ރާއްޖެއަށް ބަންްގްލަދޭޝް މަސައްކަތްތެރިން ގެނެވޭނެ އަދަދު ހަމަނުވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވެފައިވަނީ ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ މި ސަރުކާރުން ހުޅުވާލުމާއިއެކުގައި ކުރީގެ ސަރުކާރުގެ އިސް ބޭފުޅުން އެއީ ގާނޫނާއި ހިލާފަށްކުރި ކަމެއް ކަމަށް ތުހުމަތު ކުރަމުންދާތީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އިހުސާން ވިދާޅުވީ ރާއްޖޭގައި ކަންތައް ތަރުތީބުވެފައިވާ ގޮތުން، ރާއްޖެއަށް އެތެރެވާ މީހުންނާއި ބޭރުވާ މީހުންނާއި ރާއްޖޭގައި ތިބޭ ބިދޭސީންގެ އަދަދާއި އެކަންކަން ކަނޑައެޅުމުގެ ގާނޫނީ އިހްތިސޯސް ލިބިގެންވާ މުވައްސަސާއަކީ އިމިގްރޭޝަން ކަމަށެވެ. މި ވަގުތު އެ މުވައްސަސާ ހިނގަމުންދަނީ މިނިސްޓްރީ އޮފް ހޯމް ލޭންޑް އެންޑް ސެކިއުރިޓީގެ ދަށުންނެވެ.

"އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ރާއްޖޭގައި މި ވަގުތު ތިބި ބަންގްލަދޭޝްގެ މުވައްޒަފުންގެ އަދަދު ސާފުކޮށް އިނގޭ. އެ އަދަދަކީ 90،624 މީހުން. މިއީ އެއްލައްކައަށްވުރެ މަދު އަދަދެއް. އެހެންވީމަ ބަންލަދޭޝުން މަސައްކަތެރިން އައުމަށް ދޭ ހުއްދައަކީ އަކީ ގާނޫނާއި އެއްވެސް ވަރަކަށް ފުށޫ އަރާކަމެއް ނޫން." އިހުސާން ވިދާޅުވިއެވެ.

މި ސަރުކާރުން ވެރިކަމާއިި ހަވާލުވުމަށް ރައީސް ކުރެއްވި ކެމްޕެއިންގައި ރާއްޖޭގައި ވަރަށް ގިނަ ވިޔަފާރިވެރިންނާއި އާންމު ފަރުދުންނާއި އަލަށް ވިޔަފާރިތައް ފައްޓަވާ ބޭފުޅުންނާއި ބައްދަލުކުރެއްވި ކަމަށާއި އެ ފަރާތްތަކުން ވަނީ ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތްތެރިން ނުލިބޭތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައި ކަމަށް ވިދާޅުވިއެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ހުވާކުރި ދުވަހު ރައީސް ވަނީ އިރުޝާދު ދެއްވާފައި ކަމަށް އިހްސާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެ ވަގުތުން ފެށިގެން ބަލާލިއިރު ވެސް އެނގުނު ރާއްޖެއަށް މި ވަގުތުން މި ވަގުތަށް ވެސް ބަންގްލަދޭޝްގެ އަން ސްކިލް ލޭބަރުން ގެނައުމުގެ އެއްވެސް ހުރަހެއް ނެތް ކަމަށް. އެހެން ނަމަވެސް ބަލަން ޖެހޭ އެހެން އިޖުރާއަތްތައް ބަލާ ފުރިހަމަކޮށް އަދި ރާއްޖޭގައި ދޫކޮށްފައިހުރި ވޯކް ޕާމިޓްތަކުގެ އަދަދާއި މި ހުރިހާ ކަމަކަށް ރިޔާއަތްކޮށްފައި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލާފައި ބަންގްލަދޭޝުން މަސައްކަތްތެރިން ގެނައުމަށް ހުޅުވާލަން މި ނިންމީ." އިހްސާން ވިދާޅުވިއެވެ

އިހްސާން ވިދާޅުވީ ބަކީ ދެން ހުރި ގައުމުތަކުން ވެސް ބަލަންޖެހޭ ކަންކަން ބަލާ ނިމުމުން އެ ގައުމުތަކަށް ވެސް ހުޅުވާލެވެން އޮތްނަމަ އަން ސްކިލް ލޭބަރުން ގެނައުމަށް ހުޅުވާލައްވާނެ ކަމަށެވެ.

