ދަ ޑިމޮކްރެޓްސް އުފައްދަން ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފިއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި ދެ ވަނަ ދުވަހު ދިނުމަށް، އީސީން ނިންމާފައިވާ ކަމަށެވެ.

އަދި އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށް މިހާރުވާނީ ދަންނަވާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އީސީން ދީފައި ވަނީ މެއި 24 ގައެވެ. އަދި ހަފްތާއެއްގެ ތެރޭގައި 3،560 ފޯމް ވަނީ އީސީ އަށް ހުށަހަޅައިފައެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ހަމަކޮށް އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުމުގެ ރިކޯޑު އޮތީ ޑިމޮކްރެޓްސްއަށެވެ.

މި ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަފާތެރިން އުފައްދަން މަސައްކަތް ކުރާ ޕާޓީއެކެވެ. މި ޕާޓީ އުފެއްދުމަށް ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިމިފައިވާ ކަމަށް އީސީން ޖޫން 21 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެޕާޓީ އުފެއްދުމުގެ ހުއްދަ ދިނުން ލަސް ކޮށްފައިވާ ކަމަށް ބުނަމުންދާއިރު، އެ ހުއްދަ ދިނުމަށް ދެ މެންބަރަކު ދެކޮަޅު ހަދަމުންދާ ކަމުގެ އަޑުތަކެއް ފެތުރުނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ވީމާ އިލެކްޝަން ގަ މިއޮތީ އަންނި ގެ ބާރެވެ.

    4
    7
  2. ކޮވިޑް

    މަރުހަބާ ނަޝީދު

    10
    1
  3. ލޮލް

    ތިބޭފުޅުން ގަބޫލުކުރައްވަންތޯ މިގައުމުގެ މިނިވަން މުއައްސަސާތައް މިނިވަންކަމަށް؟ އަހަންނަކަށް ގަބޫލެއް ނުކުރެވޭ.

  4. ސިނޑޭ

    ހުއްދަދޭނަމޭ ބުނީ. ދީފީމެއް ނޫން!