މި ސަރުކާރު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތްތަކާ މެދުގައި ލަދުގަންނަ ކަމަށާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަކީ މި ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި 158 ވަނަ ކައުންސިލް ބައްދަލުވުމުގައި އަމީން ވިދާޅުވީ މީގެ އަށް އަހަރު ކުރިން މަގުތަކަށް ނުކުމެ، ޖޭޕީން ސިޔާސީ ހަރަކާތްތައް ހިންގީ ރާއްޖޭގައި އޮތް ގާނޫނުއަސާސީ ނަގަހައްޓައި ދަމަހައްޓަން ކަމަށެވެ. އޭގެ ފަހުން، ޖޭޕީގެ ހަރަކާތްތައް ތަރުތީބުވެގެން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ހުއްޓުވަން ކަމަށް އަމީން ވިދާޅުވިއެވެ.

އެ މަސައްކަތުން ކާމިޔާބު ހޯދައި، ޖޭޕީ ޝާމިލްވާ ސަރުކާރެއް 2018 ގައި ގާއިމު ކުރި ކަން އަމީން ފާހަގަ ކުރެއްވިއެވެ. އަމީން ވިދާޅުވި ގޮތުގައި އެފަދަ ސަރުކާރެއް ގާއިމު ކުރީ ރާއްޖޭގައި ހިނގާފައިވާ މަރުތަކަށް އިންސާފު ހޯދައި ދިނުމާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިންނާ މެދު ފިޔަވަޅު އަޅައި އެ ފައިސާތައް ރައްޔިތުންގެ ޖީބުތަކާ ހަމައަށް ގެނެސް ދިނުމަށް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވެރިކަން ލިބުނީ މި ދެންނެވި ވައުދުތައް ވެގެން. މި ދެންނެވި ރޮނގުން އަޅުގަނޑުމެން މަސައްކަތްކޮށްގެން. ރައްޔިތުން އަޅުގަނޑުމެންނަށް ވޯޓު ދިނީ އަޅުގަނޑުމެން ދެއްކި ވާހަކަ އަށް ވަރަށް ބޮޑަށް އިތުބާރުކޮށްގެން. އެ އިތުބާރު ގާއިމު ކުރި ސަރުކާރުގައި އަޅުގަނޑުމެން ބައިވެރިވެގެން މިތިބީ،" ޖޭޕީގެ އުތުރު ދާއިރާގެ ކެމްޕެއިން މެނޭޖަރު ކަން ވެސް ކުރައްވާ އަމީން ވިދާޅުވިއެވެ.

އެ އިތުބާރުގެ މަތީގައި ތިއްބައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ހަމައަށް ދިޔަ އިރު، ޖޭޕީ ބޭރުކޮށްލާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ. އަދި މި ސަރުކާރާ އެކުގައި ޖޭޕީން ހެދި އެއްބަސްވުމުން އެ ޕާޓީ ބާކީކޮށްލާފައިވާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

"އެ ހިސާބުން ފެށިގެން އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންނަކީ މި ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް. މިއީ އަޅުގަނޑު ގަބޫލު ކުރާ ގޮތް،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށްލައްވާފައި ސަރުކާރާ ގުޅިވަޑައިގަންނަވަނީ "ދިރިއުޅުން ހަލާކުކޮށްލަފާނެ ކަމުގެ" ބިރަށެވެ. އެހެންވެ، މި ސަރުކާރަކީ ޖޭޕީ ހިމެނޭ ސަރުކާރެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ އޭރު، އެ ޕާޓީން ބުނަމުން ދިޔައީ އެއްވެސް ވިޔަފާރިވެރިއަކަށް އަނިޔާ ނުކުރުމަށާއި އެއްވެސް ދިވެހި ރައްޔިތަކަށް ބިރު ނުދެއްކުމަށް ކަމަށެވެ. ރާއްޖޭގެ އެއްވެސް ސިޔާސީ މީހަކާ ގޯނާ ނުކުރުމަށް ވެސް އޭރު ބުނަމުން ދިޔަ ނަމަވެސް ހާލަތު މިހާރު ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން ގެންގުޅޭ ވިޔަފާރިވެރިޔާ އާއި ވިޔަފާރިތަކަށް ކުރާ ޖެއްސުމާއި އަނިޔާ (ބައްލަވާ). އަޅުގަނޑުމެން މިތިބީ ރިޔާސީ އިންތިހާބަށް ކުރިމަތިލައިގެން. އަޅުގަނޑުމެންނަށް މިކަމުގައި މަގުފަހިކޮށްދެއްވަން ތިއްބެވި ބޭފުޅުންނަށް އެ ދޭ ދުއްތުރާ އާއި ޖެއްސުން މިއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އިދިކޮޅަށް ނުކުމެ މި ސަރުކާރު ބަދަލު ކުރަން ޖެހޭ ސަބަބެއް،" އަމީން ވިދާޅުވިއެވެ.

