ޑޮކްޓަރުންނާއި ނަރުހުންނާއި ސިފައިންނާ ފުލުހުންނެކޭ އެއްގޮތަށް މޯލްޑިވިއަން ސީޕްލޭންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އޮތް ބިރުވެރިކަން ވަކި ކުޑައެއް ނޫނެވެ. ކޮވިޑް-19 އާ ގުޅިގެން އެ މުވައްޒަފުން ވެސް ނުކުމެފައި ވަނީ ފުރާނަ އަތްމައްޗަށް ލައިގެން އެއްވެސް ޝަކުވާއެއް ނެތިއެވެ. އެމީހުންގެ މިއަދުގެ އެންމެ ބޮޑު އެއް ޒިންމާއަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރޭގައި ކޮވިޑް-19 ޖެހޭ މީހުން މާލެ ގެނައުމެވެ. އެ ބަލި ޖެހިފައި ތިބި ބަޔަކު އިއްޔެ މޯލްޑިވިއަންގެ ސީޕްލޭންގައި ވަނީ ގެނެސްފައެވެ.

ރެއާއި ދުވާލު އާއިލާއާ ދުރުގައި އެ މުވައްޒަފުން މިއަދު ކުރަނީ ނަމޫނާ މަސައްކަތެކެވެ. ހަމައެކަނި ކޮވިޑް-19 ޖެހިފައި ތިބި މީހުން އެކަންޏެއް ނޫޏެވެ. ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންނާއި ކަރަންޓީން ކުރާ މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި ވެސް ހަރަކާތްތެރިވަނީ މޯލްޑިވިއަން ސީ ޕްލޭންގެ މުވައްޒަފުންނެވެ.

އަތޮޅު ތެރެއިން ކޮވިޑް-19 އަށް ފައްސިވި މީހުން މާލެ ގެންނަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މީގެކުރިން ނަމަ، މޯލްޑިވިއަން ސީ ޕްލޭންގެ މުވައްޒަފުންގެ މައިގަނޑޫ ޒިންމާއަކީ ރާއްޖެ އަންނަ ފަތުރުވެރިން ރިސޯޓުތަކަށް އުފުލުމެވެ. އެކަމަކު، ފަތުރުވެރިންނަށް އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލުމާ ގުޅިގެން ސީ ޕްލޭންގެ ދަތުރުތައް ވެސް ހުއްޓާލިއެވެ. އެކަމަކު، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި މޯލްޑިވިއަން ސީ ޕްލޭންގެ މުވައްޒަފުން އަދާކުރަން ޖެހުނު ޖެހުނު ޒިންމާ އަށް ލުޔެއް ނުލިބުނެވެ. ސީ ޕްލޭން އޮޕަރޭޝަންތަކުގައި މާ ބޮޑު ތަފާތެއް އައިސްފައެއް ނުވެއެވެ.

ދުވާލެއްގެ މައްޗަށް ހަތް ވަރަކަށް ސީ ޕްލޭން މިހާރު ވެސް އޮޕަރޭޓް ކުރަމުން އެބަދެއެވެ. އެއީ ބަލި ޖެހޭ މީހުންނާއި ބައްޔަށް ޝައްކު ކުރެވޭ މީހުންނާއި ކަރަންޓީން ކުރާ މީހުންނާއި އައިސޮލޭޝަން ފެސިލީޓީތަކަށް މީހުން ގެންދިއުމަށެވެ. މިކަމުގެ ނުރައްކަލާއި ބިރުވެރިކަން އެނގި ތިބެއެވެ.

މޯލްޑިވިއަންގެ ސީ ޕްލޭން އޮޕަރޭޝަންސް މެނޭޖަރު މުހައްމަދު ގުދުރަތުﷲ ވިދާޅުވީ އެ ކުންފުނީގެ ސީ ޕްލޭންތައް މެދުވެރިކޮށް، ކޮވިޑް-19 އާ ގުޅޭ މީހުން އުފުލަން ޖެހިދާނެ ކަމަށް ވިސްނާފައި ނުވާ ކަމަށެވެ. އެކަމަކު، މޯލްޑިވިއަންގެ ސީ ޕްލޭންތައް މެދުވެރިކޮށް މީހުން އުފުލުމަށް ސަރުކާރުން ނިންމުމުން މޯލްޑިވިއަންގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތަކީ ނުކުތީ އެއީ ގައުމީ ހިދުމަތެއް ކަމުގައި ދެކިގެން ކަމަށް ވެސް ގުދުރަތުﷲ ވިދާޅުވިއެވެ.

މެނޭޖަރ ސީޕްލޭން އޮޕަރޭޝަން މުހައްމަދު ގުދުރަތުއްﷲ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ: ފޮޓޯ ވަގުތު

މޯލްޑިވިއަން ސީޕްލޭންގައި ޚިދުމަތް ކުރުމަށް މި ވަގުތު ހަރަކާތްތެރިވާ މުވައްޒަފުންނަކީ އަމިއްލަ އިސްނެގުމާ އެކު ގައުމަށް ހިދުމަތް ކުރަން ބޭނުން ވެގެން ނުކުމެ ތިބި ބައެއް ކަމަށާއި ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރަނީ ވަރަށް ހިތްވަރާއި އެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

" އަސްލުގައި ބުނާ ނަމަ ވަރަށް ބޮޑު ރިސްކެއް ނަގާފައި މިކަން މި ކުރަނީ. އެއީ އެ ބޯޓުގެ ތެރޭގައި ތިބޭ އިރު އެ ބުނާ ޑިސްޓެންސްތަކެއް ވެސް ނުހުރެދާނެ. އޭގެ ތެރޭގައި ތިން ކެޓަގަރީއަކަށް ބަހާލާފައި އަޅުގަނޑުމެން މި ތިބެނީ. އޭގެ ތެރޭގައި ބަލި ޖެހޭ މީހެއް ގެންދާ ނަމަ ބޭނުން ކުރަނީ ހަޒްމިކް ސޫޓް. ދެން ޝައްކު ކުރެވޭ މީހެއް އުފުލާ ނަމަ އަޅުގަނޑުމެން މި ބޭނުން ކުރަނީ ގައުން. ދެން ނޯމަލް ކަރަންޓީންގައި ބޭނުން ކުރަނީ މާސްކާއި އަންގި،" ގުދުރަތުﷲ ވިދާޅުވިއެވެ.

އަތޮޅު ތެރެއިން ކޮވިޑް-19 އަށް ފައްސިވި މީހުން މާލެ ގެންނަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މޯލްޑިވިއަން ސީ ޕްލޭންގެ ޗީފް ޕައިލެޓް މުސްތަފާ މަންސޫރު ވިދާޅުވީ، މިހާރު މޯލްޑިވިއަންގެ މަސައްކަތްތައް ކުރަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާ ގުޅިގެން ކަމަށާއި މި ވަގުތު މަސައްކަތް ކުރަނީ ޑިމާންޑަށް ބަލާފައި ކަމަށެވެ. އަދި މުވައްޒަފުން މަސައްކަތް ކުރަނީ ބޮޑު ނުރައްކަލަކާ އެކީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅޭ މީހުން އުފުލުމުގައި 9 ކްރޫސެޓް ހަރަކާތްތެރިވާ އިރު، އެ މަސައްކަތަށް ބޭނުން ކުރަނީ ހަތް ސީ ޕްލޭނެވެ.

" އާންމު ގޮތެއްގައި ކްރޫ ސެޓްތައް މަސައްކަތް ކުރޭ އެބަ ފަސް ގަޑިއިރަށް ވުރެ ގިނަ އިރު. ކްރޫސެޓެއްގައި ހިމެނެނީ ތިން މީހުން. އެއީ ކެޕްޓަނަކާއި ފަސްޓް އޮފިސަރަކާއި ކެބިން ކްރޫއަކާއި. އަޅުގަނޑުމެން އަނެއްކާ މި އޮޕަރޭޝަނުގައި ކްރޫސެޓްތައް ހުންނާނީ ޕެއާކޮށްފައި. މިހާރު މިސާލަކަށް ކޮންމެ ދުވަހަކުވެސް އުޅޭނީ ހަމަ ސޭމް ކްރޫސެޓް ސޭމް އެއާކްރާފްޓަށް ޕެއާކޮށްފައި ހުންނަނީ. އެ ވެސް މީހަކު މިސާލަކަށް އައިސޮލޭޓް ކުރަން ޖެހިއްޖެއްޔާ އައިޑެންޓިފައި ކުރަން ފަސޭހައަކަށް." މަންސޫރް ވިދާޅުވިއެވެ.

