އުމުރުން ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ދެ ކުދިން ޑިންގީގައި ތިބީ މަންމަގެ އުނގު ތެރޭގައެވެ. ބޯކޮށް ވެހޭ ވާރެއާއެކު ޑިންގީ ތެރެއަށް ވިއްސާ ފެނުން، ޔުނީފޯމުގައި ހުރި ދަރިފުޅު ސަލާމަތްކުރަން ބޭނުން ކުރަނީ ކުޑައެކެވެ. އެއަކުން ދަރިފުޅު ރަނގަޅަށް ހިޔާވާ ގޮތެއް ނުވެއެވެ. ގަދަ ވައިގެ ތެރޭގައި ކުޑަގަނޑު ހިފަހައްޓާލެވެނީ ހަމަ ކިރިޔާއެވެ. މަންމަގެ އުނގުގައި ދަރިފުޅު އިންނަނީ ބިރުން ގުޑާ ވެސް ލާން ނުކުރިފައެވެ.
މިއީ ބ. ފެހެންދޫގެ ދަރިވަރުންތަކެއް ބައެއް ދުވަސް ދުވަހު އެ އަތޮޅު ގޮއިދޫގައި ހުންނަ އެ ކުދިންގެ ސްކޫލަށް ދާން އުޅޭ ހާލެވެ. ފެހެންދޫގައި ދިރިއުޅޭ ބައެއް ރައްޔިތުން އެ ހާލެއްގައި ދަތުރު ކުރަމުން އަންނަތާ ގާތްގަނޑަކަށް 15 އަހަރުވެދާނެއެވެ.
އާބާދީ މަދުވުމުން 2008 ވަނަ އަހަރު ފެހެންދޫ ސްކޫލު ބަންދު ކުރުމާއެކު، އެ ރަށުގެ ކުދިން ދެން ދާން ފެށީ ކައިރީގައި އޮންނަ ގޮއިދޫ ސްކޫލަށެވެ. ކުޑަ ޑިންގީއެއްގައި އެ ރަށަށް ދާން ނަގާނީ ހަތް ވަރަކަށް މިނިޓެވެ. ބޮޑު ލޯންޗެއްގައި ނަމަ، ފަސް މިނިޓުން ދެވޭނެއެވެ. ކިތަންމެ އަވަހަށް ދަތުރު ކުރެވުނަސް، ދިވެހިންގެ ސަމާލުކަމަށް އައިސްފައި އޮތީ، ފެހެންދޫގައި އުޅޭ 26 ދަރިވަރުން ގޮއިދު އަށް ދާން ޖެހޭ ދަތި ހާލެވެ.
އެކަމަކު، އެ ދަތި ހާލަށް ނިމުން ގެނެސް ދިނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ. ފެހެންދޫ ދަރިިވަރުން ގޮއިދު އަށް ގެންދިއުމަށް އިންޑިއާ ސަރުކާރުން ވަނީ "ސްކޫލް ފެރީ" އެއް ހަދިޔާކޮށްފައެވެ. މި ފެރީ ލިބުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ހިއްސާ ވެސް ވަކިން ބޮޑެވެ. މި ފެރީ މިހާރު އޮތީ ގޮއިދޫގައެވެ. އެނގިފައިވާ ގޮތުގައި ތިރީހަކަށް މީހުންގެ ޖާގައިގެ ފެރީ ހިންގާނީ ގޮއިދޫ ސްކޫލްގެ ބެލުމުގެ ދަށުންނެވެ.
އާބާދީގައި 306 މީހުން ހަމަވާ ފެހެންދޫގައި މިހާރު ދިރިއުޅެނީ 150 މީހުންނެވެ. ސްކޫލަށް ދިޔުމަށް ޑިންގީގައި ކޮންމެ ދުވަހަކު ދެއިރު ކަނޑު ހުރަސް ކުރާ 26 ކުދިންނާއި އެ ކުދިންގެ ބައެއް ބެލެނިވެރިން އުޅެއެވެ. މިއީ އެ ކުދިންނާއި ބެލެނިވެރިންނަށް ލިބުނު ބޮޑު ލުޔެކެވެ.
"ވާރޭ ވެހިއްޖެ ނަމަ، އަޅުގަނޑުމެން ވަރަށް ޖެހިލުންވޭ ގޮއިދު އަށް ދަރިފުޅު ގޮވައިގެން ދާން. އެއީ ދަރިފުޅު ގޮވައިގެން ގޮއިދު އަށް ދެވޭ އިރު އޮންނަނީ ތެމިފައި، އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނުލިބޭ. މި ވޭނުގައި އުޅޭތާ އެތައް އަހަރެއްވެފައި ވަނިކޮށް އަޅުގަނޑުމެންނަށް ހިތްހަމަޖެހޭ ހަބަރެއް މި ލިބުނީ،" ގޮއިދު އަށް ޑިންގީއެއްގައި ކޮންމެ ދުވަހަކު ހެން ދަތުރު ކުރަމުން އަންނަ ބެލެނިވެރިއަކު "ވަގުތަށް" ބުންޏެވެ.
"ހަގީގަތުގައި މި ސަރުކާރުން އަޅުގަނޑުމެންގެ ޝަކުވާތައް އަޑު އަހައިފި. ހާއްސަކޮށް ފެހެންދޫ ރައްޔިތުންގެ އިހްސާސްތައް ޝާހިދު ދަނޭ. މިއީ ފެހެންދޫ ރައްޔިތުންނަށްޓަކައި މި ސަރުކާރުން ފުރިހަމަކޮށް ދިން ވަރަށް މުހިންމު ކަމެއް،"
ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް "ވަގުތަށް" ވިދާޅުވީ ފެހެންދޫ ސްކޫލް ބަންދު ކުރި ފަހުން، އެ ރަށުގެ ކޮންމެ ދަރިވަރަކަށް ސަރުކާރުން 1000ރ. ގެ އެލަވަންސެއް ހަމަޖައްސައި ދިން ކަމަށެވެ. އެއީ ގޮއިދު އަށް ދަތުރު ކުރުމުގެ ބޭނުމުގައި ދޭ ހަރަދެކެވެ. އޭރުގައި ބެލެނިވެރިން އެއްވެގެން އަމިއްލަ އަށް ޑިންގީއެއް ހޯދައިގެން ދެ ރަށާ ދޭތެރޭގައި ދަތުރު ކުރި ކަން މޫސަ ފާހަގަކުރެއްވިއެވެ.
"އޭގެ ފަހުން ބޮއްކުރައެއްގައި ދެ އަހަރެއް ވަރު ދަތުރު ކުރި. އެއީ ލަކުޑި ބޮއްކުރައެއް، ތިން ހޯސް ޕަވަރުގެ އިންޖީނު ބޯޑެއް އަޅައިގެން. ބެލެނިވެރިން އަމިއްލަ އަށް އެ ކަން ވެސް ކުރީ، އަޅުގަނޑުމެން ކައުންސިލުން ޑިންގީއެއް އެ ފަހަރު ހޯދީ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އޭގެ ދުވަސްތަކެއް ފަހުން، ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ނާޒިމް ރަޝާދުގެ އެހީތެރިކަމާއެކު، ޑިންގީއެއް ލިބުނު ކަމަށެވެ. އެ ޑިންގީގައި ދެ ތިން އަހަރު ވަންދެން ދަތުރު ކުރިއިރު، ދަތުރުތައް ބެލެހެއްޓީ ކައުންސިލުން ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
ފެހެންދޫގައި އެންމެ ފުރަތަމަ ގޮއިދު އަށް ދަތުރުކޮށް އުޅުނީ ހައެއްކަ ކުދިންނެވެ. އެކަމަކު، 2015 ހިސާބުގައި ގާތްގަނޑަކަށް 15 ކުދިން ގޮއިދު އަށް ދަތުރު ކުރިއެވެ. އަދި 2016 އަދި 2017 ހިސާބުގައި 22 ކުދިން ގޮއިދު އަށް ދިޔައެވެ.