"އެއީ އެ ދުވަހު ވެސް ބުނީ ވިޔަފާރިތަކަށް ގެއްލުން ނުދޭށޭ. މިއަދު ވެސް ހަމަ އެ ލަވަ ކިޔަން ޖެހުނީ."

އަމީން ވިދާޅުވި ގޮތުގައި މި ސަރުކާރުން ވިލާގެ ވިޔަފާރިތަކަށް ކުރާ ޖެއްސުމާއި ވިޔަފާރިތަކަށް ކުރާ ޖެއްސުމަކީ މި ސަރުކާރުން އަމިއްލަ އަށް ކަރުގައި "ވާގަނޑެއް އައްސާފައި" ބާރުކޮށްލުން ފަދަ ކަމެއް ކަމަށެވެ. އެއީ ވެރިކަން ކާމިޔާބު ކުރަން ހުޅުވޭ ދޮރެއް ނޫން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވަނީ ރައްޔިތުންނަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކޮށް ދެވޭނީ ގާސިމަށް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ އަށް ހޯދަން މިއުޅެނީ ސީއީއޯ އެއް ކަމަށާއި އެހެންވެ، ގާސިމަށް ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ސޭޓު

    ރައްޔިތުން ހަމަ އެހާ މޮޔަކަމައްތަ ހީކުރަނީ؟ 5 އަހަރު މި ޖަރީމާ ގިނަ ސަރުކާރުގެ ފަހަތުގަ އޮތީ ލައްކަ ލާރި ލިބޭތީ. ޗާގޯސް މައްސަލަ އޮއްބާލަން އެކަނިވެސް ގާސިމު ސޭޓައް ފަޅުތަކެއް ދިން

  2. އއ

    މުސްކުޅިވާވަރަކައް ލަދުކުޑަވަނީތާ! ސަރުކާރުގެނެވި އެއިން ހުރިހާ ނާޖާއިޒު ފައިދާ ކައި ނިމި ދެން މިސަރުކާރު ނާންނާނެކަން ޔަގީންވީމަ އޮޅުވާލާ އަމިއްލަމީހާއަކީ ލަދުގަންނަ މީހަކުކަމުގަ ދައްކަން ވަގުތުފާއިތުވީފަހުން ދެއްކޭ 000000000ގެ ވާހަކަ.

  3. މޮހަދާ

    ގޭމުޖައްސަން ނޫޅޭ! ކަލޭމެން ތީކޮންބައެއްކަން ރައްޔިތުންނަށް ވަރަށްސާފު.

    13
    0
  4. މެލޭ

    ޢިންތިހާބު ފެށެން 2 މަހަށްވީމަ ތޯ ލަދުގަންނަން ވީ، ބަތާހަރާމީ މިއޮތްހާދުވަހު ސަރުކާރުގެ ތެރެއިން ނެގެންހާ ހުރިހާ ފައިދާ އެއް ނެގިފަހުން ދޯ ތީ ހަމަވިޔަފާރި ކުރާ ޕާޓީއެއް!!!

    14
    0
  5. އައިމީ

    ނޫނޭ!! ދޮގުހަދައިގެންވެސް ބަލާތި ވެރިކަން ލިބޭތަޮ.

    13
  6. ކޮރަލް

    މިނިސްޓަރު ކަމުގަ ހުންނަ އިރު ލަދެއް ނުގަނެ އެވެ.

    13
  7. މާލެ

    ބަލަ 5ވަނަ އަހަރު ނިމެނީ. މިހުރިހާދުވަހުވެސް ވެރިކަން ރަނަގަޅު.މިއަދު ވެރިކަމަށް ފާޑު ކިޔުމުގެ ބޭނުމެއް ނެތް. ވެރިކަމުގެ ބޮޑު ފައިދާ ވަނީ ލިބިފަ.ވެރިކަމަށް ފާޑު ކިޔޭނީ ހަމަ އެކަނި ޕީޕިއެމް އަށް. ރައްޔަތުންގެ ހައްގުގަ ފެށުނީއްސުރެ މަސައްކަތް ކުރެވުނި އެޕާޓީއަށް.

