ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން އެ ގައުމު ދޫކޮށް ދިއުމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން މިއަދު އަންގައިފިއެވެ.

އިސްރާއިލުގެ ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ނޯޓުގައި ބުނީ އެ ގައުމާ ދެކޮޅު ޝުއޫރުތައް ރާއްޖޭގައި މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އޮފިޝަލުން އިސްރާއީލްއާ ދެކޮޅަށް އާންމު ތަންތަނުގައި ވާހަކަ ދައްކަމުން އަންނަ ކަން ފާހަގަވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އޮފިޝަލުން ކަމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީން އިޝާރާތް ކުރަނީ ކޮން ބަޔަކަށް ކަމެއް ސާފެއް ނޫނެވެ. ބެލެވޭ ގޮތުގައި އިސްރާއީލުން އެ އިޝާރާތް ކުރަނީ ރާއްޖޭގެ ވެރިންނަށް ތިއްބެވި ބޭފުޅުންނަށެވެ.

އެހެންވެ، އިސްރާއީލްގެ ރައްޔިތުން ރާއްޖެ އަށް އެތެރެވުން ހުއްޓާލަން ޖެހޭ ކަމަށާއި ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން ވެސް ރާއްޖެ ދޫކޮށް ދިއުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށް އިސްރާއީލްގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު އިންޒާރުގެ ނޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ތިބި އިސްރާއީލްގެ ރައްޔިތުން އެހީތެރިކަން ބޭނުން ވިޔަސް، ފޮރިން މިނިސްޓްރީން އެމީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ.

ޔަހޫދީންގެ ނޫހެއް ކަމުގައިވާ "ޓައިމްސް އޮފް އިސްރާއީލް" އިން ފާހަގަ ކުރާ ގޮތުގައި ރާއްޖެ އާއި އިސްރާއީލްއާ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައެއް ނުވެއެވެ. އެކަމަކު، އިސްރާއީލް ރައްޔިތުން ރާއްޖެ އަށް ޒިޔާރަތް ކުރުމަށް ހުރަހެއް ނެތް ކަން ފާހަގަކޮށްފައިވެއެވެ. އިސްރާއީލްގެ ރައްޔިތުން ރާއްޖޭގެ އިތުރުން މުސްލިމް ގައުމުތަކަށް ދަތުރު ކުރުން ހުއްޓާލަން މީގެކުރިން އިސްރާއީލްގެ ފޮރިން މިނިސްޓްރީން ވަނީ ގޮވާލައިފައެވެ.

އިސްރާއިލުގެ ރައްޔިތުން ރާއްޖެ ނާންނަން އެންގިއިރު އިސްރާއީލްގެ ނިރުބަވެރި އަސްކަރިއްޔާގެ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން ދިވެހިން ތިބީ އިސްރާއީލްއާ މެދުގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެގޮތުން އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުން އަންނަ އުދުވާންތަކާ ދެކޮޅު ހެދުމުގެ ގޮތުން މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މީގެކުރިން ވަރުގަދަ މުޒާހަރާތަކެއް ކުރިއެވެ.

ޔަހޫދީންނާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ފެށުނީ މިދިޔަ އޮކްޓޯބަރު 7 ގައެވެ. އިސްރާއީލުން ބޮން އަޅަން ފެށުމުން ހަމާސްއިން ދަނީ މިއިން ޒަމާނަކުވެސް އިސްރާއިލަށް ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލްގެ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 19،000 އަށް ވުރެ ގިނަ ރައްޔިތުން ޝަހީދުވި އިރު، ހަމާސްގެ ހަމަލާތަކުގައި 1،200 ވުރެ ގިނަ މީހުން ވަނީ މަރާލައިފައެވެ. އޭގެ ތެރޭގައި 400 އަށް ވުރެ ގިނަ އިސްރާއީލް ސިފައިން ހިމެނެއެވެ.

އިސްރާއީލްގެ ޖަރީމާތައް ބައިނަލްއަގުވާމީ ކޯޓުން ތަހުގީގު ކުރަން ޖެހޭ: ރައީސް

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ރާއްޖޭގެ ނަމުގައި ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ތަހުގީގު ކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހު ވަނީ ވިދާޅުވެފައެވެ. ރައީސް ވަނީ އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަނެ، އެ ގައުމުގައި ކުރަމުން ގެންދާ ހަނގުރާމަ އާއި، ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަނިޔާވެރިކަން، ރާއްޖޭގެ ރައްޔިތުންނާއި ދިވެހި ސަރުކާރާއި، އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

ރައީސްގެ މެސެޖުގައި، އިސްރާއީލުގެ ދިފާއީ ބާރުން ފަލަސްތީނުގައި ގަސްދުގައި ހިންގަމުންދާ އަނިޔާވެރިކަމަކީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ ހަނގުރާމަވެރި ޖަރީމާތަކެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސީރިއަސް

    އަވަހަށް ފެއްސިގެން މިތަނުން ރައްކާވޭ،،

    108
  2. ނަން

    އިސްރޭލޭ އެއީ ޤައުމެއް ނޫން ޓެރަރިސްޓް ޖަމާއަތެއް. ހުޅަގުން ނާއި އެމެރިކާއިން ފަލަސްތީން އަށް އަރައިގެން އުޅޭ. ދުނިޔެއަށް ޖެހިފަ އޮތް ބަލާވެރިކަމެއް.

