ދައުރުން ބޭރުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމް އެމްޑީޕީގެ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލިހުގެ އިދާރާގައި މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ މިއަދު މަޖިލީހުގެ ޖަލްސާގެ ރޭގައި އެޖެންޑާ ލިބުނު އިރުގައި އޮތީ ކޮމިޓީތައް އެކުލަވާލުމާއި ގުޅޭގޮތުން ބަހުސްކުރުން ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ ކުރިން ނުކުރާ ކަހަލަގޮތަކަށް ކަމަށް ބައެއް މެމްބަރުން ފާހަގަކުރެއްވި ކަމަށް ވިދާޅުވިއެވެ.

" މަޖިލިސް ޖަލްސާ ފަށްޓަވަމުން ވެސް ރިޔާސަތުން ވިދާޅުވީ 2023 ވަނަ އަހަރުގެ 19 ދައުރުގައި ފަހު ޖަލްސާކަމަށް. ފުރަތަމަ ފުރުސަތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު ވާހަކަދެއްކެވީ. އެމްޑީޕީގެ ޕީޖީ ލީޑަރު ހުށަހެޅުއްވި އިތުރު ޖަލްސާއެއް މިއަދު ބޭއްވުމަށް. މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން ޖަލްސާގެ އެޖެންޑާ ހަ ގަޑައިރު ކުރިން ފޮނުވަން ޖެހޭ. އެހެންވީމަ މިއަދު މެންދުރު ފަހު ޖަލްސާއެއް ބޭއްވުމުގެ ފުރުސަތު އޮތް. ކުރިން ވެސް އެބަހުރި އެއް ދުވަހު ދެ ޖަލްސާ ބާއްވާފައި. އެކަމު އެކަމަށް ވެސް ރިޔާސަތުން އިޖާބައެއް ނުދެއްވާ. އަދި ދައުރު ދިގު ކުރުމަށް ވެސް ހުށަހެޅުއްވި. އެއަށް ވެސް ރިޔާސަތުން އިޖާބެއް ނުދެއްވާ." ޝަފީގު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ވަނީ ހުއްޓިފައި ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ހިނގާ ތަނަކަށްވާންޖެހޭނީ ކޮމިޓީތައް ކަމަށާއި ނަމަވެސް އެ މަސައްކަތްތައް ކުރިއަށްނުދާ ކަމަށް ވިދާޅުވިއެވެ. އެމްޑީން ގަބޫލް ކުރަނީ ދާއިމީ ކޮމިޓީތަކުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްދާން ޖެހޭނެ ކަމަށް ކަމަށް ޝަފީގު ވިދާޅުވިއެވެ.

"މިއަދު ރިޔާސަތުން އިއުލާނުކުރެއްވި ކޮމިޓީތައް އެބައޮތޭ. ނަމަވެސް ކޮމިޓީތައް އޮތް ކަމަށް ވާނީ މެމްބަރުން ތިބިގެން އަދި މަސައްކަތްތައް ކުރިއަށް ގޮސްގެން." ޝަފީގު ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ މަޖިލިސްގެ މިއަދު ޖަލްސާ ނިންމާލިއިރު އެމްޑީޕީއަށް ވާހަކަދެއްކުމަށް 15 މިނެޓް އޮތް ކަމަށެވެ. އަދި ބައެއް މެމްބަރުން އެ ފުރުސަތަށް އެދިފައި ވަނިކޮށް މަޖިލިސް ނިންމާލީ ކަމަށްވެސް ވިދާޅުވިއެވެ. މި މައްސަލައިގައި ދެން ކުރެވެން އޮތް ގޮތަކީ ކޮބައިތޯ ބަލައި އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

" މަޖިލީހުގެ ގަވައިދުގެ 45 ވަނަ މާއްދާގެ (ރ) ގެ ދަށުން ދައުރުން ބޭރު ޖަލްސާތަކެއް ބޭއްވޭނެ ކަމަށް އެ މާއްދާއިން ބުނަނީ މަޖިލިސްގެ ތިންބައިކުޅަ އެއްބައި އަގްލަބިއްޔަތުން ހުށަހަޅައިފި ކަމުގައިވާނަމަ. 14 ދުވަހުގެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހޭނެ. އެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ 29 މެމްބަރުންގެ ސޮއި ހަމަކޮށް އެ މައްސަލަ އިސާހިތަކު ހުށަހެޅޭނެ." ޝަފީގް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް މި ފަހުން ހުއްޓިފައިވާ އިރު އިއްޔެއާއި އަންގާރަ ދުވަހު ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަކަށް ނުދެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސަތުގައި ވަނީ މިއަދު ޖަލްސާއެއް ބާއްވައިފައެވެ.

މިއަދުގެ ޖަލްސާ މިއަދު ފެށީ ކޮމިޓީތައް އަލުން އެކުލަވާލުމާ ގުޅޭ މައްސަލައެވެ. އަދި އެ މައްސަލައިގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލިސް މިއަދު ނިންމާލުމުގެ ކުރިން ދައުރު އިތުރުކުރުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް އެދިވަޑައިގެންފައެވެ.

ދައުރު ދަންމައެއް ނުލި، މަޖިލިސް ޗުއްޓީ އަށް

ނަމަވެސް ދައުރު އިތުރު ކުރެވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މައްސަލައިގެ ބަހުސް ނިންމާލެއްވުމަށް ފަހު ރައީސް ނަޝީދު ވަނީ މަޖިލިސް ނިންމާލިކަން ހާމަކުރައްވައިފައެވެ.

މަޖިލިސް ޗުއްޓީއަށް ދިޔައިރު މަޖިލީހުގެ ނައިބު ރައީސްއާއި ނާއިބު ރައީސް އިވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ކޮމިޓީތައް އެކުލަވާލުވުމުގެ މައްސަލަ އޮތީ ނުނިމިއެވެ.