މި ސަރުކާރުން ދޭން ޖެހޭ ފައިސާ ނުލިބި ހުރުމުން މުހިންމު މެޑިކަލް ސާމާނާއި އާލާތް ނުގެނެވި ލައިފް ސޭވިން އޮޕަރޭޝަނެއް ލަސްކުރަން ދާދި ފަހުން ޖެހުނުކަމަށް ރާއްޖޭގައި ހުރި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް، އޭޑީކޭގެ ވެރިޔާ، އަހުމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ހޮޓެލް ޖެންގައި ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ، މި ސަރުކާރުން އެކިއެކި ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ވަރަށް ވަރަށް "ފަލަ" ކަމަށާއި، އޭގެ ސަބަބުން އެކި ސިނާއަތްތަކަށް ބުރޫ އަރަމުންދާ ކަމަށެވެ.

އެގޮތުން އެމީހުން ކުރަމުން އަންނަ މަަސައްކަތްތައް ހުއްޓި، ސަޕްލަޔަރުންނާ އެމީހުންނާ އޮތް ކޮންފިޑެންސް ގެއްލި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވަމުންދާ ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ފަހުން ލައިފް ސޭވިން އޮޕަރޭޝަނެއް ވެސް ޑިލޭވެގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

"މި ދޭތެރެއިން އަޅުގަނޑުމެން ކުރަން ޖެހުނު ލައިފް ސޭވިން ސާޖަރީއެއް ޑިލޭވެގެން ދިޔަ. މީހަކު ގޮސް އެ ތަކެތި ގަނެގެން އައިސް އެ ސާޖަރީ ކުރަން ޖެހޭ ހިސާބަށް ދިޔަ،" އޭޑީކޭގެ ވެރިޔާ ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ، އަލަށް މިގައުމާ ހަވާލުވާ ރައީސްގެ ހައިސިއްޔަތުން އެކަންކަން ވަރަށް ސީރިއަސްކޮށް ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ނާޝިދު ވިދާޅުވީ، ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީއާއި، އެހެނިހެން ބައެއް އިންޑަސްޓްރީތައް އޮތީ ވަރަށް ހާލުގައި ކަމަށެވެ.

ރާއްޖޭގައި ހިންގާ ބައެއް ކުންފުނިތަކާއި، އިދާރާތަކުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވަމުން ޑރ. މުއިއްޒު ވިދާޅުވީ، ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ނަމުގައި ޝާމިލްވާ ގޮތަށް ވުޒާރާއެއް ގާއިމްކޮށްދެއްވާނެ ކަމަށެވެ. މިގޮތުން ބޭނުމަކީ ދޭން ޖެހޭ ސަމާލުކަން ދިނުމުގައި ކަންކަން ރޭވުމުގައި ފަސޭހަތައް ހޯދުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ކޮންސްޓްރަކްޝަން ދާއިރާއަކީ ރާއްޖޭގަ ދެވަނައަށް އެންމެ ބޮޑު އެއް ސިނާއަތް. މިހާތަނަށް ސަރުކާރުތަކުން އެކިކަހަލަ މިންވަރުތަކުން އެކިކަހަލަ ސަޕޯޓް ލިބިފަވޭ. އަޅުގަނޑު ގަސްތު ކުރަނީ މިހާތަނަށް މި ލިބެމުންދިޔަ އެއްބާރުލުމާއި މިކަންކަމަށް ބަލާއިރު، އަދިވެސް އިތުރަށް މި އިންޑަސްޓްރީގައި ސަރުކާރަށް ކަންތައްތަކެއް ކޮށްދެވެނެ ހުރީމަ އެކަންތައް ކުރިއަށް ގެންދަން.". ޑރ. މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާލަސް

    ފުރަތަމަަ ރައްޔިތުންގެެ ބިމުންް ކުޑަަ ކުއްޔެއްް ދައްކައިގެންް އަގުު ބޮޑުު ހިދުމަތާއިި އާސަންދަަ ދިރުވާލުންް ހުއްޓާލުމުގެެ އިތުރުންް ދިވެހިި މުވައްޒަފުންނަށްް ރަގަޅުު މުސާރައެއްް ދީބަލަަ.