    11
  8. އއ

    ލަދު ކުޑަވާންވާނީވެސް ތިވަރައް!

    10
  9. މޮންގަރަ

    ހަޔާކުޑަދޯ އަޅެ. ގަައުމު އެއްކޮށް ބަނޑު އަޅާލަންވީނު.

    12
  10. ސަމަރު

    ތިޔައީ ވަރަށް ލަދުކުޑަ ބައެއް! އަދިވެސް ތިތިބީ ސަރުކާރުގެ ތެރޭގައި! އިންތިހާބު ކައިރިވީމާ އަނެއްކާވެސް ކޭކްގެ ބޮޑުބައި ހޯދުމަށް ކޮން ބަހަނާ އެއް ތިޔަ ދައްކަނީ!

    12
  11. ޖަނާޒާ

    ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތެއްނު، އަމީނޫ. 4 އަހަރާއި 9 މަސް ވީމަތޯ ބާކީވީ އޭ ތިޔަކިޔަނީ

    10
  12. ހޮއްކޮބެ

    ކަލޭމެން ފުރަތަމަ އަނގަހުޅުވަން ލަދުގަންނަންޖެހޭނޭ އެކި ގަމްމުތަކުގައި އަމިއްލަޔައް އަރުވާލެވިގެންގެން ނޫންތޯ ތިމީހުން ތިބެންޖެހުނީ ގާސިމުގެ ދަރި އޮތީ ޖަލުގަނޫންތޯ ގާސިމު އައިސީޔޫގަ އޮއްވާނޫންތޯ ހުކުންކުރީ އެހެންވީމަ ލަދުގަންނަންވީ ތިމީހުން

  13. އުގުރި

    ބުރޯ.. ކޯލިޝަން ހެދުމަކީ ކިހާވަރެއްގެ ކަމެއްކަން ކުރިން ވެސް އެނގޭނެ..
    ވެރިކަން ބޭނުންވީމަ މަންމަ ވެސް ވިކާލާނެ ތިއީ ކޮންބައެއް.

  14. ސޯލޭ

    ޔާމިނު ފެނުނަސް ލަދުގަނޭ ނަސީދު ފެނުނަސް ލަދުގަނޭ ސޯލިހު ފެނުނަސް ލަދުގަނޭ ކަމެއް ބޭނުންވެގެން ފައިބުޑައް ވެއްޓި ގަންނައިރު ލަދެއް ހަޔާތެއް ނުހުރޭ

  15. ނާދިރާތަ

    އެއްވެސް ޤަރާރުކަމެއް ނެތި އަމިއްލަ އެދުމާއިގެން ދުވަންޏާ އަދިވެސް ވާނީ ބާކީ

  16. Anonymous

    އަމީން ފަދަ ޢިލްމީ ބޭފުޅަކު ގާސިމު ފަދަ ޖާހިލު މީހެއްގެ ފަހަތުގައި ހުރެވުނީތީ ލަދުގަންނަ ކަމުގައި ވިދާޅުވާނެ ދުވަހެއް ވެސް އިރާދަކުރެއްވިއްޔާ އަންނާނެ. ގާސިމަކީ މިރާއްޖޭގެ ވެރިކަމަށް ކުފޫ ހަމަވެގެންވާ މީހެއް ނޫން. ގާސިމަކީ ކާކުކަން ރައްޔިތުން ދަނޭ.

    11
  17. ބީޓޭ

    މިނިސްޓަރެއްގެ މަގާމް ގެއްލިމަގާމުން ދުރުކުރީމާ ރ ޔާމީން އަނިޔާވެރިއަކަށްވީ، ރައީސުލް ޖުމްހޫރިއްޔާ އަކީ އަމީންގެ ނުވަތަ ޖޭޕީގެމަސްލަހަތު ހިމާޔަތް ކުރުމު
    ގެކުރިން ރައްޔިތުންގެ މަސްލަހަތް ހިމާޔަތް ކުރަން ޖެހޭ ފަރާތެއް، ކަންވެސް ނޭންގުނު. އެއީ ރ ޔާމީން އަނިޔާވެރިއަކަށް، އަމީން އަށްސިފަވާސަބަބު. ދުނިޔޭގެ ބައެއްގައުމުތަކުގަ ވަޒީރުން އަމިއްލައަށް އިސްތިއުފާ ދީފަ ގެއަށްކަނޑާލާފަ އެބަހުރި. އަނެއްދުވަހު އެފަދަބޭފުޅުން ރައީސުލް ޖުމްހޫރިއްޔާގެ އަގުވައްޓާލަން ރައްޔިތުން ކުރިމަތީގަ ބޭކާރުވާހަކަ ތަކެއް ދެއްކުމުގެ ބަދަލުގަ ރައްޔިތުންގެ މަސްލަހަތުގަ އަމިއްލަ އިއުތިރާފްއިސްކޮށްފަވޭ.

