އެމްއެމްޕީއާރްސީ ޚިޔާނާތަކީ ބަލައި ތަޙްޤީޤުކޮށް، އެކުށް ކުރުމުގައި ބައިވެރިވި އެންމެނަށާއި، އެ ޚިޔާނާތުން މަންފާ ލިބުނު އެންމެނަށް ވެސް އަދަބު ލިބެން ޖެހޭނެ މައްސަލައެކެވެ. އޭގެ ތެރެއިން ހަމަ އެންމެ ކުށްވެރިޔަކު ވެސް ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ސަލާމަތް ވެގެން ދިއުން އެއީ ދިވެހި އެއްވެސް ރައްޔިތަކު އެދޭނެ ކަމެއް ނޫނެވެ. އަދި ހަމައެހެންމެ ވަކި މީހަކަށް އިންސާނީ ހައްޤުތަކާއި ހިލާފަށް ރާއްޖޭގެ ޤާނޫނީ ނިޒާމުން ބޭރުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް އަދަބުދީ އަނެއްބަޔަކު ސަލާމަތް ކޮށްދިނުން އެއީ ވެސް ދިވެހި ރައްޔިޔުން ގަބޫލު ކުރާނެ ކަމެއް ނޫނެވެ.

މިއަދަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިވެހިރާއްޖޭގެ ނައިބު ރައީސް ކަމާއި ހަވާލުވެ ވަޑައިގެންނެވިތާ ފަސްއަހަރު ފުރިހަމަވާ ދުވަހެވެ. އެހެންކަމުން މިދުވަހު އަދީބުގެ ވާހަކައެއް ދައްކާލުން ވަރަށް މުނާސަބެވެ. ހުޅުލޭ އެއާޕޯޓްގެ ދެވަނަ މަޝްރޫޢުއާއި ސިނަމާލެ ބުރިޖާއި އެތައް މަސައްކަތްތަކުގައި ވެސް އަދީބުގެ ކޮންމެވެސް ހިއްސާއެއް އޮތްކަން ހަނދާންކޮށް އެމްއެމްއެމްޕީއާރްސީ މައްސަލައިގެ ވާހަކަ ވެސް އަދި އެމައްސަލަ އާއި ގުޅިގެން ހިނގަމުންދާ ކަންކަމުގެ ވާހަކަ ވެސް ދައްކަން އެބަޖެހެއެވެ.

ދިވެހިރާއްޖެ އިން މިއަދު ގަބޫލު ކޮށްފައިވާ އިންސާނީ ޙައްޤުތަކުގެ އުސޫލުތަކާއި ހަމަތަކާއި ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ކަށަވަރު ކޮށްދީފައިވަ ކަންކަމަށް ބަލާފައި ކޮންމެ މީހަކާއި މެދު ވެސް ކަންތައް ކުރަން ޖެހޭނީ ހަމަހަމަ އުސޫލަކުންނެވެ. ކޮންމެ މީހަކަށްމެ ޤާނޫނުތަކުން ކަށަވަރު ކޮށްދޭން ޖެހޭ ޙައްޤުތަކެއް ވެއެވެ.

ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި "ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށުގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް" ލިބިގެންވާ ކަމަށް ބަޔާން ކޮށްފައި އެބައޮތެވެ.

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެފަދަ ޢަމަލެއްކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައި އެބައޮތެވެ.

ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓިސް"ގެ ޞަރީޙަ ނައްޞުން އިންސާނީ ޙައްޤުތައް "ރޫލް އޮފް ލޯ" (ޤާނޫނުގެ ޙުކުމްގެ) ޒަރީޢާއިން ޙިމާޔަތް ކުރަންވާނެކަމަށް ބަޔާންކުރުމަށްފަހު، އެ ޑެކްލަރޭޝަނުގެ 10 ވަނަ މާއްދާގައި ކޮންމެ މީހަކަށްވެސް ފުރިހަމަ ހަމަހަމަކަމާއެކު ޢަދުލުވެރި އަދި ޢާންމުކޮށް ހުޅުވާލައިގެން އަޑުއެހުން ބާއްވައިގެން، މިނިވަން މުސްތަޤިއްލު ކޯޓަކުން އެމީހެއްގެ ޙައްޤުތަކާއި ވާޖިބުތައް ކަނޑައަޅައިދިނުމާ އަދި އެމީހަކާ ދެކޮޅަށް ކުރެވޭ ކޮންމެ ޖިނާއީ ތުހުމަތަކާ ގުޅިގެން ޝަރީޢަތް ކުރެވި ފައިސަލާވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމަށް ބަޔާންވެފައި އޮވެއެވެ.

