ޓެކްސީ ޑުރައިވަރުންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަށް ދިވެހި ސަރުކާރުން ނިންމައި އެކަން އިއުލާންކޮށްފިއެވެ.

ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުން މިގޮތަށް ނިންމެވީ ހުސްވި ހަފުތާގައި ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި ހުށަހަޅާފައި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ޓެކްސީ ޑުރައިވަރުންގެ ދަފުތަރެއް ރައީސް އެކުލަވާލަން ނިންމީ އެ މީހުންނަކީ ރަސްމީ ސިފައެއްގައި އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް ކަމަށެވެ.

"ދާއިމީ ގޮތެއްގައި ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދުމަށް ރަސްމީ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައއެއް ނުވޭ. އޭގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލޯނަށް އެދުމާއި މުއައްސަސާތައް އާމުދަނީގެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދޭ." އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތުން ދަތުރު އެކުލަވާލާ އިރު ޑިޖިޓަލް ޕޭމަންޓް ނިޒާމު ގާއިމު ކުރުން ހިމެނޭ ކަމަށާއި އަދި މި ނިޒާމުގެ ތެރެއިން ބޭންކުތަކާ މަޝްވަރާކޮށްގެން އެފަދަ ނިޒާމުގެ ދަށުން ބޭންކުތަކުން ނަގާ ފީ އުވާލެވޭނެ ގޮތެއް ހޯދުމަށް ނިންމަވާފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކާ އެއްގޮތަށް ރާއްޖޭގެ ޓެކްސީ ނިޒާމު، ތަރައްގީކުރުމަށް ވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 1111

    ހުރިހާ ކަމެއް ޑިޖިޓަލްކޮށް އެމަޖުބޫރުކުރާނެކަމެއްނެތް. ފައިސާ ދެއްކޭ މިހާރު އޮންލައިންކޮށްވެސް، ކާޑުންވެސް، ނަގުދު ފައިސާއިންވެސް. އެގޮތަށް ބޭއްވުން ރަނގަޅު

    7
    1
  2. ނ

    ޝުކުރިއްޔާ ރައިސް