2003 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ސިޔާސީ "އިސްލާހީ ހަރަކާތް" ފެށިގެން އައިއިރު އެންމެ ގިނަ ބައެއްގެ ހާއްސަކޮށް ތައުލީމީ ޒުވާނުންގެ ހިތުގައި ވަރަށް ބޮޑު ޝަކުވާއެއް އޮތެވެ. ކިތައްމެ ވަރަކަށް ތައުލީމް ހާސިލް ކުރި ނަމަވެސް މަތީ މަގާމުތަކަށް އަރަން ހުރަސްތައް ހުރިކަމުގެ ޝަކުވާއެވެ. ވަކި އާއިލާ އަކަށް ނިސްބަތް ނުވާނަމަ، ނުވަތަ ކޮންމެވެސް ބޮޑަކާއި ގާތް ގުޅުމެއް ނެތްނަމަ ރަނގަޅު ވަޒީފާއެއް ވެސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑެވެ. ރައްޔިތުން ނިކުތީ އެކަން ބަދަލު ކުރާށެވެ. 2008 ވަނަ އަހަރު ވެރިކަން ބަދަލުކުރި އެއް ސަބަބަކީ ހަމަހަމަ ފުރުސަތުތަކެއް ހޯދަން ރައްޔިތުން ދެކެމުން ގެންދިޔަ ހުވަފެންތަކެވެ.
މިއަދު އޭގެ 12 އަހަރު ފަހުން ވެސް ޒުވާނުންގެ ހިތުގައި އޮތީ ހަމަ އެޝަކުވާއެވެ. ނުވަތަ އެޝަކުވާތައް މިއަދު އަދި ވަކިން ބޮޑުވެއްޖެއެވެ. މިއަދު ދައުލަތުގެ ވަޒީފާތައް ގިންތި ކޮށްފައިވާ ގޮތުން އެންމެ މަތީގައި ތިއްބަވަނީ ސިޔާސީ މަގާމުތަކުގެ ބޭފުޅުންނެވެ. ބޮޑު މުސާރައެއް ލިބުނަސް ބައެއް ބޭފުޅުންނަކީ މާބޮޑު މަސައްކަތައް ކުރަން ޖެހޭ ބައެއް ނޫނެވެ. ނަމަވެސް ސިވިލް ސާވަންޓުންނާއި އަޅައި ބަލާއިރު ލިބޭ މުސާރަ އިންތިހާއަށް ބޮޑެވެ.
ތަނަކީ މާފުށީ ޖަލެވެ. ގޮޅީގައި ބަންދުކޮށްފައި އޮތް ޒުވާނާއަށް އަދި ކިރިޔާ 18 އަހަރު ފުރުނީއެވެ. ހައްޔަރުކޮށްފައި ވަނީ މާރާމާރީގެ ބޮޑު މައްސަލައެއްގައެވެ. މިއީ އޭނާ ހައްޔަރުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އެތައް ފަހަރަކު ހައްޔަރުކޮށްގެން ގެނެސް މިހެން ގޮޅިއެއްގައި ބާއްވައިފިއެވެ. އޭނާގެ އުމުރުގެ ބޮޑުބައި ހޭދަވީ މިހެން ކޮންމެވެސް ބަންދެއްގައެވެ. މާރާމާރީތަކުން "ޑިގްރީ" ހާސިލްކުރި ކުށްވެރިޔާ ފަހުން ނިކުތީ ކޮންމެވެސް ޕާޓީއެއްގެ ޓީޝާޓެއް ލައިގެންނެވެ. މުޒާހަރާތަކުގައި ފުލުހުންނާއި ކުރިމަތިލައި ދައުލަތުގެ މުދަލަށް އެތައް ގެއްލުމެއް ދީގެން އޭނާ "މާސްޓާސް" ފުރިހަމަ ކުރިއެވެ. ދޮގާއި މަކަރު ހަދައި، އިދިކޮޅު ޕާޓީގެ ހަރަކާތްތެރިންނަށް ހަމަލާ ދީގެން އޭނާ "ޕީއެޗްޑީ" ހާސިލް ކުރިއެވެ. އަސާސީ ތައުލީމުގެ ފެންވަރުވެސް ނެތް އެކުށްވެރިޔާ މިއަދު އެއީނީ ރާއްޖޭގެ އެންމެ ބާރުގަދަ މިނިސްޓްރީގެ އެންމެ އިސް އެއް މަގާމުގައެވެ. ޓްވީޓެއް ކޮށްލުން ފިޔަވައި އިތުރު ކަމެއް ކުރާކަށް ނުޖެހެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖެ ވެސް މިއޮތީ އިޤުތިޞާދީ ބޮޑު ތަދުމަޑުކަމެއްގެ ތުންފަތްމަތީގައެވެ. ނަމަވެސް ސިޔާސީ މަގާމުތައް އުފެދެމުން އަންނަނީ ނިކަން ފަސޭހައިންނެވެ. އިއްޔެ ވެސް ޚަބަރުތަކުން ފެނުނީ ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދަށް، ޕާކިސްތާނުގައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުކަން ދެއްވި ޚަބަރެވެ. މަހެއްގެ މައްޗަށް ބައިލައްކަ އަށް ވުރެ ގިނަ ރުފިޔާ ހަމައެކަނި އޭނާގެ މައްޗަށް ދައުލަތުން ހޭދަކުރަން ޖެހޭނެއެވެ.
ހަސަން ސައީދުގެ ތަޖުރިބާ އާއި މެދު ސުވާލެއް އުފައްދާކަށް ބޭނުމެއް ނޫނެވެ. އޭނާ އަކީ އެފަދަ މަގެއް އަދާކުރެވޭ ވަރުގެ ތައުލީމީ ބޭފުޅެކެވެ. ނަމަވެސް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު އޭނާގެ ސީދާ ރޭވުމުގެ ދަށުން ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ދިވެހިރާއްޖެ ދެމިއޮތްހައި ދުވަހަކު ކަޅު އަކުރުން ލިޔެވިފައި އޮންނާނެ ޙުކުމެކެވެ.
މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ނެރުނު އެއަމުރުގެ ސަބަބުން ކިތައްމެ ބޮޑު ފައިދާއެއް މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނަށް ލިބުނު ނަމަވެސް އެޙުކުމަކީ "ކޮރަޕްޝަނާއި، ފަސާދައާއި ނޭއްގާނީ އެތައް ކަމެއްގެ ބަނޑުން ވިހާފައިވާ ދަރިއެކެވެ." އެޙަޤީޤަތް ބަދަލެއް ނުވާނެއެވެ. ހަސަން ސައީދު، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އެކު ރާއްޖެ އިން ބޭރަށް ކުރި ގިނަ ދަތުރުތަކާއި އަދި އެންމެ ފަހުން ހަސަން ސައީދު ހޯދަން ފުލުހުން އިއުލާން ކުރުމުން ސުޕްރީމް ކޯޓުގެ އިމާރާތުގެ ތެރޭގައި ފިލައި އޮތް މައްސަލައިގައި އަދި މިހާތަނަށް އޭނާ ޖަވާބުދާރީ ވާން ނުޖެހުނު ނަމަވެސް އެދުވަސް އަންނާނެއެވެ.
ހަސަން ސައީދުގެ "ބަލަދުވެރިޔަކީ" ރައީސް ޞާލިހް އެވެ. ސަބަބަކީ ފެބްރުއަރީ 01 ގައި ޙުކުމެއް ނެރުމުގައި ބައިވެރިވެ، އަދި އެ މައްސަލައިގައި ހަސަން ސައީދު ޖަލުގައި ވެސް އޮންނަން ޖެހިފައި ވާތީއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިން ބޮޑު ހޭދައެއް ކުރުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ރައީސް ޞާލިހް ވަޑައިގަންނަވަން ނުޖެހޭނެ ހެއްޔެވެ؟ ތައުލީމީ، ފަސްބައިގައި ކިލަނބުކަމެއް ނެތް ބޭފުޅަކަށް ދައުލަތުން މަގާމެއް ދޭން ލަދުވެތި ވަނީ ހެއްޔެވެ؟ ހަސަން ސައީދު ކުރީ ޤާނޫނީ ގޮތުން ކުށެކެވެ. މިއަދު ވަކިބައެއްގެ އަތުގައި ކޯޓުތައް އޮތުމުން މިނިވަން ވެފައި ވީނަމަވެސް ހަޤީޤަތް ބަދަލެއް ނުވާނެއެވެ.
ކޮންމެ އަހަރަކު ވެސް އަޅުގަނޑުމެން އެންމެން ވެސް ވަރަށް ހިތްހަމަޖެހުމާއި އުފަލާއި އެކު ޓީވީން ބަލަން ތިބޭ ޖަލްސާއެއް އޮވެއެވެ. އެއީ އޯލެވެލް އާއި އޭލެވެލްގައި ރާއްޖެ އާއި އަދި މުޅި ދުނިޔެ އިން އެއްވަނަ ހޯދާ ދަރިވަރުންނަށް އިނާމު ހަވާލު ކުރާ ޖަލްސާއެވެ. އެޖަލްސާތަކުގައި އިނާމާއި ހަވާލުވެގެން ދަރިވަރުން ފައިބައިގެން ދާއިރު އެއީ ކިހައި ބުރަ މަސައްކަތަކުން ހޯދި ކާމިޔާބެއްކަން ބަލަން ތިބޭ މީހުންނަށް ނޭންގި ދާނެއެވެ.
އެދަރިވަރުން ރާއްޖެ އިން ބޭރަށް ގޮސް އާއިލާ އާއި ދުރުގައި އެތައް ދުވަހަކު ތިބެގެން މަތީ ތައުލީމް ހާސިލްކޮށް ރާއްޖެ އަށް ރީތި ނަން ހޯދައި ދީގެން އައިސް ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އަނެއްކާވެސް ރައީސްގެ އަތްޕުޅުން އިނާމު ހާސިލް ކުރެއެވެ. ނަމަވެސް ވަޒީފާގެ މާހައުލަށް ނިކުމެ، އަދާކުރަން މިޖެހެނީ އަސާސީ މުސާރައަށް 4000 ރުފިޔާ ލިބޭ ވަޒީފާއެކެވެ. އޭނާގެ ބޮސް އަކީ "ޖަލުން ކިޔަވައިގެން" ހުރި ޑރ.ކުށާއި މަކަރު ކުރިއަށް އަންނަ "ބޭފުޅާއެވެ."
ޒަމާންތަކެއް ވަންދެން ދިވެހި ރައްޔިތުން ވަކާލާތު ކުރަމުން އައި ހަމަހަމަ ކަމަކީ މިއީ ހެއްޔެވެ؟ އިންސާފަކީ މިއީ ހެއްޔެވެ؟ މެދުއުމުރަށް ދާންދެން ތައުލީމް ހާސިލް ކުރަން ހުރިހާ ވަގުތެއް ހޭދަކުރި މީހުންނަށް ޙައްޤުވާ މިންވަރަކީ މިއީ ހެއްޔެވެ؟
ނޫނެކެވެ. މިނޫން ހައްލެއް އެބަ ބޭނުން ވެއެވެ. މިނޫން އިންސާފެއް އެބަ ބޭނުން ވެއެވެ. މިނޫން ހަމަހަމަކަމެއް އެބަ ބޭނުންވެއެވެ.
ދޮންމީހުން، ޕާޓީމީހާ، ފައިސާ، ބިރަކާނުލާ މަޖާ، ގައުމު، ރައްޔިތުމީހާ،
މީނަޔަށް ބޭނންވާނީ ވޮށުފިލާއަކާ އެދުރެއް!
ވަރަށް ފުރިހަމަ ލިޔުމެއް. ހަމަ އެހެންމެ ޤައުމުގެ އިޤްތިޞާދު ވެންޓިލޭޓަރ ގައި އޮތް މިފަދަ ނާޒުކު ދަނޑި ވަޅެއްގައި ހަސަން ސަޢީދަށް ތިފަދަ މަޤާނެއް ދެއް ވުމަކީ ވެސް ތިޔަބުނާ 1 ފެބްރު ވަރީގައި ހަސަން ސަޢީދު މިސަރުކާރު ގެނައުމަށް ހިބަރު ވަދާއެކު ވީ ޤުރުބާނީ ރަމްޒު ކޮށްދޭ އަލިގަދަ ދަލީލަކަށް ވެސް ފުދޭ.
ޔާމީންގެ ސަރުކާރުގައި ތިކަހަލަ އެއްވެސް ކަމެއް ނުކުރޭތަ؟ އެނާ ޖުޑިޝަރީއަށް އަތް ނުބާނާތަ؟
ނަޟީދު ގެ ޑިގްރީ/މާސްޓާސް ވެރިފައިކޮށްފިންތޯ؟މުޅި މަޖުލީހުގެ އެޑިއުކޭޟަނަލް ރޭޓް ބައްލަވާ؟ނަޟީދު އާއި އީވާ ދެމީހުން ޑިގްރީ ނެގީ ވަކަރު ގެއިން.ޕީއެޗް ޑީ ނެގީ މަކަރާއި ދޮގާއި އޮޅުވާލުމުން.އެހެންވެގެން ތަޢުލީމީ ޢިލްމީ ހިލްމީ ޤާބިލް ތަޖުރިބާކާރުން ދީނީ ޢިލްމުވެރިން ސިޔާސީ ދާއިރާ އަޔަނުދޭން އެ މީހުން ބޭނުންވާ ސަބަބަކީ އެމީހުންނަށް މިމީހުންނާ ހަމަނުވާނޭކަން އެގޭނެތީ/ދޮގާއި މަކަރާއި އޮޅުވާލުން ވިއްކޭނީ އިލްމީ މީޙުން އެއްފަރާތްކޮށްގެން ކަމަށް އެމީހުން ދަންނަނީ އަދި އެއީ އެމީޙުންގެ ސިޔާސީ ގޭންގު އޮޕަރޭޓް ކުރަން ބޭނުންވާނީ 2+2 =3 އޭ ބުނާ މީހުން/އެކަން އިއްޔެ މަޖުލީހުން ފެނިގެން ދިޔައީ.ނަޟީދާއި އީވާ އާއި ދެމީޙުންނަށް ނޭގޭ އެއްޗެއް ވެސް ނެތް ފަދަ.ހުރިހާ ދާއިރާއަކުން ޕީއެޗް ޑީ ފާސް މި ދެމީހުން އަތުގައި އެބައޮތް.އެވަރިހަމަ ޑަކުޓަރު ކަން ވިޔަސް ،ދީނީ ޢިލްމު ،ހިސާބު އެކައުންޓުސް ،ސިވިލް ،އާޗިޓެކްޓަރ ......
ސެޓްފިކެޓަށް ބަލައިގެން ކޮލިފައިޑްކަމަށް ދެކި ވަޒީފާ ހަ ވާލުކުރުމުން ވަޒީފާ ދޭފަރާތުން ޓްރޭނިން ހެއްދުމަށް ހަމަސްދު ވަހު ހޭދަ ވޭ އޭގެފަހުން އޭނަގެ ފުރިހަމަބޭނުން ވަޒީފާދިންފަރާތަށް ލިބޭއިރު އަހަރު ދެއަހަރު ފާއިތު ވޭ. ވީއިރު ގައުމެހިންގަން ޕޗޑ އޮތްމީހަކަށް ވެރިކަން ހަ ވާލުކުރަން ބުނާއިރު ފަސްއަހަރުގެ ދައުރަކަށް އަންނަމީހަކަށް ޓްރޭނިންއަށް ދައުރުންބައެއް ހޭދަކުރަން ދޫކޮއްގެން ރައްޔިތުންތިބެން ވީތަ...ބޭނުމީ ހިންގުމުގެ ތަޖުރިބާހުރި ގާބިލްމީހެއް..ރޔާމީންގެ ކޮލިޓީ...ރޔާމީންގެ ތަޖުރިބާ...ރޔާމީންގެ ސްޕީޑް..ރޔާމީންގެ ކެރުންތެރިކަން...ރޔާމީންގެ ކެތްތެރިކަން...ރޔާމީންގެ ވިޝަނަރީސް..މާނައަކީ ދި ވެހިރާއއޖޭގެ ހާލަތު ބަދަލުކުރަން އޮތް ހަމައެކަނި ޗޮއިސްއަކީ ރޔާމީނޭ..އެމަނިކުފާނު ނެތްނަމަ އެމަނިކުފާނުގެ ބަސްހިގާ ސަރުކާރެކޭ...
ބަލަގަ ރައީސަކަށް މިހުރި މީހާއަކީވެސް އަސާސީ ފެންވަރުގެ މީހެކެވެ.
ލިޔުންތެރިޔާގެ ހިތް ވަރާއި ކެރުންތެރިކަމަށް ސާބަސް ދަންނަ ވަން ލިޔުންތެރިންގެ ޒިންމާ އަސްލު ތިއަދާކުރެ ވެނީ ހިތް ވަރާއި އެކު "ގައުމަށް ފައިދާހުރި މައުލޫމާތު"ހާމަކުރެއް ވުމުގައި ސާބިތު ވެ ހުންނަ ވާ!!
މާޝާﷲ
ޜާއްޖޭގެ ‚ޑިމޮކޮރަސީ‘ އަކީ ޕާޓޭ އާއި ޑްރަގް މޫވްމަންޓުން އުފެދުނު އެއްޗެއް. ޥީމާ އެފަދަ މީހުންނައް އިސްކަމެއް ލިބެންވެސްވާނެ.
ކުރީގެ ޑިޢާރޕީ ވެސް ހަމަ އެމަގުން މައުމޫނުވެސް ގެންދިއައީ
ތިމައުމޫނަކީ މިގައުމުގާ ހުރި އެންމެ ނުބާ ނުލަފާ ޖައްބާރު މިހާރު މިއޮއް ގޮތެއް ފޮތެއް ނެއް މަކަރާ ދުނިޔެ ލެއްވިހާ ނުބާ ކުއްތަކަށް އަރާގަނެ ދީނަށްވފުރައްސާކުރުމުގާ ޕީއެޗްޑީ ހަދާގެންތިބި ގައްދާރުންބމިތިބީ ވެރިކަަށް އައިސް ދިވެހިރައް ޔިތުން މިހާލަތަަސް ވެއްޓެންމަޖުބޫރު ކުރުވީ މި ނުބާ ނުލަފާ ހަދަވެރިކަމާ އަމިއްލަ އެދުމުން ފޯވެފަ ހުރި މައުމޫނުގެ ސަބަބުން މިސަރުކަރަކީ ކޮކަޑި ކައިގެން މަރަށް ތެޅެމުންދިޔަ ބައެއް ވާރޭފެން ބޮޔެގެން ދިރޭހެން އެހަލަތު ގަ އޮއް ބައިގަނޑެއް ދިވެހިން މި ތަހަންމަލް ކުރަމުންދާ ނިކަމެތިކަމުގެ ޒިންމާ މައުމުނު ނަގންޖެހޭނެ ޖަލުގެ ތޭރިތަކުގަ
ދިވެހިނ ސިކުޑި ނެތް. މައުމޫނަށް ނޫނީ ޔާންޓެޔަށް ކޮންމެ ކަމަކަށް ފޫޅުކަޑާަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ތީ ހަމަ ހަގީގަތް
ސިޔާސީ މައިމޫގެ ދުވަސް ދުއްވާލީމަ އޯކޭވާނެ
އެހެންވެ އިންޑިޔާއިން އެބުނަނީ ދިވެހިންނަކީ ގަމާރުންނޭ، އަމިއްލަގައުމު ބިކަވެގެންދާއިރުވެސް ގައުމިއްޔަތެއްނެތް، ބުއްޅަބޭ ގުރޫޕަކަށް ވެރިކަން ދޭން މަސައްކަތް ކުރީ ކީއްވެކަން ގިނަ ދިވެހިންނަކަށްނޭގެއެވެ!
ޙު ރިހާ ނުބައެއްްގެ އަސްލު ގެ ރި ނަޝީދު އާއި
މައުމޫން
އާދަމް ނަވާޒާއު، ވަގުތުގެ ޓީމަށް ރައްޔިތުން އޮނަރަރީ ޕީއެޗްޑީ އެއް އަރުވާނަން.... މިއަދު 12 އަހަރުފަހުން ރައްޔިތުންނަށް ލިބުނީ ކޯއްޗެއްތޯއެވެ.. އެއްވެސް ކުރިއެރުމެއް ލިބުނުތޯ..ކަންމަތީ ފިހާރައިގެ ވިކުރާ އުވުނީތޯއެވެ ނުވަތަ ނަޖިސް ފެނުން ރަށްތަކުގައި ފެންވެރުމާއި ބުއިން ނިމުނީތޯއެވެ.. މާލެއަށް ސަލާމް ޖެހުން ނިމުނީތޯއެވެ. ގުޅިފަޅުން މާލޭ ރައްޔިތުންނަށް 1200 ގޯތިދީ އެތަން ހަދަން ބެންކުން ލޯނުދީ ހަދާ ބޮޑް ކުލީގައި އަތޮޅުތެރޭ ބޭފުޅުންނަށް ދިނީމަ ޑިމޮކްރެސީ ފުރިހަމަވީތޯއެވެ... ރަށުގެ ހެލްތް ސެންޓަރ ގައި ސެނިޓަރ ފުޅިއެއް ނެތި އުޅޭއިރު ހެލްތް މިނިސްޓަރ 2 މިލިއަން ރުފިޔާ އަށް ކޮޓަރި ރީތި ކުރީމަ ހައްގު އަދާވީތޯއެވެ...
ޑޮކްޓަރަށް ދައްކަން ކިއުގައި 6 މަސް ނޯޓްކޮށްފައި އޮވެ ދިގު އިންތިޒާރު ކުރީމަ ހިންގުން ހަރުދަނާވެ ހަމަ އޯކޭ ވީތޯއެވެ ސްކޫލް ނިންމާ ދަރިން މަސްތުވާ ތަކެތީގައި ޖެހި 25 އަހަރަށް ޖަލަށްލީމަ މައިންބަފައިންނަށް އުފާވެރިކަން ލިބުނީތޯއެވެ.. ރައްޔިތުން ވާ ވައްދާ ލިބޭ ހުރި ފައިސާއެއް ސިޔާސީ މީހުންގެ މުސާރައަށް ނަގާ ދައުލަތު ދަރުވާ ރައްޔިތުން ހަނާކުރީމަ މިއޮތީ ޑިމޮކްރެސީ ފައްކާ ކުރެވިފަ...
މިނޫން ހައްލެއް އެބަބޭނުންވެއެވެ. މިނޫން އިންސާފެއް އެބަބޭނުން ވެއެވެ. މިނޫން ހަމަހަމަކަމެއް އެބަބޭނުންވެއެވެ. އެހެންވިއި ރު އިންސާފު ހޯދަން މަސައްކަތް ނުކޮށް ތިބޭފުޅުން ތިޔަތިއްބަވަނީ އިންސާފު ތިމާމެންގެގާތަށް އަންނާނެކަމަށް ތޯއެވެ.
ނަށީދާއި ކޯލިސަން ހަދއިގެން މައުމޫނު އުލެނީ ތިހުރިހާކަމެއް ރަގަލުވީމަ
މަގޭ ގާތުގައި ވަޒީފާއެއް ހޯދައިދޭން ކީސޮރަކަށް ނައިބު މިނިސްޓަރުކަންވެސް ޔާމީނު ސަރުކާރުގައި ލިބުނު! ﷲ ގަންދީ ހުވާ ކޮށްފަ މިބުނީ! ކޮންމެ ބަޔަކުވެސް މިހަދަނީ ހަމަ ހަދާނެއެއްޗެއް! އަހަރެމެން ރައްޔެތުން ހަނާވަނީ! ނޫސްވެރިންވެސް އެކްޓިވިސްޓުންނަށް ބަދަލުވެ އެމީހަކު ދެކޭގޮތް ކުރިއަރުވާ ޕުރޮމޯޓުކުރުމުގައި! ވަރަށް ދެރަ! ދެފަރާތުގެ ކުއްގެނެސްދީ ރައްޔެތުން ހިމާޔަތްކުރަން ވަގުތު ނޫހުން ނިކުންނާނެކަމަށް ވަރަށް އުންމީދުކުރަން! އިންޝާ ﷲ
ތިޔަ ހަސަން ސައީދަކީ...ވަރަށް ހަސީލަތް ނުބައި މަތި އޮމާންކޮށްގެން އުޅޭމީހެއް...އޭނާ ުުުުުުުުު
ޢުޅޭ އޮފީހެއްގެ މީހުން ފިއްތާލައިގެން ކަންކުރާ މީހެއް
ޜައީސް މައުމޫނުގެ ތުންފޮހި...
މީނާގެ ވަނަމަކީ މިސްޓަރ ދަނޭ
ޙުރިހާ ކަމެއް ދަނެގެން އުޅޭ މަކަރުވެރިއެއް
ޥަހީދު ސަރުކާރުގެ ދުވަސް ވަރު އިންޑިޔާ އެންބަސީ އާއި
ސިއްރު ގުޅުންތަކެއް ބޭއްވި...ޖީއެމްއާރު ޑީލްގައި ތަސްމީނަށް އަދި ސާހިދަށް އެހީތެރިވި
ސެޓްފިކެޓް އޮތުމާ ކަންކުރަން އިގުމާ ލީޑަރޝިޕް އަކީ ތަފާތު ކަމެއް އިލްމާ ހިލްމް އަކީ ދެކަމެއް. އެޑިޔުކޭޓް މީހާ ނުވަތަ ސެޓްފިކޭޓް ސްޓޭމްޕް އޮއްނަ މިހާއައް އެ އިންފޯމޭޝަން އެޕްލައި ކުރަން ނެންގެންޏާ އެއީ އެއުގެނުނު އެއްޗެއްގެ ފުރިހަމަ ބޭނުން ކުރަން ނޭގުން. ޢެޑިޔުކޭޓް މީހާ ގެ ކިބައިގަ ކޮންފިޑެންސް ހުންނަން ވާނެ އަދު ކަރޭޖްވެސް ހުންނަން ވަނެ ރިޒަލްޓް އޮރިއެއްންޑެޑް ވާންވާނެ. ކިޔާ މާއްދާ ނޫން ދާއިރާތަކުން ވެސް މީބުން ކުރިޔައްދޭ. މުއްސަދި އަފި ސަކްސެސްފުލް ފެއިލިޔާސް ދުނިޔޭގަ ނިސްބަތުން ގިނަ
އެސް،ޓީ،އޯގެ ރަށްރަށުގެ ހާލަކީ ހަމަ ތިއީ.
ޙަސަން ސައީދަކީ
ޥަރަށް ހަސީލަތް ނުބައި މީހުންނަށް ބޮނޑިދޭން
ޜާވާ މީހެއް...މިކަން އީޑީސީގައި އުޅުނު މީހުންނަށް
ޜަނގަޅަށް އެނގޭނެ
ދިވެހިނ ސިކުޑި ނެތް. މައުމޫނަށް ނޫނީ ޔާންޓެޔަށް ކޮންމެ ކަމަކަށް ފޫޅުކަޑާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ޕީއެޗްޑީ އެއް ނޫން އޯއެޗްޑީ ނެގިޔަސް މަކަރާއި ހީލަތްތެރިކަމަކީ ވަރަށް ނުރައްކާތެރި ސިފައެއް.
ބޭނުންވަނީ ރ.ޔާމީން ކަހަލަ ވިޝަނަރީ ލީޑަރެއް. ތިޔަކަހަލަ ރޯނުއެދުރެއްނޫން.
ރަނގަޅު ލިޔުމެއް