އަދީބު ހައްޔަރުކޮށް ޖަލަށްލި ފަހުން ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކުގެ ވާހަކައާއި އަދީބު ކުޑަ ގޮޅިއެއްގައި ގިނިކަންޏާ ބާއްވާ ވަހަކާއާއި އަދީބުގެ ޝަރީޢަތް އިންސާފުވެރި ނޫންކަމަށް ވިދާޅުވި ބޭފުޅުން މިއަދު އެތިއްބެވީ ސަރުކާރު ހިންގަވާށެވެ. ޕްރޮސެކިއުޓަރުގެ މަގާމާއި، ސުޕްރީމް ކޯޓާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުންގެ ގޮތުގައި މިއަދު އެތިއްބެވީ އެބޭފުޅުންނެވެ. ނަމަވެސް މިއަދު އަދީބަށް ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން ކަށަވަރު ކޮށްދޭ ހައްޤުތައް ދިނުމަށް ޝަރުތުތަކެއް އެބަ ކުރިމަތި ކުރުވައެވެ،

އެއިން އެއް ޝަރުތަކީ އެބޭފުޅުން ބޭނުންފުޅުވާ ގޮތައް ބޭނުންފުޅުވާ މައްސަލައެއްގައި ބަޔާން ދިނުމާއި ހެކިބަސް ދިނުމެވެ. މިއީ އިންސާފުގެ އުސޫލެއް ނޫނެވެ. ހަމަހަމަ އުސޫލެއް ވެސް ނޫނެވެ. އެމްއެމްޕީއާރްސީ ފައިސާ ލިބުނު މީހުންގެ ލިސްޓް އެކުލަވާލުމަށް ޓޫލެއްގެ ގޮތުގައި އަދީބު ބޭނުންކޮށް، ނާޖާއިޒު މަންފާތަކެއް ދައުލަތުން ހޯދުމަކީ މިއަދު ހަމައެކަނި އަދީބަށް އޮތް ގެއްލުމެއް ނޫނެވެ. މާދަމާ އެފަދަ ހާލަތެއް ހަމަ ކޮންމެ މީހަކާއި ވެސް މިދައުލަތުން ކުރިމަތި ކޮށްފާނެއެވެ.

ރޫލް އޮފް ލޯއަކީ ދައުލަތުގެ އެންމެހައި ބާރުތަކާއި ދައުލަތުގެ ރަސްމީ އެންމެހައިފަރާތްތަކުގެ އެންމެހައި މަސައްކަތް ޤާނޫނުގެ ރޫލް އޮފް ލޯ އިން ރެގިއުލޭޓްވުމެވެ. ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމާއި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤަކަށްވެފައި ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުމަކީ އެންމެހައި ޙައްޤުތައް އެ އަސާސެއްގެ މައްޗަށް ބިނާވާ އަސާސްކަމަށްވާއިރު، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުމުގެ އަސާސް ލާޒިމްކުރަނީ ދައުލަތުގެ އެއްވެސް ބާރަކުން އިޚްތިޔާރާއި ބާރު ބޭނުންކުރުމުގައި އެއްވެސް މީހަކާމެދު އާރބިޓަރަރީއެއް (އަނިޔާއެއް) ނުވުމެވެ. އާރބިޓްރަރީ ގޮތްތައް ނަފީނުވާ ކޮންމެ ނިންމުމެއް ނުވަތަ ފިޔަވަޅަކީ ރޫލް އޮފް ލޯއާ ޚިލާފު ނިންމުމެއް ނުވަތަ ފިޔަވަޅެއްކަމާއި ރޫލް އޮފް ލޯއާ ޚިލާފު ކޮންމެ ނިންމުމަކީ ނުވަތަ ފިޔަވަޅަކީ ބާޠިލު ނިންމުމެމެއް ނުވަތަ ފިޔަވަޅެކެވެ.

ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި ކުށެއްގެ ތުހުމަތުކުރެވިފައިވާ ކޮންމެ މީހަކަށް ޢަދުލުވެރި ޖިނާއީ ޝަރީޢަތެއް ހިންގައި ކޯޓަކުން ޝަރުޢީ ހަމަތަކުގެ މަތިން އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާހައި ހިނދަކު އެމީހަކީ ބަރީއަ މީހަކުކަމުގައި ބަލައިގެން ޖިނާއީ ތަޙްޤީޤު އަދި ޝަރީޢަތް ހިންގުމާއި އަދި ދައުލަތުގެ އެއްވެސް ކަމަކާ ޙަވާލުވެހުރި ފަރާތެއް ނުވަތަ އެހެން ފަރާތެއް ނުވަތަ އެއްވެސް ފަރުދަކުވިޔަސް ކޯޓުން ޙުކުމެއް އައުމުގެ ކުރީގައި ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ބަޔާންދީ ހަދައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އަދީބާއި ހަމައަށް އައުމުން ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުން މިކަންކަން ހަނދާނުގައެއް ނުހުރެއެވެ.

އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މުޢާހަދާތަކުން ފަރުދީ ޙައްޤުތަކަށާއި މުޖުތަމަޢުގެ ޢާންމު މަޞްލަހަތާއި މުޖުތަމަޢުގެ ޙައްޤުތައް ޔަޤީންކޮށްދޭ އެންމެ އަސާސީ އެއް ގެރެންޓީއަކީ ޖިނާއީ ނިޒާމުގެ ތެރޭގައި ކުށުގެ ތަޙްޤީޤުކުރުންކަމާއި މީގެ އެންމެ މުހިންމު އެއް ރުކުނަކީ ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުދީފައިވާ ޖިނާއީ ތަޙްޤީޤުކުރުމުގެ އޮތޯރިޓީއަކުން ސުވާލު ނުއުފެދޭ ފުރިހަމަ ތަޙްޤީޤެއް ކުރުމެވެ. ނަމަވެސް އަދީބުގެ މައްސަލައިގެ ތަޙްޤީޤު އޮޅުންބޮޅުންކޮށް، އެތައް ފަހަރަކު މަތިމައްޗަށް ތަޙްޤީޤުކޮށް، މުޅި ނިޒާމުގެ އުސޫލުތަކާއި ހިލާފު ވެއްޖެއެވެ. މިއަދު އެވާހަކަ ދައްކާނެ މީހަކު ނެތެވެ.

ޑަބަލް ޖެޕަޑީ ނުވަތަ އެއްކުށަކަށް ދެފަހަރު އަދަބު ނުދިނުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ވެސް އެންމެ ބޮޑަށް ކަށަވަރު ކޮށްދީފައިވާ އެއް ޙައްޤެވެ. ނަމަވެސް ދައުލަތުން އިސްވެ އަދީބުގެ މައްސަލައިގައި ގާއިމު ކުރި އެއްބަސްވުމެއްގެ ދަށުން ޑަބަލް ޖެޕަޑީގެ އުސޫލުތަކަށް ކަންކަން ރާވައި އިންތިޒާމުކޮށް އަދީބާއި މެދު ކަންތައްތައް ކުރަން މަސައްކަތް ކުރިއިރު ކުރިން އިންސާނީ ޙައްޤުތަކުގެ ވާހަކަ ދެއްކި މީހުން ކޮބައި ހެއްޔެވެ؟

އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބު ޒިންމާއެއް އުފުލަން ކޯޓަކުން ޙުކުމް ކޮށްފިނަމަ އެޒިންމާއެއް ނުވަތަ އެއަދަބެއް އަދީބު ވެސް ތަންފީޒު ކުރަން ޖެހޭނެއެވެ. ނަމަވެސް އެމަގަމަށް ވާސިލް ވުމަށް ޤާނޫނުގެ ހުރިހާ ރުކުނެއް މުގުރާލައިގެން އަދީބާއި މެދު ވެސް އަދި އެހެން މީހަކާއި މެދު ވެސް ކަންތަކެއް ނުކުރެވޭނެއެވެ. ދައުލަތުގެ ޒިންމާދާރުވެރިން މިކަންކަމާއި މެދު ވިސްނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ނޫނޭނޫނޭ އަދީބު އެއީ ހުދުފޮތިކޮޅެއް، ލިއޯމެސީމެން ކަހަލަ ބީތާއިން ވިސްނާނީ ފޫކޮޅުންވިއްޔާ، އިންސާފު ބަންޑުން ވަނީ

    58
    5
  2. މެޑަމް ފާތު

    ތިޔަ ސުވާލު ރައީސް ޔާމީނާ ކުރައްވާ!

    5
    37
  3. ސްޓައިލިޝްޓް

    ޢަދީބު އެބަހުރި ސަޅި ފޮޓޯ ވެސް ނަގާފަ ދޯ!

    15
    8
  4. ދެކުނުތަރި

    މި ގައުމަކީ އީރާނު ނަމަ ޗައިނާ ނަމަ، ސަޢުދީ ޢަރަބިޔާ ނަމަ، އަދީބުގެ މައްޗަށް އަންނާނެ ހުކުމަކީ މަރު. ހަމަ މަރު! އަދި މަރުގެ ތަންފީޒު މިހާރު ވާނީ ތަންފީޒު ކުރެވިފައި.

    44
  5. ޔައުގޫބު

    އިސްލާމީ ޝަރީޢަތޭ؟ އިސްލާމީ ޝަރީޢަތުގައި ފާސިދުންގެ ހެކިބަސް ގަބޫލުކުރެވޭތަ؟

    50
  6. މޫސާ މަނިކު

    މި ސަރުކާރަކީ އިންސާފު ހޯދާ ދިނުމުގެ ޤާބިލްކަން ހުރި ސަރުކާރެއް ނޫން (.) މީ ހަގީގީ އަނިޔާވަރިން ތިބި ސަރުކާރަކީ

    51
    5
  7. އަރީ

    ކަލޯ ތީ ފެންނަފެނުމަށް ވަރަށް ސޯލިހު އެކަމަކު ޙާއިނެއް އަދި ޣައްދާރެއް. ތީނައާއި ދޭތެރޭ ރަނގަޅަށް ދެކޭނީ ހަގީގަތް ނޭނގޭ މީހެކެވެ.

    49
    1
  8. Anonymous

    އަދީބު ޒިންމާއެއް އުފުލަން ކޯޓަކުން ޙުކުމް ކޮށްފިނަމަ އެޒިންމާއެއް ނުވަތަ އެއަދަބެއް ދައުލަތުގެ ވެރިޔާ ލިބެންވާނެ

    31
    1
  9. ސަމާސާ

    އަދީބު އެތަކެއް ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވެ އެފައިސާ ބަހާ އެފައިސާއިން ނާޗަރިންގީ ކުޅެ ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުން ބޭރުވިއިރު މިދުވަސް އަންނާނެ ކަން ނޭގުނީ ކީއްވެ؟ އެތަކެއް ދިވެހިރައްޔިތުންގެ ޙައްޤު ކާލީ ކީއްވެ؟ ދިވެހިރާއްޖޭގެ ފަޅުތަކާއި ގިރިތަކާއި ރަށްތައް މިއީ ހުރިހާ ރައްޔިތުންގެ ޙައްޤެއް.

    21
  10. އަބްދޫ

    މިއީ އަދުލު އިންސާފުން ކަން ިގާ ގައުމެއްނަމަ ކެނެރިގެ ނަސިދު އަށް މަރުގެ އަދަބު ކަނޑައެޅުނީސް.

    25
    5
  11. ކަމަނަ

    މިލިޔުން ކިޔާލީމާ މިއަދު މިޤައުމުގެ ޙާހަތު ބޮއްސުންލާފަވާމިންވަރު ފެނެއި. ޔާމީނާ ދިމާއަށް ވަގައްގޮވައި ޙުކުމް އިއްވީ އިންސާފުންބާއޭ ހިތަށް އަރައި ޔާމީނު ދޫކޮށްލަންޖެހެއި

    26
    4
  12. ނިޒާމު

    ޚކޮބާބާ މިކަމުގަ އި ބަ އިވެރިވި އެމް އެންޑީ އެފްގެ މީހާ އާއި ޕޮލިސްމީހާ ހަބަރެއްވެސް ނުވޭ އެވެރިންނަ އް އަނެ އްކާވެސް މާގާމުގެ ކުރި އެރުން ލިބިފަ އި ކަމަ އްވަނީ..ދެރަކަންކަން

  13. ޙހހހ

    ފައިސާ އާއި ޖެހިފަ ތި އެެއްވެސް ކަމެއް އޮންނަަނެތޯ ، ޝާނީ ވިދާޅު ދެއްވާ ، އެހެން ވިއްޔާ ތިކަންވާނީ އެހެން

    2
    1
  14. ސޯ

    ސަޅި ފޮޓޯއެއް

    1
    1
  15. ސަންގު

    ޔަމަން ނިކަމެތި މުސިމަކަށް ވީމަ އިންސާފަކީ ހުކުމެއްނުކޮށް ޖަލުގައި ބޭވުންތޯ؟
    އޭނާ ކުރާ ދުޢާ ވެރިންނަށް ނުޖެހިދާނެބާ!

    4
    1
  16. ކަހަބު

    މިލިޔުނު ކުއްޖާއަށް ޖަމަލުދެފޮޑި އެއީ ކޯންޗެއްކަން އެގޭބާ