  18. ގާސިމް

    ލަދުގަންނާކަށް ނުޖެހޭ
    ލީޑަރ ބަލަނީ އަބަދުވެސް ސަރުކާރާ ޖަހައިގެން ކާން...
    ކޮންމެ ވެރިކަމެއްގައި ވެސް އެސެޓް ބޮޑުކުރަން،،،
    99 އަހަރަށް
    ރައްޔިތުން ނާއި ބެދު ވިސްނާ ލީޑަރެއް ނޫން ގާސިމަކީ
    ގާސިމަށް ވޯޓް ނުދޭތި..

  19. 1111

    އަމިއްލަ މިހުންނަށް އުޅެވޭ ގޮތުން ލަދުނުގަންނަ ބަޔަކު ގަންނާކަށް ކޮންލަދެއް. ސޭޓުވެސް އުޅރނީ ލަދުންނޯ ޕެންޑަމިކުތެރޭ ދޮއްކޮށްލާނެ އެއްޗެއް ނެތުނީމާ. ސޭޓޯ އެންމރ ހާލުގަ ޖެހުނީވެސް އެންމެ ނިކަމެތިވީވެސް ޕެންޑަމިކެއް އައިމަ

  20. އަބްދޫ

    އަހަރެން މާބޮދަށް ލަދުގެންފި ތިޔަ އަމީނުގެ ދެއުޅި ނުވާމީހަކަށް ވުމުން . ގާސިމްގެ އަމިއްލަ އެދުން ބޮޑުވެފާހުއްޓާ ތިޔަކަހަލަ މީހުން ވަދެ ގާސިމް ގެ އަތުގަ ހުރުި ފައިސާކޮޅު ގަޖަމް ކޮށްލަން ގާސިމް މަގުފުރައްދަމުންގެދާއިރު ގާސިމަށް އެވަރު ނުވިސްނޭތީ ވެސް ލަދުގަނޭބ . މިފަހަރު ގާސިމްވާނީ ފެއިލް ގާސިމްގެ ހުރިހާ ވިޔަފާރި އެއްވެސް ފެއިލްވާނެ،

  21. ބޯކިބާފަޅި

    އަމީނަކީ މިސަރުކާރުގެންނަން އެއްވެސް މަސައްކަތެއްކުރި މީހެއްނޫން، އަނިޔާވެރި ރައީސް ޔާމީންގެ އަނިޔާއިން ސަލާމަތްވާންވެގެން އަމިއްލަ އަށް އަރުވާލެވިގެން އަމީންހުރީ ޤައުމުން ބޭރުގަ، އެ އަނިޔާވެރި ރައިސް ޔާމީން ވަނީ ޤާސިމާއި މައުމޫނާއި އެމީހުންގެ ދަރިންނަށްދާންދެން ޖަލަށްލާ ބަންދުކޮށްފަ، ބަޔަކު ޤުރުބާންވެގެން މިސަރުކާރު ގެނާމަ ބޯކިބާއިން ފަޅިއެއްހޯދައިގެން އުޅެފަ ކެވުނުވަރު މަދުވެގެން ދުވަސްކައިރިވީމަ މިއަދު އަނެއްކާ އަނެއްބައެއްގެ އަތުން އަނެއް ބޯކިބާފަޅި ހޯދަންވެގެން ތި ތެޅިބާލަނީއެއްނުން

  22. މިހިނގަނީ ޙައްޖުމަހުގެ 10 ދުވަސް

    ހިނގަމުން މިދަނީ އަހަރު ތެރޭގައި އަންނަ، އެންމެ މާތް 10 ދަވަހެވެ. ޓްރާންސްޕޯރޓް މިނިސްޓަރަކަށް ހުރީ ޖުމްހޫރީ ޕާރޓީގެ ސްލޮޓެއްގައި އެޕާރޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން ނަހުލާއެވެ. އެކަމަކު ވެސް އަމީން ތިވިދާޅުވަނީ ޖޭޕީ އަކީ މިސަރުކާރުގެ ބައިވެރިއެއް ނޫންކަމަށެވެ. އަމީން ފަދަ ބޭފުޅަކު މިދުވަސްވަރު ތިފަދަ ގޮތަކަށް ވާހަކަ ދެއްކުމުގެ ކުރިން ވިސްނާލައްވާނެ ކަމަށް ހީކުރެވިފައި އޮތެވެ. މިނަށްވުރެބޮޑަށް ދުނިޔޭގެ އެދުމުގެ އަވައިގައި ޖެހުމަކީ އިންސާނާއަށް ދެދުނިޔެ ވެސް ގެއްލިދާނެ ކަމެކެވެ.

