(ހއ. ތަކަންދޫ) އިރުގެ ދޯދިތަކާއި އެކު ހއ. ތަކަންދޫއަށް އަލިވިލެމުން ދިޔައީ ރަން ރީނދޫ ފަތިހަކަށެވެ. ބަނދަރުމަތީ ޖަހާފައި ހުރި ރީނދޫ ދިދަތަކުން މުޅި ސަރަހައްދު ވަނީ ހުޅުދާންވެފައެވެ. އެނޫން ކުލައެއް އެރަށުން ފެންނަން ނެތެވެ. ސިޔާސީ ވާދަވެރިކަމެއް ނެތުމުން އިންތިހާބެއް ބޯމަތިވެފައިވާ ކަހަލަ އިހްސާސެއް އެރަށަކުން ނުކުރެވުނެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ކުލައިން މުޅި ރަށް ޖަރީވެފައިވާއިރު، 948 މީހުންގެ އާބާދީއެއް އޮންނަ ތަކަންދޫގެ ގިނަ ރައްޔިތުން ގަބޫލުކުރަނީ "ޖަޒީރާ ރާއްޖޭގެ" ފިކުރެވެ. "މިއީ މަގޭ ރާއްޖެ" ކަމަށް ގަބޫލުކުރާ ބަޔަކުވެސް އެރަށުގައި ތިބިއެވެ. ނަމަވެސް ފިޔާތޮށްޓަށް މަރުދޭ މީހުން ގުނާލެވޭހާވެސް މަދެވެ.

ރަށްވެހިވެފައިވާ 948 މީހުންގެ ތެރެއިން ރަށުގައި މިވަގުތު އުޅެމުން ދަނީ އާބާދީގެ 31.6 އިންސައްތައެވެ. އެއީ 300 އެއްހާ މީހުންނެވެ. މި ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލެވޭ 671 މީހުން ތިބިއިރު، މިވަގުތު ރަށުގައި ތިބީ 209 މީހެކެވެ. އެއީ ވޯޓު ލެވޭ އާބާދީގެ 31 އިންސައްތައެވެ.

ތަކަންދޫ ސާވޭ- ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ހއ ތަކަންދޫއަށް “ވަގުތު ހޭރިޔާ" އިން ކުރި ދަތުރުގައި ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓް ދޭން ވިސްނާފައި އޮތް ގޮތާއި ސަރުކާރުތަކާއި މެދު ގިނަ ރައްޔިތުންގެ ހުރި ވިސްނުން ހޯދުމަށް "ހޭރިޔާގެ އިންތިޚާބީ ދިރާސާ" ކުރިއަށް ގެންދިޔައީމެވެ. މި ދިރާސާގައި ތަކަންދޫއިން 116 މީހުން ބައިވެރިވިއެވެ. މިއީ އެރަށުގައި ރަށްވެހިވެފައިވާ ރައްޔިތުންގެ ތެރެއިން ވޯޓްލާ އާބާދީގެ 17 އިންސައްތައެވެ. ރަށުގައި މިވަގުތު ތިބި ވޯޓުލެވޭ އާބާދީގެ 209 މީހުންގެ ތެރެއިން މި ސާވޭގައި ބައިވެރިވީ 55.5 އިންސައްތަ މީހުންނެވެ.

ޕީޕީއެމްގެ ޓިކެޓުގައި ތަކަންދޫއިން އެއްވެސް ކެންޑިޑޭޓެއް މި އިންތިހާބަކު ވާދައެއް ނުކުރެއެވެ. އެގޮތުން ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާފައި ވަނީ އެމްޑީޕީގެ 2 ކެންޑިޑޭޓުންނާއި އަމިއްލަ 2 ކެންޑިޑޭޓުންނެވެ. ކައުންސިލްގެ ގޮނޑިތަކުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކުރިމަތިލާފައިވަނީ އަމިއްލަ 2 ކެންޑިޑޭޓުންނާއި އެމްޑީޕީގެ އެއް ކެންޑިޑޭޓެކެވެ. އެހެން ނަމަވެސް އަތޮޅު ކައުންސިލަށް އެންމެ ބޮޑު ސިޔާސީ ދެޕާޓީއިންވެސް ވާދަކުރެއެވެ.

ތަކަންދޫ ސާވޭ- ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ރަށުގައި ތިބި އިސް ރަށްވެހިންނަށާއި ޒުވާނުންނަށްވެސް ކަމުދަނީ މި ސަރުކާރު

ދިރާސާގައި ބައިވެރިވި 116 މީހުންގެ ތެރެއިން އަލަށް ވޯޓްލާ އުމުރުފުރާގެ ޒުވާނެއް ބައިވެރިވެފައެއް ނުވެއެވެ. އެއީ 17 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާއެވެ.

