ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ އާގޭ އަހުމަދު ވޮލީބޯޅަ މުބާރާތުގެ ފައިނަލުން ހަޓް ކަންމަތި އަދި ސެޓް ފޯ ލައިފް އިން ޖާގަ ހޯދައިފިއެވެ.

އާގޭ އަހުމަދު ވޮލީބޯޅަ މުބާރާތުގައި ސެޓް ފޯ ލައިފް ޓީމުން ޖާގަ ހޯދާފައިވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުނު ފަހު މެޗުގައި ދާސްތާ ޓީމުގެ މައްޗަށްކުރި ހޯދައިގެންނެވެ.

ކުނަހަންދޫ ވޮލީ މުބާރާތް- ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

ސެޓް ފޯ ލައިފް ޓީމުން ދާސްތާ ޓީމުގެ މައްޗަށް ކުރި ހޯދާފައިވަނީ ސީދާ ތިން ދެޓުންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓް ސެޓް ފޯ ލައިފް ޓީމުން ކާމިޔާބުކޮށްފައިވަނީ 13-25 އިންނެވެ. އަދި ދެވަނަ ސެޓު 23-25 އިން ކާމިޔާބުކުރިއިރު ތިންވަނަ ސެޓު ކާމިޔާބުކުރީ 20-25 ގެ ނަތީޖާ އަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފާތިމަތު ސަބީނާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ އިނާމް ހަވާލުކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އުމައިރު އެވެ.

ހަޓް ކަންމަތި ފައިނަލުން ޖާގަހޯދާފައިވަނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ހޮވާލި ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗު ހަޓް ކަންމަތި ޓީމުން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުން ހޮވާލި ޓީމުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ ތިން ސެޓު ހަޓް ފޯ ލައިފް އިން ކާމިޔާބުކޮށްފައިވަނީ 12-25، 16-25 އަދި 11-25 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަޓް ފޯ ލައިފް ޓީމުގެ ހައްވާ ފިއުރީން އެވެ، މި މެޗުގެ މޮޅުކުޅުންތެރިޔާ އަށް އިނާމު ހަވާލުކޮށްދެއްވީ މެޗު ޝަރަފް ކޮށްދެއްވި ޑަބްލިއުޑީސީ މެމްބަރ ނާޝިދާ މުހައްމަދު އެވެ.

ކުނަހަންދޫ ވޮލީ މުބާރާތް- ފޮޓޯ: ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ

ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން އިންތިޒާމުކޮށްގެން ކުނަހަންދޫގައި ކުރިއަށް ގެންދާ އާގޭ އަހުމަދު ވޮލީބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. މި މެޗުގައި ވާދަ ކުރާނީ ހަޓް ކަންމަތި ޓީމާއި ސެޓް ފޯ ލައިފް ޓީމެވެ.

އާގޭ އަހުމަދު ޝާކިރު އާއި އަބްދުލް މަތީންގެ އެހީ ތެރިކަމާއިއެކު ސޮކަރ އެކަޑަމީ އޮފް ކުނަހަންދޫ އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންނެވެ.