ހުޅުމާލޭ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ހުޅުމާލެ ފެސް އެކަކުން ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅުގެން ކަމަށެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 139، 140 144 145 ފްލެޓްތަކުންނެވެ.
ކަރަންޓް ކެނޑުނު ފްލެޓްތަކަށް ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.

ހުޅުމާލޭއިން މިއަދު ކަރަންޓް ކެނޑިފައިވާއިރު، މީގެ ކުރިން ވެސް މާލެ އަދި ހުޅުމާލޭން ވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެއެވެ. ނަމަވެސް މާގިނަ ވަގުތު ތަކެއް ނުވަނީސް ސްޓެލްކޯއިން އެކަމައް މަސައްކަތްކޮށް ކަރަންޓް ފޯރު ކޮށްދެއެވެ.

މިގޮތަށް ކަރަންޓް ކެޑެމުންދާތީ ސްޓެލްކޯއަށް ގިނަ ބައެއްގެ ވަނީ ފާޑު ކިޔުން އަމާޒުވެއެވެ.