    40
    2
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ސިންގަޕޫރަށް އިބޫ އަށް އަހަރުމެންގެ ލާރީ-ގަ ދެވެންޏާ އޭ.ޑީ.ކޭ ނާޝިދު ތިޔަ ވިދާޅުވި ފުރާނަ ސަލާމަތް ކުރާ މެޝިން ރާއްޖެއަށް ހޯދަން އިބޫ އެއް ނޫޅޭނެ. އެންމެ ފަހުން ސިންގަޕޫރަށް އިބޫ ދިޔައީ ތައިރޮއިޑު ކިޔާ ކަރު-ގަ އިންނަ ގުނަވަނެއް ނަގަން. އެ ނަގާފަ ކެންސަރަށް ޓެސްޓް ކުރި ރި-ޕޯޓް އިބޫ އުޅެނީ ފޮރުވައިގެން. ރައްޔިތުން ޙަވާލު ކުރި މައްސޫލިއްޔަތު ޢަދާ ކުރާ-ހާ ސިއްޙަތެއް އިބޫގެ ނެތް!

    7
    10
  3. Anonymous

    ހިހޫތަނުން "ކާން" ދަސްކުރަންވާނެ! އެކަމަކު... އެކަމަކު....

    ޕްރައިވެޓް ހޮސްޕިޓަލަކުން ތިކަހަލަ ވާހަކަދެއްކުމީ ލަދުވެތިކަމެއް.
    އަނެއްކާ ތިއީ ސަރުކާރަށް ބަލަދުއަރާފަ ހުރި ތަނެއްނޫން.

    އަދިވެސް ވެޓަމިންސީ ގުޅައެއް /-100،000 ބިލްކުރާގޮތަށް ފޮނުވާލާ.

    15
  4. ނާއިލް އަލީމަނިކު

    އެއްކަލަ ނާޝިދު މިހާރު ރީނދޫ ކުލައިން ޕިންކުކުލަޔަަށް ބަދަލު ކުރަން ރާގު ބަދަލުކުރަނީ!! މިކަހަކަ މުނާފިގުން ބާ އޮޑިހަރުގެއަކަށް ދަރަަށް އެހެލަންޖެހޭ!

    16
  5. Anonymous

    ތިޔަތިބީ ސަލާމް ކޮށްގެން ޑީލް ހައްދަވައިގެން ނުންތަ ދެން ފައިސާ ނުލިބޭތޯ ؟

  6. ކުޑޭ

    އާސަންދަ ހިތުހުރިގޮތަކަށް ބޭނުންކުރަމުންދާއިރު އަދިވެސް ސަރުކާރުން ލިބެންޖެހޭ ފައިސާ ނުލިބިގެން އިންސާނެއްގެ ފުރާނަ ސަލާމަތްކުރަންޖެހޭ އޮޕަރޭޝަނެއް ފަސްކުރަންޖެހުނޭ ބުނީމާ ތިމާގެ އިންސާނިއްޔަތުކަމުގެ ކުޑަ މިންވަރެއްވެސް ނެތްކަން އިނގިއްޖެ. އަސާސީ ޚިދުމަތްތައް ޕްރައިވެޓައިޒްކުރީމާ ވާނެގޮތް މިވަނީ. ބޮޑުސިންގާ ބިމަކާ ޢިމާރާތެއް ނުއަގުގައި ބީލަން ކުރުމެއްނެތި އެތައް އަހަރަކަށް ދިނީވެސް އޮޅުވާލުމެއްގެ ތެރޭން.

  7. ހަންނާނުބޭ

    ލައިފްސޭވިންގ އޮޕަރޭޝަނެއް ފައިސާ ލިބެންދެން މަޑުކުރިވާހަކަ ބުނީމަ ހިތަށްއަރާ ތިޔައީ އިންސާނީ ޚިދުމަތެއްދޭ ތަނެއްތޯ؟ ރަނގަޅަށް ކާލަން ބޭނުންވެގެންތޯ ތިއުޅުއްވަނީ؟

  8. ކަނިމަ

    ކަލޭ އަދިކިރިޔާ ތިވާހަކަ ދައަކާަން އެގުނީ މީގެ ކުރިން އަގަހުޅުވާލާކައްވެސް ނުކެރުނު ތިކަހަލަ މިނާފިގުން ވަރައްގިނަ ކަލޭ އޮންނަނީ އާސަންދައައް ހޮޅިއެއްވަޓާލައިގެން ރިސޯޓްގައި ނިދަން ބަރާބަރައް ލާރިވަނަނާތީ ބޮޑުވަރު