މުވައްޒަފުން ތަމްރީން ކުރުމަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ޓްރެއިނިން ކެޕްޓަން އަލީ ސާހިދު "ވަގުތަށް" ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަން އިން ހިންގާ މި އޮަޕަރޭޝަނަކީ މިހާތަނަށް ހިންގާ އެންމެ ބޮޑު، އަދި އެންމެ ގޮންޖެހުންތައް ގިނަ އެއް އޮޕަރޭޝަން ކަމަށެވެ.

އެގޮތުން ދިމާވާ އެއް ގޮންޖެހުމަކީ ގިނަ ރަށްރަށުގައި ސީ ޕްލޭންތައް ކައިރި ކުރުމަށް ޕްލެޓްފޯމްތައް ނެތުމުންނެވެ. މީގެކުރިން މޯލްޑިވިއަންގެ ސީ ޕްލޭންތައް އާންމު ގޮތެއްގައި ދަތުރު ކުރަނީ ރާއްޖޭގައި ހުންނަ އެކިއެކި އެއާޕޯޓުތަކަަށެވެ. އެ ހުރިހާ އެއާޕޯޓުތަކެއްގައި ހެން ޕްލެޓްފޯމްތައް ހުރެއެވެ.

މޯލްޑިވިއަން ސީ ޕްލޭންގެ ޕައިލެޓުންނަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ސީ ޕްލޭން ޖައްސާނެ ތަނެއް ހޯދުމެވެ.

"މިއީ ވަރަށް ޗެލެންޖިން ކަމެއް. ޗެލެންޖިންވާ ސަބަބަކީ، ނޯމަލް ފްލައިޓްތަކުގައި އަޅުގަނޑުމެން ދާނީ ފްލޯޓިންތަކަށް. ނުވަތަ ފިކްސްޑް ޕްލެޓްފޯމްތަކަށް. މި އޮޕަރޭޝަން އަޅުގަނޑުމެން އެބަޖެހޭ ދާން ބީޗަށް ވެސް. އަދި ކުރިން ދުވަހަކު ވެސް ނުދާ ރަށްރަށަށް ވެސް. ބައެއް ފަހަރު ޖެހޭ ސީއޯ ޑޮކިންވެސް ހަދަން. ދެން ވާގޮތަކީ އެކަހަަލަ ޓްރެއިނިންތައް ދީފަ ކްރޫއިން ރެޑީކޮށްފަ މި ތިބެނީ." ސާހިދު ވިދާޅުވިއެވެ.

މިއީ ގޮންޖެހުމެއް ކަން އެނގި ހުރެ، މޯލްޑިވިއަންގެ ކްރިއު އިން މަސައްކަތާ ކުރިމަތިލުމަކީ މުވައްޒަފުން ނަފްސާނީ ގޮތުންނާއި ތަމްރީނުގެ ގޮތުން އެ މަސައްކަތަށް ތައްޔާރު ކުރުމަށް ލިބޭ ހިތްވަރެއް ކަމަށް ވެސް ސާހިދު ވިދާޅުވިއެވެ.

މޯލްޑިވިއަންގެ މުވައްޒަފުންތަކެއް ސީ ޕްލޭން ޓާމިނަލްގައި.؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މީގެ އިތުރުން މޯލްޑިވިއަން ސީ ޕްލޭން ބޭސްގައި މަސައްކަތް ކުރާ އިންޖިނިއަރިން އަދި މެއިންޓަނެންސްގެ މުވައްޒަފުން ހިއްސާކުރާ ދައުރު ވަކިން ބޮޑެވެ.

އެއާކްރާފްޓްތައް ދަތުރަށް ތައްޔާރުކޮށް، ސަލާމަތީ ކަންކަން އެންމެ އެކަށީގެންވާ ގޮތުގައި ހުރިކަން ޔަގީން ކުރުމަށް މޯލްޑިވިއަންގެ މުވައްޒަފުން ރެއާއި ދުވާލު ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޖިނިއަ ގްރޭޑް ވަން، އަލީ ފުރުގާން ފިކުރީ ވިދާޅުވީ، ކުރިއާ ހިލާފަށް މި ވަގުތު ކުރަމުންދާ މަސައްކަތަކީ ގައުމީ ހިދުމަތެއް ކަމަށެވެ.

