ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް ޕްލޭނިން މިނިސްޓްރީން އާންމު ކޮށްފިއެވެ.

މިނިސްޓްރީން ބުނީ، 3 ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި 2 ކޮޓަރީގެ ފްލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތް ކުރަމުން ގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށެވެ.

4000 ފްލެޓް ތެރެއިން ފްލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފްލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތު ލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށާއި ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ، 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަސްރޫއުތަކުގެ ތެރެއިން ފްލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

ދެމަފިރިން ވަކިން ހުށަހަޅައިގެން ފްލެޓް ލިބުމަށް ހޮވިފައިވާނަމަ ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 (އެއް) ފުލެޓް ނުވަތަ ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 ފްލެޓް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އަލީ

    ގިނާއިން މާކްސް ލިބިފައި ހުރީ އަތޮޅުތަކުން އައިސް ތިބި މީހުން، މާލެގެ ގިނަ ދުވަސް ވީ މީހުންނަށް މާކްސް މަދުކޮށް.

    61
    8
    • ނޫރު

      މާލޭގަ ގިނަދުވަސްވީ މީހުންނަށް އެއްވެސް ޕޮއިންޓެއްނުލިބޭ/ ދެމަފިރިންނަށް އެއްލައްކައަށް ވުރެ މުސާރަ ބޮޑަސް ފްލެޓްލިބޭ މީ ނިކަމެތިންނަށް ހެދި ތަނެއްބާ.

  2. ޝާމް

    އަޅުގަނޑު ގެއިން އެހެން މީހުން މާކްސް ގިނަ އެކަމަކު އަޅުގަނޑުގެ މަކްސް މަދު އައިލީ އަދަދުގެ ގޮތުންވެސް އަދި އަހަރުގެ ގޮތުންވެސް އެއްވަރެއް ކިހިނެއް މަކްސް ދީފަބާ...

    43
    2
  3. Anonymous

    މިއަށް ވުރެ ނުބައި ސަރުކާރެއް ނުދެކެން

    56
    5
  4. Anonymous

    ވެރިކަމަށް ކުފޫ ހަމަނުވާ ނުކުޅެދޭ މީހަކަށް ވެރިކަން ދިނީމާ، ފަސް އަހަރުދުވަހުގެ ތެރޭގައި ރައްޔިތުން ގުނބޯ ހައްދާފައި، ގައުމު ދަރަނިވެރިކުރުވާފައި، ފައިބައިގެން އެދަނީ ރައްޔިތަކަށް ބޯހިޔާވަހިކަން ވެސް ދޭންވާ ގޮތަށް ނުދީ. އިންތިޚާބީ ރައީސަށް މި ގޮވާލަނީ، އިބްރާހީމް މުޙައްމަދު ޞާލިޙު ހައްޔަރުކޮށް އޭނާގެ މައްޗަށް ތަހުގީގު ހިންގައި، ޝަރީޢަތްކޮށް، އޭނާ މިގައުމަށް ދިން ގެއްލުމުގެ ބަދަލު ހޯދަން. ކޮންމެ މީހަކު ވެރިކަމަށް އަރާ ރައްޔިތުންނަށް ޚިޔާނާތްތެރިވުމަށް ދޫކޮށެއްނުލެވޭނެ.

    49
    7
    • އަޒްރާ

      ކޮޔާ ވެރިކަން ނިންމާ ކޮންމެ ރައީސަކު ޖަލުގަ ބަހައްޓާ ސިސްޓަމެއް އޮވެގެން އަހަރެމެންނަށް ވާ ފައިދާއެއް ބުނެބަލަ ގާނޫނީ އިމުގެ ތެރެއިން މައްސަލައެއް ބެލެންޏާ ރަނގަޅު ސިޔާސީ ނުފޫޒު ވަދެގެން ނޫން ގޮތަކަށް ވެރިޔަކަށް ނުވަތަ ސިޔާސީ މީހަކަށް ދައުވާއެއް ނުކުރެވޭ އެހެން ވީމަ މީތި ކަޑައޭ މިކިޔަނީ

  5. ރިސްފަތު

    ކޮބަި 3ރޫމް ލިބުނު މީހުން އުޅޭ ކުއްޔަށް ދޫކުރަން 30000ރ ހުސް ވަގުން ބަހާލީ ހިހިނެށް ޕޮއިންޓް ދިނީ ބަހާލީ ކާރީގަ ތިބި އައުވާނުނަށް

    35
    2
  6. ރިސްފަތު

    ކޮބަި ކުއްޔަށް ދިނުމަށް އަވަހަށް ފޭބުކުގަ ޔާ ނޫސްތަކުގަ ޖަހަންފަށާނެ މިރޭންފެށިގެން ނިކަމެތި މީހާވާނީ ހަނާ ވަގުންނާ ކާރީތިބި އައުވާނުނަަސް ބާހާ ހުސްކޮށްލީ

