ރާއްޖޭގައި އެކި ކަންކަމަށް ޤާނޫނުތައް ހެދިފައި އެބަހުއްޓެވެ. އަދި މި ޤާނުނުތަކުގެ ދަށުން ޤާނޫނުތަކަށް ރިޢާޔަތްކޮށް ޤަވައިދުތަކެއްވެސް ހަދާފައި އެބަހުއްޓެވެ. ނަމަވެސް ހަދާފައިހުރި ޤާނޫނާއި ޤަވައިދުތައް ހަދާފައިހުރީ އެންމެ ރަނގަޅު ދިރާސާތައްކޮށް މިހާރުގެ ހާލަތްތަކަށް އެންމެ އެކަޝޭނަގޮތަށްތޯ މިއީ އުފެދޭ ސުވާލެކެވެ. މިސާލެއްގެ ގޮތުގައި ކުޑަކަމެއް ހިއްސާކޮށްލާނަމެވެ.

ރާއްޖެއަށް އެތެރެކުރާ އިންޖީނުލީ އެއްގަމު ދުއްވާ އުޅަނދު އެތެރެކުރުމަށް ވަކި އަދަދެއް އެއްވެސް ޤާނޫނަކުން ނުވަތަ ޤަވައިދަކުން ކަނޑައަޅާފައެއްނެތެވެ. ހިތައް އެރިވަރަކަށް އެތެރެކުރަންވީއެވެ. ކަން މިހެން އޮތުމުން އެއްގަމު އުޅަނދުފަހަރުގެ ތެރެއިން ކާރާ ސައިކަލު ވެފައިމިވަނީ ޒަރޫރީ ބޭނުމަކަށެވެ. ޖެހިގެން އިންނަ މަގުގައި ހުންނަ ފިހާރައަށްވެސް ދެވެނީ ސައިކަލުގައެވެ. ރައްޔިތުން މިގޮތަށް އަމަލުކުރަމުން މިއައީ އެކަމަށް ވަކި އުސޫލެއް ޤާނޫނެއް ޤަވައިދެއް ނެތުމުންނެވެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން އަދަދަކަށް ކާރާ ސައިކަލު ގެންގުޅުމުގެ ހުއްދަ އެބައޮތެވެ.

މިހެން މިކަންއޮއްވާ ސައިކަލުތަކާއި ކާރުތައް ގިނަވެ ޕާކުކުރާނެ ތަންތަން ނެތި އެމީހަކު ހިތައް އެރިތަނެއްގައި ޕާކްކުރުމުގެ އުސޫލު މިވަނީ އާއްމު ވެފައެވެ. ސައިކަލެއް ޕާކް ކޮށްލަން ބަލާއިރު މުޅި ސަރަހައްދު އެއްކޮށް ފުލްވެފައެވެ. ދެންޖެހެނީ ހެންވޭރުކޮޅުގައި ނުވަތަ ގެޔާ އެތައް ފޫޓެއް ދުރުގައި ސައިލް ޕާކުކޮށްފައި ހިނގާފައި ގެޔަށްދާށެވެ. މިހެން މިކަންކުރަން ދިވެހިން މިހާރު ތިބީ ތައްޔާރަކަށް ނޫނެވެ. އެހެންވުމުން ގެއާ އެންމެ ކައިރިން ލިބޭ ހުސް ޖާގައެއް ބަލާފައި މަގުމަތީގައި ވަކި އުސޫލެއް ނެތި ޕާކްކުރަނީއެވެ.

މިކަން ހައްލުކުރުމަށް މިހާތަނަށް ސަރުކާރުތަކުން އަޅަމުން އައި ފިޔަވަޅަކީ ޖޫރިމަނާކުރުމެވެ. މަގުމަތީގައި ޤަވައިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ހޯދައިގެން އޭގައި ސްޓިކާޖަހައިގެން ދައުލަތައް ފައިސާ ހޯދުން ވެފައިމިވަނީ ބަޔަކު މީހުނަށް ކުރެވޭ މޮޅުކަމެއްގެ ގޮތުގައި ބެލެވެން ފަށާފައެވެ. މިހެން ބުންނަ މިޖެހުނީ މިފަހަކަށް އައިސް ދިވެހި ފުލުހުން އާންމު ކުރަމުންދާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށެވެ.

"މިދިޔަ އަހަރު ހަމައެކަނި ސްޓިކާ ޖަހައިގެން ފުލުހުން ދައުލަތަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައި ދީފި" މިއީ ވަރަށް ފަހުން ނޫސްތަކުގެ ފަލަ ސުރުހީއެވެ. އިގްތިސާދެއް ކުރިއަރުވާ ދައުލަތުގެ ރައުސުލްމާލު އިތުރުކުރަން މިނޫންގޮތެއް ނެތީތޯއެވެ؟ ޤަވައިދާ ޚިލާފަށް ޕާކްކުރާ ކުރުން ހުއްޓުވުމަށް އޮތް ހަމައެކަނިގޮތަކީ ސްޓިކާ ޖަހައިގެންކަމަށްވާނަމަ އެކަން ހައްލުނުވެ އޮތީ ކީއްވެތޯއެވެ.

ނިކަމެތި ރައްޔިތުން ރެޔާދުވާލު މަސައްކަތްކޮށްގެން ހޯދާ ފައިސާކޮޅު ޖޫރިމަނާ ފައިސާގެ ގޮތުގައި ދައުލަތައް ދީ ހުސްކުރަން އެއްވެސް ރައްޔިތެއް ނޭދޭނެއެވެ. ގެ ތަކުގެ ކުލި ކޮންޓްރޯލް ނުކުރެވޭތާގައި ޖޫރިމަނާ ކޮށްގެންވެސް ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުން ނިގުޅައިގަންނަނީއެވެ. އެނޫންގޮތަކަށް ބުނާނަމަ " ރައްޔިތުން ފެލާ ހުސްކޮށްލަނީއެވެ".

ތެދެކެވެ. ޤަވައިދާ ޙިލާފަށް ޕާކްކުރުމަކީ ކުށެކެވެ. ނަމަވެސް ޕާކްކުރާނެތަނެއް އެބައޮތް ހެއްޔެވެ. އޮތްނަމަ އެއްވެސް މީހާކު ތިމާގެ ޖީބަށް ބަރުކުރާނެ ހެއްޔެވެ؟ ލިބޭ މުސާރައިގެ ދެބައިކުޅަ އެއްބައި ޖޫރިމަނާ ފައިސާ ދައްކަން ޚަރަދުކުރާނެ ހެއްޔެވެ. މިކަމަށް ކޮންމެވެސް އެހެން ގޮތަކުން ހައްލެއް ހޯދަން މަސައްކަތް ކުރަންވެއްޖެ އެއް ނޫންތޯއެވެ؟ ކޮންމެ ހައްލެއް ހޯދިއަސް އެ ހައްލަކީ ރައްޔިތުންނަށް އެކަމެއްގެ ސަބަބުން އުނދަގޫތަކާއި ކުރިމަތިލުމުގެ ބަދަލުގައި ލުއިފަސޭހަގޮތަކަށް އެކަންވާން ޖެހެއެވެ. ޖޫރިމަނާކުރުމުގެ ބަދަލުގައި ޤަވައިދާ އެއްގޮތަށް ޕާކްކުރާ އެންމެނަށް ސަރުކާރުން 27 މިލިއަން ރުފިޔާ ޚަރަދު ކުރާގޮތަށް ހަމަޖެއްސުން ކިހިނެއްވާނެތޯއެވެ؟

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ދދދދދދ

    ފުލުހުން އަމަލުކުރުން ލާޒިމު އެންމެ ގާނޫނެއް އޮންނަނީ. އެހެންވެ އެގާނޫނު ބަރާބަރަށް ތަންފީޒު ކުރަމުން އެދަނީ.

    40
    2
  2. އަންމަޑޭ

    އަހަރެންގެ މުސާރައަކީ މަހަކު 6800ރ އެއީ ދުވާލެއްގެ މައްޗަށް 230ރ މިދިޔަ ޖެނުއަރީމަހުގެ އެކަނިވެސް 01 ސްޓިކާ 01 ފަހަރު ޓޯކުރި. އޮފީސް ކައިރީ ޕާކުކުރާނެ ތަންކޮޅެއް ނުލިބޭ ދުވާލު ހަތަރުދަމު ބުރަ މަސައްކަތް ކޮށްގެން ދުވާލެއްގެ މައްޗަށް ލިބޭ ފައިސާ ކޮޅު ޕޮލިހަށް. މީ އިންސާފެއް ތޯ.

    45
    2
    • ރަންނަ

      ބޮސް ކައިރީ ބުނޭ ދޮރުމަތީ ޖާގައެއް ހަދާލަދޭން. އެހެންނޫނީ ބޮސްކައިރީ ބުނޭ މުސާރަ ބޮޑުކޮށްދޭން. ރަނގަޅަށް ޕާކް ކުރުމަކީވެސް ކުރެވިދާނެ ކަމެއް. އެކަމަކު އޭރުން އެހެންމީހުން ނޫނީ ޕޮލިހުން ކުއްވެރިކޮށް ވާހަކަ ދައްކާކަށް ނުލިބޭނެ. އަޗާތަޅާނެ ޓޮޕިކެއް ނުލިބޭނެ

      4
      5
  3. މުހައްމަދު

    ސަޅި ހަބަރެއް

    42
    1
  4. އަލްޖިބްރާ

    ރައްޔިތުން އެކި ކަންކަމުގައި ހަމައަކަށް އަޅުވަން ސާރުކާރުން އެއްވެސް އެއްޗެއް ދީގެން ނުވާނެ ! އަބަދުވެސް އޮންނަން ވާނީ ރައްޔިތުން ފެލާލުމުގެ ސަޤާފަތް ! އެހެންނޫނީ ވެރިކަން ކުރެވޭކަމަކަށް ނުވާނެ !

