ކޮންމެ މީހަކު ވެސް ކުޅަދާނަ މިންވަރަކުން ޔަހޫދީންނާ ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށާއި ދެން ދުވަހަކު ވެސް ކޯކް ނުބޯނެ ކަމަށް ޖަމިއްޔަތުއް ސަލަފްގެ ޗީފް މާކެޓިން އޮފިސަރު އަދި އެ ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކުޅަދާނަ މިންވަރަކުން ނުކުންނަން ޖެހޭ ކަމަށެވެ. އަދި އިސްރާއީލުގެ އުފެއްދުމެއް ކަމަށްވާ ކޮކާ ކޯލާ ދެން ދުވަހަކުވެސް ނުބޯނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އަނިޔާވެރި އިސްރާއީލާއި ދެކޮޅު ހަދަން ޖެހޭ، އަޅުގަނޑު ދެން ދުވަހަކު ވެސް އިންޝާﷲ ކޮކާ ކޯލާއެއް ނުބޯނަން، ނިމުނީ" އަލީ ރަމީޒުގެ ޕޯސްޓުގައިވެއެވެ.

އަލީ މިގޮތަށް ނިންމާފައިވަނީ ކޮކާ ކޯލާ ކުންފުނިން އިސްރާއީލަށް ވާގިވެރިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އަދި އޭނާ ވަނީ މީގެ ކުރިންވެސް ފަލަސްތީނުގެ ހައްގުގައި މީސްމީޑިއާގައި އެކި ފަހަރު މަތިން އަޑު އުފުލާފައެވެ.

ކޮކާ ކޯލާގެ އިތުރުން ޔަހޫދީންގެ އުފެއްދުންތައް ކަމަށްވާ މެކްޑޮނަލްޑްސް އާއި ނެސްލޭ ފަދަ ކުންފުނިތައް ގިނަ ބަޔަކު ދަނީ ބޮއިކޮޓް ކުރަމުންނެވެ.

އިސްރާއީލުން މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މަރާލައިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށް ވުރެ މައްޗަށް އަރައިފައެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

މިދަނޑިވަޅުގައި އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓައިލަން ގޮވައިލާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރާ މުޒާހަރާތަކުގެ އަޑުތައް ގަދަވެފައިވާ އިރު، ދެން އެންމެ ގަދައަށް އިވެނީ އިސްރާއީލްގެ އުފެއްދުންތަކާއި ވިޔަފާރިތައް ބޮއިކޮޓް ކުރުމުގެ އަޑުތަކެވެ. އިސްރާއީިލަށް އެހީވާ ކުންފުނިތަކާއި ދުނިޔޭގެ ވަރުގަދަ ބްރޭންޑްތަކުގެ ލިސްޓެއް ސޯޝަލް މީޑިއާގައި ވެސް އަންނަނީ ދައުރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތަނޑު

    ކޯކް ބޯކަށް ނުވެސް ޖެހޭ.. ކޮންމެހެން ޔަހޫދީންގެ ވިޔަފާރިއަކަށް ވާތީކީ ނޫން.. ތިމާގެ ހަށިގަނޑަށް ކޯކުން ގެއްލުންވާތީ.. އަހަރެން ހީކުރީ އަލީ ރަމީޒަކީ ވަރަށް ހޭލުންތެރި މީހެއްކަމަށް..

    5
    1
  2. ގުނބޯ

    އައްޔަ ދާންވީނު އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަން......ނުކެރޭނެ....ހައްތަހާވެސް އެހެންމީހުން ގޮސް ސަހީދުވާން ޖެހޭނީ.....

    5
    5
  3. މަރީ

    އަދި އަވަސް ތަންކޮޅެއް

    3
    1
  4. Anonymous

    ޔަހްދީން އެކަންޏެއްނޫން ، މިއަދު ބާރުހުރެ ތަނަވަސްކަން ލިބިމެ ، އަދި މުސްލިމުންގެ ހެދުން ލާގެން ތިބި އަރަބި ޤައުމުތަކަށާއި ދެކޮޅަށްވެސް ތެދުވަންޖެހޭ ، އެމީހުންގެ ވާޖިބަކީ ކޮބާތޯ އަހަންޖެހޭ ، އަރަބި ޤައުމުތަކުން މިއަދު ފަލަސްތީނަށްޓަކައި ކުރެވޭނެ ކިތަންމެކަމެއް އެބަހުރި ، އެމެރިކާ ފަދަ ޤައުމުތައް ފިއްތާލެވޭ ފަދަ ކަންކަން ކުރެވޭހާ ބާރު ހުންނާނެ ، އެކަމަކު މިއަދު އަރަބިން (ސައުދީ ، މިސްރު ) ފަދަ ޤައުމުތަކުގެ ޤިބުލައަކީ ކޮބާކަމެއް ނޭނގޭ

