މަގުމަތި ހަލަބޮލި ކުރުމަށް ވުރެ ހައްޖުމަހުގެ ފުރަތަމަ 10 ދުވަހު އަޅުކަމައިގެން މަޝްއޫލުވުން މާހެޔޮ ވާނެ ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. ރެއާ ކުރީ ރޭވެސް މާލޭގައި މުޒާހަރާ ކޮށްފައި ވެއެވެ.

އެކަމަށް އިޝާރަތް ކުރަައްވާ ޝެއިޙް ޒައިދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަގުމަތި ހަލަބޮލި ކުރުމަށްވުރެ ހައްޖު މަހުގެ ފުރަތަމަ 10 ދުވަހު އަޅުކަމައިގެން މަޝްއޫލުވުން މާހެޔޮ ވާނެ ކަމަށާއި، މުޒާހަރާ ފަހުންވެސް ކުރެވިދާނެ ކަަމަށެވެ.

"ނަމަވެސް ހެޔޮކަމުގެ މޫސުމެއް މަގުމަތި ހަލަބޮލި ކުރުމުގައި ފާއިތުކުރީމާ އެއީ އަމިއްލަ ނަފްސަށް ދެވޭނެ ވަރަށް ބޮޑު ގެއްލުމެއް. ބުއްދިވެރިން ގެއްލުން ނުކުރާނެ.". އޭނާގެ ޓްވީޓްގައި ވެއެވެ.

ޝެއިޙް ޒައިދު މިގޮތަށް ވިދާޅުވިއިރު، އޭނާއަަކީ އިދިކޮޅުން ކުރާ ކަންކަމަށް އަބަދުވެސް ފާޑު ކިޔާ ބޭފުޅެކެވެ.

ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މެންބަރުން ސަރުކާރާއި ދެކޮޅަށް ޑިމޮކްރެޓްސް ހަރުގެ ކައިރީ ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރެެއެވެ.

އަދި ރޭ މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ވަނީ ބައެއް މީހުންގެ މޫނަށް ޕެޕަ ސްޕްރޭ ޖަހާފައެވެ.

ދެޕާޓީގެ މެންބަރުން ޖަމާވުމުން މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބުގެ ޓްރެފިކް ހުއްޓުމަކަށް އައިސް، އެމްޓީސީސީގެ ބަސް ދަތުރުތައް ވެސް ވަނީ މިރޭ ހުއްޓާލަން ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އަހްމަދު ބިން ޒައިދު

    މީ މިހާރު ސިޔާސީ ލީޑަރެތް ޝޭހެތްނޫން ޖަޒުބާތުގަޖެހި ދައްކާނެ ނުދައްކާނެވާހަކައެތް ނޭންގިގެން އެއުޅުއްވަނީ

    60
    3
    • ޙިމާރު ދީންވިއްކަނީ

      ދީންވިއްކާލުމައްވުރެ ﷲ ގެދީނައް ނަސްރު ދިނުން މާހިޔޮކަން ބޮޑު ކުފުރުވެ މީސްތަކުން މަގުފުރެއްދުމިގެ އަޒާބު ބޮޑުކަމާއެވެ

    • މުހައްމަދު އަހްމަދު

      ޒައިދުގެ ވާހަކަ ގޯހެެއް ނުން. އެކަމަކު އިލްޔާސްމެން ޒައިދުމެން ޑރ އިޔާޒުމެން ޔާމީނުގެ ވެރިކަމުގައި މުޒާހަރާތަކަށް ނުކުމެ އުޅުނު ހަނދާންވޭ..

  2. ކުޑަހުވަދޫގެ ދަރި

    ޒައިދު މަގާމްގެލިދާނެތީ ތިޔަދޫ ތިވަރަށް ވިއްކާކަންނުވާނެ އެންހުވަހެއްއޮތްކަން ހަންދާންކޮށްދެން

    47
    3
  3. ޜައްޔިތުމީހާ

    ސަރުކާރުގެ ބޮޑުންނާ ފުލުހުން އަދިސިފައިންގެ ބަޔަކު އަލަމްގިރިއައް ބީހުނުއިރު ޒައިދުމެން އިޔާޒުމެން ކޮންތާކުތޯއުޅުއްވީ

    62
    2
  4. އަލީ

    އިސްލާމް ދީނުގެ ރިވެތި އަހުލާގާ އާދަތައް ނެތި ދީނީ ތާކިހާ އަޅައިގެން ފެންނަ ކަނުންނައްވެ ތިބެ ބަސްބުނަން ޖެހޭ ކަންކަމުގަ އަނގަ ބަންދުވެ ތިހެން ސިޔާސީ ކަންކަމައް އަނގަ ހުޅުވަން އެހާ ސަޅިއެއް ނޫން. ނަމުން ޝެއިހުން ކަމުން ސޭކުން. ކަލޭމެން ތީ މިހާރު ވެރިންނައް ސަނާ ކިޔާ ބަޔަކައް ވެއްޖެ!!