    39
    1
  5. Anonymous

    އެއްވެސް ކަމެއްހައްލު ކުރެވޭނީ ނުވަތަކުރާނީ ބޮޑެތި އަދަދުތަކުން ކުރާ ޖުރިމަނާ އިންކަަމުގަވާނަމަ މިހާރު އެކަންކަން ހުރީހީ ހައްލުވެ ފަ. .. ސޮލިއުޝަން އެނގޭ. ޢެކަމަކު މިގޮތް އިޚްތިޔާރު ކޮށް ފަމިވަނީ ބޮޑުންގެ ޖީބު ފުރުމައް.

    33
    1
  6. Anonymous

    މި އިބުރާހިމޭ ކިޔުނު ކަލޭގެ އޭނާގެ ސަރުކާރު ހިންގަން ފައިސާ ހޯދަނީ ރައްޔިތުން ފެލައިގެން.. ދެން އޭނާ ޕާރޓީ ބައިގަނޑު ތިބީ އަތްޖަހަން..

    51
    2
  7. ޕީޕީ

    އެމް.ޑީ.ޕީ މީހުން ދިވެހި ލޮބުވެތި ރައްޔިތުން ލޮލުގައި އަދުންއަޅާ..... ހުރިހާ ކަމެއް ރަގަޅުވާނެ. އެމް.ޑީ.ޕީ މީހުން ބުނިބަސް މިއަދު ކޮބާތޯ؟ ޕާކް ކުރާނެ ތަން ދައްކާފަތޯ ސައިކަލުގެ އިސްޓިކާ ޖަހަނީ؟

    41
  8. ޙެހެހރ

    ޑެންކިހިނެއް ފައިސާ ނަގައިގެންނުވެ ޖަލަހލަިގެންނުވަަނެ. އެއްވެސް އިދާރާޔަކައް ހާޒިރުކޮއްގެންނުވެ. ޑިވެހިންނަކީ އުސޫލުތަކާ ދެކޮޅައް އުޅެން އާދެވެފައިވާ ބައެއް އެއްވެސް އުސޫލަކައް ތަބައެއްނުވާނެ. ޢެއްވެސް ވެރިއަކައް ކިޔމަނެއްނުވާނެ. ފައިސާ ނަގާވަރު މަދީ

    5
    33
  9. ވިސްނާ

    ތިކަންތައް ހުއްޓުވަން ބޭނުންތޯ ބޭނުމިއްޔާ މިފަރު ކައުންސިލްގެ ވޯޓުން ހުރިހާ ޒުވަނުން ސްޓިކާ ސަރުކާރަށް ބޮޑުތަނު ން ނޫނެކޭ ބުނުން ތިކަމަށް އޮތް ހަމަ އެކަނި ހައްލަކީ މިހެން މިބުނީ ތިފަރާ ތަށްރަނގަޅަކަށް އަހަރެ ންމިއީ އެއްވެސް އެއްޗެއް ދުއްވާމީހެއް ނޫން ތިގޮތަށްވެސް މިސަރުކާރު ދަމަހައް ޓަންބޭނުމިޔާ އޯކޭ ނަމަވެސް އޯކޭނުވާ ބައެއްވެސް ތިބޭނެދޯ ތިކަންތައް ހައްލުކުރެ ވޭނެގޮތް އެނގިތިބެމެ އަޅާނުލާތިބުމީ ތިކަމަށް އޮތްހައްލެއް ނޫންދޯ ނިންމާނެ ގޮތެއް އެނގޭނީ ހަމަ ތިބޭފުޅުންނަށް އިގޭތޯ އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅު ގޮތަކަށް އެކަމެއް ކުރާނަމަ ކޮންމެ ސަރުކާރެއް ވިޔަސް ހަމަ އޯކޭ ނަމަވެސް މިހާރު މިއޮތީ މިސަރުކާރުގެ ކަންތައްހުރި ގޮތުން ނޯބުނަން މަޖުބޫރު ވެފަނޫން ތޯ

    20
  10. އ. ޖ. އ

    ރަނގަޅު ގޮތް އޮއްވަ މަނާ ގޮތް އިހުތިޔާރު ކުރީމަ ވާގޮތް ތިއީ.. މިހެން ބުނާ އިރުވެސް އިނގޭ މި ކިޔާ މީހަކަށް މިރާއްޖޭގައި މަނާ ކަމެއް ނޯވޭ ކަން..

    7
    7
  11. އަޙްމަދު

    މިއިންދިޔާ ސަރުކާރުން ދެއްވާ ހިލޭއެހީ 3 މިލިޔަންޑޮލަރު ހަމަކުރާގޮތް

    11
  12. ހޫ

    އެންމެން ނި ކަން ހިނގާފަ އުޅެބަލަ. އޭރުން އެންމެ ފައިސާ ފޮއްޗެއްވެސް ނުލިބޭނޭނު ތި ފުލުހުންނަ ކަށް.

    11
    1
  13. 🐠 ރޮނޑާ

    ރާއްޖޭގައި އެއްގަމު ދުއްވާ އުޅަދުތައް އެތެރެ ކުރުމައް ކަޑަ އަޅާފައިވާ ސިޔާސަތަކީ ފެއިލްވެފައިވާ ސިޔާސަތު ތަކެއް. މާލެ އައް އެތެރެ ކުރާ އެއްގަމު އުޅަދުން ރައިއްޔަތުމީހާ އިދަ ޖެހޭވަރުގެ ބޮޑު ޓެކްސް ނަގަން ފެށީ އުޅަދުތައް މާލެ އައް އެތެރެ ކުރާ އެއްގަމުއުޅަދުތައް ގިނަވެ ތޮއްޖެހުމުގެ ނަމުގައި. ނަމަވެސް މާލެ އައް އެތެރެ ކުރި އުޅަދުގެ އަދަދު އަހަރުން އަހަރައް ވީއިތުރު. މުޅި ރާއްޖެ އައް ☹️☹️☹️ހިންގަންފެށީ މާލެ އައް ކަޑައެޅި ސިޔާސަތު. ދުނިޔޭގެ ތަހުޒީބު ގައުމު ތަކުން ކަޑަ އަޅާ ސިޔާސަތު ފެއިލްވުމުން ވަކިހިސާބަކުން އެސިޔާސަތު ހުއްޓާލާ. ނަމަމަވެސް ރާއްޖޭގައި އެވަނީ 200% އާމުދަނީ އެއް ލިބޭ ބޮޑުވިޔަފާރިއަކައް. ދިވެހިންނަކީ ފަރުވާކުޑަ ބައެއް ކަމުން ކޮންމެ ސަރުކާރެއް އަޔަސް ސަރުކާރައް ބޮޑުއާމުދަނީ ލިބޭސިޔާސަތެއް ވެއްޖެއްޔާމު އެސިޔާސަތު ވަރައްބާރައް ކުރިޔައް ގެންދާނެ.

  14. އަލި ރަސްގެފާނު

    އިންސާނުންލައްވައި ކަމެއް ކުރުވަން އަދި ނުކުރަން ބާރުއެޅޭ 2 ގޮތެއްއޮވޭ، އެއްގޮތަކީ އިނާމުދިނުން އަނެއްގޮތަކީ އަދަބު ދިނުން...
    # މިމައްސަލައަކީ އިނާމުދީގެން ހައްލުވާވައްތަރުގެ މައްސަލައެއް ކަމަށް ނުފެނޭ..
    ޝިކުރިއްޔާ.

  15. މޫސާ

    ވަރަށް ބޮޑަށް ޝުކުރިއްޔާ. ޤަވާޢިދަށް ޢަމަލުކުރާ މީހުންނަށް އިނާމާއި، ރުފިޔާ ދޭންވީ

    3
    1
  16. ށަނޫން

    ދަރި ފުޅު ގޮވައިގެން ތިޔޮއް އަމީނީ މަގު އަޑާ ވީ ކޮޅުން ކަލާފަނު ސްކޫލަށް ދުއްވާފަ ދާއިރު ހީވާނީ ގަދަ ކަނޑެއްގަ ދުއްވާހެން. ދަންވަރު ބަންގާޅިން ނެރެގެން މަގު ކޮންނަނީވެސް ސަރުކާރުން.ދެން މުޅި މަގުގަ ވަޅު ގަޑު ގަޑު ލާފަ. ޢެވަރުން ވެސް ރޯޑް ވާދިނަސް ސްޓިކާ ޖަހަން މަޖްބޫރު. މަށަކީ އެމްޑީޕީ މީހެއް އެކަމު މަގޭ ފެލާ ހުސްކޮއްފި މިސަރުކާރުން

  17. ޢިބުރޭ

    ޙަމަ ނެތީ. ޙިސާބަށް ވުރެ ބޯހަރު، ރުޅިގަދަ މިހުން އޫޅޭތަން ތަނަށް ކަމުށާނި މިގޮތް.. ޖީބަށް ބަރުނުވަނީސް ނުވިސްނޭނެ.

    2
    1