މިޤައުމައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިހިސާބަށް އައީ ސިޔާސީ އެތައް ތޫފާނެއްގެ ކަޑައްތުކޮށްފައި ކަމަށާއި ރައީސް ޔާމީން ދިވެހި ޤައުމު މިހާ ހިސާބަށް ގެންނެވީ ހިތްވަރާއި އަޒުމާއިއެކު ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުގައި ބައިވެރި ވަޑައިގަންނަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އިންތިޚާބީ ބައިވެރިޔާ ޑރމުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިހާރު ލާމު އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާމެންދޫއަށް ވަޑައިގެން އެރަށުގެ ޕީޕީއެމްގެ އޮފީސް ހުޅުވާ ދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޝަހީމް ވިދާޅުވީ، އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން އަދި އިޤްތިޞާދީ ގޮތުން ބިޔަ ވަޅުގަނޑެއްގެ ތެރޭގައިވަނިކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގިނިކަންޏާ ވަޑައިގެން ޤައުމު މިދެކޭ ކުރިއެރުމާއި ހަމައަށް ގެނެސްދީފައިވާ ކަމަށެވެ.

"ހިތްވަރާއި އަޒުމާއިއެކު، ރައިީސް ގިނިކަންޏާ ﷲ ގެ މަތިވެރި ތަޢުފީޤާއިއެކު ދިވެހި ޤައުމައިގެން މިހިސާބަށް މިއައީ، ސިޔާސީ އެތައް ތޫފާނެއްގެ ތެރެއިން ސަލާމަތްވެގެން ދިވެހި ޤައުމު ކުރިއެރުމާއި ހަމައަށް މިއައީ. ދިވެހި ރައްޔިތުންނަށް ދަތި ތަކުލީފްތަކެއް ނުޖައްސަވާ." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ އަޅުގަނޑުމެން ވާންޖެހޭނީ އަމިއްލަ ކަންކަން އަމިއްޔަލަށް ނިންމޭ މުސްތަޤިއްލު ބަޔަކަށް ކަމަށާއި ބޭރުގެ ޤައުމުތަކަށް ރާއްޖޭގެ މުސްތަޤްބަލު ކަނޑައަޅަން ދޫކޮށްލެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންދާނީ އެއްބައެއްގެ ގޮތުގައި ތަރައްޤީއާއި ތަޙްޒީބާއި ތަމައްދުންގެ ގޮތުގައި ތޯ؟ ނުވަތަ އަޅުގަނޑުމެން ފިޔަވަޅު އަޅާނީ ފަހަތަށް ތޯ؟ ސިޔާސީ ހަމަނުޖެހުންތަކާއި ބައިބައިވުންތަކާއި ޕާޓީތަކުގެ ތަޅާފޮޅުންތަކާއި ބޭރުގެ ނުފޫޒާއި ބޭރުގެ ވަޞިއްޔަތުގެ މައްޗަށް ރާއްޖެ މުސްތަޤްބަލު ކަނޑައެޅުމުގެ ތެރެއަށްތޯ؟ އާދެ އެއްގޮތަކަށްވެސް އަޅުގަނޑުމެން ދިވެހިން އެމަގު އިޚްތިޔާރުކޮށްގެން ނުވާނެ ." ޝަހީމް ވިދާޅުވިއެވެ.

މިއަންނަ ފަސް އަހަރަށް ރާއްޖޭގެ ޒަޢާމަތަށް ރައީސް ޔަމީން އިންތިޚާބުކޮށްފިނަމަ ދިވެހި ރާއްޖެއަށް އިތުރު ކުރިއެރުންތައް އަންނާނެކަން ފާހަގަ ކުރައްވަމުން ޝަހީމް ވިދާޅުވީ ރައީސް ޔާމީން އިންތިޚާބު ވެއްޖެނަމަ ކުޑަކުދިންނަށް ހެޔޮ މުސްތަޤްބަލެއް ބިނާ ވެގެން ދާނެ ކަމަށެވެ.

ޝަހީމް މިހާރު ލާމު އަތޮޅަށް ކުރައްވަވާ ކެންޕެއިން ދަތުރުފުޅުގައި މިއަދު ވަނީ އެއަތޮޅުގެ 4 ރަށަކަށް ޒިޔާރަތްކޮށްފައެވެ. އަދި މީގެ ކުރިންވެސް ޕީޕީއެމްއަށް ބޮޑު ތަރުޙީބެއް އޮންނަ ހައްދުންމަތިން މިފަހަރު ރައީސް ޔާމީންއަށް ބޮޑު އަޤުލަބިއްޔަތެެއް ލިބޭނެ ކަމަށް ޝަހީމްދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލީ

    ދެންވެސް ހޮވާނީ ރައީސް ޔާމީން. އިންޝާﷲ

  2. މާހިރު

    ދޯ އެކަމް ބުނަން މިހާރު ތިހުރީ ކުރިބޯށީގަ ދެންދާނީ ބޯކޮޅުވަތައް

  3. މާހިރު

    ޢަސްލުވާގޮތަކީ ކައްޕި ހަމަވަރައްމޮޅު އެކަމަކު ފަޅުވެރިންގެ ކިޔާއެއްޗަކައް ނުބަލަ އެހެންވީމަ ވިލާގަނޑުގެ މެދުންދަނީ

  4. ާާެައާަސްތޭމ

    ށަހީމެއްކަމަކު ތީދެން މާބޮޑުވަރު@ ނައިބުރައީސުކަމާހެދި ތެޅިފޮޅެނީ "އެއްފުޅައްމަތިން ފުއްމާލި ބަކަރި އަނެއްފުޅައްމަތިން ފުއްމާނެ" ވެރިކަން ލިބުނީމަ ޖަލަށްގޮސް ޖަލުގަ ނައިބުރައީސްކަންކުރަން ޖެހޭނީ

  5. ހަދީ

    ވެރިކަމަށް އައުމުގެ ކުރިންވެސް ކުރީ ވައްކަން!
    ވެރިކަމަށް އަައުމަށްފަހުވެސް ކުރީ ވައްކަން!
    ވެރިކަމުން ފައިބާވެސް ކުރާނި ވައްކަން!
    ނަމަވެސް ކައްވަޅުގައި ވައްކަމެއް ނުކުރެވޭނެކަން ޔަޤީން! އެދުވަހުން ޖަވާބުދާރީ ވާންޖެހޭނެ!!""

  6. ނުރަބޯ

    އަދިވެސް ޠޫފާން މައިތިރިއެއް ނުވޭ، އެހެންނަމަވެސް އިންޝާﷲ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އޭނާގެ އިޚްލާޞްތެރި ޚިދުމަތް ބަލައިގެންފަވަނީ....!!!