    55
    2
  5. ސަރުދާރު

    މިއީ، ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތައް! އެހެވީމާ، ދުވާލު އަޅުކަމާއިގެން އުޅެފައި ރޭގަނޑު މުޒާހަރާ އަށް އެބޭފުޅުން އެ ނުކުންނަނީ! ދީނީ ޢިލްމުވެރިން އަކީ އެއްވެސް ބަޔަކާ ޒާތީވާ ބައެއް ނޫން! އެކަމަކު ތިބޭފުޅާ އާއި އިޔާޒު މީސްތަކުންނާ ޒާތީ ވަމުންދާތީ އިލްމުވެރިންގެ ގޮތުގައި ރައްޔިތުން މިހާރު ބަލައި ނުގަނޭ!

    56
    2
  6. މޫސަ

    ދެ ފުއްކެރިންތި.

    42
    2
  7. ކޮވިޑް

    ކަލޭ މިޤައުމަގަ ފަސާދަ ނުފަތުރާ މޫނު ބުރުގާ އަޅައިގެން ގޭގަ އޮވެބަލަ ހެޔޮނުވާނެ. ނޫނީ އިޔާޒު އަށް ކުރުނީސް ކުރަން ދޭބަލަ.

    42
    2
  8. ޢަލިފް

    ކަލޭ އުޅެބަލަ ގައުމު ހަލާކު ވާ އިރުވެސް...އަލމްގިރި.ކޮމް

    37
    3
  9. ޝޭހު

    ގައުމު އަޅުވެތިކަމުން ސަލާމަތްވުން މުހިއްމު ކާފަރު ގައުމެއްގެ ބާރުދަށައް ދިއުމައްވުރެން

    44
    2
  10. ބޭބެ

    ވާނުވާ ހޭބަލި ނުވޭ.

    34
    2
  11. ބަކޫ

    ކަލޭވެސް މިމާތްމަހުގައި މީހުންނަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުމުން ދުރުހެލިވެ ސޯޝަލް މީޑިޔާގައި މަޝްހޫރުވުމުގައި ވަގުތުނަގާލުމުގެބަޑަލުގައި ދީނީކަންތަކުގައި އަވަޑިނެތުއުޅުމަށްވެސް އާދޭހާއިއެކު ވަރަށްބޮޑަށްއެދެން........

    36
    2
  12. އުގުރި

    ﷲ އަކުބަރު.. ހަމަ ތިޔަ ގޮތައް ހަރު އަޑުފުޅުން ވޮވާލައްވީނު ސުކޫލްކުދިންގެ ލަވަ މުބާރާތް ހުއްޓުވަން އަދި މަސައްކަތް ވެސް ކުރަންވީނު..

    ސޯލިހުގެ ވެރިކަން ވީމަ ދޯ...

    50
    1
  13. ވާގޮނުސްކޮ

    ޒައިދު އަށް އެނގޭދީނީ އިލްމުގެ ފޮތްތަކުގަ އޮތީ ރެއާއިދުވާލު ހުރިހާވަގުތެއްގަ އަޅުކަން ކުރުންތޯ.
    ގައުމުގަ ހުރިބޮޑެތިމައްސަލަތައް ހައްލުނުވެ މުޅިގައުމު
    ހުއްޓިގެންދާއިރު އެކަންބޮޑުވުން ތައްހައްލުކޮށްދިނުމުގަ
    ދަައުލަތް ފެއިލްވެ ރައްޔިތުންނައް ކެތްނުކުރެވޭ ދަރަޖައަށް ގައުމުގެހާލަތް ވެއްޓެމުންދާއިރުވެދް އަޅުކަމުގަތިބެގެންވާންނެތްނަމަ އަޅުކަންކޮށްފަ ގައުމުސަލާމަތް ކުރުމައް ކުރެވެން ހުރިކޮންމެކަމެއްވެސް މިއަދުމިވަނީ ރައްޔިތުންނައްކުރަންމަޖްބޫރުވެފަ. ތިޔަކަހަލަ ފަތުވާދިނުމަކުން ރައްޔިތުންގެ ހުރިކަންބޮޑުވުން ތަކާ ގައުމުގެ ހާލަތްބަދަލެއްނުވާނެ.