    34
    1
  7. ސޫއޫދު

    ތީކުޅޭގޭމެއް ތިމީހުން ފޮއިންޓްދީގެން މަތިން ޕޮއިން ލިބޭނީ ޕާޓީކުދިންނައް ވަރައްސާފުކޮއް އެމްޑީޕީ ސަރުކާރުގެ ދެދައުރުގަވެސް 3 ފަހަރު މަތިން ފޮއިންޓްދިންގޮތް ނަޝީދުކިޔާދިން މިޑިއާގަ އެކަންކުރަންތިބޭނީ ޕާޓީކުދިން އެކުދިންނައް ފެއްނަ ގޮތަކައްދެނީ ޕޮއިންޓް ނަޝީދުބުނީ

    29
    1
  8. ހުސައިން803

    އިންތިހާބީ ރައީސަށް ގޮވާލަން ވަގުން ވަގުތައް ތިލިސްޓައް ފުލެޓްދިނުން މަޑުޖައްސާލުމަށް، އަދި އަދުލުވެރިކަމާ އިންސާފުވެރިކަމާއެކު އަލުން ޕޮއިންޓް ދިންގޮތް ބެލުމަށްފަހު ދާއިމީ ލިސްޓް އެކުލަވާލުމަށް" ވެރިކަމުން ފައިބަމުން ހިތައް އެރިބަޔަކަށް ގޯއްޗާއި ފުލެޓް ބަހާލާފައި ފޭބިޔަކަސް އަދި ކަމަކު ނުދާނެއެވެ. ރައްޔިތުން މިހާރު ތިއޮތްގޮތަކީ ރުހޭގޮތް ކަމުގައި ވަންޏާ މުއިޒުވެސް ފެންނަ މީހަކަށް ފުލެޓާއި ގޯތި ބަހާލިޔަސް ހަމަ އެންމެ ރަގަޅުވާނެތާއެވެ.

    38
    2
  9. ފުލެޓް ލިސްޓް

    ތިގޮތަށް ފުލެޓް ބަހާލުމަކީ އިންސާފެއްނޫން ޝަރުތު ހަމަވާ އެންމެންގެ މެދުގައި ގުރުލާއިގެން ދިނުން ރަގަޅުވާނީ

    39
    6
  10. ޛސޖ

    މާލެ ރައްޔިތުންގެ ތެރޭގައި ތިބި ނިކަމެތި ވަނާނެ ތަނެއް ނެތް މީހުން ނިކަމެތިކޮށްފައި އަތޮޅުތެރޭ މިހުންނަށް ފްލެޓް ދީފަނުން މިޔޮތީ. ހަމައެކަނި ޓްސްފައިސާ ދައްކަނި އެމީހުން ވިއްޔާ. އަދި ޓެކްސް ފައިސާއިން ބިން ހިއްކަނީ މާލެ އެކަނި ދޯ.
    މާލެ މީހިންނަށް ރަށަކުން ނުލިބޭ ބޯހިޔާވަހިކަމެއް. ޢެކަމު މިމީހުންނަށް މާލެއިން ސަޅި. ނާންނާތި ވޯޓު ހޯދަން މަކައިރިޔަށް. ފައިވާނުގެ ދައްފުށުގަ ހުރިވަރު ދައްކާލާނަން

    16
    24
    • ވިސްނާލާ

      މާލެޔާ އެހެން ރައްތަކާ ވަރަށް ތަފާތު މާލެ މިވަނީ ހަމަ އެކަނި މާލެ މީހިންގެ ތާކަށް ނޫން ރާއްޖެތެރެ މީހިން އަތުން ޓެކްސް ނަގައިގެން މާލެ މިހާ ތަރައްގީ ކުރެވިފަ މިހުރީ އެހެންވީމަ ދޮންކަލޯ ކޮސަ ނުގޮވާ

      11
      3
  11. ރޯނުއެދުރު

    ޢިންތިޚާބީ ރައީސް އައް

    ރައީސް ޔާމީން ހިޔާ ފްލެޓް ތައް ބަހާލީ އެމްޑީ ޕީ އައް ..އަނެއްކާ މިފުލެޓް ވެސް . މޑޕ މީހުން .މިގޮތައް ގަބޫލް ނުކުރެވޭ. ވސ . މާލެ 40 އ ސަރުކާރުގަ 29 މުޅި އުމުރު ކުއްޔައް .ދަފްތަރު ގަ 20 އ
    ސަރުތު ހަމަނުވޭ.

    12
  12. ކިނބޫ ބެ

    ސަރުތު ހަމަވާ މީހުނަށް ލިޔުމެއް ދޭނެޔޯ ވ ވާހަކަ މީ، ކޮންލިޔުމެއްކަން އިނގޭތަ އެއީ؟ އެއީ ފުލެޓައް ކުރިމަތިލި ކަމުގެ ލިޔުން ދެންއަން ނަ ސަރުކާރެއްގަވެސް ކުރިމަތި ލުމަށް ތާއީދު ކޮށް ކިނބޫ ގެ ފަރާުތުން އެދޭ އެދުމެއް މީ މި ހަވާލް ކުރާ ލިޔުމަކީ. އަމާބުނީތީވެ ފަރަށްދާ ގޮތައް ފުލެޓްތައް ބަހާލީ 76 މާކް ކަނޑައެޅީ ކީކުރަން ކީއްކުރަން ދެންތިބިމީހުންގެ ޟަރުތު ހަމަވާ ކަމައް ޖަހާފަ ތިބީ މީވެސް މި ކިނބޫ ވޯޓް ހޯދަން ޖެހިމަޅިއް. ވައްސަލާން ދެން ކިނބޫ އައް.

