އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން ރާވަނީ ކޮން ބައެއްކަން ވަރަށް ސާފު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނިހާދު މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ އަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ބާއްވާ ޖަލްސާ އަންނަ އާދިއްތަ ދުވަހު ބާއްވާނެކަން މެމްބަރުންނަށް ވަނީ އަންގާފައެވެ. މަޖިލީހުގެ ޖަލްސާ އޮންނާނެކަން ހާމަކޮށް މެމްބަރުންނަށް ސިޓީ ފޮނުވާފައިވާކަން މަޖިލީހުގެ މެމްބަރަކު ވަނީ ވަގުތަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ ދުވަހު ޖަލްސާއަށް ހާޒިރުވެވަޑައިގަންނަވާނެކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

މިކަމާ ގުޅިގެން ނިހާދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒު ހުވާ ކުރެއްވުމަށް ހުރަސް އަޅަން ރާވަނީ ކޮން ބައެއްކަން ވަރަށް ސާފުކަމަށެވެ.

"ގާނޫނާއި ގަވައިދު އަދި ގައުމު ފުޑާލައިގެން ވިޔަސް މަގާމު ދިފާއު ކުރަން ލަދެއް ވެސް ނުގަނޭ؟." ނިހާދު ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ރައީސް ނަޝީދު މަގާމުން ވަކިކުރަން ކުރިން ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން މަސްލަހަތަށް ޓަކައި ކަމަށް ބުނެ އެ މައްސަލަ އަނބުރާ ގެނެސް ފަހުން އަނެއްކާވެސް އެ މައްސަލަ އަނބުރާ މަޖިލީހަށް ވެއްދީ މި މަހުގެ 12 ވަނަ ދުވަހު އެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތަށް އިތުބާރު ނެތް ކަމުގެ ނޯޓިސް ދޭތާ 14 ދުވަސް ފަހުން އެ މައްސަލަ އެޖެންޑާ ކުރަން ޖެހޭނެއެވެ. ރައީސް ނަޝީދު މަގާމުން ދުރުކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމުގައ ބައިވެރިވި ހުރިހާ މެމްބަރު އެމަނިކުފާނު ވަކިކުރަން އިއްތިފާގުންވަނީ ތްރީ ލައިން ވިޕެއް ފާސްވެސް ކޮށްފައެވެ.

ރައީސް ނަޝީދު ވަކި ކުރަން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ދެ ގަޑިއިރަށް ކުރިއަށް ގެންދަން މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ނިންމައިފައެވެ. އެއީ ރައީސް ނަޝީދަށް ބަހުސްގެ ފެށުމުގެ ތެރެއިން 10 މިނެޓް، މެދުތެރެއިން 10 މިނެޓް އަދި ނިމުމުގެ ކުރިން 10 މިނިޓްއާއެކު ޖުމްލަ 30 މިނެޓް ލިބިވަޑައިގަންނަވާނެއެވެ. އަދި ބާކީ ހުރިހާ ވަގުތެއް މެމްބަރުންނަށް ބަހާލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮވިޑް

    ޔެސް ނިހާދު ވަރަށް ސާފް. އެކަން ކުރަނީ ހަމަ ސީދާ އެމްޑީޕީން. އެވެސް އެމްޑީޕީގެ މަޖިލީސް މެމްބަރުން. އެކަމް ބުނެލަން އޮތީ ޑރ. މުއިޒް އަކީ ރައްޔަތުން ހޮވާފަ ހުރި މި ޤައުމުގެ ރައީސް ކަން އެމްޑީޕީ އަށް ނޭންގިގެން އުޅުނަސް ދިވެހި ރައްޔަތުން ނަށް ވ ސާފް ކޮށް އެކަން އެންގޭ.

  2. ޔުމް

    އަމާންކޮށް އެއްވެސް މައްސަލައެއް ނެތި އިބްތިހާބުވި ރައީސެއް. ވެރިކަމާ އަދި ހަވާލުނުވެ. މިހާރު އެކަމަކު ހާސަރު ދަމަންފެއްޓީ ދެކޮޅުވެރިވާން. އިދިކޮޅު ޕާޓީ އަކަށް ވުމުގެ މަނައަކީ ތާއަބަދު ދެކޮޅުހެދުމެއް ނޫނޭ.

