މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކާއި މެދު މިރޭ ގޮތެއް ނިންމާނެ ކަން "ވަގުތު" އަށް އެނގިއްޖެއެވެ.

އެނގިފައިވާގޮތުން އެ ޕާޓީގެ ހިންގާ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ވަނީ ނިންމާފައެވެ. މި ބައްދަލުވުން އޮތީ މިރޭ 8:30 ގައެވެ. މި ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބަޔަކާއި ގުޅޭގޮތުން ނިންމާނެއެވެ.

މި މަހުގެ 9 ވަނަ ދުވަި ބޭއްވި ރިޔާސީ އިންތިހާބުގައި ކުރި ހޯއްދެވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއާ ދެން އެންމެ ގާތުން ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި އިންތިހާބުގެ ނަތީޖާ ނުކުތް ގޮތުން، ދެވަނަ ބުރެެއް އޮންނާނެއެވެ. އެ ބުރު އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

އެހެންކަމުން މި އިންތިހާބުގައި ދެން ވާދަކުރެއްވި ސިޔާސީ ޕާޓީތަކާއި އަދި އަމިއްލަ ކެންޑިޑޭޓުން ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން ތާއިދު ކުރައްވާނެ ކެންޑިޑޭޓެއް ނިންމުމަށް ބައްދަލުވުންތައް ބާއްވަމުން ގެންދާނެއެވެ. މީގެ ތެރޭގައި ޕާޓީގެ އެތެރޭގެ ބައްދަލުވުންތަކާއި، ވާދަކުރައްވާ ދެ ޕާޓީގެ އިސް ބޭފުޅުންނާއެކު ބާއްވާ ބައްދަލުވުންތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ÷ޕޕޕޕރރ

    އެއްވެސްބަޔަކު ކޯލިޝަންހަދަން ތިޕާޓީގެ އަތުގައިއޮތީ ކޯޗެއްތަ؟؟ ޕާޓީއަކުން ނިކުމެފަ ތިހާ ދަށްލެވެލްގެ ވޯޓު ލިބުނުބަޔަކުވީމަ، ޕާޓީއެއް ރަޖިސްޓްރީކުރަން މެމްބަރުންގެ އަދަދު ހަމަކުރިގޮތާއިމެދުވެސް ސުވާލު އުފެދޭ، އަމިއްލަގޮތުން އެކަނި ރޭހުގައި ބައިވެރިވި ކެންޑީޓުންނާއި ގާތަށްވެސް ނުދެވުނުބައެއް ތިއީ، ކާނަލް ނާޒިމް އާއި ދުންޔާ ފޮޑި ޗޮކުން ގޮސްފި އުތެ���

    • Anonymous

      މީ ސެޔތުގެ ކޮރުދަރި މީުބަވެސް ދާަނީ ޗޯރޭ އެކު 3000 ހަމަ ނުވާ ބަޔަކު ބޭނުމެއްނުން

  2. ސްޕޮންސާ

    އިންޑިއާ އެމްބަސީން ސްޕޮންސާކުރި ޕާޓީތަށް ދާނީ ރ ސާލިހް ފަޅިއަށްކަމަށް ބެލެވޭ.

  3. މުއިއްޒު ކުރިއަށް

    އެމްއެންޕީގެ އަސްލު ސައިޒްފެނި، ކުރިން ވޯޓު ދިން މީހުންވެސް ދެން ނުދޭނެ. އެކަމަކު ޗޯރު އިބޫ ލާރި ދޭހިތުން ހުއްޓާ ފެލާލެވޭނީ. ނާޒިމު ދޭ އިބޫ ގާތަށް. ރައްޔިތުން ނިކުމެ މުއިއްޒު ބޮޑުތަނުން ހޮވާނެ އިންޝާﷲ

  4. ބަލާތި

    ރަޢީސް ޔާމީންގެ އަރިސް ބޭފުޅަކު ބުނާ އެއްޗެއްގެ އެއްވެސް ބަރުދަނެއް ނުހުންނާނެއޭ އެމީހެއްގެ ނަމަކީ ތިޔާ ތެޔޮ ރަމީޒު ނޫންތޭ އޭނާ މިއޮތްހާދުވަހު އޮތީ ކޮންތާކުތޭ މިހާރު ކުއްލިއަކަށް އައިސް ޕީޕީއެމްގެ ތެރެއަށް ބޭނިގަނެގެން ރައީސް ޔާމިން ވިދާޅުނުވާ ވާހަކަ ވިދާޅުވިއޭ ކިޔައިގެން އޭނާ އެކުރަނީ އެމްޑީޕީގެ އެޖެންޓް ކަމޭ އޭނާ ބޭރުކުރާށޭ ބޭރުކުރާށޭ މުއިއްޒު އެއަންގަނީ ހުރިހާ މީހުންނަށް އެކުވެރި އަތެކޭ ދިށްކޮށްލާނީ ދެން އޭގެ އެއްވެސް އިތުބާރެއް ނެތީއޭ