މޫސަ ވިދާޅުވީ ގޮއިދޫ ރައްޔިތުންނަށް އާ ފެރީއެއް ލިބުމާ ގުޅިގެން އެމީހުން ތިބީ ވަރަށް ބޮޑު އުންމީދެއްގައި ކަމަށެވެ. މިއީ ބެލެނިވެރިންނާއި ދަރިވަރުންނަށް ލިބުނު ފަސޭހައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، ބެލެނިވެރިންގެ ކަންބޮޑުވުމަކީ މިއަދާ ހަމައަށް އައިއިރު ވެސް އެ ފެރީގެ ދަތުރުތައް ނުފެށޭތީ ކަމަށް މޫސަ ވިދާޅުވިއެވެ. ގޮއިދޫ ކައުންސިލްގެ އިތުރު ކަންބޮޑުވުމެއް ވެސް އެބައޮތެވެ.
"ވަރަށް ތިލަ ހިސާބެއް މިއޮތީ، ގޮއިދޫ އާއި ފެހެންދޫއާ ދެމެދު މޭލެއްހާ ދުރުމިން މިއޮތީ. ފަޅު ތެރޭގައި މި ދަތުރު މި ކުރެވެނީ. އެކަމަކު ދިޔަވަރު ހިކޭ ދުވަސްވަރު ލޯންޗު ދަތުރު ކުރުން އުނދަގޫ ވެދާނެ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވި ގޮތުގައި މިއީ އެންމެ ރަނގަޅު ހައްލަކަށް ނުވި ނަމަވެސް، ފެހެންދޫ ރައްޔިތުންނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާރު ޑިންގީއެއްގައި ދަތުރު ކުރަނީ ފަހަރަކު، ހަތަރެއް ނޫނީ ފަސް ކުދިންނެވެ. ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ކުރިން އާންމުކޮށް ދެ ދަތުރުން ހުރިހާ ކުދިން ގޮއިދު އަށް ގެންދެވެއެވެ. އަލަށް ބޭނުން ކުރަން ފަށާ ފެރީން އެންމެ ދަތުރަކުން ހުރިހާ ދަރިވަރުން ގޮއިދު އަށް ގެންދެވޭނެއެވެ. އެހެންވެ، މިއީ ވެސް އެ ރަށު ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ.
މޫސަ ވިދާޅުވި ގޮތުގައި އުންމީދަކީ ވީހާވެސް އަވަހަށް ފެރީގެ ބޭނުން ކުރަން ފެށުމެވެ. އެ ފެރީ އަށް ބޭނުންވާ ކެޕްޓަނުންނާއި ފަޅުވެރިން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
އެން އަޅައި ކާންދީ ދަހިކޮށްފަ ބާނާނީ..
އިންޑިޔާއިން ވެސް އެކުރަނީ ހަމަ އެކަން.. ފިލިޖައި މީހުން ރުއްސަނީ.. ދެން އިންޑިޔާއިން ބަޔަކު އައިސް ތިބުނާތަނުގައި ތިއްބަސް އަގަނއިން ނުބުނެތިބޭނެ ދޯ.؟
ކަޝްމީރުގައިވެސް ފުރަތަމަ ހެދި އެއްބަސްވުން ވީދާފައި. މިހާރު އެމީހުން ބޭނުން އިންޑިޔާ މީހަކަށް ކަޝްމީރު މީހެއް ގެ ވެސް ނަގާދެވޭގޮތަށް އިންޑިޔާއިން ހަމަޖައްސައިފި..
މަގުމަތީ މުސްލިމުން މަރަނީ.. މުސްލިމުން ކަނޑަށް އެޅުމާއި ކަތިލަން ޕާރލަމެންޓޭރިއަނުން ދައުވާކުރަނި..
އަނެއްބަޔަކު ދިވެހިރާޢްޖެ ހިފުމަށް އޯޕަން މީޑިޔާގައި ގޮވަނީ..!
ތިގޮތަށް ލިބޭ މަދު ފައިސާކޮޅަކަށް ގައުުމުނުވިއްކަވާ އާދޭސް މިދަންނަވަނީ..
އަޅުގަނޑަކީ އެއްވެސް އާރެއް ބާރެއް ހުރި ބަސްބުނެވޭ ފަރާތަކަށް ނުވިޔަސް އެބަވިސްނޭ ކީއްކަން މިކުރަނީ.. އެހެންވެ ދަންނަވާލީ..ވައްﷲ އައުލަމް..
ތިއޮތީ މެގަ ޕްރޮޖެކްޓެއް މޯދީ ނިންމަ ދީފަ. އަދި މާމޮޅު ކަމެއްކަމަށް ރައީސް އޮފީހުގައި އިއުލާނު ކުރިއޭ.
ތިވަރުންވެސް މަންމަގެ ވަޅާ ބައްޕަގެ ރުއްދަނޑާ ބޮޑުބޭބެގެ ފެންތާގިޔާ ކާބަފައިންގެ ކައްވަޅޭކިޔާ ތިނޫން ރަށަކަށް ހިޖުރަނުކުރާތި. ސަރުކާރުންވެސް ބޭކާރުހަރަދުނުކޮށް އެރަށް ފަޅުރަށަކަށް ހަދާ މީހުން އެހެންރަށަކަށް ބަދަލުކުރިއްޔާ މާތާހިރެއްނު.
ޙެލި ކޮޕްތަރު ދުއްވަން ތިބޭގޮތައް ތިދުއްވަން ދުއިސައްތަ ވަރަ ކަށް ދެތިން އަސް ކަރީބޭފުޅުން ގެންނަވަނި ކޮށް ތިއޮޕަރޭޓް ކުރެވޭނެ?
ކިއްކުރާނީ މި ދައުލަތުގަ ނެއްވިއްޔަ ތި ފެރީ ގަނެލާނެވަރުވެސް ފެއިލް ފެއިލް
އާބާދީ ކުޑަ ރައްރަށުގެ މީހުން އާބަދީ ބޮޑެތި ވަސީލަތްތައް ލިބެންހުރި ރައްރަށަށް ބަދަލުވީމަ ތިޔަ ކަހަލަ ތަކުލީފް ނުޖެހޭނެ ތިޔަ ރަށުގެ ރައްޔިތުން ގޮތް ދޫކުރަން އެބަ ޖެހޭ ތިޔަ ފެރީ އޮތަކަސް ރަަށުން ލިބެން ޖެހޭ އެހެނިހެން ހިދުމަތްތައް ފުރިހަމަ ވީތޯ؟ ތިޔަ ފެރީއެއް ހޯދުމުގެ ބަދަލުގައި އިންޑިއާއިން ޓީޗަރުން ގެންގޮސް އެރަށު ސްކޫލް ހުޅުވައި ކިޔަވައި ދިންނަމަ ދިޔަވަރު ހިކި ވީމައާއި ވިއްސާރަ ވުމުން ދިމަވާ ހާސްކަން ފިލައިގެން ދިޔައީ އަނެއް ކޮޅުން އިންޑިއާގެ ޓީޗަރުންނަށްވެސް ޑޮލަރު ކޮޅެއްވެސް ލިބޭނެތާ
ތިފެރީ ދުއްވަން 300 އިންޑިޔާމީހުން ތިރަށުގަ ބައިތިއްބަންޖެހޭނެ. އެއިރުން ތިރަށުގެ އާބާދީ އަށް ުރެ ގިނަވާނެ، ދެން ފައްޅި އަޅާފަ ނިއްކުރީގަ ގެރި ގުއި ކޭއްތީމަ ނިމުނީ!
