ލައިލީގެ ފޮޓޯ މައުރަޒު "އެކެއް" ނެޝަނަލް އާޓް ގެލެރީގައި ފަށައިފި

މަޝްހޫރު ކުރެހުންތެރިޔާ ލައިލީގެ ފޮޓޯ މައުރަޒު "އެކެއް" ނޭޝަނަލް އާޓް ގެލެރީގައި ރޭ ފަށައިފިއެވެ.

ނެޝަނަލް އާޓް ގެލަރީގައި މިއަދު ފެށި މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން 1 ޑިސެންބަރު 2023ގެ ހެންދުނު 10:00އިން ރޭގަނޑު 22:00އަށެވެ.

ނެޝަނަލް އާޓް ގެލަރީގައި ފެށި "އެކެއް މައުރަޒު" އިފްތިތާޙުކޮށްދެއްވީ ދިވެހިބަހާއި ޘަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހިމްއެވެ.

މި މައުރަޒު އިފްތިތާހު ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ، މި މައުރަޒުގެ ނަމަކީ ދިވެހިންގެ ދިވެހި ވަންތަކަމާއި ގުޅިފައިވާ ނަމެއް ކަމަށެވެ. "އެކެއް" މާނަކޮށްފައިވަނީ ދިވެހިންގައި ހުންނަ އެއްގޮތް އެއްކަހަލަ ސިފަތަކަށް ނިސްބަތްކޮށް ކަމަށް ނަސީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤައުމިއްޔަތުގެ ތަޞައްވަރުގައި ވެސް އޮންނަނީ ދިވެހިންނަކީ އެއްބަހަކުން ވާހަކަ ދައްކާ، އެއް ޘަގާފަތެއް ޙިއްސާކުރާ، އެއް ދީނަކަށް އުޅޭ، އެއް އާދަކާދަތަކެއް ގެންގުޅޭ، އެއްބައެއްވަންތަ އެކުވެރި ބައެއްކަމުގައި ކަން ފާހަގަކޮށް ވަޒީރު ވިދާޅުވީ، މިކަމުގެ ސަބަބުން ދިވެހިން އެކަކު އަނެކަކަށް އިޚުތިރާމުކުރާ އެކުވެރި އެއްބައެއްވަންތަ ގޮތުގައި ތިބުމީ ދިވެހީންގެ ޘަގާފަތާއި ގޮތްކަމަށެވެ.

ވަޒީރު ވިދާޅުވީ، އެކެއް މައުޒަރުން ފެންނަ މި މަސައްކަތުން މި ޖީލުގެ ޒުވާނެއްގެ ހިތުގައިގައި މިގޮތައް ދިވެހިރާއްޖެ ސިފަވެގެން ދިއުމަކީ ވަރަށް އުންމީދީ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ. އަދި ޤައުމިއްޔަތުގެ މަޝްރޫޢުގައި ދިވެހި ޒުވާނުންގެ ހިތްތަކުގައި ދިވެހިވަންތަ ސިފަ ޖެއްސެވުމަށް ވަރަށް ބޮޑު ބައެއް ހިމެނިފައި އޮންނާނެކަންވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު