އެންމެންގެ ލޯކުރިމަތީގައި، އަނިޔާކޮށް، މީހުން މަރަމުން ދާއިރު، ކުޅިބަލަން ތިބޭ ކަމަށާއި، އެ މަންޒަރުތައް ފޮޓޯނަގައި، ވީޑިއޯކޮށް މީސް މީޑިއާއަށްލާއިރު، މިއީ ރަހުމެއް ހުރި ކޮންމެ އިންސާނަކު ކަރުނަ އަޅައި، ރޯން ޖެހޭ ވަރުގެ ހިތާމަ ހުރިކަމެއް ކަމަށް ޚުތުބާގައި ވިދާޅުވެއްޖެއެވެ.

އިޖުތިމާއީ އަމާންކަމުގެ މުހިންމު ކަމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޙުތުބާގައި ވިދާޅުވެފައި ވަނީ، އީމާންކަމަށްފަހު އެންމެ ބޮޑު ނިއުމަތަކީ ސިއްހަތު ސަލާމަތުން ހުރުމާއި، އަމާންކަން ލިބިގެން ވުން ކަމަށެވެ. އަމާންކަމަކީ ހަޔާތުގެ އެންމެ މުހިންމު ބަހާ ކަަމަށާއި، އެއާ ނުލާ ކުރިއެރުމެއް ނުލިބޭނެ ކަމަށް ޚުތުބާގައި ވެއެވެ.

އެއީ ހިތްތަކަކަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ އެންމެ ހެޔޮ ފަރުވާ ކަމަށާއި، އަމާން ވެެއްޓެއްގައި ނަފްސު ރައްކާތެރިކަން އޮންނާނެ ކަމަށް ޚުތުބާގައި ވެއެވެ.

"އަނބިދަރިންނާއި މުދަލުގެ މައްޗަށް ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އަބުރާ އިއްޒަތާއި މެދު ބިރުގަންނާކަށް ނުޖެހޭނެއެވެ. ހައްގުތަކުން މަހްރޫމްވެދާނެތީ ފިކުރު ކުރާކަށް ނުޖެހޭނެއެވެ. މިފަދަ ފުރިހަމަ ސިފަތަކެއް އެކުލެވިގެންވާ ދިރިއުޅުމަކަށް މަގުދައްކާ ނިޒާމަކީ، ހަމައެކަނި އިސްލާމީ ނިޒާމެވެ". ޙުތުބާގައި ވެއެވެ.

އަދި އިސްލާމް ދީނުގައި އަމާންކަން ހޯދައިދިނުމަށް، ނުހަނު ބޮޑު އިސްކަމެއް ދީފައި ވާ ކަމަށް ޙުތުބާގައި ވިދާޅުވެފައި ވެއެވެ. އެގޮތުން މުސްލިމުން މަދީނާއަށް ހިޖުރަ ކުރުމަށް ފަހު، އެ ރަށުގައި، ކީރިތި ރަސޫލ އުފެއްދެވި ދައުލަތުގެ ބިންގާ އެޅުއްވި، އަމާންކަމުގެ މަތީގައި ކަަމަށް ޚުތުބާގައި ވެއެވެ. އަދި އުފާވެރި، އަމާން ވެށްޓެއް އުފެއްދެވުމަށް މުހާޖިރުންނާއި އަންސާރުންގެ މެދުގައި، އަޅުކުރެއްވި ކަމަށް ޙުތުބާގައި ވެއެވެ.

"އޭގެ ސަބަބުން، އެ ދެބައިމީހުންގެ މެދުގައި، އެކުވެރިކަމާއި، ލޯތްބާއި، ކުލުނު އުފެދުނެވެ މީގެ އިތުރަށް، އޭރު މަދީނާގައި ދިރިއުޅުނު ހުރިހާ ނަސްލެއްގެ މެދުގައި އަދުލު އިންސާފާއި، އެކުވެރިކަމާއި، އަދުލުވެރިކަމާއި އަމާންކަން ގާއިމް ކުރެއްވިއެވެ.". ޚުތުބާގައި ވެއެވެ.

ޚުތުބާގައި ވިދާޅުވެފައި ވަނީ، އަމާންކަން ނެތް މައިދާނެއްގައި، ތަރައްގީއެއް ނުވާނެ ކަމަށެވެ. އަދި ޖާނާއި، މާލު ރައްކާތެރިއެއް ނުކުރެވޭނެ ކަމަށާއި، އާރާއި، ޢިއްޒަތް ޙިމާޔަތެއް ނުކުރެވޭނެ ކަމަށް ޚުތުބާގައި ވެއެވެ. އެފަދަ ވެށްޓެއްގައި، ދިރިއުޅޭ ބަޔަކަށް ފުރިހަމަ ސިއްޙަތާއި، ތަނަވަސްކަމުގެ އުފަލެއް ވެސް ނުލިބޭނެކަމަށް ޚުތުބާގައި ވެއެވެ. އަދި އަބަދުމެ ތިބެން ޖެހޭނީ، ބޮޑުވުމާއި، ހާސްކަމުގެ ތެރޭގައި ކަަމަށް ޚުތުބާގައި ވެއެވެ.

"އަމާން ވެށްޓެއްގެ އަފްރާދުން، ގާބިލުކަން ހުރި ދާއިރާތަކުގައި، ތަރައްގީވާނެއެވެ. މޮޅެއް ދެރައެއް ތަފާތެއް ނެތި، މުޅި މުޖުތަމައު ކުރިއަރާނެއެވެ. ދުނިޔެ އާއި އާހިރަތުގެ ގޮވަތި އާރާސްތު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެއެވެ. މަސްވެރިކަމާއި، ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި، އެކިއެކި ސިނާއަތާއި، ފަންނާއި، ހުނަރުގެ ދާއިރާތައް ފުޅާވާނެއެވެ". އެ ޙުތުބާގައި ވެއެވެ.

ޚުތުބާގައި އިތުރަށް ވިދާޅުވެފައި ވަނީ، ދިރިހުރުމުގެ ހައްގާއި، މިލްކުވެރިކަކަމުގެ ހައްގަކާއި އިންސާނާގެ އެންމެ އަސާސީ ދެ ހައްގު ކަމަށެވެ.

ނަމަވެސް ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަނީ، ކިތައް މުސްލިމުންތޯ ސުވާލު ކޮށްފައި ވެއެވެ. އަދި ވައްކަން ކޮށް، ފޭރިގެން، މީސްތަކުންގެ މުދާތައް ނުޙައްގުން ކަނީ، ކިތައް މީހުންތޯވެސް ސުވާލު ކޮސްފައި ވެއެވެ. އަދި ހައްގަކާއި ނުލައި، މަރަނީ ކިތައް މީހުންތޯ ސުވާލު ކޮށްފައި ވެއެވެ.

"އެންމެންގެ ލޯކުރިމަތީގައި، އަނިޔާކޮށް، މީހުން މަރަމުން ދާއިރު، ކުޅިބަލަން ތިބެނީ ކިތައް މީހުން ހެއްޔެވެ؟ ފޮޓޯނަގައި، ވީޑިއޯކޮށް ސޯޝަލް މީޑިއާއަށްލުން ނޫން ކަމެއް އެފަދަ މީހުން ކުރާތަނެއް ނުފެނެއެވެ. މިއީ ރަހުމެއް ހުރި ކޮންމެ އިންސާނަކު ކަރުނަ އަޅައި، ރޯން ޖެހޭ ވަރުގެ ހިތާމަ ހުރި ކަމެވެ". ޙުތުބާގައި ވެއެވެ.

ޙުތުބާގައި ވަނީ އިސްލާމް ދީނާއި، ބައިނަލް އަގްވާމީ މުއާހަދާތަކުގައި ވެސް، މީހުންގެ މިލްކިއްޔާތާއި، ފުރާނަ
ޙިމާޔަތް ކުރުމުގެ ޙައްގު ލިބިދީފައިވާ ކަމަށް ވިދާޅުވެފަައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަބުދުﷲ

    ލޯކުރިމަތީގަ ހިންގާ ރިބާ ރާގެ އާމްދަނީން ތިމާ އައް އެއްރުފިޔާވެސް މުސާރަ ބޮޑުވެއްޖެއްޔާ ރަނގަޅު .

    8
    2
  2. އަބުދުﷲ

    ލޯކުރިމަތީގަ ހިންގާ ރިބާ ރާގެ އާމްދަނީން ތިމާ އައް އެއްރުފިޔާވެސް މުސާރަ ބޮޑުވެއްޖެއްޔާ ރަނގަޅު . ޙައްޖަތުލްވަދާއުގ

    5
    3
  3. އަބުދުﷲ

    ލޯކުރިމަތީގަ ހިންގާ ރިބާ ރާގެ އާމްދަނީން ތިމާ އައް އެއްރުފިޔާވެސް މުސާރަ ބޮޑުވެއްޖެއްޔާ ރަނގަޅު !!!!!. ޙައްޖަތުލްވަދާއުގެ ޚުތުބާގާ ރިބާގެ ވާހަކަ ނެތީބާ އޭގެވާހަކަ ނުލިޔުނީ!!!؟؟؟

    9
    1
  4. މިތުރު

    ކަލޯ ރީއާނޫ. "ޙުތުބާ" އެއްނޫން
    "ޚުޠުބާ"...
    ނޫސްވެރިންޖެހޭނޭ ދިވެހިން ރަނގަށްލިޔަން ދަސްކުރަން.

  5. ރަބަރޭ

    އެއީ މިހާރުގެ ފެސަން ތިބޭނީ އެކަމަށް ހިތްވަރު ދޭން

  6. ނާޝިޒް

    ބަލަން ތިބުން ނޫން އެހެން ގޮތެއް އޮވޭތަ އަމިއްލަ ދިފާއުގަޗެސް ކަމެއް ކޮށްފި ނަމަ އޮންނަން ޖެހޭނި ޖަލުގަ އަމިއްލަ ދިފާއުގައި ކުރާ ކަމަކުން މީހާ އަށް ރައްކާތެރި ވެވިދާނެ ފަދަ ޤާނޫނެއް މިޤައުމުގަ ނެތް ހަގީގީ މުޖްރިމުންނައް ހައްގު އަދަބު ނުލިބޭނަަމަ މިތަން ދާނީ ފަސާދަ ވަމުން..

  7. ީސޮިސޖސޖޖސޖސ

    މީހުން މަރާ މީހުންގެ ދިފާއުގަ ސަރުކާރު.. ދުވަހަކު ކަމެއް ސާބިތެއް ނުވޭ..100000 މީހުން ކުރިމަތީ ކުރިޔަސް