    15
  13. ވިސްނާލާ

    ދެން ނުލިބޭ މީހިން ވަރަށް ހާޑްވާނެ ދައްކާނެ އެކި ކަހަލަ ވާހަކަ ބައެއްފަހަރު މޮޔަވެސް ގޮވޭނެ އަޅާލާމެ ކަމެއް ނެތް

    3
    26
  14. ދޮންދީ

    އަޅެ މި ޕޮއިންޓް ދިން ގޮތް ބަލާކަށް ނޫސްވެރިން ނޫޅޭތަ؟

  15. Anonymous

    މޑޕ އާ ގުޅުން އޮތް ، މާލޭގަ ދިރިނޫޅުނަސް ފުލެޓް ދީފަ ހުރީ ، ހުސް ކޮރަޕްސަން ، މޑޕ އިސްތިއުފާ.

  16. ސ

    މަޖިލިސް އިންތިހާބް އެމްޑީޕީ އަށް ގެއްލިޖެ.

  17. Anonymous

    ވަރަށް މޮޅައް ޕޮއިންޓު ދީފަހުރީ ވަރަށް އިންސާފުވެރިކޮއް 18އަހަރުނުވާ 4ކުދިން ސަރުތުހަމަނުވޭ މިހާއިންސާފު ދޯވާނީ ޕޮއިންޓުދީފަހުރީ އެއްވެސް ބެލުމެއްނެތި ޗޯރުގެ އައުވާނުންނައް ބަހާލީ

  18. ޢަބްދުﷲ

    އަލްޙަމްދުލިﷲ.

  19. ާަބޭއިންސާފު

    ޢެއްގޮތަކައްވެސް ނުވިސްނުނު މިޕޮއިންޓުދީފަހުރިގޮތެއް ހަމަބުނާނެ އެއްްެޗެއްނޭގި ތަލިންކުޅުހިކިފަ ހާދަ އިންސާފުވެރިއޭ

  20. ހަސަނު

    ދެވަނަބުރުގެ ފުލެޓަށް ބިމަށް ފޯމުލާފައެބަހުރި ދަށުގަވަޒިފާގަ ދިރިއުޅެމުން މާލެއައިސް ލިޔުންހޯދައިގެން ..ރަށުކައިންސިލުގަ ރަހުމތްތެރިންތިބީމަ އެމީހުން ދޮގުލޮޔުންދިގެން...ހަމަހަލާުވޮތްތޯއެއީ..ޝަރުތުހަމަވާނެތޯ؟؟ މާލޭގައުޅޭތާ އެންމެ 2 އަހަރު ވިމިހުނަށް 15އަހަރު ދިރިއުޅުނުކަަމުގެ ލިޔުންހޯދައިގެން ފުރަތަމަބިރުން ތިދިނިފުލެޓު..ތާހިރެއްނު މިނިސްޓަރުންގެ ކޮއްކޮމެން ބިމަތޯ؟؟ މެންބަރުންގެ އާއިލާ ވިމަރޯ؟؟ ޕާޓީކުދިންވީމަތޯ؟؟ ހާދަރަނގަޅޭ އަސްލަމްމެން މައުލޫމާތު ސާފޮއްބަލާހަދާ ހައްގުވއރިންނަށްދޭލެއް..،

  21. ނޖމނ

    ދެއްވަދޫ މިދިޔަ ދައުރު ކައުންސިލް ރައީސަށްވެސް 3 ކޮޓަރި ޝަރުތު ހަމަވެއްޖެ.
    މިދެން އަޖާބެއްތާ.

  22. ޮކޮބަޑި

    މިކަން އަލުން ބަލަންޖެހޭ، ފުލެޓއ ދިނުމުގަ އެއްވެސް ބެލުމެއް ނެތް.މިކަން ބަލާނަން..............ލައްކަ ވާހަކަ މި ބުނެލީ

  23. ހައިރާން

    ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތިބިހައި ދުވަހަކު ތިޔަ ލިސްޓެއް އިންސާފުވެރިކޮށް ނުނެރެވޭނެ. މަޖިލީހުގެ މެންބަރުން އަތް ނުބާނާ ކަމެއް މިހާރު ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުކުރެވޭނެ. މިކަހަލަ މަޖިލީހަކަށް މެންބަރުން ހޮވުމަށް ރައްޔިތުން ނުކުމެ ވޯޓުދިނުން ހުއްޓާލަންވެއްޖެ.