ހިޔާލު ތަފާތުވިއަސް އެކަކު އަނެއްކަކަށް އަބުރު ކަތިނުލަމަށާއި އެކަކު އަނެއްކަކާއި ވާހަކަ ދެއްކުމުގެ އަދަބުތައް ހިފެހެއްޓުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

ދެބަސްވުމުގެ އަދަބުތަކުގެ މައްޗަށް މިއަދު ދިން ހުކުރު ހުތުބާގައި، ހިޔާލު ތަފާތުވުން އުފެދުނަސް އެކަކު އަނެއްްކަކު އިއްޒަތާއި ކަރާމަތައް އަރައިނުގަތުމަށް ގޮވާލިއެވެ. މުސްލިމުންނަކީ ހިޔާލުފާޅުކުރުމުގެ ރިވެތި އަހްލާގު ހިފައްޓާ ބައެއްްކަން އިސްލާމީ ތާރީހުން ފެންނާން އެބަ އޮތް ކަމަށާއި މުސްލިމުން ޖަދަލުކުރަންވާނީ މާތްﷲގެ ވަޖުުދުފުޅަށްޓަކައި ހައްގަށް ވާސިލްވުމަށްކަމަށް ހުތުބާގައި ވެެއެވެ.

އަދި އެހެންމެ ދީނީ މައްސަލައަކުން މައްސަލައްގައި އިލްމްވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ ބަހުސްކޮށްގެންނުވާނެ ކަމަށް ވެސް ވެސް މި ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

"އަހަރަމެންނާ ހިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށްގެންނުވާނެ. އަހަރަމެންނާ ދެބަސްވާ ކޮންމެ މީހަކީ މުޖުރުމެއް ކަމަށް ހަދައިގެންނުވާނެ. ދީނީ މައްސަލަތަކުން މައްސަލައެއްގައި ބަހުސްކުރާނަމަ އެ މައްސަލަތަކާ ގުޅޭ ގޮތުން އިލްމްވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުތައް ކުރިއަށް ގެންގޮސްގެންނުވާނެ. މައްސަލައެއްގައި އިލްމުވެރިން ދެބަސްވެވަޑައިގެންފައިވާނަމަ އެއިން ކޮންމެ ބޭކަލެއްގެ ރައުޔަށްވެސް އިހްތިރާމްކުރަންވާނެ." ހުތުބާގައި ވިދާޅުވެފައިވެއެވެ.

ރައުޔު ތަފާތުވާ ކޮންމެ ފަހަރަކު މީސްމީޑީޔާއަށް އަރާ ހުޅުރޯކުރާ ބަޔަކަށް އެއްވެސް މީހަކު ވެގެން ނުވާނެ ކަމަށް ފާހަގަކޮށް ކޮންމެ މަގާމެއްގައި ހުރި މީހެއް ނަމަވެސް ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނެކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

"ރައުޔު ތަފާތުވުމުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަމުގައި ރެނދުއެޅުނަ ދީގެންނުވާނެ. އަހަރަމެންގެ ސަފުތައް ރޫޅިގެން ދިޔަދީގެން ނުވާނެ."

ހިޔާލެއް ހުށައަޅާ މީހާ އޭނާ ހުށައަޅާ ހިޔާލަކީ އެންމެ ރަނގަޅު ހިޔާލުކަމަށް ދެކިގެންނުވާނެ ކަމަށާއި އަނެއްކާ ހުށައަޅާ ހިޔާލަކީ މާރަނގަޅު ހިޔާލަކަށްވެސް ވެދާނެކަން ދަނެގެން މުއާމަލާތް ކުރަން ޖެހޭކަން ހުތުބާގައި ހަނދާން ކޮށްދިނެވެ. އަދި ކާފިރުންނާއި ޖަދަލުކުރާއިރުވެސް ރިވެތި އަދަބުތައް ހިފެހެއްޓުމަށް ﷲ އަންގަވާފައިވާކަމަށް ހުތުބާގައި ފާހަގަ ކުރައްވާފައި ވެއެވެ.

މީގެ އިތުރުން މީސް މީޑީޔާގައި މުސްލިމުންގެ އަބުރާ އިއްޒަތައް ބުރޫއަރާ ގޮތައް ދައްކާ ވާހަކަތަކަކީވެސް ނެތިމޮށުމާއި ޣީބަބު ބުނުމުގެ ތެރޭގައި ހިމެނޭނެ ކަމެއްކަން ހަނދާންކޮށްދީ، އެކަންކަމުން ދުރުހެލިވާންވެސް ހުތުބާގައިވަނީ ގޮވާލައްވާފައި ވެއެވެ.

"މިއަދު އަހަރެންމެންގެ އަޙުންނާއި އުޙުތުން މީސްމީޑިޔާގައި އެކި މައްސަލަތަކުގައި ހިޔާލު ތަފާތުވުން އުފެދި އަރާރުންވާތަންފެނޭ. އެއްބަޔަކު އަނެއްބަޔަކަށް ހަޑިހުތުރުބަހުން ރައްދުދޭތަން ފެނޭ. ޒުވާބުކޮށް މީސްމީހުންގެ އަބުރަށާއި އިއްޒަތުންނަފުސަށް އަރައިގަންނަތަންފެނޭ. އެކަކު އަނެއްކަކު ކާފިރުކޮށް ތައުބާވާން ގޮވާތަންފެނޭ. މުސްލިމް އަޙްންނޭ. މިފަދަ ބޭ އަދަބީ އަހްލާގިއްޔަތުތަކާ ދުރުހެލިވޭ. މާތްﷲ އާއި އެކަނލާންގެ ރަސޫލާގެ މަންހަޖަށް އެނބުރިދޭ. އިސްލާމީ އުއްމަތުގެ އާލިމުންނާއި މުފައްކިރުން ނަމޫނާއަކަށްބަލާ."

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އހ

    ތިކަން އޮތީ ތިހެން، އެކަމަކު އެމްޑީޕީ އިދި ކޮޅުގަ އޮންނަ އިރު ހަމަ އެކަނި ވިސްނަނީ ވެރިކަމަށް އަންނާނެ ގޮތެއް އެއީ ޝޭހުން ބޭނުން ކޮއްގެން ވިޔަސް ގޯސްކޮއް ވިޔަސް

    28
    1
  2. Anonymous

    ޚުތުބާ ކިތަންމެހާ ވެސް މުހިންމު. އެކަމަކު ދޭ ނަސޭހަތުން މަންފާކުރާނީ ހެޔޮ ބަސް ޤަބޫލުކުރާ ބަޔަކަށްތާ.
    ވަގުތުގެ ކޮމެންޓުކުރާ މީހުން ލިޔާއިރު ހީވަނީ ތިމާއީ ދުނިޔޭގެ ހުރި އެންމެ ބޮޑު ދަންނަމީހާހެން. މީހެއްގެ އަބުރަކަށް، ބަހުރުވަޔަކަށް، ބަލާލުމެއް ނެތި ތެދުދޮގެއް ނުމެބަލައި ލިޔާ ކޮމެންޓުތައް ލިޔަނީ. ހަޤީޤތަކީ ތިމާގެ ކޮންމެ ބުނުމަކީވެސް ލިޔުމަކީވެސް ޤިޔާމަތްދުވަހުން ތިމާއާއި ސުވާލުކުރެވި އޭގެ ބަދަލު ދެވޭނެ ދުވަހެކަން.

    6
    14
  3. ށަކަ

    ހިޔާލު ތަފާތުވެގެނެއްނޫން.
    މިއުޅެނީ އެއްޖިންސުން ގުޅުންހިނގައި ލިވާތު ކުރި މީހހުންނަށް ދޭ އަދަބާއި ދޭތެރޭ ހިތްހަމަ ނުޖެހުގެން

    43
  4. Anonymous

    ޚިޔާލު ހުށަހަޅައިގެން އަބުރު ކަތިލުމަކީ އެމްޑީޕީ އިން ކުރަން ފެށި ކަމެއް. އެހެން މީހުންގެ ބޮލުގައި ލިވާޠުގެ ތުހުމަތު އަޅުވައި އެހެން މީހުންގެ އަބުރު ކަތިލާފައި ވެރިކަމަށް ފާވުމަށްފަހު، ފާޅުގައި ލިވާޠުކުރަން ފެށީ އެމްޑީޕީގެ ބޮޑުން.

  5. ޙަަަހަ

    މިއަދު ޙުތުބާ ލިޔުނު ބަޔަކު ތިބީ ހަމާގަތަ ، ޚުތުބާ އެބަބުނޭ ، ތައުބާ ވާކަށްވެސް ނުބުނެވޭނެއޭ ،
    ބުނެވޭނެ ، ބުނެވޭނެ ، ބުނެވޭނެ ، ބުނާނަން ، މިހާދެން ތަންކޮޅެއް ބޮޑުވަރުތީ ، އަނިލްމެން މަޤާމް ލިބުނީމަ ރާވެސް ހުއްދައޭ ބުނާނެބާ

  6. ހެ

    މިހާރު ހީވަނީ ހުތޫބާވެސް ލިޔަނީ ރައްޔިތުންގެ މަޖިލިސްގެ ރައީސް ހެން

  7. ހުސެއިން

    އެމްޑީޕީ ވެރިކަމަށް އަންނަކޮންމެ ފަހަރަކު ދީނާކުޅެން އުޅެނީ، ދެން ހުރިހާ މުއައްސަސާއެއް ގުޅިގެން ދީނާބީރައްޓެހި ކަންކަންކޮށް އިލްމުވެރިންނަށް ނުޕޮރުއްޕާން ޖައްސާ ކަންތައް ކުރީމަ ރައްޔިތުން ރުޅިއަންނާނެ

  8. ވާނުވާބެ

    ތިކަން ނޭނގެނީ ނުވަތަ ޤަބޫލު ނުކުރަނީ ސިޔާސީ މީހުންކަމަށް އަމިއްލައަށް ހެދިގެން އުޅޭ މީހުންނާއި ބައެއް ނޫސްވެރިން، ޓްވިޓަރ ގަ ހާދަ ފާފައެއް ކުރެޔޭ

  9. ކޭ

    މިހާރު މުސްލިމުންނޭ ކިޔޭވަރުގެ ބަޔަކުއުޅޭތަ.