    97
  3. ކޮޔާ

    އަލްޙަމްދުލިﷲ

    98
    0
  4. ހަސަންބެ

    ފޮށި ތަންމަތި ބަނދެގެން އަވަސްވީ ގޮތަކަށް ދާންއުޅޭ، އިސްރާއީލްގެ ޔަހޫދީން ރާއްޖެ ނަޔަސް ﷲގެ ތަނަވަސް ރަޙްމަތުން އަޅަމެންތިބޭނީ ކައިގެން.

    93
  5. އޭ މިހިރަ ދިދަޔާ

    ފަލަސްތީނުގެ އެތައްހާސް ކުޑަކުދިން މަރަމުންދާއިރު މިޤަޢުމުގަ އިޒްރައީލް މީހުން މިހާރުވެސް ތިބިއިރު މިއަދު މީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރުނަމަ ދީނީ މީހުންނޭ ކިޔާމީހުން ނިކުމެ މުޅިމާލެ ކުޑަކޮށް މުޒާހަރާކޮށް ސަރުކާރު އެންމެން ކާފަރުކުރިސް!

  6. އަލީ

    ހަމަ މިހާރު ރައްކާވޭ މިތަނުން. ނާއްނާތި މިތަށް. މަރު ދުވަހާ ޖެހެންދެންވެސް ކަލޭމެނައް ރައްކާތެރި ކަމެއް ނުއޮންނާނެ އެއްވެސްތާކުން ދެން އިންޝާﷲ

  7. އިބްރާހިމް

    މިގައުމުގެ ވެރިންނަށާއި ގާނޫނުހަދާމީހުންނަށް ރަނގަޅީ ހަމަތިބުމަށްހެންހީވަނީ!

  8. ބުއްޅާ

    24ގަޑިއިރު ދެމާ

  9. ސަރަފަކައްދަ

    ހަމަ ވަޤުތުން ވަޤުތަށް ރާއްޖެ ދޫކޮއް ހަމަ މިހާރުން މިހާރަށް ފައިބާ! ކޮން އިޒްރޭލެއްތަ! ތިއީ މުސްލިމުން މަރާ ޔަހޫދީއެއް!

  10. ހަމްދީގެ

    ކުރީ ސަރުކާރުގެ އޮފިޝަލުންނަކައް ނުކެރޭނެ ނުކުންނާކައް އެއީ އެމީހުން އޮންނާނީ އިސްރާއީލް ސަރުކާރާ ގުޅިފަ. އޭރުން އެމީހުން ވެރިކަމައް އަންނަން އެހީތެރިވެ ދޭތީ. މިހާރުވެސް މަޖިލިހައް ލާފައޮތީ އިސްރާލް މީހުންނައް ނާދެވޭ ގޮތައް ހަދަން ވެސް ނުކެރިގެން އެއުޅެނީ އެހެންވެ

  11. އާދަމް

    ބޭރުކޮށްލާ. ލަޢުނަތްލެއްވިގެންވާ ޔަހޫދީންނަކަށް އެއްވެސް ބިމަކުން ޖާގައެއް ނެތް. އެއީ އަމިއްލަ ބިމެއް ވަޒަނެއް ނެތި ދުނިޔޭގެ އެތަން މިތާނގައި ވިއްސިވިހާލިވެގެން 2000 އަހަރު އުޅުނު ބައެއް. އެއީ އެމީހުންގެ ނުބައިނުލަފާކަމާއި އަނިޔާވެރިކަމުގެ ސަބަބުން ﷲ އެމީހުންނަށް ދެއްވި އަޒާބެއް.

  12. Anonymous

    މި ތަނުން އިޒްރޭލުން ބޭރުކުރަންޖެހޭ އިޒްރޭލް އެއްވެސް މީހެތް މިރާއްޖެ ޔަށް އަރުވައިގެން ނުވާނެ އިޒްރޭލް ގައި ތިބީ ފިރޯނު ފަދަ ނުލަފާ ޖައްބާރުބައެއް އެމީހުން ނެތި ހަލާކުވެގެން ވަރަށް އަވަހަށް ހިނގައިދާނެ އިރާދަކުރެއްވިއްޔާ

  13. Anonymous

    މިރާއްޖޭގެ ރައްޔިތުންވެސް އެދެނީ ޔަހޫދީން މިރާއްޖެއިން ބޭރުވުމަށެވެ.