޑުމީހެއް.
    ބަންޑާރަނާއިބަކީ ސިޔާސީ މީހެއް މަޖިލީހުން އައްޔަން ކުރާ ފަރާތަކީ ސިޔާސީ މީހެއް އެހެންކަމުން ތިޔަ ހުށަހެޅި އިސްލާހަކީ އަމިއްލަ އެދުމުން ފުރިގެން ހުށަހަޅާފައިވާ ސިޔާސީ ހުށަހެޅުމެއް.

  3. ށިރުޚާން

    ކުށް ހޯދުމާއި މީސްތަކުން ފަޟީޙަތްކުރުމާއި އަދަބު ދިނުން އުފަލެއްކަމުގައި ދެކޭހާ ހިނދަކު އެއްވެސް ތަނެއް އަދި މީހަކު ވެސް ރަނގަޅެއް ނުވާނެއެވެ. އިންތިޤާލީ އިންސާފް ގެ ކޮމިޝަން ގެ އިންވެސްޓިގޭޓަރ ފަދައިން ޕާޓީކުރާ ކުދިންނާއި މަސްތުވާތަކެތީގައި ޖެހިފައިވާ ފަރާތްތަކާއި ހަމްދަރުދީ ވުމަށާއި އިޙްސާންތެރި ކަންނެތް މީހުން ކަންކަންއިޞްލާޙްކުރުމުގެ ނަމުގައި އުޅުނީމާ ވާނެގޮތް އެނގޭ މީހުން އަދި ވެސް މަަދެވެ.

  4. ޛަހޫ

    ކުށް ހޯދުމާއި މީސްތަކުން ފަޟީޙަތްކުރުމާއި އަދަބު ދިނުން އުފަލެއްކަމުގައި ދެކޭހާ ހިނދަކު އެއްވެސް ތަނެއް އަދި މީހަކު ވެސް ރަނގަޅެއް ނުވާނެއެވެ. އިންތިޤާލީ އިންސާފް ގެ ކޮމިޝަން ގެ އިންވެސްޓިގޭޓަރ ފަދައިން ޕާޓީކުރާ ކުދިންނާއި މަސްތުވާތަކެތީގައި ޖެހިފައިވާ ފަރާތްތަކާއި ހަމްދަރުދީ ވުމަށާއި އިޙްސާންތެރި ކަންނެތް މީހުން ކަންކަންއިޞްލާޙްކުރުމުގެ ނަމުގައި އުޅުނީމާ ވ

  5. ޛަހޫ

    ކުށް ހޯދުމާއި މީސްތަކުން ފަޟީޙަތްކުރުމާއި އަދަބު ދިނުން އުފަލެއްކަމުގައި ދެކޭހާ ހިނދަކު އެއްވެސް ތަނެއް އަދި މީހަކު ވެސް ރަނގަޅެއް ނުވާނެއެވެ. އިންތިޤާލީ އިންސާފް ގެ ކޮމިޝަން ގެ އިންވެސްޓިގޭޓަރ ފަދައިން ޕާޓީކުރާ ކުދިންނާއި މަސްތުވާތަކެތީގައި ޖެހިފައިވާ ފަރާތްތަތައް އިޞްލާޙުކުރުމުގެ ނަމުގައި އުޅޭތީދޯ؟

  6. ޜަހޫ ޙަސަން

    ކުށް ހޯދުމާއި މީސްތަކުން ފަޟީޙަތްކުރުމާއި އަދަބު ދިނުން އުފަލެއްކަމުގައި ދެކޭހާ ހިނދަކު އެއްވެސް ތަނެއް އަދި މީހަކު ވެސް ރަނގަޅެއް ނުވާނެއެވެ.