ހަގީގީ މާނައިގައި ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށުމުގެ އިހްސާސް މިހާރު ކުރެވެން ފަށާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ އެކްޓިން މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް އެފަދައިން ވިދާޅުވެފައިވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގެ މުނިސިޕަލް ހުރިހާ ޚިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.

އެގޮތުން ނަރީޝް ވިދާޅުވީ، ހަގީގީ މާނައިގައި ލާމަރުކަޒު ކުރުމުގެ މަސައްކަތް ފެށުނު ކަމުގެ އިހްސާސް މިހާރު ކުރެވެން ފަށާފައިވާ ކަމަށާއި މޮހޮނަށް އޮޑިދޭ އުސޫލު ނިމުމަކަށް ގެނެސް، މާލެ ސިޓީ ކައުންސިލް ހަގީގީ މާނައިގައި ބާރުވެރި ކުރުވަން ނިންމެވީ ސެލިއުޓް ހައްގު ނިންމުމެއް ކަމަށެވެ.

އެހެން ކަމުން ސިޓީ ކައުންސިލްގެ ހުރިހާ ކައުންސިލަރުންގެ ނަމުގައި ނަރީޝް ވަނީ ރައީސް، ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވަފައެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި، ދެވަނަ ފިޔަވަހީގެ މައިގަނޑު މުނިސިޕަލް ހުރިހާ ޚިދުމަތެއް މިހާރު ދެމުން ގެންދަނީ އަރބަންކޯއިންނެވެ.

މާލެ ސިޓީގެ މުނިސިޕަލް ހުރިހާ ޚިދުމަތްތަކެއް، މާލެ ސިޓީ ކައުންސިލަށް ބަދަލުކުރެއްވުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު މިކަން މިގޮތައް ނިންމަވައިފައި ވަނީ މާލެ ސިޓީގެ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަސްފަންނު

    ގައުމު މުޅިން އާގޮތަކަށް ދަވާލާން ރާވާކަހަލަގެ އިހުސާސެއްވެސް އެބަކުރެވޭ

    1
    1
  2. އޒނ

    ދައުރު ނިމެނީ. އަދި ކިރިޔާ؟

  3. ރދތ

    ރަސްފަންނު!
    ތިކަހަލަ ފިތުނަވެރި ވާހަކަ ނުދައްކާ ތިބެބަލަ. ކަލޭމެންނަށް ރަގަޅު ގޮތެއް ހެޔޮގޮތެއް ނތެއްނުން. ޖަހާލަތުގެ މަގުން އެއްކިބާވެބަލަ. ރާއްޖެއަށް ހެޔޮއެދިގެން އުޅެބަލަ.