ފަލަސްތީނާ ދެކޮޅަށް އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ދެކޮޅަށް "ބޭން އިސްރާއިލް" ގެ ނަމުގައި ރާއްޖޭގައި ޕެޓިޝަނެއް ތައްޔާރުކޮށް ސޮައި ކުރުމަށް ތައްޔާރުވެއްޖެއެވެ.

އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ރަސްމީކޮށް ސޮއިކުރަން ފަށާ މި ޕެޓިޝަނަކީ ރާއްޖޭގެ ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީ ބޯޓިން އެސޯސިއޭޝަން އަދި އިންްޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން ފެއްޓުމަށް ނިންމާފައިވާ ހަރަކާތެކެވެ.

އެ ޕެޓިޝަނުގައި ވަނީ އެއްވެސް ބޭނުމަކަށް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށް ދިނުމަށާއި ރާއްޖޭގައި ރާޅާ އެޅުމުގައި އުޅޭ ދިވެހިންނަށް އިސްރާއީލު ޓޫރިސްޓުންގެ ފަރާތުން ލިބޭ ޖިސްމާނީ އަނިޔާތަކާއި ބިރުދެއްކުންތައް ކަމާބެހޭ ފަރާތްތަކުން ބަލައި ފިޔަވަޅު އަޅައިދިނުމަށެވެ. އޭގެއިތިރުން ސާފިން ކޮމިއުނިޓީ އަށް އިސްރާއީލުގެ ޓޫރިސްޓުންގެ ފަރާތުން ކުރިމަތިވާ އެ ބާވަތުގެ މައްސަލަތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވައި ދިނުމަށެވެ.

ރާއްޖޭގެ އެކި ފަރާތްތަކުން އިސްރާއިލު މީހުން ރާއްޖެ އައުން ހުއްޓުވައި ދޭން ގޮވާލާފައިވާ އިރު، އިސްރާއިލުގެ ސަރުކާރުން ވަނީ އެ ތަނުގެ މީހުން ރާއްޖެ އަށް އެއްވެސް ހާލަތެއްގައި ނުދިޔުމަށް މިދިޔަ މަހުގެ ފަހުކޮޅު އިލްތިމާސްކޮށްފައެވެ.

ހަމާސް ޖަމާއަތުން އިސްރާއިލް އަށް ދިން ވަރުގަދަ ހަމަލާތަކާ ގުޅިގެން އިސްރާއިލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް، ކުށެއް ނެތް އެތައް ފުރާނައެއް ދުނިޔެއިން ނައްތާލަން ފަށާފައެވެ. އަނިޔާވެރި ޔަހޫދީންގެ ހަމަލާތަަކުގައި މިހާތަނަށް ފަލަސްތީނުގެ 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުން ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަން

    އިސްރާއީލަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމާދިނުން އެދި ރައްޔިތުންގެ މަޖުލީހަށް ޕެޓިޝަނެއް ހުށަހަޅަން ތާއީދު.

    15
  2. ކަލޯ

    އަހަރެންގެ މުޅިއާއިލާ އެއްކޮށް ސޮއިކުރަން ބޭނުން! ހަދަންޖެހޭ ގޮތެއް ބުނެދީބަލަ!

  3. އެޖެންޑާ

    މިހާރު މިޤައުމުގަތިބި އިޒުރޭލުގެ އާލާތުން މިޤައުމުން ބާލަންވެސްޖެހޭނެ.

  4. ދިލްބަހާރު

    ރާއްޖޭގަ އިޒްރޭލް ގެ މަސްވެރިކަމަށް ބޭނުން ކުރާ ފިސިން ލައިން ދޮށި ފުޅާދާއިރާގައި އޭންލާސް އާކް (ޖިލްބާބް) ގެ ގޮފިން ވިއްކަމުން ދާއިރު ގަނެގެން ބޭނުން ކުރުން އޯކޭ. އިޒްރާއިލް ޔަހޫދީން އައިސް ރާއްޖޭގެ މީހުންނާ ގުޅިގެން ވިޔަފާރި ކުރުން އޯކޭ.