ބަންގަލަދޭޝުން މަސައްކަތްތެރިން ގެނައުމަށް ހުޅުވާލީ ގާނޫނާއި ހިލާފްކަމަށް ވިދާޅުވާ ބޭފުޅުން ކޯޓް ކުރައްވާ އަދަދަކީ ރާއްޖޭގެ ވޯކް ޕާމިޓްދޫކުރުމަށް ގެންގުޅޭ ސިސްޓަމް އެކްސްޕެޓް ސިސްޓަމްގައި އެކްޓިވް ވޯކް ޕާމިޓްގެ އަދަދު ކަމަށް އޭނާ ވިދާޅުވިއެވެ. އެކްޓިވް ވޯކް ޕާމިޓަކީ އެ ކަނޑައެޅޭ ވަކިވަގުތެއްގައި ވޯކް ޕާޓިމްގެ ގޮތުގައި އެކްޓިވްކޮށް އިޝޫކޮށްފައިވާ އަދަދުތައް ކަމަށާއި އެއީ މީހުން ތިބި އަދަދެއް ނޫން ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ަލިލީ

    200000 މިޙުން އަށް ވުރެ ގިނަ ވާނެ

    8
    2
  2. ހިކި ކިރު

    ސާބަހޭ ތި ކުރައްވާ ހިތްވަރަށް. ކޮން ހިސާބެއް ޖައްސަވާފަތޯ ތިޔަ ވިދާޅުވީ! އަޅުގަނޑުގެ ހިސާބު ތަކުން ޖުމްލަ 234،645 ބަންގްލަދޭސް ރައްޔިތުން ރާއްޖޭގެ އެކި އެކި ކަންކޮލުތަކުގައި އެބަތިބި. އެވެރިން ބުނަމުން ދަނީ މިއީ އެވެރިންގެ ޤައުމުގެ ކުޑަ ސިޓީ އެކޯ! އަދި މުސްތަޤުބަލުގައި އެވެރިންގެ ކުދިން މި ޤައުމުގައި ވެރިކަން ކުރާނެޔޯ! ރާއްޖޭގެ ވިޔަފާރީގެ ކޮންޓްރޯލް އޮތީ ތިމަންމެންގެ އަތުގަޔޯ! މިހެންކަމުން އަދިވެސް ތިޔަ ބަލަނީ އެވެރިން އެތެރެކޮއް އެތެރެވާ ކޮންމެ ބޮލަކުން -/5000 ޑޮލަރ ނެގޭތޯ! ޤައުމު ތިޔަ ފުނޑާލަނީ ފައިސާގެ ދަހިވެތިކަމުގައިޔޯ ރައްޔިތުން ކިޔާ އަޑު އަހަނމު! ވ ވެދުން.

    6
    0
    • އައިމަން

      އެހެން އެވަނީވެސް ބައެއް މީހުން ކަންކުރާ ގޮތުން. ފައިސާގެ ދަހިވެތިކަމުގައި ކަންކަން ކުރާ ދިވެހިން މަދެއްނޫން. ބޭރު މިހުންނަށް ގެދޮރުއެކީ ކުއްޔަށްދީގެން އުޅޭ މީހުން މަދެއްނޫން އިގޭތޯ؟ ގައުމުގެ އެކިއެކި ދާއިރާ ތަކުގައި އެބައުޅޭ އެކަހަލަ މީހުން. މިއީ ޙަޤީގަތް.

  3. ހަންޑިކުޑަ

    މަނިކުފާނޫ! އަދަދު ހަމަކުރަން މަޖުބޫރުތަ! ޤައުމުގައި ތިބި ޅަ އަންހެން ދަރިން އެވެރިންގެ އަތްދަށުވެ ޝިކާރައަކަށްވެ ދާތަން ރައްޔިތުން ބަލަން ތިބެންވީތޯ!؛ އަމިއްލަ އެދިން ބޮޑު ވިޔަސް ތިއީ ބޮޑުވަރު!

  4. ޢަބްދުﷲ

    ރަނގަޅުވާހަކައެއް. ވޯކް ޕަރމިޓް ނަގައިގެން ޤާނޫނާ އެއްގޮތަށް މަސައްކަތްކުރާ ބަންގާޅުންގެ އަދަދު، 90000 ގައި އުޅެފާނެ. އެހެންނަމަވެސް، ޓޫރިސްޓް ވިސާއާއި އެެނިހެން ނަންނަމުގައި ރާއްޖެ އައިސް، ޤާނޫނާ ޚިލާފަށް މަސައްކަތްކުރާ ބަންގާޅިންގެ އަދަދު 200000 އަށް ވުރެ މަދު ނުވާނެ. މުޖައްރިބު. އހ.

    4
    1
  5. ނުނން

    އަދުރޭގެ ހިސާބް ދިމާވޭ ދެން ކަލޭގެ ހިސާބް ދިމާނުވާންވީ ސަބަބު އަކީ ކޮބާތަ ؟؟

  6. ހަސަން

    މިހާރު އިންޑިޔާމީހުން، ވަރަށް ގިނައިން ބަގަލާއިންގެ ބަދަލުގައި ގެންގުޅޭހެން ހީވޭ! މިގައުމުގައި އެއީ އެހާރައްކާތެރި ކަމެއްނޫންހެން އަޅުގަނޑަށް ހީވޭ!

  7. ކައުންސެލަރު 🙌

    ބަނގުލާދޭސް މީހުން ތިއްބަސް އޭގެ ޒާތުގައި ދިވެހިންނަށް މާބޮޑު އުދަގުލެއް ނުކުރާނެ. އެކަމަކު އިންޑިޔާގެ މަދު އަދަދެއްގެ ބަޔަކު ތިއްބަސް ދިވެހިންނަށް މިހާރުވެސް ހޮރުއްޕަނީކީނޫން. ބޮޑު އުނދަގުލެއް އިންޑިޔާ މީހުންނަކީ