  3. ކަންނަންނޫރުއަލީރާޖާ

    އެމްޑީޕީން ގެރިގޮރު ބޮއެގެން ކުރެވޭނެކަމެއް މިއަދުނެތް ތިޔައުޅެނީ ކުކުޅަށްވުރެ ބިސް ދޮށިވެގެން ތިކަމެއް ނުވިއެއްނު ދެން ޗޯރު ވެރިކަމުގަ އިތުރަށް 3 މަސް ބަހަށްޓަން ފާސްކުރަންކެރޭނެތަ؟

  4. ޝާޒިޢު

    އެއްޕާރޓީ އެއް ތެރޭގައި އެއްކޮށް އުޅުނު ބަޔަކު މިއަދު ފެންނަމުންދަނީ އެއްބަޔަކު އަނެއްބަޔަކު ބަދަލު ހިފުމުގައި ފޯރީގައި އުޅޭތަން. މުޅި ގައުމަށް ހެޔޮ ނިޔަތުގައި ރަނގަޅު ޚިދުމަތް ދިނުމަށް ބޭނުންވާ ބަޔަކު މިހާވަރަށް ޒާތީ ތަޢައްޞަބު ކުރިއަށް ނެރެގެން ފިތުނައާއި ރުޅިވެރިކަން އިސްކޮށްގެން ބަދަލު ހިފުމުގައި ނޫޅޭނެ. ޤައުމު ހިންގުމުގައި ބަސްކިޔާ ސަފުގައި ތިބޭމީހުން މަސައްކަތް ކުރަންވާނީ؛ފިތުނައާއި ބަދަލުހިފުމުން ދުރުވެ ގައުމަށް އެންމެ ފައިދާ ހުރި ގޮތަށްކަމަށް ދެކެން. މިއަދު ފަލަސްތީނަށް ބަލާއިރުވެސް އެޤައުމުގަ ދިރިއުޅޭ ފަލަސްޠީން ރައްޔިތުން ތިބީ އެމީހުން އެމީހުނަށް ބައިބައި ވެފަ. އެޤައުމުގަ ދެ ވެރިކަމެއް ހިންގާ ކަމަށްވޭ.
    ޢިޒުރޭލުގެ ޔަހޫދީ ސިފައިން ފަލަސްޠީނަށް ބޮން އަޅާ އެތައްހާސް ބަޔަކު ޝަހީދުކޮށް އެތަނުގެ ބިމުން ބައެއް ހިފުމަށް އެދަނީ ތައްޔާރުވަމުން. އެޤައުމުގެ ރައްޔިތުން އުޅެމުންދާ ހިތްދަތި ޙާލަތަށް އެކަނި ބަލައިގެންވިއަސް އަޅުގަނޑުމެން ދިވެހިން ސިޔާސީ ބޭފުޅުން ޢިބުރަތް ޙާޞިލްކުރަން ވެއްޖެ ކަމަށް ދެކެން.

  5. ނަންހުރި

    އެމްޑީޕީ ހާދަ ރަގަޅޭ އެކަމަު ރައްޔިތުންގެ ޣައްދާރުންނަށް އެކަމެއް ނުފެންނާނެކަންވެސް އެގޭ. ހޮވުމާއި ނުހޮވުން އެއީ ވަމުންދާ ކަމެއް، 2018 ގައި ޔާމީނެއްނުހޮވޭ، އެކަމަށް ހުރި ހުރިހާ މަގެއްއޮތީ ސާފުކޮށް އޮމާން ކޮށްފާ، ހީކުރާކަށްނުޖެހޭ އަބަދު ހޮވެނީ ތިމެންނަމެނޭ، އަބަދުވެސް އުޅެނީ އެމްޑީޕީ އަށްވެރެ ފަހަތުގާ، އެ ހަނދާން އައު ކޮށް މަޑުން ތިބެލާ، މާދަމާ ވާނެ ގޮތެއް ނޭގެއެއްނު.