" ކުރިން އެހާ ބޮޑަކަށް އިހްސާސެއް ނުވޭ. އަދި ކިރިޔާ އިހްސާސް ވަނީ މިއީ ގައުމީ މަސައްކަތެކޭ އަސްލު. މިހާރު މި ކަންތައްގަނޑު ތެރޭ އަޅުގަނޑުމެންގެ ރޯލު ވަރަށް ބޮަޑަށް އިހްސާސްވޭ މަސައްކަތް. އިންޖިނިއަރިން ބައިގައި އެހެން ރޯދަ މަހުގައި މަސައްކަތް ކުރަނީ ދުވާލު. އެކަމަކު މިހާރު މިކަން ވީމަ މެއިންޓެނެންސް ޝެޑިއުލް މެއިންޓެނަންސް ވާނީ ރޭގަނޑަށް ބަދަލުކޮށްފައި" ފުރުގާން ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވިއަން އިން ހިންގާ އޮޕަރޭޝަނާއި ގުޅިގެން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް މޯލްޑިވިއަންއިން ފާހަގަކުރެއެވެ.

އެގޮތުން ފައްސިވާ މީހުން އުފުލާ އުޅަނދުތައް އޮޕަރޭޓްކުރާ މުވައްޒަފުން ގެއަށް ނުގޮސް، ސީ ޕްލޭން ޓާމިނަލްގައި ގާއިމްވެ ތިބި އިރު، ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅަމުންދާކަން މޯލްޑިވިއަންއިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަޝްރަފް

    ތިބޭފުޅުންވެސް ވިދާޅުވާންވާނީ ތިގޮތަށް “ފުރާނަ އަތްމައްޗަށް” ލައިގެނޭ އެކަމަކު ފެންނަންހުރި ހަގީގަތަކީ ޝެއިޚް އިލްޔާސް އެވިދާޅުވާ ކަހަލަ މާތް ވެރިޔަކު މިވަގުތު މިގައުމުގަ ހުރިތީ މާތް ﷲ މިގައުމަށް ފޮނުއްވީ ކޮވިޑްގެ އެންމެ ލުއި ވައްތަރު މިވައްތަރުގަ އަލަމާތެއް ނުފެންނާނެ ބަލިމީހާއަށް އިހުސާސެެއް ނުވާނެ، މިމީހާ ޕޮޒިޓިވް އައްދެ އައްޑޫމީހުން ހާސްވީ، ޓަސް އަލުން ޓެސްޓް ހެދީ އަހަ! އެވީ ނެގެޓިވް އެހާވެސް ސެންސިޓިވް ކޮވިޑްއެއް މިރާއްޖޭގަ އޮތީ ވަރަށް ސަލާމް މަބްރޫކް އަދި ޑޮކްޓަރ ޕްރޮފެސަރ އަފްޒަލް؟؟؟؟؟؟؟؟

    5
    26
    • Anonymous

      ރާއްޖޭގައި އޮތީ ކޮވިޑެއް ނޫން. ކަލޭގެ އަގަ މިތާ މިއޮތީ.

      10
      2
  2. Anonymous

    ޑީސެންޓްރަލައިޒް ކޮށް ކޮވިޑް ކޮންޓްރޯލް ވާނީ... ސެންޓްރަލައިޒް ކުރަނީ ކަޓްނަގަން އަދި ބޭކާރު ހަރަދު ކުރުވަން .... ތިބުނާ ގައިދުރުކަން ... ކައިރި ކޮށް ތިދެނީ މިހާރު

    4
    5
  3. ހިޔާލު

    މާލެ ސިޓީ ހުސްކުރަން އުޅެބަލަ ވާގޮތެއް ދެންވެސް ބަލަން... އެއްވެސް ކަހަލަ އަލާމާތެއް ނުފެނި ޕޮސިޓިވް ވަންޏާ ކޮންމެސް ގޮތަކުން ޓެސްޓް ކޮށްގެން ދެނެގަނެވޭނެ ގޮތެއް އޮންނާނެ. ސިއްހީ މާހިރުންވެސް ގައުމުގެ ބޮޑުންވެސް ގޮތް ދޫކޮށް ޓެސްޓް ކުރެވޭނެ ގޮތެއް ހޯދަން އެޅޭ.. ކޮންމެ މީހަކަށްވެސް އެހެންވީމަ ޖެހިފައި ހުރެދާނެ... 31 މެއި ގައި 1600 އަށް އަރާނެ ކަމަށް ދައްކާ ވަސީލަތެއް އޮތަސް ތި ވީ ބޭކާރު އެއްޗަކަށް، ކޮބާ ވާ ފައިދާ އަކީ؟ ރައްޔިތުންނާއި ދޭތެރޭގައި ވިސްނާ!!! މާލޭގައިވެސް ތިބީ އިންސާނުން ވަކި ބަޔަކަށް ވަކި ގޮތް ނަހަދައި.. ގިނަ މީހުން މިތިބެނީ އާއިލާ މީހުން ކައިރިއަށް ދެވޭނެ ގޮތެއް ނެތިފައި އަދިވެސް، ކޮންމެ މީހަކަށްވެސް އެމީހެއްގެ އޭއިލާ ކައިރިއަށް ދެވޭނެ ގޮތް މަގުފަހިކޮށްދީ...

    4
    1
  4. އައްޑޫ

    ގުލްފިށާމް ކަލޭ މަޑުން ހުރޭ

    • ލޮޕޭޒް

      ޢެއީކާކުބާ

  5. ޢިބުރާހިމު

    ބަލަގަ މިތާތިބީ ފު ރާނަ އަތްމައްޗައްލައިގެން ފުލުހުންވެސް..ކޮބާ ކަނޑުމަތީ އުޅޭ ފުލުހުންވެސް އެހެ ރަ ކޮންޓެކްޓް ވަނީ އެއްވެސް ނަތީޖާއެއް ނެތް މިހުން ރާއްޖެ ގެންނަ ގޮތަށް އެއަ ރޕޯޓް އިން ސީދާ އައިސޮލޭސަން ރިސޯޓް ތަކަށް..ތިބުނާ ގައުން އެއް ލައިގެން.. ކީއްކުރަނީހޭ އަހާލި ބަޔަކުވެސް ނެތް.. ހަމަ އަނބި ދަ ރިން ދޫކޮއްފަ...އާއިލާ އާއި ދު ރުގަ.. ތިޔަބުނާ ޑޮކްޓަ ރުންނަށް ވެސް އެނގޭ ކައި ރި ވާއި ރު މީ ޕޮޒިޓިވް ނޫނީ ނެގެޓިވް މީހެއް ކަން.. އެކަމް އެކުދިން އެ އުފުލަނީ އެއްވެސް ނަތީޖާ އެއް ނެތް މީހުން ބޭ ރުގަ ތިބެފަ އަންނަހާ ބައެއް... ހަމަ ގައިމުވެސް މަށައް އެލޯންޗް ފެނޭ މީހުން އުފުލާތަން.. އެއި އެންމެ ރިސްކް ހު ރި އެއްބައެއް... މި ކަން އެނގޭ ބަޔަކުވެސް ގައުމުގަ ނެތް...ރެއާ ދުވާލު ނުނިދާ... މި ހާލަތުގަ އެއްވެސް ހަބަ ރަކަށް އެމީހުންގެ ވާހަކަ އެއް ނެތް.. ހިތާމަ ހު ރި ކަމެއް...ފުލުހުން ނަށް ތި ކު ރާ ބު ރަ މަސައްކަތަށް ސާބަސް... މި ކޮމެންޓް ޖަހައި ދިނުން އެދެން..

  6. މަޒް

    ފުރާނަ އަތް މައްޗަށް ނުލަނީ ކާކު؟ މައިން ބަފައިން ދަރިންގެ ހައްގުގައި ކާ އެތިކޮޅު ހޯދަންވެސް ނިކުންނަނީ ފުރާނަ އަތް މައްޗަށް ލައިގެން.. ދަރިން މައިން ބަފައިންގެ ހައްގުގައި އެމީހުން މުސްކުޅިވީ ދުވަހު އެމީހުންނަށް ބޭނުންވާ ތަކެތި ހޯދަންވެސް ނިކުންނަނީ ހަމަ ފުރާނަ އަތް މައްޗަށް ލައިގެން..