    31
    2
  14. ޑައެލޯގް

    މިސްކިތަށް ބޮޑުކަމުދިޔަމީހާއާއި ހަތިމަށް ކުޅުޖެހިމީހާއާއި، އެމްޑީއެން އާއި އުތެމަމީހުނަށް މިސަރުކާރުން ބޮޑުމަގާމުދިނުމާއި، ހޯރައިއްބެ ދޫކުރުމާއި ޝިރުކާއި ޔޯގާހުއްޓުވަން ނިކުތް އިލްމުވެރިންނަށް އަނިޔާކުރާއިރުވެސް މިސަރުކާރާދެކޮޅަށް މިޒައިދުއާއި އިޔާޒަކަށް ޓުއީޓެއް ނުކުރެވެއެވެ.

    35
    1
  15. އިސްލާޙްކުރައްވާ

    ބަލަ ދީނީ އަޅުކަމަކީ ވަކިދުވަސްވަރެއްގަ ވަކި މޫސުމެއްގަ ކުރަންއޮންނަ ކަމެއްނޫނޭ ތިޔަބޭފުޅުންނައް ދީނީ ފަތުވާއެއްވެ
    ސް ދޭންތިއެނގެނީ ވަކިދުވަސް ވަރެއްގަ ތިޔައްވުރެ މާރަނގަޅުވީސްކަންނޭންގެ ތިޔަކުރާ މުޒާހިރާއެއްކުރާށޭ އަޅުކަން ކުރުމައްފަހުގަ ބުނިނަމަ އޭރުންމާބޮޑައް މީހުން ބަލައިގަންނާނެ މިހާރު މޫސުމީ ކަމައްކަމައްވީމަ ބައެއްމީހުން މިސްކިތައްއެބަ އަރާ ރަމްޡާންމަހު އެކަނި އަނެއްބަޔަކު ހުކުރުދުވަހު މިކަންރަނގަޅުވާގޮތަކައް ދިމާކުރަން ނުބުނާކަހަލަގޮތަކައް ބުނެދެއްވާ ދީނީ ޢިލްމް ވެރިންނަކީ ފަސާދައައްމަސަތްކަތް ކުރާބައެއްނޫން އިސްލާޙައްމަސަތްކަތް ކުރާބައެއް

    23
  16. ޖުލައި

    މިވެސް ދީނީ ތާކިހާ އަޅައިގެން ޢިލްމުވެރިއެއްކަން ދެއްކެންވެގެން އުޅޭ ގޮލައެއް. މަގުމަތިން ފަހާ ރޭރު އަރުވާލަންވީ.. .

  17. މޕ

    ކަލޭވެސް މިވެރިކަން ދިފާއު ނުކޮއް އުޅެބަލަ ހައްގައް

  18. ޗާގޯސް

    ކަލޭ ސިޔާސީ ނުވެ ކަލެއަށް ލިބިިފައިވާ ޢިލްމުގެ ބޭނުން ނާޖާއިޒު ނުކޮށް ވޭތޯ އުޅެބަލަ.. ސުވާލު ކުރެވޭ ދުުވަހު ކަލޭވެސް ޖަވާބު ދާރީވާން ޖެހޭނެ...

  19. ގުދުގުދާބެއްޔާ

    ކަލޭ ގެ ރައުޔު އަކީ ކަންދަހާރު ސަހާބީންގެ ރައުޔު! އައްތަހިއްޔާރުގައި ބުރުނޭގޭ ވަރަށް ސަހާދަތް އިގިލި ތަޅުވުމާއި! ސަމިﷲ އަށް އަތްނަގާ ހަށަންބަންނަން ބުނީ ކަލޭދޯ؟

    • ޢަޒްރާ

      ކޮއްކޯ ބުނެލަން އޮތީ އައްތަޙިއްޔާތުގަ ޝަހާދަތް އިނގިލި ތަޅުވާ ވާހަކަ ތިޔަހާ ވަރަށް ތިދައްކަނީ އެކަން ސުންނަތުގަ އޮންނަ ގޮތް ސާފުކޮށް އެނގިގެންތަ؟ނަބިއްޔާ ސއވ އައްތަހިއްޔާތުގައި ޝަހާދަތް އިނގިލިން ޙަރަކާތް ކުރެއްވި ކަން އެގިލައްވާތަ؟ސުންނަތް ގޮތަކީ އިނގިލި ތަޅުވާލުން މާނައަކީ ޙަރަކާތް ކޮއްލުން

  20. ޙުސައިން މޫނާބޭ

    ތިބޭފުޅާއަކީ މިހާރު ދީނީ އިރުސާދު ދެވޭވަރަށްވުރެން ކަރެޕްޓު މޫހެއް ވީމާ ސީޔާސީ މޮޔަގޮވާ ކުޑަހުވަޑޫގައިވެސް މިފަދަ މޮޔައިން ގިނަވާތީ ދެރަވޭ!