ރީލޯކޭޓް ކުރޭ
ޙިޔެއް ނުވޭ ތީގަ 30މީހުނަށް ދަތުރު ކުރެވޭނެ ހެނެއް ވިއްސަ ކަށް މީހުނަށް ކަންނޭގެ ދަތުރު ކުރެވޭނީ
ތިޔައްވުރެ ރަގަޅެންނު ހުރިހާ އެންމެން އެރަށައް ބަދަލުވާން.
ފެހެންދޫ ހުރިހާ ރައްޔަތުން އައްޑޫ ސިޓީއަށް ބަދަލު ކޮއްލާ
އެއިރުން ތިކުޜާ އިސްރާފު ހަމަމަގައް އެޅިދާނެ ކަމަށް ފެނޭ
އިންޑިޔާ ސަރޔކާރުން ނޫސްތަ ކަށް ފައިސާ ދީގެން އެމީހުން ގެ ޚަބަރު ޖަހުވާ އަޑު އެހިން. ވަގުތަށް ކިހާ ވަރެއް ދެނީ
.ހަފްތާ އަ ކު 1 ނޫނީ 2 ލިޔުން ލިއުއްވާ ކމަށް އަޑު އެހީ.
ފެހެންދޫއިން ކިޔަވަންދާ ކުދިންގެ ނަންނޯޓްކޮށް ކުރިއެރުން ހޯދާވަރު ބެލުން މުހިއްމު.
ތިކަހަލަ އުނދަގޫ ގޮތަކަށް ކިޔަވާ ކޮށްމެ ކުއްޖަކަީ ކިޔެވުމުގައިވެސް ކުރިހޯދާ ބޮޑެތި ދިރާސީ ކަންކަމުގައި މޮޅު ބައެއް. އަދި ކިޔެވުމުން ދައްވިޔަސް ދިރިއުޅުން އުޖާލާ ތަރުބިއްުޔތެއްގެ މަތީ ތިބޭ ބައެއް.
މާޝާﷲ
ބަދަލު ނުވާ ވާހަކަ ދައްކާއިރު ހަމަ އެކަނި މީހުން ބޯހަރު ވީމަކާއެއް ނޫން. ކީއްތަވާނީ މީހުން އުޅޭ ރަށަކުން ބިންކޮޅެއް ދިނިއްޔާ . ދަރިންކޮޅާ އެކީ ވަންނާނެ ތަނެއް ނެތި ގޮތް ހުސްވެފަ ރައްޔިތުން ތެރޭ ގިނަ މީހުން އެތިބީ.
ފެހެންދޫ ރައްޔިތުންގެ ފެރީގެ ކަންތައް ކައުންސިލަކަށް ނޭންގެ
ދިވެހި ދައުލަތުން ކިހިނެއް ތިހާ ބޮޑެތި ޚަރަދު ކޮށްގެން ފެރީއެއް ހޯދާދޭނީ. އެމްބަސީން ޚަރަދުކުރާ ލިސްޓް އެބަނުކުމޭ ވ އަވަހަށް
އެވަރުވެސް މިސަރުކީރައް ނުވި އިންޑިއާގެ ތައް ފަހުން ހުރިހާކަމެއް ވެސް
އިންޑިޔާ ސަރުކާރުން ހަދިޔާކުރި ފެރީއެއް. ކޮބާ މިސަރުކާރުން ކޮއްދިން ކަމަކީ؟
ގަލްފްކްރާފްޓް 38 ގެ ލޯންޗެއް ލިބޭނެ 3 ވަަރަކަށް މިލިއަނަށް. ތިވަރު މި ސަރުކާރަށް ނުވި ދޯ! ކީއްކުރާނީ
އެއީ ރަންގަނޑެއް ނޫން އެއީ ފައިބަރު ގަނޑެއް