އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒަށާއި އާ ސަރުކާރަށް ކާމިޔާބީއަށް އެދޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އާ ސަރުކާރަށާއި އިންތިހާބީ ރައީސަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

"އަޅުގަނޑު އެދެނީ އާ ސަރުކާރަށް ކާމިޔާބީ. ރައްޔިތުންނަށް ޞުލްޙަވެރި އުފާވެރި އަމާން ދުވަސްތަކެއް. ދިވެހި ޤައުމަށް ނަޞްރާއި ނަޞީބާއި ކާމިޔާބު މިންވަރު ކުރެއްވުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފާއިތުވީ 5 އަހަރު އެމަނިކުފާނު އިސްކަން ދެއްވީ ވެރިކަމުގެ ހައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާއީ އަދާލަތު ޤާއިމުކުރުމަށް ކަމަށެވެ. އެގޮތުން ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދީފައިވާ ކަމަށާއި ޚިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ހައްޤުތަކަށް އިސްކަންދީފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިނިން. ޚިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކަށް އިސްކަންދިނިން. ފަރުދީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ސަރުކާރުން ހިފިން." ރައީސް ވިދާޅުވިއެވެ.

އަދި ހަމައެއާއެކު އިންސާފުވެރި އޯގާތެރި ހެޔޮ ވެރިކަމެއް ކޮށްދިނުމަށް އެމަނިކުފާނު މަސައްކަތްކުރެއްވި ކަމަށް ވަނީ ވިދާޅުވެފައެވެ. މި މަސައްކަތުގައި ސަރުކާރަށް އެއްބާރުލުން ދެއްވި ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ލީޑަރޝިޕާއި، ޕާލިމަންޓަރީ ގްރޫޕާއި އަދި އާންމު މެންބަރުންނަށް ރައީސް ސޯލިހު ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ސަރުކާރާއެކު ތިއްބެވި ކޯލިޝަން ޕާޓީތަކުގެ ލީޑަރޝިޕާއި މެންބަރުންނަށާއި، ވަޒީރުންގެ މަޖިލީހާއި އަދި ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ މަސައްކަތް ފާހަގަކުރައްވާ. ރައީސް ވަނީ ސިފައިންނާއި ފުލުހުން އަދާކުރެއްވި މުހިއްމު ޤައުމީ ވާޖިބުތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހަރެން

    ހަމަ ޔަގީނުންވެސް އަހަރެންގެ ހައްގުތައް ނުލިބުނު. ޖަނޑައެޅިގެން އަނިޔާދިނީ. އިންސާފުގެ ކަންފުޅެއްވެސް އަހަރެންގެ މައްޗަށްނެތް. الله.ގަންދީ ހުވާކޮށް ބުނަން.

  2. ޑައެލޯގް

    ކަލޭތީ ރައްޔިތުން ހޮވައިގެން އައިރައީސެއްނޫނެވެ. ކަލެއަށް 3000 މީހުންވެސް 2018 ގައި ވޯޓުނުދެއެވެ. ތަބަކަކަށްލާފައި އަންނިއިސްކޮށްހުރެ ދިންއެއްޗެކެވެ. އަންނި، ގާސިމް، މައުމޫން، އިންޑިޔާ ދެންމިހެންގޮސް ޔާމީނުނޫން ހުރިހާ ސިޔާސީމީހުންތިބީ ކަލޭހޮވާށެވެ. ސަބަބަކީ ކަލޭކަހަލަ ގަމާރަކަށް ދީގެންދޯ ގައުމު ދަވާލެވޭނީ

    2
    0