  5. އަލީ

    ކޯކު އެކަންޏެއް ނޫން. ޔޫރަޕްގެ ހުރިހައި އުފެއްދުންތައް ބޯއިކޮޓް ކުރަންވީ. އެހެން ގޮތެއް ހޯދަން ވެއްޖެ މިހާރު. އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކޮށް ގަތުލު އާންމު ހިންގުމަށް އެހީތެރިވެދޭ ހުރިހައި ގައުމެއްގެ އުފެއްދުން ތައް ބޯއިކޮޓް ކުރަންވީ. އެއީ އަހަރެމެން މުސްލިމުން ކުރަންވީ ކަމަކީ. އިންސާނީ ހައްގޭ، ޓެރަރިޒަމް އޭ ކިޔައިގެން ވާހަކަ ދައްކަން ފަށައިފިއްޔާ އެމީހުން ހުއްޓުވަންވީ.

  6. ހެހެހ

    އިސްލާމްދީނުގެ ، މުސްލިމުންގެ ހިޖާބު އަޅާގެންތިބި އަރަބިންނާއި ދެކޮޅަށްވެސް އަޑުއުފުލަންޖެހޭ ، އެމީހުންގެ ވާޖިބަކީ ކޮބާތޯ ބަލަންޖެހޭ ، ޤިބުލައަކީ ކޮބާތޯ ބަލަންޖެހޭ!! ފައިސާ އޮވެ މުއްސަނދިކަން އޮވޭ ހުޅަނގުގެ ޤައުމުތަކުގެ ފައިބުޑަށް ފައިބާ އުޅެންޖެހޭ ސަބަބު ބަލަންޖެހޭ ، މިއަދު މުސްލިމުންގެ މުހިއްމު ބިނާތަކެއް ކުނޑިވެގެންދާއިރު ، މުސްލިމުންތަކެއް ޤަތުލުޖުރެވިގެންދާއިރު ، ސައުދީ ، މިސްރު ، އޫއޭއީ ފަދަ ޤައުމުތަކުން އަޅާނުލުމަކީ މައްސލަ އެއް ، އެހެންވީމަ މިކަމާއި ވެސް ދެކޮޅުވާންޖހޭ

  7. އެޑްމުންޑޯ

    ކޮކާކޯލާ އަހަރެން ނުބޯތާ 20 އަހަރު ވެއްޖެ ، ކޮކާކޯލާ އަކީ ފެޓީލިވަރ ޖެހުމަށް މަގުފަހިކުރުވާ އެއްޗެއް ، އެހެންނޫނަސް ކޮކާކޯލާ އަކީ ސިއްހަތަށް ވަރަށް ގެއްލުންހުރި ބައެއް

  8. ޙަކުރޭ

    ހެހެހެ، އަސްލު، ކޯކު ގަ ނޫނީ ސޮފުޓު ޑރިންކު ގަވެސް ހުރޭ ވ ބައިވަރު ހަކުރު، . މިސާލަަކަށް ކޯކު ދަޅެއްގަ ހުރޭ 7ސަމުސާ ހަކުރު، އެހަކުރު ފެނަށް ގިރައިގެން ބޮއެފީޔާ ހޮޑުލާނެ، ކޯކުގަ ހުރޭ އިތުރު ކެމިކަލް އެއަށް އެޑިކުޓުވާ، ، ހަކުރު އެއީ އިންސާނުން ގެ ސިއްހަތަށް ގެއްލުންވާ އެއްޗެއް ހަކުރު ޖެހޭ ބޭނުން ކުރާއިރު ލިމިޓު ކުރަން، 2 ކޯކު ދަޅު ދުވާލަކު ބޮންނާ ބައިވަރު ހަކުރު، އިތުރަށް އެހެނިހެން ފޮނި އެއްޗިސްސަށް ބޭނުން ކުރާ ހަކުރު ނުލާ، އަލީރަމީޒު ކަމަކު ގައުމަކާ ކޯކު އާއި ގުޅުވައިގެން ކޮސްނުގޮވާ،،،އަލީމެން ކޮސްގޮވަންނާ ހިނިއާދޭ،