ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕއެމް/ޕީއެންސީން މަސައްކަތް ކުރެއްވީ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ގޮތަށް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑާރޝިޕްގެ ބޭފުޅުން އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައި މިއަދު އައްޑޫ ހައި ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި އެބޭފުޅުން މަސައްކަތް ކުރެއްވީ ރައީސް ޔާމީންގެ ލަފާފުޅާއެކު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޖަލުން ސަލާމަތްކުރުމަށްތަކައި ފެށުނީއްސުރެ އެބޭފުޅުން ގިނަ މަަސައްކަތްތަކެއް ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް އަންހެން ބޭފުޅުން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން މަސައްކަތްކުރެއްވީ ރައީސް ޔާމީން ވިދާޅުވި ގޮތަށް. އޭގައި އެއްވެސް މަައްސަލައެއް ނެތް. އެމަނިކުފާނު ވިދާޅުވި ގޮތަށް، ވިދާޅުވި ކަމެއް އެވަގުތުން ވަގުތައް އަޅުގަނޑުމެން ކުރެއްވިން." ސަލީމް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާ— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ސަމީލް ވިދާޅުވީ، ޑރ. މުއިއްޒަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި، ވެރިކަމަށް އެމަނިކުފާނު ވަޑައިގެންނެވީ ވަރަށް ބުރަ މަަސއްކަތުން ކަމަށެވެ. އައްޑޫން އެޕާޓީ ބޮޑު ކާމީޔާބީއެއް ލިބެނީ މަދު ފަހަރަކުކަން ފާހަގަކުރައްވާ ސަލީމް ވިދާޅުވީ، އެ ނަތީޖާ ބަދަލުކޮށްލެވޭނެކަން މިދިޔަ ރިޔާސީ އިންތިޚާބުން ވެސް އެނގިގެން ގޮސްފި ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ ލީޑަރޝިޕުން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާ— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

"ރައީސް ޑރ މުއިއްޒަކީ ވަރަށް ހިތްވަރުގަދަ ބޭފުޅެއް. ވަރަށް ބުރަ މަސައްކަތުން އެމަނިކުފާނު ވެރިކަމަށް އެވަޑައިގަތީ. އިލްމީ ބޭފުޅެއް، ތަޖުރިބާ ހުރި ރައީސް ޔާމީން އަރިހުގައި ފަސް އަހަރު ދުވަހު ބުރަ މަސައްކަތް ކުރެއްވި ބޭފުޅެއް." ސަލީމް ވިދާޅުވިއެވެ.

މި ދަތުރަކީ ނިމިދިޔަ އިންތިޚާބުން ލިބުނު ކާމިޔާބު ފާހަގަކޮށް ޝުކުރު ދެންނެވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއްކަން އެޕާޓީން ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫއަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމީ

    ލިސްޓު ބަލާލަބަލަ އައްޑޫ މީހުންތޯ އެންމެ ގިނަ ވޯޓުދިނީ އަމަލާ ބަހާ ދިމާނުވަކަން މިހާކުރިން މިއެނގެނީ

    6
    6
  2. އަބްދޫ

    ސަލީމް ތިހެން ބުންޏަސް ޔާމީނަކީ ތިކަމުގަ އެއްވެސް ތަޖްރިބާ އެއް ހުރި މީހެއްނޫން. ޖަލުގެ ގޮޅިގ ހުރެ އިރުސާދު ދިންމީހެއްވެސް ނޫން .ދިވެހި ރައޔިތުންނަށް އެގުނު 5 އަހަރުވީ ވެރިކަމުގަ އާރުލާ ކަމެއްކުރީ މުއިއްޒުކަން.ސަރީއަތް ގޯގަކަސް އެކައުންޓަށް ފައިސާ ވަންކަން .ފްލެޓް ނިމުނީމަ ފަތުމަގެ އަމިއްލަ މަންފާއަށް ބެހިއިރު ޔާމީނަށް ކަމެއްނުކުރެވުނުކަން ސައޫދީން ކަދުރު ދިނީމަ ސަދަގާތު ފައުންޑޭސަންގެ ހެޔޮ އެދުންތަކާއެކު ޖެހި އިރު އެ ބަދަލުކުރުމުގެ ބާރު ވެސް ޔާމީނަށް ލިބުނީކީ ނޫން. ވީމާ ޔާމީނަށް އިރުސާދު ދޭންއެޣެނެތަ؟

    8
    16
    • ނިދާމެހި

      އަބްދޫގެ ނަމުގައި ކޮމެންޓް ކޮށްފައިމިއޮތީ ޔަގީނުންވެސް ވަރަށް މުއިއްޒު ގޮލައެއް، ބަލަގަ އަބްދޫ މުއިޒު އަކީ އޭރުގެ މިނިސްޓަރު އޭނަގެ ހާލު އަހާލަބަލަ އެމިނިސްޓްރީގަ އުޅުނު މީހުންގެފަރާތުން، ޔާމީނުއާ އަރާ އަރަފޯދިގެންވާ މީހަކު އަދި ސިޔާސީ މައިދާނަކު ނެތް ފެންނާކަށް. ތަރަށްގީ ކަލޭގެ ލޮލަށް ނުފެނުމަކީ ޔާމީނުގެ ކުށެއްނޫންދޯ.

      • ކޮޔާ

        މީހުނާ އަރާ އަރަ ފޯދިވެގެން ނުވާ ވާހަކަ ދެއްކީމަ ވ ދެރަ އަރާ އަރަ ފޯދިގެން ނޭ ބުނުމުގެ މާނައަކީ ބަސްރައްދުވާ މީހާ ނިކަމެތިކޮށް ވާހަކަ ދެއްކުން ތީ ވ ހަޑިކަމެއް ﷲ ނުރުއްސަވާ ކަންކަމުގެ ތެރޭގަ ތިބަސް ހިމެނޭ

  3. ކޮއްކޮ

    ކޮއްކޯ މީ ޕޮލިޓިސް އެންމެ މަދުން ވޯޓު ލިބުނު ތަންތަނަށް އެންމެ ގިނައިން ގޮސް އިތުރަށް ވޯޓު ލިބޭތޯ މިބަލަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް