އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގެ 3 ވަނަ މެޗުގައި އީސީ އެކްސް ކޯސްޓް ގެ މައްޗަށް ސީދާ ދެ ގޭމުން ޔުނައިޓެޑް އީސްޓް ކޯސްޓް ކުރި ހޯދައިފިއެވެ.

ފުރަތަަމަ ގޭމުގައި ޔުނައިޓެޑް އީސްޓް ކޯސްޓިން އެތެރެއިން ކުޅެމުން ދިޔައިރު، ބޭރުން ކުޅެމުން ދިޔައީ އީސީ އެކްސް އީގަލްސްއެވެެ. ޔުނައިޓެޑު އީސްޓް ކޯސްޓުން ދިޔައީ ބޭރުން އަރަމުން ދިޔަ ކުޅުންތެރިންނަށް ޕޮއިންޓެއް ހޯދުމަށް ފުރުސަތު ނުދީ ފަހަރަކު ކުޅުންތެރިއެއް ނުބައި ކުރަމުންނެވެ. ފުރަތަަމަ ގޭމުގައި ބާކީ 2 މިނެޓު 44 ސިކުންތު އިންދާ ޔުނައިޓެޑް އީސްޓް ކޯސްޓުން ވަނީ ބޭރުން ކުޅެމުން ދިޔަ އީސީ އެކްސް އީގަލްސްގެ ހުރިހާ ކުޅުންތެރިން ނުބައިކޮށްފައެވެ. ފުރަތަމަ ގޭމު ނިމުނީ 0-20ގެ ނަތީޖާއަކުންނެވެ.

އެމްްޓީސީސީ ބައިބަލާ 1445 ގެ ތިންވަނަ މެޗް ޔުނައިޓެޑް އީސްޓް ކޯސްޓް އަދި އީސީ އެކްސް އީގަލްސް ބައްދަލް ކުރި މެޗް:ވަގުތު އިމޭޖެސް : އަހްމަދް މަމްދޫހް

ވާދަވެރިކަމާއިއެކު ފެނިގެންދިޔަ މި މެޗުގެ ދެވަނަ ގޭމު ނިމެން 1 މިނެޓަށް ވަންދެން އީސީ އެކްސް އީގަލްސް އިން ދިޔައީ ބޭރުން އަރަމުން ދިޔަ ޔުނައިޓެޑް އީސްޓް ކޯސްޓް ގެ ކުޅުންތެރިން ހިފަހައްޓަމުންނެވެ. އެހެންނަމަވެސް ޔުނައިޓެޑް އީސްޓް ކޯސްޓުން މަޑު މަޑުން ގޭމު ތެރެއަށްވަދެ އީސީ އެކްސް އީގަލްސް ގެ ކުޅުންތެރިން ނުބައި ކުރަމުން ދިޔައެވެ. މިގޮތުން ދެވަނަ ގޭމު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޔުނައިޓެޑް އީސްޓް ކޯސްޓުގެ މުހައްމަދު ނަޒީހު ހަނީފް (ނަޒިއްޓެ) ބޭރުން އަރާ އިސީ އެކްސް އީގަލްސް ގެ 2 ކުޅުންތެރިން ގޮވައިން ނިކުތުމުން މެޗުގެ ނަތީޖާ ޔުނައިޓެޑް އީސްޓް ކޯސްޓް ކޮޅަށް އެންބުރިގެން ދިޔައެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1445 މިރޭގެ 3 ވަނަ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް އީސްޓް ކޯސްޓް ގެ އިޖާބަތު ލަތީފް (އިޖާ)އެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

 

ކިޔުންތެރިންގެ ހިޔާލު