ކުނީގެ މައްސަލައަކީ ޒަމާނުއްސުރެއް ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް ކުރިމަތިވެފައިވާ މަައްސަލައެކެވެ. އެކަށީގެންވާ ގޮތުގައި ކުނި މެނޭޖު ކުރެވެން ރާއްޖޭގައި ފެށުނީ " ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން" ( ވެމްކޯ) ވުޖޫތަށް އައި ފަހުންނެވެ.
ހަރުދަނާ ނިޒާމެއްގެ ދަށުން މާލޭގެ ގޭބިސީތަކުން ކުނި އުކާދިނުމުގެ ހިނދުމަތާއި މާލެތެރެ ސާފުކުރުމުގެ ގޮތުން މާލޭގެ މަގުތަށް ކުނި ކެހުމުގެ މަސައްކަތް ވެމްކޯގެ ހީވާގި މުވައްޒަފުން ކުރަމުން ގެންދާއިރު ހިތާމައަކީ އެ ފަރާތްތަކަށް ކުނިން ސަލާމަތްވެފައިވާ ވެށްޓެއް ގާއިމް ކުރުމަށް އާންމު ފަރުދުންގެ ފަރާތުން ދޭ އެއްބާރުލުން ކުޑަކަމެވެ.
އޭގެ އެންމެ ބޮޑު ހެއްކަކީ ރަމަޟާން މަހާ ދިމާކޮށް ދަތުރުވެރިންގެ މާރުކޭޓާއި ދިމާލުގައި އާންމު ފަރުދުންނަށް ފަސޭހަވާނޭ ގޮތަށް ހެދި ޕާކިންގ ޒޯންތަށް ކުނިން ތޮށްޖެހިފައި ވުމެވެ. ރަމަޟާން މަހަކީ އެހެން މަސްމަމަހަށް ވުރެއް ބާޒާރު މަށްޗަށް ބާރުބޮޑު ދުވަސްވަރަކަށް ވުމުން އާންމު ފަރުދުންގެ ސައިކަލްތަށް ޕާކް ކުރުމަށް ހާއްސަ ކުރެވިފައިވާ ޒޯންތަށް ކުނިން ތޮށްޖެހިފައި ވުމަކީ މިއަދު ކޮންމެ ފަރުދެއްވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ. މާރުކޭޓުންނާއި ފަޅުގައި އޮތް ދޯނިތަކުންނާއި އެނޫންވެސް އާންމު ފަރުދުން އުކާލާ ކުނިތަށް ފުނި ޖަހައިފައި ޕާކިންގް ޒޯންތަކުގައި ބެހެއްޓުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ކުނި މެނޭޖުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިހްމާލެއްވެސް ނޫނެވެ.
މިކަމުގައި އިހްމާލް ވަނީ ކުނި އަޅާ އާންމު ރައްޔިތު މީހާއެވެ. ކުނި އަޅަން ހާއްސަ ޑަސްބިންތަށް މާރުކޭޓުގެ އެކި ސަހަރައްދުތަކުގައި ބެހެއްޓިފައިވާއިރު އެ ޑަސްބިންތަކަށް ކުނި އަޅަން އެބަޖެހެއެވެ. އަދި ތިމާ އެއްލާލާ ކުނި ކޮޅަކީ އަނެކާއަށް ދެވޭ ގެއްލުމެއް ކަމާއި މެދުގައި ވިސްނަން އެބަޖެއެވެ.
ދަތުރުވެރިންގެ މާރުކޭޓު ސަހަރައްދުގެ މޫދާއި ކައިރީގައިވާ ޕާކިންގް ޒޯންތަކަށް ކުނި އެޅުމުގެ ސަބަބުން ބާޒާރުކޮށްލަން ދާ މީހުންނަށް މިވަނީ ބޮޑު ތުރާތަކާ ކުރިމަތިލާން ޖެހިފައެވެ. ސައިކަލު ޕާކް ކޮށްލާނެ ޖާގައެއް ކުނީގެ ސަބަބުން ނުލިބުން ޕާކިން ޒޯންތަށް ނޫން އެހެން ތަންތާގައި ޕާކް ކުރަން ވަނީ ޖެހިފައެވެ.
"މިތަނަކީ އެތަށް ބަޔަކު އަންނަ ތަނެއް. އަހަރެމެންނަށް ނެތް މިހާރު މިތާންގެ ހުރި ޒޯންތަކުގައި ޕާކް ކުރެވޭކަަށް. ޕާކިން ޒޯންތަކަށް ފުރިފައި މިވަނީ ކުނިން. ދެން ސައިކަލު ޕާކް މިކުރަން ޖެހެނީ އެހެން ތަނެއްގައި. ނޫނީ ނުބައި ޒޯންތަކުގައި. މިކަމުގެ ސަބަބުން ބައެއް ފަހަރު އަތުން ބޮޑު ހޭދައެއްވެސް ކުރަން ޖެހޭ. އެއީ ސައިކަލު ޕާކް ކުރާ ތަނުން ފުލުހުން އައިސް ސްޓިކާ ޖަހާތީ. އެހެންވީމަ މިކަން ހައްލު ކުރަން އެބަޖެހޭ، އަހަރެމެން ޕާކް ކުރަން ހުންނަ ޕާކިން ޒޯން ތަކަކީ ބަޔަކު ކުނި އަޅަން ހުންނަ ތަނަކަށް ވެގެން ނުވާނެ "ބާޒާރު މަތިން "ވަގުތު" އައި ވާހަކަ ދައްކި މީހަކު ބުންޏެވެ.
ކަންމިހެން ހުރުމުން މިފަދަ ޒިންމާދާރުކަން ކުޑަ ކަންކަން ކުރުމުން އަޅުގަނޑުމެން އެންމެން ދުރުވާން އެބަޖެހެއެވެ. އަދި މާލެއަކީ ސާފު އަދި ރީތި ތަނަކަށް ހެދުމަށް ފަރުދީ ޒިންމާ ނަގަން އެބަޖެހެއެެވެ.
ސަރުކާރުގެ ޒިންމާ ކޮބާ؟ ކުންޏާ ބެހޭ ގާނޫނަށް އަމަލުކުރަނީއެއްނޫން. މިހާރުވެސް ސިޔާސީ ކުނިކޮޅެއް ވައްޓައިލަބަލަ ތެޅިފޮޅޭނެ.
ކޮންމެ ކުނި ކޮޅެއްކައިރީ ފުލުހެއް. ބަހައްޓަބަލަ.
ރާއްޖޭގެ މީހުންނަކީ އަސްލު ވަރަށް ނާތަހުޒީބު ބައެއް. މާތް ވެގެންވާ ރޯދަމަހު ވެސް ޖެއްސުން ކުރުމުގަ
އެންމެފަހުގެ މޯބައިލް ފޯން އާއި ނެޓް އެކްސެސް ލިބިފައި ތިއްބަސް ދިވެހިންގެ ތެރޭން ގިނަ ބައެއް ވަނީ ތަހްޒީބީ މިންގަނޑުން ވަރަށް ފަހަތުގައެވެ. "މަ"ނޫން އެހެން މީހަކު ގައުމުގައި ނޫޅޭ ކަހަލައެވެ.
ކިތަންމެ ފަރިކޮށްތިއްބަސް ދިވެހިން ވަރަށް ގޮޑު.
ފަރުދީޒިންމާ ކަނޑާލާފަ އިންނާނީ