މަންތާ އެއާގެ ފްލައިޓެއްގައި މާކަނާއެއް ޖެހި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި މަންތާ އެއާގެ ފްލައިޓެއްގައި މާކަނައެއް ޖެހިފައިވަނީ އެ ބޯޓު ދަރަވަންދޫ އެއާޕޯޓަށް ޖެއްސަން ދިޔަ ވަގުތުއެވެ.

މިހާދިސާގައި ފްލައިޓަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިވާއިރު، އޭގެއިން ދަތުރު ކުރި މީހަކަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

މަންތާ އެއާގެ ޕަބްލިކް ރިލޭޝަންސްގެ އޮފިސަރަކު "ވަގުތު" އށް ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ އިއްޔެ ދަރަވަންދޫއަށް ފްލައިޓް ޖައްސަން ދިޔަ ވަގުތު ކަމަށާއި މިއީ މިފަދަ ހާދިސާއެއް މަންތާ އެއާއަށް ދިމާވި ފުރަތަމަ ފަހަރު ކަމަށެވެ.

މިހާދިސާގައި ފްލައިޓަށް ގެއްލުންތަކެއް ލިބުނު ނަމަވެސް، އޭގެއިން ދަތުރު ކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

އޮފިސަރު ވިދާޅުވީ، މިފަދަ ހާދިސާއެއް ހިނގުމުން އެއޮންނަ ޕްރޮސީޖާއެއްގެ ދަށުން އެކަން ހިނގި ގޮތް ބަލައި، މަރާމާތު ކުރެވޭ ކަމެއްނަމަ މަރާމާތުކޮށް ފްލައިޓްގެ ދަތުރުތައް އަލުން ފަށާ ކަމަށެވެ. އެ އުސޫލުގެ ދަށުން މިހާރު އެ ފްލައިޓު މަރާމާތުކޮށް ދަތުރުތައް ފަށާފައިވާ ކަމަށް އޮފިސަރު ވިދާޅުވިއެވެ.

"އޮންނަ ޕްރޮސީޖާގެ ދަށުން އަޅުގަނޑުމެންގެ ޓީމަކުން ސްޕެއާއާއި އެއްޗެހި ހިފައިގެން އިއްޔެ ދަރަވަންދޫއަށް ގޮސް ފްލައިޓް މިހާރު ވަނީ ސާވިސްއަށް ނެރެފަ" އޮފިސަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޙުސެނު

    މާކަނަ އަށްވުރެ ތި ބޯޓު ދެރަ. މަންތާ ބޯޓުތަށް ހުންނަނި ޕުލާސްޓިކުންތަ ހަދާފަ

    62
    14
    • ލޯރޑް ކޮންޓުރޯލު

      ނޭނގުމައް ވުރެ ވަކިން ދެރަކަމެއް ހަމަ ނެތޭ...

      12
    • އެދުރުބެ

      ކަލޯ އެއްޗެތި ނޭނގޭއިރު ކޮމެންޓު ނުކުރޭ އަމިއްލައަށް ފަޟީހަތްވާން. ބިންމަތީގައި ބާރަށް ދުއްވާފައިދާ ސައިކަލު/ކާރު ކިތަންމެ ކުޑަ އެއްޗެއްގައި ޖެހުމުންވާ ވާގެއްލުން ފެންނަކަމަށް ހީކުރަން. މަތިންދާބޯޓު ތަކަކީ މިބުނެ އެއްޗިއްސަށްވުރެ އެތައް ސަތޭކަ ބާރު ސްޕީޑްގައި ދުއްވާ އެއްޗެތި. ދުއްވާއިރު ދޫނި ކަހަލަ އެއްޗެއް ފެންނަ އިރަށް އޮންނާނީ ޖެހިފައި. ލިބޭ ގެއްލުން މާބޮޑުވާނެ. ސިމްޕަލް ފިޒިކްސްމީ. ތިކަހަލަ ސިކުނޑި ތަކަކަށް ނުވިސްނޭނެ.