  23. ކައިދާ

    ކަލޭގެ ހަޔާތް ކުޑަ ކަމާ ބާކީ ވީމަތަ ތިޔަބައި ގަނޑުގެ މިނިސްޓަރުންތައް އަދިވެސް ސަރުކާރުގަ އެތިބެނީ ގަވައިދާ ޚިލާފަށް އެއަރޕޯޓެއް ފަޅު ރަށެއް ކަހުވާ ނުލެވުނީމަ ބާ ތިޔަހެން ތިޔަ ބުނަނީ

  24. ދަވާލި ދިރުވާލި

    ލަދުގަންނަނީ މިސަރުކާރުގެ ބައިވެރިއަކަށް ވެގެން ތިބެ ގައުމު ދަވާލައިގެން ލިބުނު ވަރު މަދުވީމާ

  25. ބަރުގޮނު

    ލަދުގަންނަން ތިޔަ ޖެހެނީ ޖޭ.ޕީ އަކީ ޤާސިމް ، ޤާސިމަކީ ޖޭ.ޕީ އަށް ވާތީ. ކޮންމެ ސަރުކާރެއް ގެންނަންވެސް ޖޭ.ޕީ ކޯލިޝަން ހަދަނީ ޤާސިމަށް ފެނުނީމާ. ޤާސިމް ގޮތެއް ނިންމަނީ އަމިއްލަ އެދުންތަކެއް ފުރިހަމަ ކޮށްދޭން މައިޕާޓީ އެއްބަސްވީމާ. ޤާސިމް ނިންމާ ގޮތެއް ނިންމަނީއަކީ ޕާޓީގެ އިސް މީހުންންނާ މަޝްވަރާ ކޮށްގެންނެއްނޫން. އަމިއްލަ އަމިއްލަޔަށް. ޤާސިމް ނިންމާ ނިންމުމަކަށް އިތުރު ގޮތެއް ކިޔޭނެ މީހަކު ޖޭ.ޕީ ގެ އިސް މީހުންގެ ތެރެޔަކު ނޫޅޭނެ. ސަބަބަކީ އިސް ސަފުގެ އެންމެންނަކީ މުސާރަވެރިން ކަމަށް ވާކަން. ޤާސިމް އެދޭ އެންމެ ކަމެއް ސަރުކާރުން ކޮށްނުދެވިއްޖެ ނަމަ އެހިސާބުން އެމަސްއަލަ ޖެހުނީ. އެހިސާބުން ބުނަނީ ޖޭ.ޕީ ބާކީ ކުރީކަމަށް. އެންމެފަހުން ލަދުގަންނަން ޖެހެނީ މުޅި ޕާޓީ. ކޯލިޝަން ހެދީވެސް ކޯލިޝަނުން ވަކިވަނީވެސް ޤާސިމަށް ފެނުނީމާ.

  26. ހޯހޯ

    އަމީނު ތިކަހަލަ ވާހަކަދައްކަވާއިރު ، ސޭޓު އަނބިކަނބަލުން ގެއަށް ފޮނުވާނުލާތީ ސަރުކާރު ގޯސްކުރިނަމަ މާރަނގަޅުވީސް. ސޭޓު ލާރިދީގެން ކިޔެވިއަސް ތިދެން ބޮޑުވަރު. ކިޔެވި އެއްޗަކުން އެއްޗެއް ނޭންގުނުކަން ދޭހަވެ ފަލީހަތްތިވީ

  27. ގަބުޅިބާދަލާ

    މިއޮތް ހުރިހާދުވަހު މީނާ މއުޅުނީ ކޮންތާކުތަ. މިއަދު ގައުމޭ ކިޔަން ކޮންލަދެއްގަންނާކަށް. ދިވެހިން ނިކަމެތިކުރަން އެއްބާރުލުންދިން ގައްދާރެއް ތިޔައީވެސް.ރައީސްޔާމީން ބޮލުގައި ދޮގުތުހުމަތުއަޅުވާފަ ގައުމުދަރާވިކުނީމާތަ ލަދުޙަޔާތް ކެނޑުނީ.