އުމުރުން 20 އަހަރާއި 29 އަހަރާ ދެމެދުގެ 15 މީހުން ދިރާސާގައި ބައިވެރިވިއެވެ. މި އުމުރުފުރާގެ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ކަމުދާ ކަމަށް ބުނަނީ އެމްޑީޕީގެ މި ސަރުކާރެވެ. އެގޮތުން މި ސަރުކާރު ކަމުދާ ކަމަށް 9 މީހަކު ބުނެފައިވާއިރު، ޕީޕީއެމްގެ ކުރީގެ ސަރުކާރު ކަމުދާ ކަމަށް ބުނަނީ 4 މީހެކެވެ. އެއްވެސް ސަރުކާރެއް ކަމުނުދާ ކަމަށް އެއް މީހަކު ބުނެފައިވާއިރު ދެ ސަރުކާރު ކަމުދާކަމަށްވެސް ބުނެފައި ވަނީ އެންމެ މީހެކެވެ.

މީގެ ތެރެއިން ރަށު ކައުންސިލްގެ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ދޭނެ ކަމަށް 3 މީހެއް ބުނެފައިވާއިރު އެމްޑީޕީ ކުރި ހޯދާފައިވަނީ 8 ވޯޓުގެ ތަފާތަކުންނެވެ. އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް މެމްބަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންނަށް މި އުމުރު ފުރާއިން ވޯޓު ދޭނެ ކަމަށް ބުނަނީ ޖުމްލަ 11 މީހެކެވެ. ވޯޓު ނުލާނެ ކަމަށް ބުނީ ސާވޭގައި ބައިވެރިވި އެންމެ މީހެކެވެ. ރަށު ކައުންސިލް ރައީސް ކަމަށްވެސް މި އުމުރު ފުރާއިން ވޯޓު ދޭން ނިންމާފައި ވަނީ މިގޮތަށެވެ.

އަތޮޅު ކައުންސިލަށް ބަލާއިރު އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް ބުނާ 11 މީހުން އެބަ ތިބިއެވެ. ޕީޕީއެމްއަށް ވޯޓު ދޭނެ 2 މީހުން ތިބިއިރު ވަކި ގޮތެއް ނުނިންމާ 2 މީހުންނާއި ވޯޓު ނުލާނެ ކަމަށް ބުނާ އެކަކު މި އުމުރު ފުރާއިން ފާހަގަކޮށްލެވެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާއިން 126 މީހަކު މި ސާވޭގައި ބައިވެެރިވެފައިވެއެވެ. މީގެ ތެރެއިން ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގައިވެސް އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް 48 މީހަކު ބުނެއެވެ. ރަށު ކައުންސިލްގައި ވާދަކުރާ އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ދޭން 22 މީހަކު ވަނީ ނިންމާފައެވެ. އަދި އަތޮޅު ކައުންސިލަށް ޕީޕީއެމްއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 18 މީހެކެވެ. އިންތިހާބަށް 6 ދުވަހަށް ވެފައިވާއިރުވެސް ރަށު ކައުންސިލަށާއި އަތޮޅު ކައުންސިލަށް ވޯޓް ދޭނެ ގޮތެއް ނުނިންމާ 7 މީހުން އެބަ ތިބިއެވެ. އަދި މި އުމުރު ފުރާއިންވެސް ވަކި ގޮތަކަށް ވޯޓު ނުދޭނެ ކަމަށް ބުނާ އެކަކު އެބަހުރިއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

65 އަހަރުން މަތީގެ އުމުރު ފުރާގެ މީހުނަށް ބަލާއިރު، އުމުރުން ދުވަސްވީ މީހުންގެ މެދުގައިވެސް އެންމެ މަގުބޫލު ޕާޓީއެއްގެ ގޮތުގައި އޮތީ އެމްޑީޕީއެވެ. އެގޮތުން ސާވޭގައި ބައިވެރިވި 25 މީހުންގެ ތެރެއިން މި ސަރުކާރު ރަނގަޅު ކަމަށް މި އުމުރުފުރާގެ ދެބައިކޮޅު އެއްބަޔަށް ވުރެ ގިނަ މީހުން ބުނެއެވެ. އެއީ 15 މީހެކެވެ. ކުރީ ސަރުކާރު ރަނގަޅު ކަމަށް ބުނަނީ 6 މީހެކެވެ. އަދި ދެ ސަރުކާރުވެސް ރަނގަޅުކަމަށް ބުނާ 4 މީހުންނާއި ސާވޭއިން ދިމާވިއެވެ.