      32
      1
    • ފރެންޑް

      ފިޒިކްސްް އެއީީ ބްރަދަރ

      17
    • ދޯ

      ވައިގެ ތެރޭ އޭތި ނައްޓާފަ ދާން ނޭގޭތަ....ޖާގަ ކުޑައީ ދޯ ޖައްވުގަ

  2. ހުސޭނުބޭ

    ނަސީބެއްނު ތިއަށްވުރެ ބޮޑު އެއްޗެއް ނުޖެހުނުކަން

  3. ދެރަވޭ

    ވަރަށް ދެރަވޭ މާކަނާ މަރުވީމަ

  4. ޢައިޝަތު

    މަންތާ ކިޔުން ނިމުނީ
    ތީ މާކަނާ ބޯޓް
    ދެން ކިޔާނީ އެހެން

    10
    5
  5. އަލީ ހާމިދު

    މާކަނަ އާއި ކާޅުން މުޅި ވެލާނާ އޮންނީ ފުރިފައި. އެތާ އުޅޭ މުވައްޒަފުންނަލަށް ތިއެއްޗިއްސެއް ނުހުޢްޓުވޭ. ގަޑިއަކު އެއްފަހަރު ފިނިބުރު ޖަހަން ދުއްވާނެ ވާކަމެއް ހަރާން ވިނަގަނޑު ބޯވެ ބޯޓުގެ އުސްމިނަށް ގަސްތައްހެދިފައި މިހާރުވަނީ. ވެލާނާ އެއާޕޯޓުގެ ބައެއް ތަންތާގެ ވެރިން ފީކަޅާކަމުން ތިހެންވަނީ.

  6. އަލީ ހާމީމް

    މާކަނަ އާއި ކާޅުން މުޅި ވެލާނާ އޮންނީ ފުރިފައި. އެތާ އުޅޭ މުވައްޒަފުންނަލަށް ތިއެއްޗިއްސެއް ނުހުޢްޓުވޭ. ގަޑިއަކު އެއްފަހަރު ފިނިބުރު ޖަހަން ދުއްވާނެ ވާކަމެއް ހަރާން ވިނަގަނޑު ބޯވެ ބޯޓުގެ އުސްމިނަށް ގަސްތައްހެދިފައި މިހާރުވަނީ. ވެލާނާ އެއާޕޯޓުގެ ބައެއް ތަންތާގެ ވެރިން ފީކަޅާކަމުން ތިހެންވަނީ.

  7. މާކަނާ

    ހިމާޔަތް ކޮށްފައިވާ ދޫންޏެއް މަރުވީ އިހުމާލުން
    ވީމާ މައްސަލް ތަހުޤީޤްކޮށް ފިޔަވަޅު އަޅަން ފެނޭ
    ދެރަ ނިކަމެތި މީހެއް ނަމަ ބޮޑު ޖޫރީމަނާ

    23
    6
  8. ނަން

    މި ވަރުންވެސް ޤަބޫލް ކުރަންވީ ޓުވިންޓަވަރ ވެއްޓުނީ ފުލައިޓް ޖައްސައިގެންނޭ.

    1
    1
  9. ޝާވިން

    ތިއީ މާކަނާ އެއްތަ ނޫނީ ރޮކެޓެއްތަ

  10. އަހުމަދު

    މި''އެކްސިޑެންޓް''ގައި އެއްވެސް މީހެއްގެ، އެއްޗެއްގެ ކުށެއް ނެތްހެންހީވަނީ!

  11. ހަސަން

    ގަޑިޔަކު 700 ކިލޯމީޓަރަށް އުދުހޭ ބޯޓެއްގައި ޖެހިއްޖެނަމަ ވާނެގޮތް ވިސްނާލާ!

  12. އައިޝަތު

    އަޅެ އަހަރެން ހިތަށް އަރާ ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް މާކަނާ އަށް ވެފައި އޮތް ވަރު ނުފެނޭބާއޭ. ފެނުނީ ބޯޓަށް ވި ގެއްލުން ބާއޭ. ހުރިހާ ނޫހެއްގަ ވެސް މާކަނަލެއް ޖެހި ބޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ވާހަކަ މުޅި އޮޑީގަ. ކީއްތަވާނީ އެ މާކަނާ އެ ހާލުގަ އޮތް ތަން ފެނުނީމަ އެވާހަކަ ދެއްކިއްޔާ. ތި ބޯޓު މާދަމާ ވެސް މަރާމާތުކޮށްގެން އުދުހެންވީ އެ މާކަނާ ދުނިޔެއަށް އަންނާނެތަ؟ އެ ޖެހުނު ގަޑީގަ މާކަނަލަށް ވާނެ ގޮތް އިހުސާސް ވެފަ އަހަރެން ހިތަށް ވަރަށް ތަދުވޭ

    • ދޮންކަލޯ

      ކަލޯ މަސް ކޮށާގެން ތެލުލައިގެން ފިހެގެން ކާއިރު ހިތަށް ނާރާތަ އެމަހައް ވާނެތަދު މަސްކަނޑާ ގަޑީގަ؟ކަލޯގެ ބަނޑު ފުރިދާބެ ބިސްކޯދުކައިގެންވެސް މާދަމާ އެކަމަކި އެމަސް ދިނިޔެއާށް އަންނާނެތަ؟ އަޖައިބު ހީވޭ

  13. 2222

    ބުޅާ މެރިމީހާ އޮތީ ކުށްވެރިވެފަ ވަރަށް ބޮޑަށް. މާކަނާ މެރި ފުލައިޓަށް އަންނާނީ ކޮން ހުކުމެއްބާ. ދެބޯގެރިރާއްޖެ