ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަކީ ކާމިޔާބު ވެރިކަމަކަށް ހެދުމަށް ސާބިތުކަމާއެކު ދެމި ހުންނަވާނެ ކަމަށް ހާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާރޖް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޔާމިން އެޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް ހެއްދެވުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އެ ނިންމެވުމާއި ގިނަ ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ދަނީ ރައީސް ޑރ. މުއިއްޒަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުންނެވެ.

އެކަމާއި ގުޅިގެން މުންދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ހިތްވަރުގަދަ މެންބަރުން ފަސް އަހަރު ކުރި ބުރަ މަސައްކަތުން އެމްޑީޕީ ވެރިކަމުން ދުރުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ޑރ. މުއިއްޒު ވެރިކަމަށް ގެނައީ ރައްޔިތުންގެ ބޮޑު އިތުބާރަކާއެކު ކަމަށާއި، ގައުމުގެ ހިންގުން އެމަނިކުފާނާއި ހަވާލުކުރީ ދިވެހި ރައްޔިތުން ކަމަށް މުންދު ވިދާޅުވިއެވެ.

ޕީޕީއެމްއާއި ޚިޔާލު ތަފާތުވެ، ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފަށާފައިވާއިރު، ސަޕޯޓަރުން އެމަނިކުފާނު އުފައްދަވާ އާ ޕާޓީއާއި ގުޅުމަށް ތައްޔާރަށް ތިއްބެވުމަށް އަންގަވާފައި ވެއެވެ.

ރައީސް ޔާމީން އަލަށް އުފަށްދާ ޕާޓީގެ ނަމާއި ލޯގޯގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި އަންނަ އާދިއްތަ ދުވަހުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އީސީގައި އެދުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    އާނ އެހެންޏާ އާރާއި ބާރުހުރިކޮޅަކުނޫންތޯ ތިބޭނީ އާރާއި ބާރު ގެއްލޭހިސާބުން ޓަސް އެދިޔައީ

    19
    3
  2. މާިެ

    ވަޒީފާނުދީގެން ލަސް ވެސް ގޭގަ ރޯން އޮތްހަދާން ނެތުނީދޯ؟ މައްމަގޮސް ރައީސް އާ ދިމާލައް އެއްޗެހި ގޮވި ހަދާން ނެތުނީދޯ

    15
  3. ހަންޑިކުޑަ

    ހަރާން ކޯރޭ ރައްޔިތުން ބުނާ އަނޑު އަހަނމު. ނަމަވެސް އެއީ ކޯޗެއް ކަމެއް ކީއްވެގެން ކިޔާ އެއްޗެއް ކަމެއް ނޭގޭ. ނަމަވެސް މިއަދު އެއީ ކީއްވެގެން ނުވަތަ ކިހިނެއް ވީމާ ރައްޔިތުން ކިޔާ އެއްޗެއްކަން އެނގިއްޖެއެވެ. ހަމަ ރަގަލަށް މިވެރިން ޔާމީނަށް އެބުނާ ހަރާން ކޯރު ވީހޭ!

    17
    1
  4. ކޮމެންޓްކުރާމީހާ

    މުޢިއްޒު ވެރިކަމުގައި މާތް ﷲ ބަރަކާތްލައްވާށި! އާމީން..

    6
    6
  5. ާޢަލީ

    މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އަކީ ހިތްތިރި ދުރުވިސްނޭ ބޭފުޅެއް! މިއީ ލައްކަވާހަކަ

    2
    9
  6. ފާތި

    މުންދުގެ މަންމައެއް ވަޑައެއްނުގަންނަވާނެ ރައީސް އެއްގެ އަރިހަކަށް ނޫނީ އެހެން ބޭފުޅަކަށް ވިޔަސް އެއްވެސް ބާތެއްގެ ނުރުހުމުގެ އެއްޗެއް ވިދާޅުވާކަށެއް. ޢެއަށްވުރެ މާ މީހުންނަށް އިހްތިރާމް ކުރާ އެތައް ބައެއްގެ ލޯބިލިބިފައިވާ ގިނަ ބަޔަކަށް އެހީތެރިކަން ދެއްވާ ހިތްހެޔޮ ބޭފުޅެއް އެއީ.

  7. 786

    ތިޔަ މުންދުއަކީ މައުމޫނު ކައިރީ އުޅެ ބޮޑުވި މީހެއް ކާޏްދީ ގެންގުޅެ ބޮޑުކުރި އިހުލާސްތެރިން ވަކިނުވި އަމިއްލަ އެދުންބޮޑު މީހެއް ޔާމީނުވަރެއްނެތިގެން ދުވެދުވެފަ ކޮބާ އެންމެފަހުން ޔާމީނުވެސް ދޫކޮށްލީނު އަމިއްލަ އެދުން ހިސާބައްވުރެ ބޮދުވީމާ ތިހެންވާނެ އެއްފުޅައްމަތިން ފުންމާލި ބަކަރި ޖެހިގެން ހުންނަ ފުޅަންމަތިންވެސް ފުންމާނެ މީޙަޤީޤަތަކީ ތިޔަކަހަލަ މީހުން ސިޔާސީމައިދާނުގަ ގިނަވެގެން ޤައުމު ހަލާކުވީ

  8. ޢަލީ

    ލާރިކޮޅެއް ދެންޏާ އެމީހެއްގެ ފަހަތުގައި ނުގުޑާ ތިބޭނެ މީހުން ތިބޭނެ!