އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ކުރިން ރާއްޖޭގައި ޑޮލަރުގެ އަގު ހުރި ރޭޓަށް ތިރިކުރާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިރޭ ހއ. ދިއްދޫގައި ބޭއްވި ޕީޕީއެމް/ޕީއެންސީ ކޯލިޝަން ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ކޮންމެ ނާމާން ކަމަކާއެކު އުއްމީދެއް އަންނާނެ ކަމަށެވެ. އަދި ރައީސް އަބްދު ﷲ ޔާމީންގެ އިރުޝާދުގެ ދަށުން ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ރާއްޖެ ކުރިން އޮތް ތަނަށް އަލުން ރުޖޫއަ ކުރުމަށްޓަކައި ކުރަން ޖެހުނު ހުރިހާ މަަސައްކަތެއް ރެއާއި ދުވާލު ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.
ޑރ. މުއިއްޒުގެ ކެބިނެޓްއިން ޖާގަ ދެއްވާނީ މެންދަމުން ތިނެއް ޖަހާއިރުވެސް ގޮވާލުމުން އިޖާބަ ދޭ ބޭފުޅުން ކަމަށް ވިދާޅުވި ވާހަކަ ތަކަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވީ އެއީ ރައްޔިތުންގެ އުއްމީދުތައް ފެށޭ ހިސާބު ކަމަށެވެ.
ސައީދު އިތުރަށް ވިދާޅުވީ އަންނަ މަހު ނުވަ ވަނަ ދުވަހު ވޯޓު އަޅަން ޖެހޭނީ އަޅުގަނޑުމެންގެ ލޭގައި ހުރި ބާރު މުލައްދަނޑިއަށް ގެނެސް އަތުން ގަލަމުން ޖަހަމުން ކަމަށާއި އަދި ވޯޓު ދޭން ޖެހޭނީ ޑރ. މުއިއްޒަށް ކަމަށެވެ.
ސައީދު ވިދާާޅުވީ ދިއްދޫގެ އެއާޕޯޓަކީ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށާއި އެކަން މުއިއްޒު ކުރައްވާނެ ކަމަށެވެ.
އަދި ދިއްދޫގެ އެއާޕޯޓާއި ގުޅިފައި އޮތީ އެ ރަށުގެ ޓުއަރިޒަމް ކަމަށާއި އަދި އަތޮޅާއި ސަރަހައްދުގެ ޓުއަރިޒަމް ކަމަށެވެ. އަދި އޭގެން އަޅުގަނޑުމެންނަށް ޑޮލަރު ލިބިގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ކުރިން ހުރި ވަރަށް ޑޮލަރުގެ އަގު ތިރިކުރާނެ ކަމަށް ބުނުމުން އެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"މި އިގްތިސޯދު ކުރިން އޮތް ގޮތަށް އަޅުގަނޑުމެން ގެނެސް ދޭނަން، މި އިގްތިސޯދު ގެނެސްދެވޭނެ ވިސްނުމާއި ހިކުމަތް އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓްގެ އެބަ ހުރި. ޕީޕީއެމް ޕީއެންސީ ކަމަކަށް ނުކުތީމަ ދިވެހޮ ލޮބުވެތޮ ރައްޔިތުން ޒުވާނުން ޝައްކު ނުކުރައްވާ. 2023 ވަނަ އަހަރަކީ ތި ބޭފުޅުންގެ އަހަރެ. 2023 އަކީ ދިވެހީންގެ އަހަރު.". ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ފެއްސާއި ރަތާއި ހުދުން ދިވެހި ރާއްޖެ ދިރުވާނީ ވެސް ހަމަ މި އަހަރު ކަމަށެވެ.
ޕީޕީއެމް ޕީ އެން ސީ އިން މިކަހަލަ ވާހަކަ ދެއްކީމަ ގަބޫލުކުރެވޭ. އެއީ އިގްތިސާދު ކުރިއެރިތަން އަހަރުމެން ލޮލުން ދެކެފަ ހުރީމަ
ހަގީގަތަށްވެސް ގަބޫލުކުރެވޭ.
ކޮވިޑް ކިޔާ އެއްޗެއް ހަނދާންވެސް ނެތްދޯ. އަދި ރަޝިއާ ހަނގުރާމަވެސް...
ބަލަ މޮޔަޔާ.... އެމެރިކާ / ޔޫރަޕް / ޗައިނާވެސް އެއުޅެނީ އިޤްތިސާދު ހީނަރުވެގެން.
ދެން ބުނޭ ޔާމީނު ޖަލުގައޮތީމައޭ ޗައިނާގެ ހާލަތު ބަދަލުވީ.
މުޅިން ޗޯރީ ވާހަކަ! ދަންވަރު 3 ޖަހާ އިރު. ގޮވީމާ ތެދުވެ ވައްކަން ކުރެވޭ ކަހަލަ ޗޯރުން ބަރާ ބަރު
ކުރަންވާކަމަކީ ކޮއްމެ އަތޮޅަކުން 1 ރައް ތަރައްގީކުރަންވީ ފުރިހަމަ އިގުތިސާދީ މިނިވަންކަންދީ އިންޓަނޭޝަނަލް ދަތުރުފަތުރު ހިމެނޭގޮތައް . އެނގިތިބެ ކުދިރައްތަކުގެ ކާމިޔާބުނުވާނެ ބޭނުމެއްނެތް އިސްރާފް އިމާރާތްކުރުންތަކުގެޚަރަދުތަކާ .......ސެންޓރަލް އަށް އެއްކޮއް ޖަމާކުރުމުގެ ވިސްނުން ދެޕާޓީގަވެސް ހުރީ ...އެކަކު އަނެކަކައްވުރެގިނަ އެއާޕޯޓުއެޅުން .. އަތޮޅެއްގަ ތިނެއް ހަތަރެއް އެއާޕޯޓު އެޅީމަ މިވާގޮތަކީ އެއްވެސްތާކުން ޚަރަދު ދެކޮޅުޖެހޭ އެއްޗެއް ނުލިބޭތީ އެއްވެސްތަނެއް ހަދާނިމުމައްފަހު އަޕްގުރޭޑުނުވޭ . ކަސްޓަމާމަދުވީމަ ކޮފީސޮޕެއްވެސް ނުހިންގޭ... އަދި ތިދެއްކެނީ 000000 ގެވާހަކަ.
ޓުއަރިޒަމުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ ޑޮލަރުން ދައްކަންޖެހޭގޮތަށް ބަދަލުކޮށްލާއިރަށް ޑޮލަރުގެ ބްލެކް ކުޑަވާނެ.
ސައީދު މޮޔަފުޅުވީތޯ؟ ޑޮލަރު ތިރިކުރުން ނުވެދާނެ އެންމެ ރަގަނޅުގޮތަށް. އެހެންނޫނަސް ތިކަމެއް ކަލެއަކަށް ނުވާނެ. މިޒަމާނުގެ އިކޮނޮމިކްސްގަ މުހިންމީ ކަރަންސީ ވެލުއޭޝަނަށްވުރެ އިންފްލޭޝަން އެޖަސްޓްކުރުން. ތިބޭފުޅާގެ މިނިސްޓަރު ކަމިގެ ކުރީ ކޮންކަމެއްތޯ؟
ހަރުދަނާ ވާހަކަދައްކާ ބަޔަކީ ހަމަ ޕީޕީ ކޯލިޝަން. އެތާ ތިބީ ކަންކަމަށް ކުފޫހަމަވާ ބޭފުޅުން. ސިޔާސީ އަވާގައި ނުޖެހި ހަމަޔާ އިންސާފުން ހުރިހާ ކުދިންނަވެސް ވިނާލާ. މުޢިއްޒުއަކީ މިޙާލަތުން ޤައުމު އަރައިގަތުމަށް ލިބުނު ޖަވާހިރެއް. ފުރުޞަތު ނަގާލައިފިނަމަ އަނެއްކާވެސް 5 އަހަރު ގެއްލިގެންދާނެ. ރައީސް ޔާމިންގެ 5 އަހަރު މެކުހަށް ޖަހާލާފައި ކުރިއަރައިގެން ދިޔަތަން ފެނުނު. ްއޭރު ހީވި ޑުބާއީ ސިންގަޕޫރު ފަދަ ޤައުމުތަކާ ހަމައަށްވެސް މާގިނަ ދުވަހެއްނުވެ ހިނގައިދާނޭ. އެކަމަކު އެކަހަލަ ތަޞައްވުރެއް އޮތް މީހަކަށް ރައީސް ޞަލިޙްނުވުމާ އެކަމުގެ ޢިލްމާ ޤާބިލިއްޔަތު ރައީސްގެ ނެތުމުން އެކަންކަން ދިޔައީ ފެނަށް.
ޑޮލަރުގެ ރޭޓް ތިރިކުރެވޭނެ ހަމައެކަނި ބަޔަކީ ޕޕއެމް/ޕޕއެންސީ ގެ ވެރިކަމެއްގައި ކަމާއި މެދު ޝައްކެތްނުކުރަން.ޑޮލަރު 12:75 އަކަށް ހެދުމުގެ ގާބިލްކަން ހުރީ ޔާމީންގެ އިރުޝާދުލިބިގެން ތިބި އިގުތިސާދު ދަންނަ މާހިރުންގެ އަތުގައި ކަން އޭރުހާމަކޮށްދިން.
ޓުއަރިސްޓުންގެ އަތުން ބެޑްޓެކްސްގެ ގޮތުގައި ނަގަނީ ބޭރުފައިސާއެވެ. ނަމަވެސް މި އިބޫ ވެރިކަމަށް އައިސް ރައީސްގެ ޤަރާރަކުން އޭތި ބްލެކުން މާރުކޮށްފަ 15.42ރ ރޭޓުން މީރާއަށް ދެއްކޭގޮތަށް ހެދިއެވެ. ނަތީޖާއަކީ އެކްސްޗޭންޖުން ބޮޑު ފައިދާއެއް މިތިބަ ޤާސިމާއި ސިޔާމާއި މިހެންތިބި މުކައްބައިންގެ ޖީބަށް ވަނުމެވެ. މިމީހުން އިބޫ ސާލިހް ދޫކުރާނެތޯއެވެ؟ ބޭރުގައި ކިޔަވާކުދިންނަށް ޑޮލަރު ނުލިބުމުގެ އެއްސަބަބީވެސް މިއީއެވެ. ދައުލަތަށް ޑޮލަރުގެ ކޮންޓްރޯލް ގެއްލުމެވެ.
ވަށަފަރު، ދިއްދޫ، އިހަވަންދޫ މުއިއްޒު ވެއްޖެ....
ކަލޭމެން ފޮރުވާފައި ހުރި ޑޮލަރތައް ބާޒާރަށް ނެރޭއިރަށް އަގުތިރިވާނެ.. ޔާމީން އެކަނިވެސް އެއްމިލިއަން ޑޮލަރ ކައްވާލި.. އަދި އެއީ ކޯޓުން ސާބިތުވިވަރު...