ހަނދު ގެނެސްދިނަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދޭނެ މީހަކު ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޠާރިގު މިހެން ވިދާޅުވީ މާލޭ ސަރަހައްދުން ގޯތި ލިބޭނެ މީހުންގެ ލިސްޓެއް އިއްޔެ ސަރުކާރުން އިއުލާން ކުރުމުން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.

ޠާރިގު ވިދާޅުވީ ދިވެހިން ޤަމާރު ނޫންކަން ރައީސް ސޯލިހް ވެސް ގަބޫލު ކުރައްވަން ޖެހޭނެ ކަމަށެވެ. "ތި އިއުލާން ކުރާ ގޯތިތައް ހުރީ ކަނޑުގައެވެ. ހިކިފަސްތާކު މަނިކުފާނު ދޭނެ ގޯއްޗެއް ނެތެވެ. ހަނދު ދިނަސް ވޯޓުދޭނެ މީހަކު ދެނެއްނުވާނެއެވެ. މަރަށް ތެޅޭތަން ނޫންތަނެއް ނުފެނެއެވެ." ޠާރިގު ވިދާޅުވިއެވެ.

އިއުލާން ކުރާ ގޯތިތައް ހުރީ ކަނޑުގައި ކަމަށް ޠާރިގު ވިދާޅުވީ އިއްޔެ އިއުލާން ކުރި 5000 ގޯތީގެ ތެރެއިން 3500 ގޯތި ދޭން އޮތް ގުޅީފަޅުގެ ބިން އަދި ނުހިއްކާ އޮތުމުންނެވެ. އިއްޔެ އިއުލާން ކުރި ގޯތިތަކުގެ ތެރެއިން ހުޅުމާލެ އިން ދޭން ނިންމާފައި ވަނީ 1500 ގޯއްޗެވެ.

އިއްޔެ އިއުލާން ކުރި 5000 ގޯތި ލިބުނު މީހުންގެ އިތުރުން ގޯއްޗަށް ކުރިމަތިލި 9544 މީހުންނަށް ވެސް ގޯތި ލިބުމުގެ ޝަރުތު ހަމަވާ ކަމަށާއި އެފަރާތްތަކަށް ވެސް ގޯތި ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު ޢާއްމުކުރައްވާފައިވާއިރު، ގޯތިނުލިބޭ ފަރާތްތަކަށް ގޯތިނުލިބޭކަން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ސަބަބާއެކީ ފެންނަން ހުންނާނެކަމަށް ފްލެޓާއި ގޯތީ ދޫކުރުމުގެ ކަންކަން ކުރިއަށްގެންދަވާ ކޮމެޓީން ވިދާޅުވެއެވެ. ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސެންދީ

    ދިލްސޭ ބުރާ ލަގްތާ ހޭ

    0
    1
  2. ތަނބު

    އިރު ދިނަސް ޔާމީނަށް ވޯޓްލާނެ މީހަކު ނުވާނެ (ޚިޔާނާތުގެ އެންމެ އުސްމިނަށް)

    6
    6
  3. ދިވެހި ޒުވާނުން

    ޓޮމް ވެސް އަވަހަށް އާދޭ އިބޫ ކޮޅަށް ފުލެޓެއް ނޫނީ ގޯއްޗެއް ދޭނަން

    2
    6
  4. ޟީ

    ހުވާ މިބުނީ ސޯލިބެ އަކައް ވޯޓެއް ނުދޭނެ މުޅިދުނިޔެ ދިނަސް

    4
    2