މުސްލިމުންގެ އަދަދު ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. މިގޮތުން މިއަދުގެ ލިޔުމުގައި މިބަލާލަނީ، ދުނިޔޭގައި އެންމެ މުސްލިމުން ގިނަ 4 ޤައުމަކަށެވެ. ފަހަރެއްގައި ތިރީގައިވާ މި ލިޔެފައިވާ ހިސާބުތަކާއި އަސްލު މިހާރުގެ ހިސާބާއި ތަފާތު ވެދާނެއެވެ. ސަބަބަކީ މުސްލިމުންގެ އަދަދު އިތުރުވަމުން އަންނަ ރޭޓެވެ.
އިންޑޮނޭޝިޔާ
ދުނިޔޭގައި އެންމެ ގިނަ މުސްލިމުން ދިިރިއުޅެނީ، އިންޑޮނޭޝިޔާގައެވެ. މިގޮތުން އިންޑޮނޭޝިޔާގައި ޖުމްލަ، 229,000,000ެ މުސްލިމުން ދިރިއުޅެއެވެ. މިއީ އެޤައުމުގެ އާބާދީގެ 872. އިންސައްތައެވެ.
ޕާކިސްތާން
ޕާކިސްތާނުގައި ޖުމްލަ، 200,400,000 މުސްލިމުން ދިރިއުޅެއެވެ. މިއީ އެޤައުމުގެ އާބާދީގެ 96.5 އިންސައްތައެވެ.
އިންޑިޔާ
އިންޑިޔާގައި189,000,000 މުސްލިމުން ދިރިއުޅެއެވެ. މިއީ އެޤައުމުގެ އާބާދީގެ 14.2 އިންސައްރައެެވެ.
ބަގްލަދޭޝް.
ބަގްލަދޭޝްގައި ޖުމްލަ 153,700,000 މުސްލިމުން ދިރިއުޅެއެވެ. އެއީ އެޤައުމުގެ އާބާދީގެ 90 އިންސައްތައެވެ.
އަލްޙަމްދުލިﷲ، ﷲ އަކުބަރު!
ވަރަށްވެސް އުފާވެރި ޚަބަރެއް.