  21. ކަލޯދަރި

    ތިޔައީ މަޝްހޫރުވާން އަނގަތަޅާ ރޮބަޓެއް. މި ސަރުކާރުގެ އައުވާނެއް

  22. ޒައިދު އިބުނު ހިމާރު

    މަދުފައިސާކޮޅަކައް ދީން ވިއްކާލާ ހިމާރު މުރުދައްދުވެ ކުފުރު ވީމަ ކަމަކު ނިދާނެ އަވަހައް އިސްލާހުވެ ތައުބާވޭ

  23. ޙިހގ

    ސިޔާސީ ޒައިދު. ކޮން ޝެއިޚެކޭ ކިޔާކަށް.
    ފައިސާ ފެނުނީމާ މޮޔަވާ މީހުން

  24. މީނާއޭނާ

    މަގުމަތި ހަލަބޮލިވާނެ ޒައިދު މަގުމަތީ ގަވާއިދާއި ޚިލާފަށް ސައިކަލުދުއްވަންޏާވެސް ، މީނާ ދާންވީމަ ނުގަވާއިދުން ގޯޅިވެސް އަޅަންވީ ، ތާކިހާއަޅައިގެން އުޅުނަކަސް ނުފުދޭނެ ތިމާއަމިއްލައަށް ފުރަތަމަ ގާވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާފަ ނަސޭަހަތްދޭން ނިކުތުން ރަނގަޅުވާނެ ، މި ބުނެލީ އިއްޔެ ހިނގި ކަމެއްގެވާހަކަ.

  25. އާދަނު

    ކަލޭމެންވެސް ސިޔާސީނުވެ ސިޔާސީ މަގާމުތައް ދޫކޮށް އަޅުކަމާއިގެން އުޅެބަލަ. ކުޑަކުދިންނަށް ކިޔަވައިދިނުމާ ދިނީ ފަތުވާ ގިނަގިނައިން ދިނުމުގައި ވަގުތު ހޭދަކޮށްބަލަ. ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިބީ އަމިއްލަ އެދުމައިގެންކަން ފާޅުގައި ފެންނަމުންދަނީ. މީ ވަރަށް ވާހަކަ.

  26. އެޑްމުންޑޯ

    ކަލޭ ސިޔާސީނުވެ އަނގަމަޑުން ލައިގެންހުރުން ބުއްދިވެރި

  27. Anonymous

    މިހިރަ އިބިލީހެއް!
    ބަލަ ދީނާ އެދީނުގެ މީހުންގެ މިނިވަންކަމަށް މަސައްކަތް ނުކުރާނަމަ ފުރިހަމަ މުސްލިމަކަށްވާނެތަ؟ ﷲ ތައާލާ ބަޔަކަށް ބާރެއް ދެއްވައިފިނަމަ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ނުކުރާނަމަ ﷲ ތައާލާ އެބަޔަކަށް ދެއްވި ބާރެއްގެ ބޭނުމެއް ނޯންނާނެ. ޛުލް ޤަރްނައިންގެ ވާހަކަ އެނގޭތަ؟ އެއީ ﷲ ތައާލާ ބާރެއް ދެއްވި އިންސާނެ. ކޮންކަމެއް ކުރެއްވީ؟ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރެއްވީ!
    ކަލޭ ބުނާނަންދޯ، އޭޛުލްޤަރްނައިން، އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރައްވަން ދުނިޔޭގެ ދެ ކޮޅަށް ދަތުރު ނުކުރައްވާ އަޅުކަމުގައި ހުންނެވުން މާރަނގަޅުވާނެއޭ؟
    މި ޒައިދުމެނަކީ މުޖުތަމައުތައް ފަސާދަކުރާ ނުލަފާ މީހުން.

  28. ރޯނު ނަކަތް

    މި ހުރިހާ ކޮމަންޓް ތަށް ކިޔާލީމާ ޒައިދުއަށް އޭނާ އަކީ މިޤައުމުގެ މީހުން ބަލައިގަންނަ މީހެއް ނޫންކަން ވ.ސާފްވާނެ

  29. ބޯކޮށާ

    ޒައިދުމެން ކައިގެން ބޮއިގެން މިއުޅެނޯ މި ފަތުވާ ބަހައިގެން؛ ކިޔަވަން ފޮނުވީމަ ކިޔެވީ ލާރިހޯދަން އެންމެފަސޭހައިން ލާރިކޮޅު ޖަމާކޮށްދޭ މާދާ؛ސެއިޚެއްގެ ފަގުޑިމާއުދަގލެއްނެތި އެކޮޅުން ގަނެ ލެވޭޭ:ލަދު ހަޔާތެއްނެތި ދުނިއެހޯދަމުންދާއިރު ސަހަރޯ އޭ ހީވެއި