ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އަކީ 2019 ވަނަ އަހަރު ސަރުކާރުން އުފެއްދި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެކެވެ. ކުންފުނި އުފެއްދި މަޤުޞަދު ކިތަންމެ ފުރިހަމަވެފައި ބޭނުންތެރި ނަމަވެސް ފާއިތުވި ދެ އަހަރުދުވަސް ތެރޭގައި ކުންފުނީގެ މަސައްކަތްތައް ހުރިގޮތާއި ނެރެވުނު ނަތީޖާތަކަށް ބަލާއިރު ފެންނަން އޮތީ އުފާވެރި މަންޒަރެއް ނޫނެވެ.
ކުންފުންޏާއި ހަވާލުކޮށްފައިވާ އެތަކެއް މަސައްކަތްތަކެއް ނުނިމި ދިގުލައިގެން ދާއިރު، ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތައް ގިނައެވެ. އެންމެ ފުރަތަމަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ) ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ވަޑައިގެންނެވި ގޮތާއި މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އެސްއޯއީތަކުގެ ޑައިރެކްޓަރުންގެ ޝަރުތުތަކުގެ ތެރޭގައި މާސްޓާސް ޑިގްރީއެއް ނެތްނަމަ ކުޑަމިނުން ޑިގްރީ އަދި ކަމާއި ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް މެނޭޖަރެއްގެ ތަޖުރިބާ ހުރި މީހެއްކަމުގައި ވާން ޖެހެއެވެ.
އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ މޫކޭ މަގާމު ހޯދީ މާސްޓާސް ޑިގްރީއެއް ނެތުމުގެ ސަބަބުން އޭނާގެ ކޮއްކޮގެ ކުންފުނި އާރކޭސް އިންޓާނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގައި ޖެނެރަލް މެނޭޖަރެއްގެ މަގާމަށް އަހަރު ދުވަހު އަދާކުރިކަމުގެ ލިޔުމެއް ތައްޔާރުކޮށްގެން ކަމުގެ ހެކި ވަނީ މީޑިއާއަށް ހާމަވެފައެވެ.
ގަވާއިދު ބުނާގޮތުން ޑިގްރީއެއް އެކަނި އޮތްމީހަކު މި މަގާމަށް ޝަރުތު ހަމަނުވެއެވެ. މޫކޭ މި މަގާމަށް އައްޔަން ކުރިއިރު އާކޭސް އިންޓާރނޭޝަނަލް ރަޖިސްޓްރީ ކުރިތާ އަށް އަހަރު ނުވެއެވެ. އާރކޭސް އިންޓާރނޭޝަނަލް ރަޖިސްޓްރީ ކުރެވުނީ 2015 ގައެވެ. އެ ކުންފުނީގައި އޭނާ ތަޖުރިބާތަކެއް ހާސިލް ކުރިކަމަށް ބުނާއިރު އެއީ އެއްވެސް ވިޔަފާރިއެއް ކުރި ކުންފުންޏެއްކަން އެނގޭނެ ގޮތެއް ނެތެވެ.
އާރްޑީސީގައި މޫކޭގެ އިތުރުން އޭނާގެ ޓީމުން ކުރަމުން އަންނަ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކޮށް، ކުންފުންޏަށް އެބައެއްގެ ސަބަބުން ގެއްލުން ލިބެމުންދާ އެތައް ބަޔަކު އެބަތިއްބެވެ.
ކުންފުނީގެ ވަކީލު އަހުމަދު ޝިހާދު
ދާދިފަހުން އާރްޑީސީން ދިން އެންމެ ބޮޑު ޕްރޮމޯޝަން މީނާ ހާސިލުކުރީ ހުރިހާ ގްރޭޑްތަކެއް ސްކިޕް ނުވަތަ ދޫކޮށްލުމަށް ފަހުއެވެ. އެސިސްޓަންޓް މެނޭޖަރ ފެންވަރު އަދި މެނޭޖަރުންގެ ފެންވަރު ސްކިޕްކޮށް އޭނާ މިހާރު ހުރީ ސީނިއާ މެނޭޖަރުކަމުގައެވެ. ހަމަ މިއާއެކު ޕޮލިސް އެޕީލް ކޮމިޓީއަށް އޭނާ އައްޔަނު ކުރެވުނެވެ. ދާދިފަހުން ޒުވާން ފިރިހެނަކު މާލޭގެސްޓް ހައުސް އެއްގައި އަނިޔާކޮށް ބަރަހަނާކޮށް ވީޑިއޯ ކުރި މައްސަލަ އެކަށީގެންވާ ގޮތެއްގައި ތަހްގީގު ނުކުރެވެނީ އަހުމަދު ޝިހާދުގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެވެއެވެ.
ކުންފުނީގެ އެޗްއާރ ހެޑު ޝުހާދު (ކޯޕަރޭޓް ހެޑްގެ ޖެނެރަލް މެނޭޖަރ)
އޭނާ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ދާއިރާއަށް ކުރިމަތިލާފައިވާ މީހާ އާރްޑީސީގެ މެއިންޓެނަންސް ޑިޕާޓްމަންޓްގެ ސީނިއާ މެނޭޖަރެއްގެ މަގާމް ހަމަޖައްސައިދީ ނަން ނަގުވައި ގައުމީ މަޖްލީހުގެ ގޮނޑި ވަނީ ކަށަވަރުކޮށްފައެވެ. ޝުހާދަކީ ކުންފުނީގެ ބިޑް ކޮމިޓީގައިވެސް އިންނަވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީގެ އެސް.އޯ.އީ ގައިޑްލައިން ބުނާގޮތުން ޖެނަރަލް މެނޭޖަރު ލެވެލްގެ މަގާމްތަކުގައި ތިބޭ މީހުންނަށް ބިޑް ކޮމިޓީގައި ނުތިބެވެއެވެ. އެހެންނަމަވެސް މީނާއަކީ ބިޑު ކޮމިޓީގެ ޗެއާޕާސަނެވެ.
މީގެއިތުރުން އާރްޑީސީއަށް ވައްދާފައިވާ %90 މުވައްޒަފުން ވައްދާފައިވަނީ އިންޓަވިއު ކުރުމަކާނުލައި ކަމަށް މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެއެވެ.
ނުނިމި ދިގުލައިގެން ގޮސްފައިވާ ބައެއް މަސައްކަތްތައް
- މިލަންދޫ އަދި މާމިގިލި މަގުހެދުން (ކޮންޓްރެކްޓް އެވޯޑް ކުރީ 12 މާޗް 2020) ނިމުނީ 10% ނިންމަން ޖެހެނީ 17 މަހުން (މުއްދަތު ފަހަނައަޅައި ހިނގައްޖެ)
- ގައްދޫ އަދި ތިމަރަފުށި މަގުހެދުން (ކޮންޓްރެކްޓް އެވޯޑް ކުރީ 31 ޑިސެންބަރު 2019) ނިމުނީ 10% ނިންމަން ޖެހެނީ 17 މަހުން (މުއްދަތު ފަހަނައަޅައި ގޮސް އަދި ފިނޭންސް މިނިސްޓްރީން ފަހުން އިތުރުކޮށްދިން މުއްދަތުވެސް ހަމަވެއްޖެ) ޖީ ކޭޑީ ކިޔާ ކުންފުންޔަކަށް ތިމަރަފުށި ޕްރޮޖެކްޓް ވަނީ ބިޑަކާ ނުލާ 56 މިލިއަނަށް ހަވާލުކުރެވިފަ
- ރ.މީދޫ ފުޓުބޯޅަ ދަނޑުގެ ލޭންޑް ސްކޭޕިންގް މަސައްކަތަކީ 50 ދުވަސް ތެރޭގައި ނިންމުމަށް ހަވާލު ކުރެވުނު މަސައްކަތެކެވެ. މަސައްކަތް ހަވާލުކުރެވުނީ 17 މާރިޗް 2020 އެވެ. މުއްދަތު ހަމަވި އިރުވެސް ނުނިންމާ ވަނީ ކުންފުނީގެ އެމްޑީ ވާދަކުރާ އެމްޑީޕީގެ ގައުމީ މަޖްލީހުގެ ކެމްޕޭނަށް ތާއީދު ހޯދުމުގެ ގޮތުން ރ. މީދޫއިން ވަޒީފާދީފައި ތިބި މީހުން ރުއްސުމަށެވެ. (އަދިވެސް މި މަސައްކަތް ނުނިމޭ)
މަސްކަތްތައް ނުހިނގާ ސަބަބު
ޕްރޮޖެކްޓްތަކަށް ބޭނުންވާ ގާ ސަޕްލައި ކުރުމަށް ހަވާލު ކުރެވުނީ 18.00 ރުފިޔާ އަށް ގަލެއް ގެ ރޭޓުން ސްރީލަންކާގެ ފްރުޓް އެކްސްޕޯޓް ކުރާ ކުންފުންޏަކަށް ކަމަށް ވެއެވެ. www.dicl.lk މާލޭ ބާޒާރުގައި ވާދަވެރި މާކެޓުގައި ގަލެއްގެ އަގަކީ 8.00 ރުފިޔާއެވެ.
ގާ އިންސްޕެކްޓުކުރުމަށް ދަތުރުކުރީ ކޮމްޕެނީ ސެކެޓްރީ އަމާނީ އެވެ. ނަމަވެސް ލިބުނު ގަލުގެ ކޮލިޓީ ދަށްކަމާއި ގާ އެއްވަރު ނުވުމުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ޝަކުވާ ބޮޑުވުމުގެ ސަބަބުން މިވަގުތު އަމާނީ ހުންނަނީ ކުންފުނީގެ ކޮމްޕެނީ ސެކެޓްރީގެ އިތުރުން ކުންފުނީގެ ބިދޭސީން ބަހައްޓާ ފެސިލިޓީގެ ސީނިއަރ މެނޭޖަރަކަށް ލާފައެވެ.
ކުންފުނީގެ ބިޑް ޑޮކިއުމަންޓްތައް ހެދިފައި ހުންނަނީ ބިޑް ހުށަހަޅާ މީހުންނަށް އުނދަގޫވާގޮތަށް ތައްޔާރުކުރެވިފައެވެ. އަދި ބިޑް އެވޯޑްކުރުމުގައި ބޭނުންވާ ކުންފުނި ފިޔަވައި ދެން ހުރި ކުންފުނިތައް ޑޮކިއުމަންޓް މަދުކަމަށް ބުނެ ޑިސްކޮލިފައި ކުރެއެވެ. އަދި ގިނަ މަސައްކަތްތައް ހަވާލު ކުރެވެނީ RFQ އުސޫލުންނެވެ. މިގޮތަށް ހަވާލުކުރެވޭ ހުރިހާ މަސައްކަތް ވެސް ހަވާލުކުރެވިފައި ހުނާނީ އެންމެފަހުން ލިބިފައި ހުންނަ އީމެއިލް ގައި މޫކޭ ބުނެގެން ހުށަހަޅާ އެންމެ ކުޑަ އަގުގެ ހުށަހެޅުމަށެވެ.
އާރްޑީސީން މިގޮތަށް އެވޯޑްކުރާ ހުރިހާ ޕްރޮޖެކްޓަކުން ފައިދާގެ އިންސައްތައެއް ކަޓްގެ ގޮތުގައި ނަގާކަމަށް ވެއެވެ.
ކުންފުންޏަށް ހެވީ ވެހިކަލް ކުއްޔަށް ހިފުމަށް ދޭތެރެއަކުން ގެޒެޓްގައި އިއުލާންކުރެއެވެ. ނަމަވެސް ކުއްޔަށް ހިފާ ވެހިކަލްތަކަކީ ވަކި ބަޔަކަށް ކަމިޝަން ލިބޭގޮތަށް އާރްއެފްކިއު އުސޫލުން ގެނެވޭ ކޯޓޭޝަންތަކުން ނިންމާ ކަންކަމެވެ.
ޕްރޮޖެކްޓްތަކުގެ ބޭނުމަށް ގަންނަ ހޮޅިޔަކީވެސް ހަމަ މިގޮތަށް ކޯޓޭޝަން އުސޫލުން މަޖްލިސް މެމްބަރު ކެނދިކުޅުދޫ އީސަ އަދި ފަހީމް ނަމަކަށް ކިޔާ މީހަކު ހިއްސާވާ ތިން ކުންފުންޏަކުން މާކެޓްގައި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ވިއްކާ އަގަށްވުރެ ބޮޑު އަގުގައި ގެނެވޭ ތަކެއްޗެވެ.
އެސްޓީއޯ އިން ދީފައިވާ ކްރެޑިޓް ފެސިލިޓީއަށް ފައިސާ ނުދެއްކުމުގެ ސަބަބުން މަގުހެދުމަށް ބޭނުންވާ ސިމެންތި އާރްޑީސީއަށް ދޫނުކުރުން ވެސް މިހާރު ހުއްޓާލާފައިވާ ކަމަށް ވެއެވެ.
ދަރަނި އެކަނިތަ ބޮޑުވަނީ! ތިޖޫރީއަށް ލާރިކޮޅެއް ޖަމާވާއިރަށް ތިޖޫރީވެސް ފަޅާލާ! ތީ މީހަކު ތިތަނަކަށް އައިފަހުން އެއްވެސް ފައިސާއެއް ތި ތަނުގައި ހަރެއްނުލައި. ވާނުވާ ނޭގި ފައިސާތައް ހަމަ ގެއްލެނީ!
އެހެންވީމަ އެއީ ބޮޑު ވަގެއް ދޯ.ހެހެހެހެހެ
ގައިމު އޭސީ.ސީން 6 ފަހަރަށް އައިސްސަ ބަލައިގެންވެސް ތި އެއް ނުފެނު.. އަންނިގެ ފެކުސަނު ކުދިންނާ ދިޔަރެސް އަޒާނުމެން އިންތިހާބަށް ނުފޫޒު ފޯރުވަން ހިންގާ ޖަރީމާ..
އެމްޑީޕީ ޤައުމީ މަޖިލިސް ގުރޫޕަށް އައްނިގެ ފެކްޝަނުން ލާފައިމް ލިއުމެއް ހަމަ އެ އިން ގޮތަށް ފެކްޓް ޗެކްވެސް ނުކޮށް ރޯ ނުބައި މަޢުލޫމާތާއެކު ޖަހާފަ ތިއިނީ ވާނުވާވެސް ނުބަލާ.. ތިޔަ ހުރީ މިނިވަން ނޫސްވެރިކަން ކުރެވިފަ.. މާދަމާގެ އިންތިހާބަށް ވައްޓާލި ޓައިމްބޮމެއް ހިތުން އެކަމުވެސް މޫކޭ ހޮވޭނެ
ބަލާފަ ޖަހަނީ ގޭންގް ގޮލައެއް ވައްތަރު
ދިޔަރެސް އަޒާނު ދޭ ދޮގު މަޢުލޫމާތު ހުންނަ ހަބަރު ވަގުތު ކުދިން މިހާރު ޖަހަނީ.. ދެން ބަލަމާ މޫކޭ އިމްތިހާބު ނަގާގޮތް
ތިފަދަ ކަންކަން އަޅުގަނޑުމެންގެ ރައީސަށް އެނގިވަޑައިގެންފިއްޔާ ވަރަށް ބޮޑަށް ކީރިތި ކުރައްވާ ނެތެވެ. މަޖުލީހުގެ ރައީސަށް އެނގިވަޑައިގެންފިއްޔާ ބިރުން ފިއްކަނޑައިގެންގޮސް ކޮޓަރިންވެސް ނުނުކުންނާނެއެވެ. އެމްޑީޕީ އަކީ ތިފަދަ އެތައް ގުނަވަނަކުން ނާޖާއިޒު ފައިދާ ނަގާ ޕާރޓީ އެކެވެ. މިސަރުކާރަކަށް ތިކަމެއް ބޮޑެއް ނުވާނެއެވެ.
އެމްޑީޕީ ސަރުކާރުގެ ކޮރަޕްޝަނުގެ ނިސްބަތުން ތިޔައީ ބައިބެރިވާ ދަށު ބަހާ
( ބމބ ) އެކެވެ
ތަޖުރިބާ ލިބިފައިވާ ޢިލްމީ މީހުންނާއެކު މަސައްކަތްކޮށް މަސައްކަތުގެ މާހައުލަށް އަހުލުވެރިނުވާމީހުން ބޮޑަތިކުންފުނިތަކުގެ ވެރިންނަށްލީމަ ވާގޮތް ތިވަނީ.
އެމްޑީޕީ އަކީ މޯލްޑިވްސް ޑިސޭބަލް ޕާރފޮރމަންސެވެ.
މިހާރުވެސް ވަނީ އެތައްތަނެއްގައި މަސައްކަތް ނުފަށާ އެތައްބައިވަރު މުވައްޒަފުން ނަގާފައި..
ޝަރިއާއިން ލޯއިން ފާހެއް ނަގައިގެން ހުރި މީހަކަށް ސިޔާސީގޮތުން މަގާމް ބެހިއިރު އާރްޑީސީ ފަދަ ޓެކްނިކަލް މަސައްކަތްތަކެއް ކުރެވޭ ތަނެއްގެ އެމްޑީކަން ލިބުން އެއީ ވަަރަށް ބޮޑު ޖޯކެއް.ރޯޑް ކޮންސްޓްރަކްޝަންގެ އަލިފްބާ ވެސް ތިޔަ މޫކޭއަށް ނޭނގޭނެކަން ޔަގީން. ވ.ވެދުން
އެމްޑީންނަކީ ފީލްޑް މަސައްކަތް ކުރާ މީހެއް ނޫން އެކަން ކުރަނަ ތިބޭނެ ޓެކްނިކަލް މީހުން.. އެމްޑީގެ ޒިންމާއަކީ ތަން މެނޭޖުކޮށް ހިންގުން..
ބްރޯ.އެމްޑީން އެއީ ފީލްޑް މަސައްކަތްކުރާ ނުވަތަ ކުރަން ޖެހޭ ބައެކޭ ނުބުނަން.ޓެކްނިކަލް ކަންތައްތައް ކޮންމެވެސް ވަރަކަށް އެމީހާއަށް އެނގިފަ އޮތުން އެއީ ބޭނުންތެރިކަމެއްކަން މިއަދު އެމްޓީސީން އެދައްކަމުންދާ ނަމޫނާއިން ބްރޯއަށް ދޭހަނުވާނަމަ ދެން އިތުރަށް ބުނާނެ އެއްޗެއް ނެތް.ވ.ވެދުން
މާބޮޑަށް އެނގިފަ ތިޔަ ހުރީ.. ޔާމީނު ސަރުކާރުގަ ތިބީ ހުސް ފީލްޑްގަ އުޅޭ މީހުންތަ؟؟
ޢޭސީސީގެ ވާހަކަ ނުދައްކާ.....ފިނޑި 3 އަންހެނުން ލައިގެން ހިންގާ އައްޑާ އެއް އެއީ........ދެނަހުރިނތޯ ސްޓެލްކޯގައި
ބެހެއްޓި އަގުބޮޑު ފާޚާނާ ތައްޓެއްގެ ވާހަކަ....އަގަކީ 70 ހާސް ރުފިޔާ ...ލާހިކު ކުޅަދާނައެއް ނޫން މިކަން ދޮގުކުރާކަށް....
ތި މޫކޭ މީހުން ލައްވާ ތި ތަނަށް ވައްދާގެން ތި ތަން ލޫޓް ވަނީ! ކިތައް ވަގުން ތި ތަނުގެ ފުރާޅު މަތިން ވަދެފި! ދެން މީސް މީހުންނަށް ބިރު ދައްކާ އޮރިޔާން ކޮށް ބުލެކްމޭލް ކުރަނީ! ތީ ގޭންގްސްޓަރ އެއް
ތީ ބޮޑު ވަގެއްކަން އެންމެންނަށް ވެސް އެނގޭ
ވަޑި އެއްވެސް ނޫން ބަޑިއެއް
މިކަމާ އަޅާލާނެ މުއައްސަސާ އެއް ނެތީތަ ? މިކަމުގެ ހަޤީގަތް ބައްލަވާ ފިޔަވަޅު އެޅުއްވުމަށް ދަންނަވަން.
މިކަހަލަ ވަގުން ތަންތަނަށް ލީމަ ވާނެ ހައެތި އެވަނީ..
ކާނެއެއްޗެއް ނުލިބެންޏާ މުލެއްނޫން ކަށިވެސް ހަފާކާނެ
މިއަި ވަގުންގެ ސަރުކާރެއް! އެންމަތިން ތިޔަށްވެސް ތިބީ ހުސްވަގުން! ދޫކޮށްލާނެ އެކަކުވެސް ނެތް! މުޅިގައުމު ދަވާހުސްކޮށްލާފި! މިއަދު ތިބޭ ވަށްކަން ކުރަން! ރައްޔިތުންގެ މާލިއްޔާއިން ވަށްކަންކޮށްފައިވާ އެކަކުވެސް ދޫނުކުރެވޭނެ! އެދުވަސްއޮތީ މާދުރަކުނޫން!އެއީ ނޫހެއްވިއަސް މީހެއްވިއަސް ދޫނުކުރެވޭނެ!