މި އުމުރުފުރާގެ މީހުންގެ ތެރެއިން އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނަނީ 19 މީހުނެވެ. އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ދެއްވާނެ ކަމަށް ބުނާ 7 މީހުން ތިބިއިރު ވޯޓު ދޭނެ ގޮތް ހާމަ ކުރަން ބޭނުން ނުވީ އެންމެ މީހެކެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

 

މާދަމާ ރިޔާސީ އިންތިޚާބު ބާއްވާނަމަ، ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

ހއ. ތަކަންދޫގައި މި ސުވާލަށް ޖަވާބު ދިން ގިނަ ބަޔަކު ބުނަނީ މި ސަރުކާރަށް ވުރެ "ހެޔޮ ސަރުކާރެއް" އެމީހުންނަށް ފެނިފައި ނުވާ ކަމަށެވެ. އަދި އިތުރު ދައުރެއް އެމްޑީޕީއަށް ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން ދިރާސާގައި ބައިވެރިވި 166 މީހުންގެ ތެރެއިން 67 މީހުން ނިންމީ ސަރުކާރަށް އިތުރު ފުރުސަތެއް ދޭން ޖެހޭ ކަމަށެވެ. އެއީ ސާވޭގައި ބައިވެރިވި މީހުންގެ 57.8 އިންސައްތަ މީހުންނެވެ. ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ ކަމަށް ބުނެ، ބަދަލަކަށް ދާން ބޭނުންވީ 33 މީހެކެވެ. އެއީ 28.4 އިންސައްތަ މީހުންނެވެ. ވަކި ގޮތެއް ނުނިންމާ ކަމަށާއި، ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށް ބުނީ 16 މީހެކެވެ. އެއީ 13.8 އިންސައްތަ މީހުންނެވެ.

ވަގުތު ހޭރިޔާ: އިންތިހާބީ ދިރާސާގެ ޖުމްލަ ނަތީޖާ

ވަގުތު "ހޭރިޔާ" ގެ މި ދިރާސާއިން ހުރިހާ ގޮތަކުން ވެސް ހއ. ތަކަންދޫއިން ކުރި ހޯދީ އެމްޑީޕީއިންނެވެ. ލޯކަލް ކައުންސިލް އިންތިހާބުގައި، ރަށު ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ސާވޭގައި ބައިވެރިވި 68.1 އިންސައްތަ މީހުން ބުނާއިރު، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނަނީ 27.6 އިންސައްތަ މީހުނެވެ. ގޮތް ނުނިންމާ 6 އިންސައްތަ މިހުންނާއި ސިއްރެއް ކަމަށް ބުނާ 2 މީހެއް ސާވޭގައި ބައިވެރިވެފައިވެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އެމްޑީޕީގެ ފަރާތުން ހއ. އަތޮޅުގެ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓަށް ތަކަންދޫއިން ވޯޓު ދޭނެ ކަމަށް ބުނީ ސާވޭގައި ބައިވެރިވި މީހުންގެ 67.2 އިންސައްތަ މީހުންނެވެ. އެއީ ޖުމްލަ 78 މީހެކެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓު ދޭނެ ކަމަށް ބުނަނީ 26 މީހެކެވެ. އެއީ 22.4 އިންސައްތައެވެ. ވަކި ގޮތެއް ނުނިންމާ 8 މީހަކާއި ސިއްރެއްގެ ގޮތުގައި ނިންމި 2 މީހެއްގެ އިތުރުން ވޯޓު ނުލާނެ ކަމަށް ބުނާ 2 މީހަކާވެސް މި ސާވޭގައި ދިމާވެފައިވެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އެމްޑީޕީގެ ޓިކެޓުގައި ރަށު ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 66.2 އިންސައްތަ މީހުން ބުނާއިރު، އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓަށް ވޯޓު ދޭނެ ކަމަށް ބުނަނީ 23.3 އިންސައްތަ މީހުންނެވެ. ވަކި ގޮތެއް ނުނިންމާ 6 އިންސައްތަ މީހުން ތިބިއިރު ސިއްރެއްގެ ގޮތުގައި ކަނޑައެޅި ދެމީހަކާއި ވޯޓު ނުލާނެ ކަމަށް ނިންމި ދެމީހެއްވެސް ހިމެނެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

 

ސާވޭގެ ޖުމްލަ ނަތީޖާއިން ދައްކާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު ތަކަންދޫއިން ކާމިޔާބު ކުރާނީ އެމްޑީޕީއެވެ. އެއީ ރަށުގައި އުޅޭ ވޯޓު ލެވޭ އާބާދީގެ ދެބައިކޮޅު އެއްބަޔަށް ވުރެ ގިނަ މީހުން އެމްޑީޕީއަށް ވޯޓު ދޭނެ ކަމަށް ބުނެފައިވާތީއެވެ.

އެހެންނަމަވެސް ސާވޭގައި ބައިވެރި ނުވާ ވޯޓު ލެވޭ އާބާދީގެ 69 އިންސައްތަ މީހުންގެ ވޯޓާއި އެކު މި ނަތީޖާ ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

އެހެންކަމުން އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް މި ނަތީޖާ ފުރުޅާލުމުގެ ފުރުސަތު އޮތީ ރަށުން ބޭރުގައި ތިބި ވޯޓު ލެވޭ އާބާދީގެ ތާއީދު ހޯދައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޢަދުރޭ

    ތަ ކަންދޫ މީހުންނަށް ނޭނގޭތީ އެއީ ބައިލެޓެރަލް އެގްރީމެންޓް އެއްގެ ދަށުން މި ރާއްޖެ އިންޑިއާ އަށް ވިއްކާފަ އޮތް ކަން.ތަޢުލީމީ މީހުން ތިބީ އައްޑުއަތޮޅާ ހުވަދު އަތޮޅުގައި، ބަލާތި މިފަހަރު މި ދެ އަތޮޅާ މާލެ . ތަ ކަންދޫ މާރަންދޫ އެއީ އެމްޑީިޕީ ޖަހާހާ ބެރަކަށް ނަށާ ބައެއް

    40
    3
  2. ކެޔޮޅު

    ލާދީނިއްޔަ ފިކުރަށް ތަބާނުވުމަށް ތިޔަރަށުގެ އެންމެހާރަށްޔަތުންނަށް އިލްތިމާސްކުރަން .

    48
    4
  3. މޫސަ

    ތަހުޒީބުނުވާ ގަމާރު ބަޔަ ކު އުޅޭ ރަށެއްކަމަށް ފެންނަނީ.

    44
    9
    • ....

      ތަހުޒީބު މީހުން ނާތަހުޒީބު މީހަކާދިމާލަށް ގަމާރެކޭ ނުބުނާނެ...

      9
      9
  4. މޮޔަ

    އެއީ ބޯހަމަނުޖެހޭ މީހުންތިބިރަށެއް

    15
  5. މުހަންމަދު

    ތަކަންދޫ މީހުންގެ ސިކުޑިތަށް އެބަޖެހޭ ޓެސްޓް ކުރަން....މާތްﷲ އެރަށު މީހުންނަށް ހެޔޮވިސްނުން މިންވަރު ކުރައްވައިދޭވެ..އާމީން.

    20
  6. ސައްތާރު

    ވަގުތު މީހުން ގަނެލީ ނޫންބާ ؟

    7
    5
  7. ޚަތީބު

    މިފަހަރު ތަކަންދޫ އިން މޑޕ އައް އެއްމެ ގޮޑިއެއްވެސް ނުލިބޭނެ
    ޢަމިއްލަގޮތުން ކުރިމަތިލި މީހުން ހޮވާނީ
    ހުރިހާވެސް މައްސަލަޔަކީ މެމްބަރ އަހުމަދު ގެ ނުލަފާކަމުން

    17
  8. ީިސސsiސސި

    ރަންރީނދޫ ވެގެން ވީ ކޮންކަމެއް

    15
  9. ޏނ

    އެންމެ ބޯބޮޑު މީ ހުން މީ

    1
    7
  10. ލުނބޯ

    ރީނދޫ ކުލަ އިން ރަށަށް ވީފައިދާއެއްނެތް. ހެޔޮނުވާނެ ތަކަންދޫ މީހުން ތިޔަވިސްނުން ދޫކޮށް ޤައުމާމެދު ވިސްނުން ރަނގަޅު ވާނެ. އަހަންމާޔާ ނަޝީދުގެ ނުބައި ރޭ ވުމުން ޤައުމު ސަލާމަތް ކުރަންޖެހޭ

    9
    1
  11. ނާރެސް

    އަމިއްލަ ސިކުނޑީގަ ތެތްކަމެއްނެތް ، ޤަވްމީ ލޯތްބާ ދީނީ ކުލުނު ނެތް މީހުން ވޯޓުދޭނީ އެމްޑީޕީ އަށެވެ.